Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އޭއެފްސީ ކަޕް

އޭއެފްސީ ކަޕުން ވަކިކުރީ އެންގުމެއް ނެތި: އަބަހާނީ

ޕްލޭއޮފްގެ ޖާގައެއް އީގަލްސްއަށް ވަނީ ލިބިފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 30 އެޕްރީލު 2021 | ހުކުރު 12:41
ޑާކާ އަބަހާނީގެ ކުޅުންތެރިން

ޑާކާ އަބަހާނީގެ ކުޅުންތެރިން

އޭއެފްސީ ކަޕުން ވަކިވާން ނުނިންމާ ކަމަށާއި، މުބާރާތުން އެ ޓީމު ވަކިކުރީ އެންގުމެއް ނެތި ކަމަށް ޑާކާ އަބަހާނީން ބުނެފިއެވެ.

ހުކުރު ދުވަހު އޭއެފްސީން ނެރުނު ބަޔާނެއްގައި ވަނީ އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ދެވަނަ ބުރުގައި ރާއްޖޭގެ ކުލަބު އީގަލްސްއާ ދެކޮޅަށް ކުޅެން އޮތް އަބަހާނީން މުބާރާތުން ވަކިވި ކަމަށް ބުނެފައެވެ. އަދި މި މުބާރާތުން އަބަހާނީ ވަކިވާން ނިންމި ކަމަށް ގަބޫލުކުރެވެނީ ކޮވިޑް-19 އާ ހެދި ކުރިމަތިވެފައިވާ ހާލަތުގެ ސަބަބުން ހުރިހާ ކަމަކަށް ރަނގަޅަށް ބެލުމަށްފަހު، ބަންގްލަދޭޝް ފުރަބަންދުގައި އޮތުމާއި، ދަތުރުފަތުރުކުރުމަށް އެ ގައުމުގައި ހުރި ދަތިތަކަށް ބަލާއިރު، ދެން މި މުބާރާތުގައި ކުރިއަށްދެވޭނެ ގޮތެއް އެ ޓީމަށް ނެތުން ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެއާއެކު އަބަހާނީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭއެފްސީގެ ނިންމުމަކީ އެ ޓީމަށް ލިބުނު "ޝޮކެއް" ކަމަށާއި، މުބާރާތުން ވަކިވާން ނިންމާފައިނުވާ ކަމަށް ބުނެފައެވެ. އަދި އަންނަ މެއި މަހުގެ ފަސްވަނަ ދުވަހު ބަންގްލަދޭޝްގައި އަބަހާނީ އާއި އީގަލްސް މެޗު ކުޅުމަށްފަހު، އެ މެޗުން މޮޅުވާ ޓީމެއް އަންނަ މަހުގެ އަށްވަނަ ދުވަހު ބެންގަލޫރާ ދެކޮޅަށް ހަމަ ބަންގްލަދޭޝްގައި މެޗު ކުޅުމަށް ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަން (ބީއެފްއެފް) އާ ގުޅިގެން މަސައްކަތްކުރަމުން ދިޔަ ކަމަށްވެސް މި ބަޔާނުގައި ވަނީ ބުނެފައެވެ. އަދި ކުއްލިއަކަށް އަބަހާނީން މުބާރާތުން ވަކިވީ ކަމަށް އޭއެފްސީން ނިންމުމާއެކު، އެ ނިންމުން މުރާޖާކުރަން އެދޭ ކަމަށްވެސް އަބަހާނީން ވަނީ ބުނެފައެވެ.

އޭއެފްސީ ކަޕުން އަބަހާނީ ވަކިވި ކަމަށް އޭއެފްސީން ނިންމިމުން، އީގަލްސްއަށް ވަނީ ޕްލޭއޮފުގެ ޖާގައެއް ލިބިފައެވެ. ޕްލޭއޮފުގައި އީގަލްސް ބައްދަލުކުރާނީ އިންޑިއާގެ ބެންގަލޫރު އެފްސީއާއެވެ. އަންނަ މެއި މަހުގެ 11 ވަނަ ދުވަހު މާލޭގައި އެ މެޗު ކުޅޭއިރު، އެ މެޗުން މޮޅުވާ ޓީމަކަށް ގްރޫޕް ސްޓޭޖުގެ ފަހު ޖާގަ ލިބޭނެއެވެ.

މި ފަހަރުގެ ކޮލިފައިން ބުރުން އަބަހާނީ ވަކިވި ކަމަށް އޭއެފްސީން ބުނިއިރު، މީގެ ކުރިން އޭއެފްސީން ވަނީ އަބަހާނީ އާއި އީގަލްސްގެ މެޗު ދެ ފަހަރެއްގެ މަތިން ފަސްކޮށްފައެވެ. އެގޮތުން މެޗު އެންމެ ފުރަތަމަ ތާވަލުކޮށްފައި އޮތީ މި މަހު 14 ވަނަ ދުވަހު ބަންގްލަދޭޝްގައި ކުޅޭ ގޮތަށެވެ. އެކަމަކު ކޮވިޑް-19 ގެ ކޭސްތައް އިތުރުވެ، ބަންގްލަދޭޝް ފުރަބަންދުކޮށްފައި އޮތުމުން މި މެޗު އެ ގައުމުގައި ކުޅެވޭނެ ގޮތެއް ނުވިއެވެ. އެހެންކަމުން މި މަހުގެ 21 ވަނަ ދުވަހު ނޭޕާލުގައި މި މެޗު ކުޅެން އޭއެފްސީން ފަހުން ނިންމި ނަމަވެސް، ބަންގްލަދޭޝްއިން ވައިގެ ދަތުރުތައް ހުއްޓާލުމުން އަނެއްކާވެސް މެޗު ފަސްކުރިއެވެ.

ކޮލިފައިން ކާމިޔާބުކުރާ ޓީމަކަށް ގްރޫޕް ސްޓޭޖުގެ ފަހު ޖާގަ ލިބޭއިރު، ރާއްޖެއިން ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް ލިބިފައިވަނީ މިދިޔަ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށެވެ. މާޒިޔާގެ އިތުރުން ދެން ގްރޫޕް ސްޓޭޖުގައި ހިމެނެނީ އިންޑިއާގެ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްއެވެ. އޭއެފްސީން ވަނީ ރާއްޖޭގެ ޓީމުތައް ހިމެނޭ ގްރޫޕް ޑީގެ މެޗުތައް އަންނަ މަހުގެ 14 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ސެންޓްރަލައިޒްކޮށްގެން ކުޅުމަށް ނިންމާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޭއެފްސީ ކަޕް: އަބާނީއާ ދެކޮޅަށް ކުޅުމަށް މާޒިޔާ ބަންގްލަދޭޝްއަށް ފުރައިފި

އޭއެފްސީ ކަޕް: އަބާނީއާ ދެކޮޅަށް ކުޅުމަށް މާޒިޔާ ބަންގްލަދޭޝްއަށް ފުރައިފި

11 މާރިޗު 2017
އޭއެފްސީ ކަޕް: މޯހަން ބާގަން އަތުން ބަލިވެ ވެލެންސިއާ އަށް ގްރޫޕް ސްޓޭޖުން ފުރުސަތު ގެއްލިއްޖެ

އޭއެފްސީ ކަޕް: މޯހަން ބާގަން އަތުން ބަލިވެ ވެލެންސިއާ އަށް ގްރޫޕް ސްޓޭޖުން ފުރުސަތު ގެއްލިއްޖެ

28 ފެބުރުއަރީ 2017
 އޭއެފްސީ ކަޕް: ގްރޫޕް ސްޓޭޖުން ޖާގަ ހޯދުމުގެ އުންމީދުގައި ވެލެންސިއާ ކަލްކަތާއަށް ފުރައިފި

އޭއެފްސީ ކަޕް: ގްރޫޕް ސްޓޭޖުން ޖާގަ ހޯދުމުގެ އުންމީދުގައި ވެލެންސިއާ ކަލްކަތާއަށް ފުރައިފި

25 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި

އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި

21 ފެބުރުއަރީ 2017
މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

4 ޖޫން
ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި
20251 އަހަރު ކުރިން
އިސްލާމް

ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!
20224 އަހަރު ކުރިން
ކޮލަމް

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟
20215 އަހަރު ކުރިން
ރިޕޯޓު

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!
20188 އަހަރު ކުރިން
ރާއްޖެ

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު