Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމޮޑާނާ ވެކްސިނަށް އެމަރޖެންސީ ހުއްދަދިނުން

ޑަބްލިޔުއެޗްއޯއިން މޮޑާނާގެ ވެކްސިނަށް އެމަރޖެންސީ ހުއްދަދީފި

1 މެއި 2021 | ހޮނިހިރު 03:16

މޮޑާނާ ވެކްސިނަކީ ޑަބްލިޔުއެޗްއޯއިން އެމަރޖެންސީ ހުއްދަދިން ކޮވިޑްގެ 5 ވަނަ ވެކްސިން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 1 މެއި 2021 | ހޮނިހިރު 03:16
މޮޑާނާ ވެކްސިންގެ ސާމްޕަލެއް

މޮޑާނާ ވެކްސިންގެ ސާމްޕަލެއް

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން މޮޑާނާގެ ކޮވިޑް ވެކްސިން އެމަރޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަދީފިއެވެ.

ޑަބްލިޔުއެޗްއޯއިން މޮޑާނާ ވެކްސިނަށް ހުއްދަ ދިނުމުގެ ކުރިންވެސް ގައުމުތަކުން ވަނީ އެވެކްސިން އެމަރޖެންސީކޮށް ބޭނުންކުރުމަށް ހުއްދަދީ ބޭނުން ކުރަން ފަށާފައެވެ. މޮޑާނާ ވެކްސިނަކީ ކޮވިޑަށް އުފައްދާފައިވާ ވެކްސިންތަކުގެ ތެރެއިން ޑަބްލިޔުއެޗްއޯއިން އިމަރޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަދިން ފަސް ވަނަ ވެކްސިނެވެ.

މޮޑާނާ ވެކްސިން ބޭނުންކުރުމުގެ ހުއްދަދިންކަން ހާމަކޮށް ޑަބްލިޔުއެޗްއޯއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ މަގްސަދަކީ ވީހާވެސް ގިނަ ވެކްސިނެއް އެމަރޖެންސީކޮށް ބޭނުންކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.

ޑަބްލިޔުއެޗްއޯގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް މެރިއަންގެލާ ސިމާއޯ ވިދާޅުވީ ވެކްސިން ލިބުމުގައި ދުނިޔެއަށް ކުރިމަތިވެފައިވާ ދަތިތަކުގެ ސަބަބުން ގިނަ ވެކްސިންތަކެއް ބޭނުންކުރަން ފެށުމަކީ މުހިންމު ކަމެއްކަމަށެވެ. ވަކިން ޚާއްސަކޮށް އިންޑިޔާގައި ކޮވިޑްގެ ކޭސްތައް އިންތިހާއަށް އިތުރުވެ އެގައުމުން ވެކްސިން އެހެން ގައުމުތަކަށް ފޯރުކޮށްދިނުން ވަނީ މެދުކަނޑާލާފައެވެ. އެއާއެކު ދުނިޔެއަށް މިވަގުތު ވަނީ ވެކްސިންގެ ދަތިކަން އިހުސާސްކުރަން ޖެހިފައެވެ.

މޮޑާނާއިން ވަނީ އެކުންފުނިން ވެކްސިން އުފައްދަމުން އަންނަ މިންވަރު 2022 ވަނަ އަހަރު 3 ބިލިއަން ޑޯޒަށް އިތުރުކުރާނެ ކަމަށް މިހަފްތާގައި ހާމަކޮށްފައެވެ.

ޑަބްލިޔުއެޗްއޯގެ ސްޓްރީޓެޖިކް އެޑްވައިޒަރީ ގްރޫޕް އޮފް އެކްސްޕަޓްސް އޮން އިމިޔުނިޒޭޝަނުން ޖެނުއަރީ މަހު ވަނީ މޮޑާނާ ވެކްސިނަކީ އުމުރުން 18 އަހަރުން މަތީ މީހުން ބޭނުންކުރުމަށް ރަނގަޅު ވެކްސިނެއް ކަމަށް ލަފާދީއެވެ.

ޑަބްލިޔުއެޗްއޯއިން އެންމެ ފުރަތަމަ އެމަރޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ ދީފައިވަނީ ފައިޒަރ އާއި ޖަރުމަނުގެ ބައޯއެންޓެކުން އުފައްދާފައިވާ ފައިޒަރ ވެކްސިނަށެވެ. އެއީ މިދިޔަ އަހަރު ނިމެން އުޅެނިކޮށެވެ.

އޭގެފަހުން އެސްޓްރަޒެނިކާ ވެކްސިނާއި އިންޑިޔާގެ ސެރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން އަދި ޖޯންސަން އެންޑް ޖޯންސަން ވެކްސިނަށް ވަނީ ހުއްދަދީފައެވެ.

ޑަބްލިޔުއެޗްއޯއިން މިހާރު އަންނަނީ ޗައިނާގެ ސިނޯފަރމް ވެކްސިނާއި ސިނޯވެކް ވެކްސިނަށް އެމަރޖެންސީ ހުއްދަ ދިނުމަށް ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

16 އެޕްރީލު 2020

ކޮރޯނާވައިރަސް އަކީ ލެބޯޓްރީއަކުން އުފެއްދި ވައިރަސްއެއްކަމުގެ ހެއްކެއްނެތްކަމަށް ޑަބްލިޔުއެޗްއޯއިން ބުނޭ: ޗައިނާ

16 އެޕްރީލު 2020
ކޮރޯނާވައިރަސް އަކީ ލެބޯޓްރީއަކުން އުފެއްދި ވައިރަސްއެއްކަމުގެ ހެއްކެއްނެތްކަމަށް ޑަބްލިޔުއެޗްއޯއިން ބުނޭ: ޗައިނާ
10 އެޕްރީލު 2020

ކޮވިޑް-19 އިން ރައްކާތެރިވުމަށް ގައުމުތަކުން އަޅާފިޔަވަޅުތައް އަވަހަށް ނިމުމަކަށް ގެންނާތީ ޑަބްލިޔުއެޗްއޯއިން އިންޒާރުދީފި

10 އެޕްރީލު 2020
ކޮވިޑް-19 އިން ރައްކާތެރިވުމަށް ގައުމުތަކުން އަޅާފިޔަވަޅުތައް އަވަހަށް ނިމުމަކަށް ގެންނާތީ ޑަބްލިޔުއެޗްއޯއިން އިންޒާރުދީފި
05 އެޕްރީލު 2020

ކޮވިޑް-19:ސްޕެއިންގައި ސްޓޭޓް އޮފް އެމަރޖެންސީ އިއުލާންކޮށްފައި އޮތްއޮތުން އޭޕްރީލް 26 އާ ހަމައަށް އިތުރުކުރަނީ

05 އެޕްރީލު 2020
ކޮވިޑް-19:ސްޕެއިންގައި ސްޓޭޓް އޮފް އެމަރޖެންސީ އިއުލާންކޮށްފައި އޮތްއޮތުން އޭޕްރީލް 26 އާ ހަމައަށް އިތުރުކުރަނީ
25 މާރިޗު 2020

ކޮވިޑް-19: ނިއުޒިލެންޑްގައި ސްޓޭޓް އޮފް އެމަރޖެންސީ އިއުލާންކޮށްފި

25 މާރިޗު 2020
ކޮވިޑް-19: ނިއުޒިލެންޑްގައި ސްޓޭޓް އޮފް އެމަރޖެންސީ އިއުލާންކޮށްފި
03 މާރިޗު 2020

އީރާނުގެ އެމަރޖެންސީ ސަރވިސަސްގެ އެންމެ އިސް މީހާ ކޮވިޑް-19 އަށް ޕޮޒިޓިވް!

03 މާރިޗު 2020
އީރާނުގެ އެމަރޖެންސީ ސަރވިސަސްގެ އެންމެ އިސް މީހާ ކޮވިޑް-19 އަށް ޕޮޒިޓިވް!
30 ޖެނުއަރީ 2020

ކޮރޯނާވައިރަސްގެ ބަލިމަޑުކަން ދުނިޔޭގެ ޕަބްލިކް ހެލްތު އެމަރޖެންސީއެއްގެ ގޮތުގައި ކަނޑައަޅައިފި

30 ޖެނުއަރީ 2020
ކޮރޯނާވައިރަސްގެ ބަލިމަޑުކަން ދުނިޔޭގެ ޕަބްލިކް ހެލްތު އެމަރޖެންސީއެއްގެ ގޮތުގައި ކަނޑައަޅައިފި
26 ޖެނުއަރީ 2020

ހޮންގ ކޮންގގައި އެމަރޖެންސީ އިއުލާންކޮށް ޗައިނާއަށް ކުރަން އޮތް ދަތުރުތައް މަޑުޖައްސާލައިފި

26 ޖެނުއަރީ 2020
ހޮންގ ކޮންގގައި އެމަރޖެންސީ އިއުލާންކޮށް ޗައިނާއަށް ކުރަން އޮތް ދަތުރުތައް މަޑުޖައްސާލައިފި
15 އޯގަސްޓު 2019

ކުޅަދާނަ ކަމާއެކު ޒުވާރި ދަނޑަކަށް ރަޝިއާގެ ފްލައިޓެއް އެމަރޖެންސީކޮށް ލޭންޑް ކޮށްފި

15 އޯގަސްޓު 2019
ކުޅަދާނަ ކަމާއެކު ޒުވާރި ދަނޑަކަށް ރަޝިއާގެ ފްލައިޓެއް އެމަރޖެންސީކޮށް ލޭންޑް ކޮށްފި
29 އެޕްރީލު 2018

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބަހްރެއިންއަށް ހަތިޔާރު ވިއްކުމަށް ހުއްދަދީފި

29 އެޕްރީލު 2018
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބަހްރެއިންއަށް ހަތިޔާރު ވިއްކުމަށް ހުއްދަދީފި
17 އެޕްރީލު 2018

ދޫމާގެ ކެމިކަލް ހަމަލާ: ތަހުގީގު ޓީމު ވަންނަން ހުއްދަދީފި

17 އެޕްރީލު 2018
ދޫމާގެ ކެމިކަލް ހަމަލާ: ތަހުގީގު ޓީމު ވަންނަން ހުއްދަދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް