Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނޭސަލް ސްވަބްސް

ބޭނުންކޮށްފައި ހުންނަ ނޭސަލް ސްވަބްސް ދޮވެ ރީޕެކޭޖްކޮށް ވިއްކައިފި

5 މެއި 2021 | ބުދަ 05:55

މި ސްވަބްސް ބޭނުންކޮށްގެން 9،000ށް ވުރެ ގިނަ ދަތުރުވެރިން ވަނީ ޓެސްޓުކޮށްފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 5 މެއި 2021 | ބުދަ 05:55
އިންޑޮނޭޝިއާގެ ކުންފުންޏަކުން ނޭސަލް ސްވަބްސް ދޮވެ، ރީޕެކޭޖްކޮށް، ވިއްކާފައިވާ މައްސަލަ އެގައުމުގެ ފުލުހުން ދަނީ މިހާރު ތަހުގީގުކުރަމުން

އިންޑޮނޭޝިއާގެ ކުންފުންޏަކުން ނޭސަލް ސްވަބްސް ދޮވެ، ރީޕެކޭޖްކޮށް، ވިއްކާފައިވާ މައްސަލަ އެގައުމުގެ ފުލުހުން ދަނީ މިހާރު ތަހުގީގުކުރަމުން

އިންޑޮނޭޝިއާގެ ކުންފުންޏަކުން ކޮވިޑް-19 އަށް ޓެސްޓުކުރަން ބޭނުންކުރާ ނޭސަލް ސްވަބްސް ދޮވެ، ރީޕެކޭޖް ކުރުމަށްފަހު ވިއްކާފައިވާ މައްސަލައެއް ބަލަން ފަށައިފިއެވެ.

ބީބީސީ ގައި ރިޕޯޓްކޮށްފައިވާގޮތުން ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށްވާ ކިމިއާ ފާމާ އިން ވަނީ ބޭނުންކޮށްފައިވާ ނާސަލް ސްވަބްސް ދޮވެ ރީޕެކޭޖްކޮށް އެގައުމުގެ މެޑަންގައި ހުންނަ ކުއަލަނަމު އެއަރޕޯޓްގައި ވިއްކާފައެވެ. އެގޮތުން މި އެއަރޕޯޓުން މި ސްވަބްސް ބޭނުންކޮށްގެން 9،000ށް ވުރެ ގިނަ ދަތުރުވެރިން ޓެސްޓުކޮށްފައިވާ ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. މި ދަތުރުވެރިން މިހާރު ވަނީ ކިމިއާ ފާމާ އާއި ދެކޮޅަށް މައްސަލަ ހުށައަޅާފައެވެ.

އިންޑޮނޭޝިއާގެ ފުލުހުން މައުލޫމާތުދޭ ގޮތުގައި މިދިޔަ އަހަރުގެ ޑިސެމްބަރުން ފެށިގެން ކިމިއާ ފާމާ އިން ދަނީ މިކަލަ ޓެސްޓްކިޓްތައް އެއަރޕޯޓަށް ފޯރުކޮށްދެމުންނެވެ. ނަމަވެސް އެއް ފަހަރަށް ވުރެ ގިނަ ފަހަރަށް ޓެސްޓްކިޓްތައް ބޭނުންކުރާކަން އެނގުނީ ކިހިނެއްކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. މިމައްސަލަ ތަހުގީގުކުރަމުންދާއިރު، މިދިޔަ ހަފުތާގައި ފުލުހުން ވަނީ މެޑަންގައި ހުންނަ ކުންފުނީގެ މެނޭޖަރާއި ކުންފުނީގެ އިތުރު ފަސް މުވައްޒަފުން ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައެވެ.

އިންޑޮނީޝިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން ފުލުހުންގެ ތަހުގީގަށް 23 ހެކިވެރިން ވަނީ މިހާރު ލިބިފައެވެ. މިގޮތަށް ނެސަލް ސްވަބްސް ވިއްކައިގެން ފައިދާގެ ގޮތުގައި ލިބުނު 124،800 އެމެރިކާ ޑޮލަރު ބޭނުން ކޮށްގެން ތުހުމަތުގައި ހުރި މީހެއްގެ ގެ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވޭތޯ ފުލުހުން ދަނީ ބަލަމުންނެވެ.

ކިމިއާ ފާމާގެ މައި އިދާރާ އިން ވަނީ މެޑަންގައި ހުންނަ އެކުންފުނީގެ ބްރާންޗުގައި މަސައްކަތްކުރި މީހުން ވަޒީފާއިން ވަކިކޮށްފައެވެ. އަދި ކުރިއަށް އޮތްތާގައި ކުންފުނީގެ އެެތެރޭގެ ހިންގުން އިތުރަށް ވަރުގަދަކުރާނެ ކަމަށް ކުންފުނިން ވަނީ ބުނެފައެވެ. ކިމިއާ ފާމާގެ މައި އޮފީސް ހުންނަނީ ޖަކާޓާގައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

23 ޖުލައި 2017

އުރުދުންގައި ހުންނަ އިޒްރޭލް އެމްބަސީއަށް ހަމަލާއެއް ދީފި

23 ޖުލައި 2017
އުރުދުންގައި ހުންނަ އިޒްރޭލް އެމްބަސީއަށް ހަމަލާއެއް ދީފި
07 ޖުލައި 2017

ޖީ – 20 ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ޓްރަމްޕް ހުންނަވާނެ ކޮޓަރިއެއް ހޮޓަލަކުން ހަމައެއް ނުޖެހުނު!

07 ޖުލައި 2017
ޖީ – 20 ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ޓްރަމްޕް ހުންނަވާނެ ކޮޓަރިއެއް ހޮޓަލަކުން ހަމައެއް ނުޖެހުނު!
30 ޖޫން 2017

ސީރިޔާގެ އިދްލީބްގައި އެޕްރީލް ކުރީކޮޅު ދިން ހަމަލާގައި ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވޭ: އދ

30 ޖޫން 2017
ސީރިޔާގެ އިދްލީބްގައި އެޕްރީލް ކުރީކޮޅު ދިން ހަމަލާގައި ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވޭ: އދ
12 ޖޫން 2017

އަހަރުމެންނަށް ގެއްލޭ ކޮންމެ ޑޮލަރެއް އެމީހުންނަށް ވެސް ގެއްލޭނެ: ގަތަރުގެ ފިނޭންސް މިނިސްޓަރ

12 ޖޫން 2017
އަހަރުމެންނަށް ގެއްލޭ ކޮންމެ ޑޮލަރެއް އެމީހުންނަށް ވެސް ގެއްލޭނެ: ގަތަރުގެ ފިނޭންސް މިނިސްޓަރ
18 މެއި 2017

ރަޝިއާގެ މައްސަލަ ބަލާ ކައުންސިލްގައި އިސްކޮށް ހުންނަވާނީ އެފްބީއައިގެ ކުރީގެ ވެރިޔާ

18 މެއި 2017
ރަޝިއާގެ މައްސަލަ ބަލާ ކައުންސިލްގައި އިސްކޮށް ހުންނަވާނީ އެފްބީއައިގެ ކުރީގެ ވެރިޔާ
20 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާ: ސެރިން ގޭސް ނުވަތަ އެފަދަ މާއްދާއެއް ބޭނުންކޮށްފައިވޭ

20 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާ: ސެރިން ގޭސް ނުވަތަ އެފަދަ މާއްދާއެއް ބޭނުންކޮށްފައިވޭ
08 މާރިޗު 2017

ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު

08 މާރިޗު 2017
ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު
05 މާރިޗު 2017

އުތުރު ކޮރެއާއިން ފިލާ މީހުންނަށް ދޭ އިނާމު ދެކުނު ކޮރެއާއިން ބޮޑުކޮށްފި

05 މާރިޗު 2017
އުތުރު ކޮރެއާއިން ފިލާ މީހުންނަށް ދޭ އިނާމު ދެކުނު ކޮރެއާއިން ބޮޑުކޮށްފި
04 މާރިޗު 2017

މެލޭޝިއާގައި ހުންނަވާ އުތުރު ކޮރެއާގެ އެމްބެސެޑަރު ގައުމު ދޫކޮށް ދާން މެލޭޝިއާ އިން އަންގައިފި

04 މާރިޗު 2017
މެލޭޝިއާގައި ހުންނަވާ އުތުރު ކޮރެއާގެ އެމްބެސެޑަރު ގައުމު ދޫކޮށް ދާން މެލޭޝިއާ އިން އަންގައިފި
20 ފެބުރުއަރީ 2017

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް