Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހައިރިސްކް ގައިދީން ގެއަށް ބަދަލުކުރުން

ހައިރިސްކް ގައިދީން ދެނެގަތުމުގެ މަސައްކަތް ފަށައިފި

2 މެއި 2021 | އާދީއްތަ 04:37

ކޮވިޑުގެ މި ޙާލަތުގެ ސަބަބުން އެކަމުގައި ވެސް ދަތިތަކެއް އެބަހުރި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 2 މެއި 2021 | އާދީއްތަ 04:37
މާފުށީ ޖަލުގައި މީގެ ކުރިން ނެގި ރެންޑަމް ސާމްޕްލިންގ ގެ ތެރެއިން

މާފުށީ ޖަލުގައި މީގެ ކުރިން ނެގި ރެންޑަމް ސާމްޕްލިންގ ގެ ތެރެއިން

ޖަލުތަކުގައި ކޮވިޑް-19 ފެތުރެމުންދާ މި ޙާލަތުގައި ހައިރިސްކް ގައިދީންނަކީ ކޮބައިކަން ދެނެގަތުމުގެ މަސައްކަތް ފަށާފައިވާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއިން ބުނެފިއެވެ.

އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލު އާމިނަތު ޔުސްރީން ވިދާޅުވީ، ސިއްހީ ޙާލަތަށް ބަލައި ހައިރިސްކް ގައިދީން ދެނެގަތުމުގެ މަސައްކަތް ހުރިހާ ޖަލެއްގައި ވެސް ފަށާފައިވާ ކަމަށާއި، އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ޑޮކްޓަރުން ބަލަމުން ގެންދާނެ ކަމަށެވެ. އަދި ހަފްތާއެއްހާ ދުވަސްތެރޭގައި އެ މަސައްކަތް މުޅިން ނިންމާލެވޭނެކަމަށް ލަފާ ކުރެވޭކަމަށް ޔުސްރީން ވިދާޅުވިއެވެ. ޔުސްރީން ވިދާޅުވީ، ކޮވިޑުގެ މި ޙާލަތުގެ ސަބަބުން އެކަމުގައި ވެސް ދަތިތަކެއް ހުރި ކަމަށެވެ.

Advertisement - newsAdvertisement

ޔުސްރީން އިތުރަށް ވިދާޅުވީ، ހައިރިސްކް ގައިދީންގެ ތެރެއިން ވެސް މުޖުތަމަޢުއަށް ނުރައްކާވާނެ ފަދަ ގައިދީން ގެއަށް ބަދަލެއް ނުކުރާނެ ކަމަށެވެ. އެގޮތުން ގައިދީންގެ ސެކިއުރިޓީ ރިސްކް ލެވެލްއާއި ތަންފީޒު ކުރަމުންދާ ޙުކުމުގެ ބާވަތަށް ބަލާނެކަމަށް ޔުސްރީން ފާހަގަކުރެއްވިއެވެ. އަދި ވަގުތީ ގޮތުން ގޭބަންދަށް ބަދަލު ކުރިނަމަވެސް، ބެލެނިވެރިޔާގެ ހުއްދަ ނެތްނަމަ ދޫނުކުރާނެކަން ޔުސްރީން ފާހަގަ ކުރެއްވިއެވެ.

ކަރެކްޝަނަލް ސަރވިސަސްއިން ބަލަހައްޓަމުންދާ ހުރިހާ ޖަލުތަކުން ވެސް ޕޮޒިޓިވް ކޭސްތަކާއި ކޮންޓެކްޓުން ފެނިފައިވާއިރު، ޖަލު އޮފިސަރުންނާއި މުވައްޒަފުންގެ ތެރެއިން 33 މީހަކު ޕޮޒިޓިވްވެ، 105 މީހަކު ކަރަންޓީނުގައި ތިބި ކަމަށް ކަރެކްޝަންސްއިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައެވެ. އަދި ގައިދީންގެ ތެރެއިން ވެސް 20 މީހަކު ޕޮޒިޓިވްވެފައިވާއިރު، 22 ގައިދީއަކު ވަނީ ކަރަންޓީން ކޮށްފައެވެ.

ހައި ރިސްކް ހުރިހާ ގައިދީން ވަގުތީގޮތުން ގެއަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ދާދި ފަހުން ވަނީ އިއުލާނު ކުރައްވާފައެވެ. ކޮމިޝަނަރު ވިދާޅުވީ ގައިދީން ގޭ ބަންދަށް ބަދަލު ކުރުމަށް ނިންމާފައިވަނީ ޖަލުތަކުގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. އެގޮތުން މާފުށީ ޖަލުގައި ކޮވިޑް-19 ފެތުރެމުންދާތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލު ކުރުމުން، އޭރު ގިނަ ބަޔަކު ވަނީ ހައިރިސްކް އެހެން ގައިދީންނަށް ވެސް އެ ފުރުސަތު ދިނުމަށް ގޮވާލާފައެވެ.

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

4

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި

15 ޖެނުއަރީ 2017
ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް