Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ނަޝީދު

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ކެރިވަޑައިގަންވަވާނަމަ ވާދަކުރައްވާ، ސާދާ ގޮތަކަށް ބަލިކުރާނަން

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 9 ފެބުރުއަރީ 2017 | ބުރާސްފަތި 14:59
ރައީސް ނަޝީދު ބޭރުގެ ނޫސްވެރިންނާއެކު

ރައީސް ނަޝީދު ބޭރުގެ ނޫސްވެރިންނާއެކު

ޓެރަރިޒަމުގެ ކުށުގެ ދައުވާކޮށް ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރި ފަހުން، އާއްމުކޮށް ހުޅުވާލެވިގެން ނޫސްވެރިންނާ ފުރަތަމަ ފަހަރަށް ބައްދަލުކުރެއްވީ ފެބްރުއަރީ 08 ވީ ބުރާސްފަތި ދުވަހު އެވެ. ރައީސް ނަޝީދުގެ މައްޗަށް ހުކުމް އިއްވީ 2015 ވަނަ އަހަރުގެ މާޗް 13 ވަނަ ދުވަހުއެވެ. ނަމަވެސް ބޭރުގެ ފިއްތުންތަކާއެކު "ބޭސްފަރުވާ" ގެ ނަމުގައި 2016 ގެ ޖެނުއަރީ 18 ވަނަ ދުވަހު އެމަނިކުފާނަށް އިނގިރޭސިވިލާތަށް ވަޑައިގަތުމުގެ ހުއްދަ ދޭން ސަރުކާރަށް މަޖުބޫރުވި އެވެ. އެއިރު ސަރުކާރާއި، ޚުދު ރައީސް އަބްދުﷲ ޔާމީން ވިދާޅުވަމުން ގެންދެވީ ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ރައީސް ނަޝީދަށް ނުދެއްވާނެ ކަމަށެވެ. ނަމަވެސް، ހިފަހައްޓާނުލެވޭ ވަރަށް ބޭރުގެ ފަރާތްތަކުން ވާން ކޮށްލުމުން، ދޫދިނުމަށް ފަހު ފަހަތަށް ޖެހެން ސަރުކާރަށް މަޖުބޫރު ވިއެވެ.

އިނގިރޭސިވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އުޅުއްވާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން، އެމަނިކުފާނުގެ ސިޔާސީ ހަޔާތުގެ މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާ ސްރީ ލަންކާ އަށް ވަޑައިގެން އެމްޑީޕީގެ ގައުމީ މަޖިލީހާއި އާންމު މެންބަރުންގެ އިތުރުން ތާއީދުކުރައްވާ ގިނަ އަދަދެއްގެ އާންމުންނާ މި ވަނީ ބައްދަލުކުރައްވާފަ އެވެ. އަދި ނޫސްވެރިންނާ ބައްދަލުކުރައްވާ، ރާއްޖޭގެ މިހާރުގެ ހާލަތާއި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ މެދު އެމަނިކުފާނި ދެކިވަޑައިގަންނަވާ ގޮތް ހިއްސާކުރައްވާފައި ވެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެންމެ ބޮޑަށް ފާހަގަކުރެވުނީ ރައީސް ޔާމީނަށް ރައީސް ނަޝީދު ގޮން ޖެއްސެވުމެވެ. އެމަނިކުފާނާ ވާދަކުރައްވަން ކެރިވަޑައިނުގަންނެވުމަކީ ރައީސް ޔާމީން ލަދުވެތިވެ ވަޑައިގަންނަވަންޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ. އަދި ކެރިވަޑައިގަންނަވާނަމަ، އެމަނިކުފާނާ ވާދަކުރެއްވަން ގޮން ޖައްސަވައި، ރައީސް ނަޝީދު ވިދާޅުވީ ސާދާ ގޮތަކަށް ރައީސް ޔާމީން ބަލިކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވަނީ 2018 ގައި އިންތިހާބެއް ނުބާއްވަފާނެތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ އެންމެ މުހިންމު ކަމަކީ 2018 ގައި އިންތިހާބެއް ކަށަވަރުކުރުން ކަމަށެވެ. އިންތިހާބު ބާއްވައިފިނަމަ އެމަނިކުފާނު ވާދަކުއްވާނެ ކަން ފާހަގަކުރައްވާ ވިދާޅުވީ ބޮޑު ތަނުން ރައީސް ޔާމީން ބަލިކުރައްވާނެ ކަމަށެވެ.

ރައްޔިތުން އެމަނުކުފާނަށް ތާއީދުކޮށް، ރައީސް ޔާމީނަށް ތާއީދުނުކުރުމަކީ އަމިއްލަފުޅު ކުށެއް ނޫން ކަމަށާއި އެކަމާ ރައީސް ޔާމީން ލަދުވެތިވެ ވަޑައިގަންނަވަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ. ރައީސް ނަޝީދު އެފަދައިން ވިދާޅުވީ، އެމްޑީޕީއަކީ އެންމެ މީހެއްގެ ވަށައިގެން ތަވާފްކުރާ ބައެއް ކަމަށް ރައީސް ޔާމީން ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވަމުންނެވެ.

އެންމެ ބޮޑަށް ރައީސް ނަޝީދު ފާހަގަކުރެއްވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަކުރެވޭނެ މަގު ތަނަވަސްވީ އެންމެ ފަހު ވަގުތުގައި ކަމެވެ. އެކަމުން މިސާލު ނަންގަވައި، ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ނިންމަ އަދި މާބޮޑަށް ވެސް އަވަސް ކަމަށެވެ. އަދި ބޭރުގެ ފަރާތްތަކުގެ އެހީގައި އިންތިހާބުގައި ޥާދަކުރެވޭނެ ގޮތް ހެދުމަށް ޕްރެޝާ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ މި ވާހަކަތަކާއެކު ސަޕޯޓަރުންގެ އުންމީދު މިވަނީ އާވެފަ އެވެ. ނަމަވެސް ކުރެވޭ ސުވާލަކީ ރައީސް ނަޝީދާ ވާދަކުރެއްވުމަށް ދަނޑު މައްޗަށް އަރާ ވަޑައިގަތުމަށް ރައީސް ޔާމީނަށް ކެރިވަޑައިގެންފާނެތޯ ކުރެވޭ ސުވާލެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މިނިސްޓަރު ޝައިނީ ރައީސް މައުމޫންގެ ވާހަކަ ދެއްކީމަ ވަރަށް މަޖަލެވެ.

މިނިސްޓަރު ޝައިނީ ރައީސް މައުމޫންގެ ވާހަކަ ދެއްކީމަ ވަރަށް މަޖަލެވެ.

26 ފެބުރުއަރީ 2017
"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު