Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާގެ އިދިކޮޅު ލީޑަރު ނަވަލްނީ

ޕުޓިންގެ ވާދަވެރިޔާގެ ކެމްޕެއިން އޮފީސްތައްވެސް ޓެރަރިސްޓު ލިސްޓަށް!

އެފްބީކޭއަކީ ހައްދުފަހަނަޅާފައިވާ ފިކުރުގެ ބައެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތް ކުރޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 30 އެޕްރީލު 2021 | ހުކުރު 12:44
ރަޝިއާގެ ރައީސް ލަޑިމިއަރ ޕުޓިން އާއި އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ

ރަޝިއާގެ ރައީސް ލަޑިމިއަރ ޕުޓިން އާއި އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ

ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީގެ ސަރަޙައްދީ ކެމްޕެއިން އޮފީސްތައް ނިރުބަވެރި ހަމަލާތަކާއި ހައްދުފަހަނަޅާފައިވާ ފިކުރުތަކަށް ހިތްވަރުދޭ ޖަމާއަތްތަކުގެ ލިސްޓުގައި ރަޝިއާ ސަރުކާރުން ހިމަނައިފިއެވެ.

ހުކުރު ދުވަހު ރަޝިއާގެ ފައިނޭންޝަލް މޮނިޓަރިން އޭޖެންސީން ވަނީ އެކަން ކަށަވަރު ކޮށްދީފައެވެ. ނަވަލްނީގެ ކެމްޕެއިން އޮފީސްތައް ޓެރަރިސްޓުންނަށް ހިތްވަރުދޭ ޖަމާއަތްތަކުގެ ލިސްޓުގައި ހިމަނާފައި މިވަނީ ނަވަލްނީގެ އެންޓި ކޮރަޕްޝަން ފައުންޑޭޝަން (އެފްބީކޭ) އަކީ ހައްދުފަހަނަޅާފައިވާ ފިކުރުގެ ބައެއްގެ ގޮތުގައި ދެއްކުމަށް ރަޝިއާ ސަރުކާރުން މަސައްކަތް ކުރަމުންދާކަމުގެ އަޑުތައްވެސް ގަދަވެފައިވާ ދަނޑިވަޅެއްގައެވެ.

މަސްރަހު ދިރާސާ ކުރާ ފަރާތްތަކާ ހަވާލާދީ ސްކައި ނިއުސްގައި ރިޕޯޓު ކޮށްފައިވާ ގޮތުން ރަޝިއާ ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ އެފްބީކޭއަކީ ހައްދުފަހަނަޅާފައިވާ ފިކުރުގެ ބައެއްގެ ގޮތުގައި ދެއްކުމަށެވެ. އެގޮތުން އެ ފައުންޑޭޝަނަކީ ނިރުބަވެރި ހަމަލާތަކަށް މަގުފަހިކުރާ އަދި އެހީވެދޭ ފައުންޑޭޝަނެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތް ކުރަމުންދާކަމަށް ރިޕޯޓުތައް ބުނެއެވެ. ވެރިރަށް މޮސްކޯގެ ކޯޓެއްގައި މިހާރު އެކަމާ ގުޅޭ އަޑުއެހުންތައް ކުރިއަށްދާކަމަށް ރޮއިޓަރސްގައި ރިޕޯޓު ކޮށްފައިވެއެވެ.

އެކަން ކާމިޔާބުވެއްޖެނަމަ ރަޝިއާގެ ކަމާބެހޭ ފަރާތްތަކުން އެ ޖަމިއްޔާއަކީ އަލްގައިދާއާ އެއް ގިންތިއެއްގެ ޖަމިއްޔާއެއްގެ ގޮތުގައި ކަނޑައަޅާނެއެވެ.

މިކަމާ ގުޅޭގޮތުން ނަވަލްނީގެ ގާނޫނީ ޓީމުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޖަމިއްޔާއިން ރަޝިއާގެ ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފު ކަމެއް ނުކުރާކަމަށް އެފްބީކޭގެ ލީގަލް ޓީމުގެ ފަރާތުން ވަކީލު އިވާން ޕައުލޯ ވިދާޅުވެފައިވެއެވެ.

އިތުރަށް ކިޔާލަން

15 ޖުލައި 2018

ޕާކިސްތާނުގެ އިންތިޚާބު: ކެމްޕެއިން ރެލީއަކަށް ދިން ހަމަލާއެއްގައި 100 އަށް ވުރެ ގިނަ މީހުން މަރާލައިފި

15 ޖުލައި 2018
ޕާކިސްތާނުގެ އިންތިޚާބު: ކެމްޕެއިން ރެލީއަކަށް ދިން ހަމަލާއެއްގައި 100 އަށް ވުރެ ގިނަ މީހުން މަރާލައިފި
16 ޖޫން 2018

ރައީސް ޓްރަމްޕްގެ ކުރީގެ ކެމްޕެއިން ޗެއަރމަން ޖަލަށްލުމަށް އަމުރުކޮށްފި

16 ޖޫން 2018
ރައީސް ޓްރަމްޕްގެ ކުރީގެ ކެމްޕެއިން ޗެއަރމަން ޖަލަށްލުމަށް އަމުރުކޮށްފި
21 މެއި 2018

ޓްރަމްޕްގެ ކެމްޕެއިންއަށް އެފްބީއައިން ފާރަލާފައި ވޭތޯ ބަލަނީ

21 މެއި 2018
ޓްރަމްޕްގެ ކެމްޕެއިންއަށް އެފްބީއައިން ފާރަލާފައި ވޭތޯ ބަލަނީ
12 ނޮވެމްބަރު 2017

އަވަސް އިންތިޚާބުގެ ކެމްޕެއިން ފެށުމަށް ބޮޑުވަޒީރު ކެޓަލޯނިއާއަށް

12 ނޮވެމްބަރު 2017
އަވަސް އިންތިޚާބުގެ ކެމްޕެއިން ފެށުމަށް ބޮޑުވަޒީރު ކެޓަލޯނިއާއަށް
06 އޮކްޓޯބަރު 2017

މިއަހަރުގެ ނޯބެލް ޞުލްހައިގެ އިނާމް ނިއުކްލިއަރ ހަތިޔާރާ ދެކޮޅު ބައިނަލްއަޤްވާމީ ކެމްޕެއިން އަށް

06 އޮކްޓޯބަރު 2017
މިއަހަރުގެ ނޯބެލް ޞުލްހައިގެ އިނާމް ނިއުކްލިއަރ ހަތިޔާރާ ދެކޮޅު ބައިނަލްއަޤްވާމީ ކެމްޕެއިން އަށް
03 އޯގަސްޓު 2017

ޓެރަރިސްޓުންނަށް ހަތިޔާރު ވިއްކުން ހުއްޓުވުމަށް އދ އިން ޤަރާރެއް ފާސްކޮށްފި

03 އޯގަސްޓު 2017
ޓެރަރިސްޓުންނަށް ހަތިޔާރު ވިއްކުން ހުއްޓުވުމަށް އދ އިން ޤަރާރެއް ފާސްކޮށްފި
18 މެއި 2017

ސުލްހައިގެ ވާހަކަތަކަށް ނާންނަހާ ހިނދަކު ޓެރަރިސްޓުންނާދެކޮޅަށް ހަމަލާދޭނަން: މާލީގެ ރައީސް

18 މެއި 2017
ސުލްހައިގެ ވާހަކަތަކަށް ނާންނަހާ ހިނދަކު ޓެރަރިސްޓުންނާދެކޮޅަށް ހަމަލާދޭނަން: މާލީގެ ރައީސް
02 މެއި 2017

ޓެރަރިސްޓުންގެ ބިރާހެދި ޔޫރަޕަށް ދަތުރުކުރާ އެމެރިކާ ރައްޔިތުންނަށް އިންޒާރެއް

02 މެއި 2017
ޓެރަރިސްޓުންގެ ބިރާހެދި ޔޫރަޕަށް ދަތުރުކުރާ އެމެރިކާ ރައްޔިތުންނަށް އިންޒާރެއް
22 އެޕްރީލު 2017

އެމެރިކާއިން ޓެރަރިސްޓުންނަށް ހަތިޔާރު ފޯރުކޮށްދޭ: އީރާން

22 އެޕްރީލު 2017
އެމެރިކާއިން ޓެރަރިސްޓުންނަށް ހަތިޔާރު ފޯރުކޮށްދޭ: އީރާން
04 މާރިޗު 2017

ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި

04 މާރިޗު 2017
ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް