Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މައުމޫނު އާއިލާގެ ސިޔާސީ ކޯޅުން

މަގޭ ރިޕޯޓް: ރައީސް މައުމޫނުގެ އާއިލާއަކީ ސިޔާސީ ސަޓަނިގަނޑެއްތަ؟

ރައީސް ޔާމީނު ގެޔަށް ބަދަލުކުރުމުން ރައީސް މައުމޫނުގެ ބޭފުޅުން ވަނީ އެއްކޮޅަށާއި ދެކޮޅަށްވެސް ވާހަކަދައްކަވާފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 2 މެއި 2021 | އާދީއްތަ 09:38
ކުރީގެ ރައީސް މައުމޫނާއި އެމަނިކުފާނުގެ ހަތަރު ބޭފުޅުން

ކުރީގެ ރައީސް މައުމޫނާއި އެމަނިކުފާނުގެ ހަތަރު ބޭފުޅުން

މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީނު ގޭ ބަންދަށް ބަދަލުކުރުމަކީ ފަހަކަށް އައިސް އެންމެ ހޫނުކަމާއެކު ދެކެވެމުންދާ ވާހަކައެވެ.

މާފުށީ ޖަލުގައި ކޮވިޑް-19 ފެތުރެމުން ދާތީ ކުރީގެ ރައީސް ޔާމީނުު ގޭ ބަންދަށް ބަދަލުކުރީ ގިނަ މަރުހަލާތަކެއް ކަޑައްތުކުރުމަށް ފަހުގައެވެ. ރޯދައިގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޔާމީނަށް ދެރަގޮތެއް ވިޔަ ނުދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވި ހިސާބުން ފެށިގެން ޔާމީން ގެޔަށް ބަދަލު ކުރާނެ ކަމުގެ އިންތިޒާރުގައި ޕިންކް ކްލަސްޓަރގެ ކުދިންކޮޅު ގަޑި ގުނަން ފެށިއެވެ.

ޔާމީނު ގެޔަށް ބަދަލުކުރުމާއި ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސާލިހު ވިދާޅުވީ އެކަމަށް އެދިވަޑައިގެން އަނބިކަނބަލުން ފާތިމަތު އިބްރާހިމް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށާާއި މިކަމާއި ގުޅޭގޮތުން ޕީޕީއެމް ޕީއެންސީއާއެކު ވެސް ބައްދަލުކޮށްފައިވާ ކަމަށެވެ. މިކަމުގައި ދެން ކުރެވޭނެ ކަމަކާއި ގުޅޭގޮތުން ކަމާބެހޭ މުއައްސަސާތަކާއި މަޝްވަރާ ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

މަޝްވަރާތައް ދިގުލައިގެންދާ ކަމަށް ބުނެ އެއްކަލަ ޕިންކް ކްލަސްޓަރގެ ކުދިންކޮޅު ރަމަޟާން މަހުވެސް މާލޭގެ މަގުތައް ހަލަބޮލިކޮށްލަން އަމާޒުހިފިއެވެ. ދެން ފެނުނީ މާފުށީގައި ކޮވިޑު ކޭސްތައް އިތުރުވެ "ހައިރިސްކު"ގެ ޔާމީނު ގެޔަށް ވެސް ބަދަލުކުރެވުނު މަންޒަރެވެ. މިކަމުގައި ވަކި ސިޔާސީ ފިކުރެއް ތަފާތުނުކޮށް ކޮވިޑުގެ މި ހާލަތުގައި ވެސް ޚިދުމަތް ދޭނެކަމަށް ސަރުކާރުން ބުނަމުންދާ ބަހުގެ ތެދުކަން ސާބިތުވިއެވެ،

ޖަލުހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާ ޔާމީނު ގޭބަންދަށް ބަދަލުކުރުމާއި ހިސާބުން ސޯޝަލް މީޑިއާގައި ތޫފާނެއް އުތުރިއަރަން ފެށިއެވެ. އުފާފާޅުކުރާ ޕިންކް ކްލަސްޓަރގެ ބައެއް ކުދިންވެސް މިދެންނެވި ތޫފާނުގެ މުގުލުން ފެނެއެވެ،

ސޯޝަލް މީޑިއާގެ ތޫފާނުގެ ތެރެއިން އެންމެ ބޮޑަށް ލޮލުގައި އަޅައިގަތީ ރައީސް ޔާމީނުގެ ތުއްތަންބެ ނުވަތަ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ އާއިލާގެ ތެރޭގައި އޮތް ބައިބައިވުމެވެ. އެންމެ ފުރަތަމަ ޓުވީޓް ކުރައްވައި އުފާ ފާޅުކުރެއްވީ ރައީސް މައުމޫނުގެ އެންމެ "ފޭވަރިޓް" ކަމުގައި އަބަދުވެސް އަޑުފެތުރިފައިވާ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫނެވެ. އެ ޓުވީޓުން ފެނިގެންދިޔައީ ބޮޑުބޭބެ ދެކެވާ ލޯތްބެވެ. ބައްޕާފުޅަށް ޔާމީނު ކުރެއްވި އަނިޔާ ހަނދުމަފުޅު ނެތް ކަހަލައެވެ.

ޣައްސާނު ވަނީ ރައީސް ޔާމީނު 2023 ވަނަ އަހަރު ވެރިކަމަށް ގެނައުމަށް ވަރުބަލިކަމެއް ނެތި މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އޭނާ އިތުރަށް ވިދާޅުވީ ރައީސް ޔާމީނަށް ހުކުމް ކޮށްފައިވަނީ ނުހައްގުން ކަމަށާއި އެމަނިކުފާނު މިނިވަންކޮށް 2023 ވަނަ އަހަރު ވެރިކަމަށް ގެނައުމުގެ މަސައްކަތުގައި ޕީޕީއެމް ސާބިތުވެ އޮންނާނެ ކަމަށެވެ. ދެން އޮންނަ އިންތިޚާބެއްގައި ރައީސް ޔާމީނު ވާދަކުރައްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީން ބުނަމުންދިޔަ ނަމަވެސް ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާހާ ހިނދެއްގައި ވާދައެއް ނުކުރެއްވޭނެއެވެ. މިއީ އަދި މާފަހުގެ ވާހަކައެއް ކަމުން އެވާހަކަ އިހަށް ބާއްވާނަމެވެ.

ދެން މިޖެހިލަނީ ރައީސް ސާލިހުގެ ސަރުކާރުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނުގެ ޓުވީޓަށެވެ. ޔުމްނާ ވަނީ ޔާމީނު ގެއަށް ބަދަލުކުރުމުން ހިތި ހަނދާންތަކެއް އާވާކަމަށް ވިދާޅުވެފައެވެ. ހަނދާނަށް އަންނަނީ ބައްޕާފުޅު ގެއަށް ބަދަލުކޮށް ދިނުމަށް އެދި ބޮޑުބޭބެގެ އަރިހުގައި ދެންނެވި އާދޭސް ކަމަށް ޔުމްނާ ވިދާޅުވިއެވެ. އެއީވެސް ރޯދަ މަހެކެވެ. ޓެރަރިޒަމްގެ ދައުވާ އުފުލައި ކުރީގެ ރައީސް މައުމޫނު ހުންނެވީ ޖަލު ބަންދުގައެވެ. ރޯދަ މަހަށް ގޭ ބަންދަށް ބަދަލުކޮށް ދިނުމަށް އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ކްރިމިނަލް ކޯޓާއި ޕީޖީގައި އެދިވަޑައިގެންނެވިއެވެ.

ޕީޖީއަށާއި ކްރިމިނަލް ކޯޓަށް ވަކިވަކިން ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ މައުމޫނަކީ އުމުރުފުޅުން 80 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ބޭފުޅެއް ކަމަށާއި ތަފާތު ސިއްހީ މައްސަލަތައް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ވާޓިގޯ ބަލީގެ އުނދަގޫތައް ކުރިމަތިވެ އަނބުރައިގަނެގެން ވެއްޓުމާއި ޒަރޫރީ ކަންތައް ވެސް އެކަނި ނުކުރެވޭ ހިސާބަކަށް މައުމޫނުގެ ހާލުކޮޅު ގޮސްފައިވާކަން ނަސްރީނާގެ ސިޓީގައި ވަނީ ފާހަގަ ކުރައްވައިފައެވެ.

މިހުރިހާ ކަމެއް މިގޮތަށް ހުރުމާއެކުވެސް އޭރު ވެރިކަމުގައި ހުންނެވި ރައީސް ޔާމީނު މިކަމަށް އިޖާބައެއް ނުދެއްވިއެވެ. ސިޔާސީ ގޮތުން ހައްޔަރު ކޮށްފައިވާ ބޭފުޅުންނަށް ލުއި ދޭ ވާހަކައަށް ތަކުރާރުކޮށް ދެއްވަނީ އެއް ޖަވާބެކެވެ. "ކޯޓުތަކަށް ނުފޫޒު ނުފޯރުވަމޭ" މިހެންނެވެ. 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ރައީސް މައުމޫނު ހައްޔަރުކުރީ ސަރުކާރު ވައްޓާލަން ރޭވުމާއި ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގައެވެ. އޭގެ އިތުރުން ހެކި ނައްތައިލުމުގެ ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ވަނީ ޕީޖީގެ އޮފީހަށް ފޮނުވައިފައެވެ. އެކަމަކު އެންމެފަހުން އެ މަނިކުފާނުގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ ދައުވާއެވެ.

މިހާތަނަށް އެންމެ ގިނަ ސިޔާސީ ވެރިން ޖަލު ބަންދަށް ގެންދިޔަ ސަރުކާރަކަށް ރައީސް ޔާމީނުގެ ސަރުކާރު ވާނެއެވެ. ޔުމްނާ މައުމޫނަށް އޭރުގެ އަނިޔާވެރިކަމުން ކޮށްފައިވާ އަސަރު މި ޓުވީޓުން ވަރަށް ފުރިހަމައަށް އެނގެއެވެ. ބައްޕާފުޅުގެ ހައްގުގައި ބޮޑުބޭބެއަށް ކުރި އާދޭހުގެ ހަނދާންތައް އަދިވެސް ތާޒާކަންމަތީގައި ހުރިކަން ހާމަވެއެވެ. ބޮޑުބޭބެގެ އަނިޔާވެރިކަމުގެ ހިތި ރަހަ އަދިވެސް އަރު ތެރޭގައި ހުރިކަން ޔަގީންވެއެވެ.

ރައީސް މައުމޫނު ގެއަށް ބަދަލު ނުކުރުން އެކަންޏެއް ނޫނެވެ. ދޫނިދޫގައި ބަންދުކުރިތާ 40 ދުވަސް ފަހުން 2018 ވަނަ އަހަރުގެ މާޗް މަހުގެ 20 ވަަނަ ދުވަހު ބަންދުގެ މުއްދަތު އިތުރު ކުރުމަށް މާލެ ގެނެސް ގާތްގަނޑަކަށް ހަތް ގަޑިއިރު ވަންދެން ކޯޓުގައި ބޭންދުމަށްފަހު ބަންދުގެ މަޖިލިސް ކެންސަލް ކުރިއެވެ. ރައީސް މައުމޫނު އާއިލާއިން ކުރި އާދޭހަށް ކޮއްކޯފުޅު ރައީސް ޔާމީނު ބީރުކަންފަތެއް ދީ ނިންމާލީ އިންސާފުގެ ކުރިމަތީގައި އެންމެން ހަމަހަމަވާނެއޭ ވިދާޅުވެފައެވެ.

އާއިލީ ޚިލާފެއްގެ ވާހަކަދައްކާއިރު ދުންޔާގެ ބަސްމަގަކީވެސް ހައިރާންކުރުވާ ކަމެކެވެ. ރައީސް ޔާމީނުގެ ސަރުކާރުގައި ޚާރިޖީ ވަޒީރުކަން ކުރެއްވި ދުންޔާގެ ބަސްމަގު އެކި ދުވަހު ހުންނަނީ އެކި ކޮޅަށެވެ. ޔާމީނުގެ ސަޕޯޓަރެއްގެ ގޮތުގައި ސިފަކުރެވުނު ދުންޔާގެ ބަސްމަގު ބަދަލުވެގެން ދިޔައީ ބައްޕާފުޅު މައުމޫނު ހައްޔަރުކޮށް ފުލުހުންނަށް ފޯނެއް ނުދެއްވިކަމުގެ ދައުވާއެއް ސާބިތުވެ އަހަރަކަށް ވުރެ ގިނަ ދުވަހުގެ ހުކުމެއް އިއްވުުމުން ބައްޕާފުޅުގެ ދިފާއުގައި ހިއްސާކުރެއްވި ވީޑިއޯ އިންޓަވިއުއަކާ ހިސާބުންނެވެ.

އިންޓަވިއުގެ ވީޑިއޯއަށް އާންމުގެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވިއިރު އެދުވަހު ދުންޔާ ވަނީ ޔާމީނު ފަރާތްޕުޅުން އިންސާނިއްޔަތުކަން ފެންނަޖެހޭ ކަމަށް ހަރު އަޑުން ވިދާޅުވެފައެވެ. ސްރީލަންކާގެ ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގައި ދުންޔާ ވިދާޅުވީ ހައްގުތައް ކަށަވަރުވެފައިވާ އަދި އެއްވެސް ބިރުވެރިކަމެއް ނެތި އުޅެވޭނެ މާހައުލެއް ދިވެހި ރައްޔިތުން ބޭނުންވާ ކަމަށެވެ. ދުންޔާ ވިދާޅުވި ގޮތުގައި ރައީސް ޔާމީނަކީ ގައުމަށް ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. ނަމަވެސް ގައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލު ކުރުމަށް ޔާމީނަކީ ގާބިލު ބޭފުޅެއް ނޫންކަމަށް ވިދާޅުވިއެވެ.

ޔާމީނުގެ ޚިދުމަތްތަކުގެ ސަބަބުން އިގްތިސާދީ ހާލަތު ރަނގަޅުވުމާއި ފަތުރުވެރިކަން ކުރިއެރި ނަމަވެސް އަނެއް ފަރާތުގައި ހުރި ބޮޑެތި ކަންބޮޑުވުންތަކަށް ވެސް ވިސްނާލަންޖެހޭ ކަމަށް ދުންޔާ ވިދާޅުވިއެވެ. އެގޮތުން ދަރަނި ބޮޑުވުމާއި ދަރަނި އަދާކުރުމުގެ ގާބިލުކަން ނެތުމުގެ މައްސަލަ ހުރި ކަމަށް ވިދާޅުވިއެވެ. އެދުވަހު ދުންޔާ ވަނީ އެކަމަނާގެ މޭސްތިރިކަމުގައި ކުޑަ ދުވަސްކޮޅަކު ނަމަވެސް ހިންގި ފޮރިން މިނިސްޓްރީން ޔާމީނުގެ އަމުރަށް އަވައްޓެރި ގައުމުތަކާއި ދުރުވެގަތުމަށް ގެންގުޅުނު ޚާރިޖީ ސިޔާސަތާއިމެދު ވެސް ފާޑު ވިދާޅުވެފައެވެ.

ކޮންމެއަކަސް ރައީސް ޔާމީނުގެ ވެރިކަން ނިމި ރައީސް ސާލިހު ވެރިކަމަށް ވަޑައިގެން ދުންޔާއަށް ކެބިނެޓްގެ ސްލޮޓެއް ނުލިބޭނެކަން ޔަގީންވި ހިސާބުން އެކަމަނާގެ ބަސްމަގު އަނެއްކާވެސް އެއްކޮށް ބަދަލުވިއެވެ. ވަކިން ޚާއްސަކޮށް ކޮވިޑުގެ ދަތި ހާލަތު އައުމުންވެސް އެންމެ ފުރަތަމަ ސަރުކާރަށް ތުހުމަތުގެ އިނގިލި ދިއްކުރެއްވި އެއް ބޭފުޅެއްގެ ގޮތުގައި ދުންޔާވިއެވެ. މި ސަރުކާރު އިންތިޚާބުކުރީ ކީއްކުރަންބާއޭ ހިތަށް އަރާ ކަމަށް ވިދާޅުވިއެވެ.

ރާއްޖެއަކީ މިނިވަން ކަމެއް ނެތް ސަލާންޖަހާ ގައުމަކަށް ވެފައިވާކަމަށް ވިދާޅުވެ އެއްވެސް އަސާސެއް އެއްވެސް ހެއްކެއް ނެތް ވާހަކަތައް ވެސް ދުންޔާ ވަނީ ތަކުރާރު ކުރައްވައިފައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ މައްސަލަތައް ބަލަން އަހަރަކު 31 މިލިއަން ޚަރަދު ކޮށްފައި ދައުވާކުރަން ހުށަހަޅަނީ އަހަރަކު ދެމައްސަލަ ކަމަށް ވިދާޅުވެ އަނެއްކާވެސް ދުންޔާގެ މެންޓަލް މެތްސްގެ ތީރެއް ސަރުކާރަށް އަމާޒުކުރެއްވިއެވެ.

ރާއްޖޭގައި ކޮރަޕްޝަނުގެ ހާލަތު ރައީސް ސާލިހު ވެރިކަަމާއި ހަވާލުވެވަޑައިގެންނެވި ފަހުން އެތައް ގުނައެއް ރަނގަޅު ވެފައިވާކަން ކޮންމެ އަހަރަކު އާންމުކުރާ ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކުހުން މި ދެ އަހަރު ރާއްޖެ ހޯދި ކާމިޔާބީން އެކަނިވެސް ސާބިތުވެއެވެ.

ޔާމީނުގެ ސަޕޯޓަރެއްގެ ގޮތުގައި މިއަދުވެސް ދުންޔާ ދެމިހުންނެވި ކަން ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވެސް ވަނީ ފެނިފައެވެ. މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވި ބޭފުޅުންގެ ތެރެއިން އެކަނާ ތާއީދުކުރެއްވީ އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒަށެވެ.

ދެން ހުންނެވީ ފާރިޝް މައުމޫނެވެ. އެމަނިކުފާނަކީ ބައްޕާފުޅު މައުމޫން ފަދައިން ޔާމީނުގެ ސަރުކާރުގައި ވަރަށް ހާލު ޖައްސާފައިވާ ބޭފުޅެކެވެ. އެގޮތުން 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިޝް މައުމޫން ހިމެނޭ ގޮތަށް ޔާމީނުގެ ނޭއްގާނިއްޔަތަށް ނޫނެކޭ ވިދާޅުވެ ޕީޕީއެމް ދޫކުރެއްވުމުން އިލެކްޝަންސް ކޮމިޝަނަށް ބާރުފޯރުވައިގެން 12 މެންބަރެއްގެ ގޮނޑި ވަނީ ގެއްލުވާލާފައެވެ. މި ހިސާބުން އަދި ނިމުނީކީ ނޫނެވެ. ޔާމީނުގެ ސަރުކާރުން ވަނީ ފާރިޝްގެ މައްޗަށް ރިޝްވަތު ދިނުމާއި ހިފުމުގެ ދައުވާވެސް އުފުލައި ޖަލުގައި ބަންދުކޮށްފައެވެ. 

މި ދަންނަވާލެވުނީ މައުމޫނުގެ އާއިލާގެ ތެރޭގައި ސިޔާސީ އޮއިވަރު ހުރި ގޮތުގެ ވާހަކައެވެ. ވެރިކަން ދެބައިވެ އައު ސަރުކާރެއް ހޮވުމާއި ގާތަށް ޖެހޭވަރަކަށް މައުމޫން އާއިލާގެ ނުގުޅުންތައް ގިނަވެގެން ދާނެ ކަމަށް އާންމުންވެސް މިހާރު ދަނީ ބުނަމުންނެވެ. މިކަމުގައި ކަން ވާނެގޮތް ބަލަމާ ހިނގާށެވެ. މިއާއިލާ އެއްގަލަކަށް އަރައިތިބޭތަން ފެނުން ވަރަށް ދުރުކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

އެއް ބަޔަކު ބުނާގޮތުން މިއީ އާއިލީ ވެރިކަމުގެ ޖާހު ކޮންމެވެސް ސިފައެއްގައި ދެމެހެއްޓުމަށް ގެންގުޅޭ އުކުޅެކެވެ. މިކަމުގައިވެސް ދެންނެވެން އޮތީ މިހާތަނަށް އުފެދުނު ސަރުުކާރުތަކުން މިފަދަ މަންޒަރުތަކެއް ފެންނަން ހުރިކަމުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު