Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމިއާމީ އޯޕެން

މިއާމީ އޯޕެންއަށް ފަހު ޖޮހޭނާގެ އަމާޒް ދުނިޔޭގެ އެއްވަނަ ކުޅުންތެރިއާއަށް ވުމަށް

މިފަދަ ކާމިޔާބެއް ލިބުނު ފުރަތަމަ ފަހަރު

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 3 އެޕްރީލު 2017 | ހޯމަ 16:22
މިއާމީ އޯޕެން ކާމިޔާބު ކުރުމަށްފަހު ތައްޓާއެު ޖޮހޭނާ ފޮޓޯއަކަށް ހުއްޓިގެން

މިއާމީ އޯޕެން ކާމިޔާބު ކުރުމަށްފަހު ތައްޓާއެު ޖޮހޭނާ ފޮޓޯއަކަށް ހުއްޓިގެން

ޓެނިހުގެ ކެރިއަރުގައި ލިބުނު އެންމެބޮޑު ކާމިޔާބީއަށްފަހު އިނގިރޭސިވިލާތުގެ ޖޮހޭނާ ކޮންޓާ ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިއާވުމަށް އަމާޒް ހިފައިފިއެވެ.

އިނގެރޭސިވިލާތުގެ އެއްވަނަ އަންހެން ޓެނިސްކުޅުންތެރިޔާ ޖޮހޭނާ މިއާމީ އޯޕެން ކާމިޔާބުކުރީ ފައިނަލުގައި ޑެންމާކުގެ ކެރޮލިން ވޮޒްނިއާކީ ބަލިކުރުމަށްފަހުއެވެ.

މިހާރު ދުނިޔޭގެ 7 ވަނަ އަންހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ސީޑްކުރެވިފައިވާ ޖޮހޭނާ، ވޮޒްނިއާކީ ބަލިކުރީ 3-6 4-6 އިން ސެޓުތައް ގެންގޮސްގެންނެވެ.

މި މުބާރާތް ކާމިޔާބު ކުރުމުން، އުމުރުން 25 އަހަރުގެ ޖޮހޭނާއަށް ވަނީ ފައިސާގެ އިނާމުގެ ގޮތުގައި 940.000 ޕައުންޑް ލިބިފައެވެ.

މިއަމީ އޯޕެން ކާމިޔަބުކުރި ޖޮހޭނާއަކީ 2015 އަހަރުގެ ޖޫން މަހުގެ ތެރޭގައި އާންމުކުރި ރޭންކިންގައި 146 ވަނަގައި ސީޑްކުރެވިފައިވަ ކުޅުންތެރިއެކެވެ. ނަމަވެސް ފާއިތުވެދިޔަ އަހަރަކަށްވުރެ މަދު ދުވަސްކޮޅުގެ ތެރޭގައި އޭނާ ވަނީ ދުނިޔޭގެ ހަތްވަނަ ކުޅުންތެރިޔާގެ މަޤާމަށް ވާސިލްވެފައެވެ.

މިއާމީ އޯޕެންފަދަ ބޮޑު މުބާރާތެއް ކާމިޔާބު ކުރެވުމަކީ އިތުރަށް ކުރިއަށް ދިޔުމަށް ލިބުނު ފުރުސަތެއް ކަމަށް ޖޮހޭނާ ޤަބޫލުކުރެވެއެވެ. އެ މި ކާމިޔާބާއެކު އޭނަ ބޭނުންވަނީ ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިއާއަށް ވުމަށެވެ.

"އަހަރެން ބޭނުންވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ވުމަށް، އެކަމަކު އަދި އެކަމަށް ކުރަންޖެހޭ މަސައްކަތްތައް ވަރަށް ގިނަ" ޖޮހޭނާ ބުނެފައިވެއެވެ.

މީގެ ކުރިން 2015 ވަނަ އަހަރު ތެރޭގައި ލިބެމުންދިޔަ ނާކާމިޔާބީތަކާ ގުޅިގެން ޖޮހޭނާ ވަނީ އޭނާ ކޯޗު ބަދަލުކޮށްފައެވެ. އަލުން ކޯޗުކޮށްދޭން ފެށި ސްޕެއިންގެ އެސްޓެބަންއާއެކު ޖޮހޭނާ އަންނަނީ ގިނަ ކާމިޔާބީތަކެއް ހޯދަމުންނެވެ.

އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ސިޑްނީ އިންޓަނޭޝަލްގައި ޖޮހޭނަ ކުޅުނު މެޗެއް އެންމެ ސެޓެއްވެސް ގެއްލުވާ ނުލާ ކާމިޔާބު ކުރުމެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
26 ޖެނުއަރީ 2017

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

26 ޖެނުއަރީ 2017
ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
25 ޖެނުއަރީ 2017

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު