Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސީ ސްޕޯޓްސް ވަރުނުލާ ގްރޮމްސް

ސީ ސްޕޯޓްސް ވަރުނުލާ ގްރޮމްސްގެ އެއްވަނަ ރީޝާނަށް

30 އެޕްރީލު 2021 | ހުކުރު 23:47

މި މުބާރާތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވިގެންދާނެ

އަތޫފް އާތިފް
އަތޫފް އާތިފް | 30 އެޕްރީލު 2021 | ހުކުރު 23:47
ސީ ސްޕޯޓްސް ވަރުނުލާ ގްރޮމްސްގެ ތެރެއިން

ސީ ސްޕޯޓްސް ވަރުނުލާ ގްރޮމްސްގެ ތެރެއިން

ރާއްޖެ ބޮޑީބޯޑިންނުން އިންތިޒާމުކޮށްގެން ބޭއްވި "ސީ ސްޕޯޓްސް ވަރުނުލާ ގްރޮމްސް 2021" ގެ އެއްވަނަ މުޙައްމަދު ރީޝާން ރަޝީދު ހޯދައިފިއެވެ.

ޒުވާން ބޮޑީބޯޑަރުންނަށް އަމާޒުކޮށް ބޭއްވި މި މުބާރާތުގައި 12 ބޮޑީބޯޑަރުން ވަނީ ވާދަކޮށްފައެވެ.

މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު މި މުބާރާތް ފެށިއިރު، ހުކުރު ދުވަހު ހަވީރު ވަނީ މުބާރާތުގެ ފައިނަލް ކުރިއަށްގެންގޮސްފައެވެ. މުބާރާތުގެ ފައިނަލުގައި ވާދަކޮށް އެއްވަނަ ހޯދީ އުމުރުން 18 އަހަރުގެ މުޙައްމަދު ރީޝާން ރަޝީދެވެ. އަދި ދެވަނަ އުމުރުން 15 އަހަރުގެ އިބްރާހީމް އަތޫފް ހޯދިއިރު، ތިންވަނައަށް ހޮވުނީ އުމުރުން 16 އަހަރުގެ މުޙައްމަދު ކައިފް ރައިމޫނެވެ.

މި މުބާރާތުގައި އަލަށް ތައާރަފުކުރި އެވޯޑެއް ކަމަށްވާ އެންމެ އުންމީދީ ބޮޑީބޯޑަރަށް ދޭ ވަރުނުލާ ބޮޑީބޯޑަރު އެވޯޑް ހޯދީ އުމުރުން 11 އަހަރުގެ އިޔާން އަޙްމަދެވެ. އިޔާނަކީ މި މުބާރާތުގެ އެންމެ ހަގު ބޮޑީބޯޑަރުވެސްމެއެވެ. ރާއްޖެ ބޮޑީބޯޑިންނުން ބުނީ މި އަހަރަށްފަހު ކޮންމެ އަހަރަކުވެސް މި އެވޯޑް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މި މުބާރާތުގެ ފައިނަލް ހީޓު ބައްލަވައިލައްވަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަޑައިގެންނެވި އެވެ.

"ރާއްޖެ.އެމްވީ" އަށް ދިން އިންޓަވިއުއެއްގައި މުބާރާތުގެ އިވެންޓް މެނޭޖަރު އަލީ ޚުޝްރުވާން އަޙްމަދު (ކުޑަ އައްޔަ) ބުނީ މިއީ މި އަހަރު ކުރީކޮޅު ބާއްވަން ނިންމި މުބާރާތެއް ކަމަށާއި، އެކަމަކު ކޮވިޑް-19 އާއެކު އެޗްޕީއޭއިން އެކުލަވާލި އުސޫލުތަކާ ގުޅިގެން މުބާރާތް ފަސްކުރަން ޖެހުނު ކަމަށެވެ. އަދި މުބާރާތް ރަމަޟާން މަހު ބާއްވަން ޖެހުމުން އެކަމުގައިވެސް ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށްވެސް ބުންޏެވެ.

ކުޑަ އައްޔަ އިތުރަށް ބުނީ މި އަހަރުގެ މުބާރާތުގައި 12 ބޮޑީބޯޑަރުން ވާދަކުރި ނަމަވެސް، ކުރިއަށް އޮތް ތަނުގައި މުބާރާތުގައި ވާދަކުރާ ބޮޑީބޯޑަރުންގެ އަދަދު އިތުރުވެގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މި މުބާރާތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވިގެންދާނެ ކަމަށާއި، އުއްމީދަކީ މުޅި ރާއްޖެއަށް ބޮޑީބޯޑިން ފުޅާކުރުން ކަމަށްވެސް ބުންޏެވެ. އެގޮތުން މި އަހަރުގެ ތެރޭގައި އަތޮޅުތެރޭގައި ވެސް ބޮޑީބޯޑިން މުބާރާތްތައް ބޭއްވިގެންދާނެ ކަމަށްވެސް ކުޑަ އައްޔަ ބުންޏެވެ.

ސީ ސްޕޯޓްސް ވަރުނުލާ ގްރޮމްސްއަކީ ކުރިއަރަމުން އަންނަ ޒުވާން ބޮޑީބޯޑަރުންނަށް ވާދަވެރި މާހައުލެއްގައި މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމަށް ބާއްވަމުން އަންނަ މުބާރާތެކެވެ. އަދި މި މުބާރާތުގެ ސަބަބުން ޒުވާން ބޮޑީބޯޑަރުންނަށް ބޮޑެތި މުބާރާތްތަކުގައި ވާދަކުރާއިރު، ޕްރެޝަރު ހޭންޑަލްކުރުމުގެ ތަޖުރިބާ ލިބިގެންދާނެ ކަމަށް މުބާރާތް އިންތިޒާމުކުރާ ރާއްޖެ ބޮޑީބޯޑިންނުން މައުލޫމާތުދެއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

03 އެޕްރީލު 2017

މިއާމީ އޯޕެންއަށް ފަހު ޖޮހޭނާގެ އަމާޒް ދުނިޔޭގެ އެއްވަނަ ކުޅުންތެރިއާއަށް ވުމަށް

03 އެޕްރީލު 2017
މިއާމީ އޯޕެންއަށް ފަހު ޖޮހޭނާގެ އަމާޒް ދުނިޔޭގެ އެއްވަނަ ކުޅުންތެރިއާއަށް ވުމަށް
02 އެޕްރީލު 2017

ސްޕެނިޝް ލީގުގެ އެއްވަނައިގައި ރެއާލް ހަމަޖެހިލައިފި

02 އެޕްރީލު 2017
ސްޕެނިޝް ލީގުގެ އެއްވަނައިގައި ރެއާލް ހަމަޖެހިލައިފި
02 މާރިޗު 2017

ސްޕެނިޝް ލަލީގާ: ލަސްޕާމަސް އަތުން އެއްވަރުވެ ރެއާލް ދެވަނަ އަށް ވެއްޓުނުއިރު، ބާސާ އެއްވަނައަށް

02 މާރިޗު 2017
ސްޕެނިޝް ލަލީގާ: ލަސްޕާމަސް އަތުން އެއްވަރުވެ ރެއާލް ދެވަނަ އަށް ވެއްޓުނުއިރު، ބާސާ އެއްވަނައަށް
23 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ކޮރެއާ ކްލަބާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީއަށް

23 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ކޮރެއާ ކްލަބާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީއަށް
22 ފެބުރުއަރީ 2017

ބޭނުމީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދަން: ނިޒާމްބެ

22 ފެބުރުއަރީ 2017
ބޭނުމީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދަން: ނިޒާމްބެ
04 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: އާސެނަލް ބަލިކޮށް އެއްވަނައިގައި ޗެލްސީ އަށް 13 ޕޮއިންޓްގެ ލީޑެއް

04 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: އާސެނަލް ބަލިކޮށް އެއްވަނައިގައި ޗެލްސީ އަށް 13 ޕޮއިންޓްގެ ލީޑެއް
26 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން

26 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން
24 ޖެނުއަރީ 2017

އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ

24 ޖެނުއަރީ 2017
އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް