Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ހާލަންޑަށް ރެއާލުން ފާރަލުން

ހާލަންޑް ގަތުމުގެ ފެންވަރު ރެއާލުގައި އެބަހުރި: އޭޖެންޓް

ހާލަންޑުގެ އޭޖެންޓާއި ބައްޕަ ވަނީ ރެއާލުގެ ރައީސާ ބައްދަލުކޮށްފައި

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 1 މެއި 2021 | ހޮނިހިރު 14:43
ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅެމުން އަންނަ ނޯވޭގެ ޒުވާން ފޯވާޑް އާލިން ބްރައުޓް ހާލަންޑް

ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅެމުން އަންނަ ނޯވޭގެ ޒުވާން ފޯވާޑް އާލިން ބްރައުޓް ހާލަންޑް

ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅެމުން އަންނަ ނޯވޭގެ ޒުވާން ފޯވާޑް އާލިން ބްރައުޓް ހާލަންޑް ގަތުމަށް ރެއާލް މެޑްރިޑުން ޝައުގުވެރިވާ ކަމަށާއި، އޭނާ ގަތުމުގެ ފެންވަރު އެ ކުލަބުގައި އެބަހުރި ކަމަށް ހާލަންޑުގެ އޭޖެންޓް މިނޯ ރައިއޯލާ ބުނެފިއެވެ.

ދާދި ފަހުން ހާލަންޑުގެ އޭޖެންޓާއި އޭނާގެ ބައްޕަ ވަނީ ސްޕެއިނަށް ދަތުރެއް ކޮށްފައެވެ. އަދި މި ދަތުރުގައި ބާސެލޯނާގެ ރައީސް ޖޮއާން ލަޕޯޓާ އާއި ރެއާލުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒާއެކު އެ ދެ މީހުން ބައްދަލުކޮށް، ހާލަންޑުގެ ޓްރާންސްފާއާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހު އާރްބީ ސާލްޒްބާގް ދޫކޮށް، އުމުރުން 20 އަހަރުގެ ހާލަންޑް ޑޯޓްމުންޑަށް ބަދަލުވީ ހަތަރު އަހަރާ ބައިގެ އެއްބަސްވުމެއްގެ ދަށުން، 20 މިލިޔަން ޔޫރޯއަށެވެ. އެހެންކަމުން ހާލަންޑުގެ އެއްބަސްވުން ހަމަވާނީ 2024 ވަނަ އަހަރުގެ ޖޫން މަހުއެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ހާލަންޑުގެ އޭޖެންޓް މިނޯ ރައިއޯލާ ބުނީ ހާލަންޑް ގަތުމަށް ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން މަސައްކަތްކުރާ ކަމަށާއި، އޭގެ ތެރޭގައި ރެއާލުވެސް ހިމެނޭ ކަމަށެވެ. އަދި ރެއާލަށް ހާލަންޑް ގަތުމުގައި ފައިސާގެ ދަތިކަމާ ކުރިމަތިނުވާނެ ކަމަށްވެސް ބުންޏެވެ.

ކުރިއަށް ހޫނު މޫސުމުގެ ޓްރާންސްފާގައި ހާލަންޑް ގަތުމަށް ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން މަސައްކަތްކުރަމުން އަންނައިރު، އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން ލިވަޕޫލާއި، މެންޗެސްޓާ ސިޓީ އާއި، މެންޗެސްޓާ ޔުނައިޓެޑް އަދި ޗެލްސީވެސް ހިމެނެއެވެ. އަދި އޭނާއަށް ރެއާލުގެ އިތުރުން ބާސާއިންވެސް އަންނަނީ ފާރަލަމުންނެވެ.

ހާލަންޑް ގަތުމަށް ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން މަސައްކަތްކުރި ނަމަވެސް، ކުރިއަށް އޮތް ހޫނު މޫސުމުގައި ހާލަންޑް ވިއްކާނަމަ، އޭނާ ވިއްކަން ޑޯޓްމުންޑުން ކަނޑައަޅާފައިވާ އަގަކީ 180 މިލިޔަން ޔޫރޯ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މި ދަނޑިވަޅުގައި ހާލަންޑް ގަތުމުގެ ފެންވަރު ހުރީ 10 ކުލަބެއްގައި ކަމަށާއި، އޭގެ ތެރެއިން ހަތަރު ކުލަބަކީ ޕްރިމިއާ ލީގުގެ ކުލަބުތައް ކަމަށް ރައިއޯލާ މީގެ ކުރިން ވަނީ ބުނެފައެވެ.

ޑޯޓްމުންޑާއެކު ތަފާތު މޮޅު ކުޅުމެއް ހާލަންޑް ދައްކަމުން އަންނައިރު، އޭނާ ވަނީ މިހާތަނަށް ޑޯޓްމުންޑަށް ކުޅެދިން 56 މެޗުގައި 53 ލަނޑު ޖަހާފައެވެ. އަދި އޭނާ ވަނީ އިޓަލީގެ ކުޅިވަރު ނޫސް "ތުއްތޮސްޕޯޓް" އިން ހޮވާ ޔޫރަޕިއަން ގޯލްޑަން ބޯއި އެވޯޑް، މިދިޔަ އަހަރު ހޯދާފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފްރާންސް ރަނގަޅުކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި

ފްރާންސް ރަނގަޅުކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި

27 ޖޫން 2018
ސަލާހުއަކީ މެސީ ފެންވަރުގެ ކުޅުންތެރިޔެއް ނޫން: ކްލޮޕް

ސަލާހުއަކީ މެސީ ފެންވަރުގެ ކުޅުންތެރިޔެއް ނޫން: ކްލޮޕް

18 މާރިޗު 2018
މާލޭ ލީގު: ރިޒޭގެ ހެޓްރިކާއެކު ބޮޑު ތަފާތަކުން މާޒިޔާ ބަލިކޮށް އީގަލްސް ފެންވަރު ދައްކާލައިފި

މާލޭ ލީގު: ރިޒޭގެ ހެޓްރިކާއެކު ބޮޑު ތަފާތަކުން މާޒިޔާ ބަލިކޮށް އީގަލްސް ފެންވަރު ދައްކާލައިފި

23 ޖޫން 2017
ނިއު މޮޅުވުން ހައްގެއް ނޫން، ރެފްރީންގެ ފެންވަރުދަށް: ސޮބާ

ނިއު މޮޅުވުން ހައްގެއް ނޫން، ރެފްރީންގެ ފެންވަރުދަށް: ސޮބާ

29 އެޕްރީލު 2017
އީގަލްސް ބަލިކޮށް ގްރީން ސްޓްރީޓް ތާވަލުގެ އެއްވަނައަށް އަރައި ފެންވަރު ދައްކާލައިފި

އީގަލްސް ބަލިކޮށް ގްރީން ސްޓްރީޓް ތާވަލުގެ އެއްވަނައަށް އަރައި ފެންވަރު ދައްކާލައިފި

23 އެޕްރީލު 2017

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު