Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރަމަޟާން ކްރިކެޓް ކާނިވަލް

ރަމަޟާން ކްރިކެޓް ކާނިވަލް މެދުކަނޑާލައިފި

4 މެއި 2021 | އަންގާރަ 14:47

ކާނިވަލުގެ ކުޅުން އަލުން ފަށާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 4 މެއި 2021 | އަންގާރަ 14:47
ރަމަޟާން ކްރިކެޓް ކާނިވަލުގެ ކޮމްޕެނީ ޓޭޕް ބޯލް ކްރިކެޓް މުބާރާތުގެ ތެރެއިން

ރަމަޟާން ކްރިކެޓް ކާނިވަލުގެ ކޮމްޕެނީ ޓޭޕް ބޯލް ކްރިކެޓް މުބާރާތުގެ ތެރެއިން

މާލޭ ސްޕޯޓްސް ކުލަބާއި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ކުޅުން މެދުކަނޑާލައިފިއެވެ.

ކްރިކެޓް ކާނިވަލަކީ ރަމަޟާން މަހުގައި ކުރިއަށްގެންދާ ކުޅިވަރުގެ އެންމެ ބޮޑު އެއް ހަރަކާތެވެ. އެގޮތުން މި ކާނިވަލުގައި ތިން މުބާރާތެއް ކުޅެއެވެ. އެއީ އޯޕަން ޓޭޕް ބޯލް ކްރިކެޓް މުބާރާތާއި، ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ ކޮމްޕެނީ ޓޭޕް ބޯލް ކްރިކެޓް މުބާރާތާއި، ސަރުކާރު އޮފީސްތަކުގެ މެދުގައި ބާއްވާ އޮފީސް ޓޭޕް ބޯލް ކްރިކެޓް މުބާރާތެވެ. މީގެ ކުރިން އޯޕަން މުބާރާތާއި އޮފީސް މުބާރާތުގެ ކުޅުން ވަނީ ނިންމާލާފައެވެ.

ކާނިވަލުގެ ކުޅުން މެދުކަނޑާލީ ކޮމްޕެނީ މުބާރާތުގެ ކުޅުން ކުރިއަށްދަނިކޮށެވެ. ކްރިކެޓް ބޯޑުން މައުލޫމާތުދޭ ގޮތުގައި ކާނިވަލުގެ ކުޅުން އަންގާރަ ދުވަހުން ފެށިގެން މެދުކަނޑާލީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހޯމަ ދުވަހު އިއުލާންކުރި ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރުމުގެ ގޮތުންނެވެ.

ކާނިވަލުގެ ކުޅުން މެދުކަނޑާލަން ނިންމުމުގެ ކުރިން އަންގާރަ ދުވަހުގެ ހަވީރު ވަނީ ކޮމްޕެނީ މުބާރާތުގެ ދެ މެޗެއް ކުރިއަށްގެންގޮސްފައެވެ. އެގޮތުން އަންގާރަ ދުވަހުގެ ހަވީރު ކުޅުނު ފުރަތަމަ މެޗުން ގްރޫޕް ބީގައި ހިމެނޭ ފްރެންޑްސް އޮފް މޯލްޑިވްސް މޮޅުވީ ޖޯލި ބޯއިސްއާ ވާދަކޮށް 30 ލަނޑުންނެވެ. މި މެޗުގައި އެންމެ ފުރަތަމަ ފްރެންޑްސް އޮފް މޯލްޑިވްސް ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ފަސް ކުޅުންތެރިން ނުބައިވެގެން ވަނީ 81 ލަނޑު ހަދާފައެވެ. ޖަވާބުގައި ޖޯލި ބޯއިސް ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 51 ލަނޑެވެ.

މީގެ އިތުރުން ހޯމަ ދުވަހު ކުޅުނު ދެވަނަ މެޗުން ގްރޫޕް ސީގައި ހިމެނޭ ދިރުހަމް މޮޅުވީ ލަންކާ ޑީސަލާ ވާދަކޮށް 36 ލަނޑުންނެވެ. މި މެޗުގައި އެންމެ ފުރަތަމަ ދިރުހަމް ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަ ކުޅުންތެރިން ނުބައިނުވެ ވަނީ 122 ލަނޑު ހަދާފައެވެ. ޖަވާބުގައި ލަންކާ ޑީސަލް ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަތް ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 86 ލަނޑެވެ.

މިއާއެކު ކްރިކެޓް ކާނިވަލް މެދުކަނޑާލިއިރު، މުބާރާތް އަލުން ފަށާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް ކްރިކެޓް ބޯޑުން މައުލޫމާތުދެއެވެ.

އިތުރަށް ކިޔާލަން

04 ޖޫން 2017

ރޮމްބަސް ރަމަޟާން ކްރިކެޓް ކާނިވަލް: ސޮނީހާޑްވެއާގެ މައްޗަށް ބައިސަން ކުރިހޯދައިފި

04 ޖޫން 2017
ރޮމްބަސް ރަމަޟާން ކްރިކެޓް ކާނިވަލް: ސޮނީހާޑްވެއާގެ މައްޗަށް ބައިސަން ކުރިހޯދައިފި
03 ޖޫން 2017

ރޮމްބަސް ރަމަޟާން ކްރިކެޓް ކާނިވަލް: ރޮމްބަސްގެ މައްޗަށް ދަމާސް ކުރިހޯދައިފި

03 ޖޫން 2017
ރޮމްބަސް ރަމަޟާން ކްރިކެޓް ކާނިވަލް: ރޮމްބަސްގެ މައްޗަށް ދަމާސް ކުރިހޯދައިފި
29 މެއި 2017

ރަމަޟާން ވެޓެރެންސް ކަޕް އަންގާރަ ދުވަހު ފަށަނީ

29 މެއި 2017
ރަމަޟާން ވެޓެރެންސް ކަޕް އަންގާރަ ދުވަހު ފަށަނީ
28 މެއި 2017

ރަމްޟާން ކްރިކެޓް ކާނިވަލް 2017: މޯޑަސް އޮޕަރަންޑީ އާއި ޝުގަރްކޯން ފެށުން ރަނގަޅުކޮށްފި

28 މެއި 2017
ރަމްޟާން ކްރިކެޓް ކާނިވަލް 2017: މޯޑަސް އޮޕަރަންޑީ އާއި ޝުގަރްކޯން ފެށުން ރަނގަޅުކޮށްފި
22 މެއި 2017

ލިމިޓެޑް އޯވާރ ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ސީބީއެލް އަށް

22 މެއި 2017
ލިމިޓެޑް އޯވާރ ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ސީބީއެލް އަށް
27 އެޕްރީލު 2017

ރާއްޖޭގެ ކުރީގެ ކްރިކެޓް ކުޅުންތެރިން ހާއްސަ މެޗުތަކެއް ކުޅުމަށް ފުވައްމުލަކަށް ފުރައިފި

27 އެޕްރީލު 2017
ރާއްޖޭގެ ކުރީގެ ކްރިކެޓް ކުޅުންތެރިން ހާއްސަ މެޗުތަކެއް ކުޅުމަށް ފުވައްމުލަކަށް ފުރައިފި
20 އެޕްރީލު 2017

ލިމިޓެޑް އޯވާ ދެވަނަ ޑިވިޝަން ކްރިކެޓް މުބާރާތް ހުކުރު ދުވަހު ފަށަނީ

20 އެޕްރީލު 2017
ލިމިޓެޑް އޯވާ ދެވަނަ ޑިވިޝަން ކްރިކެޓް މުބާރާތް ހުކުރު ދުވަހު ފަށަނީ
10 އެޕްރީލު 2017

ކްރިކެޓް: އެކުވެރިކަމުގެ ތިން މެޗު ވެސް ދިވެހި ޓީމުން ކާމިޔާބުކޮށްފި

10 އެޕްރީލު 2017
ކްރިކެޓް: އެކުވެރިކަމުގެ ތިން މެޗު ވެސް ދިވެހި ޓީމުން ކާމިޔާބުކޮށްފި
21 މާރިޗު 2017

ޕާކިސްތާން ކްރިކެޓް ޓީމުގެ ފަސް ކުޅުންތެރިއަކު ސަސްޕެންޑްކޮށްފި

21 މާރިޗު 2017
ޕާކިސްތާން ކްރިކެޓް ޓީމުގެ ފަސް ކުޅުންތެރިއަކު ސަސްޕެންޑްކޮށްފި
31 ޖެނުއަރީ 2017

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް

31 ޖެނުއަރީ 2017
ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް