Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔުކްރެއިން ހަނގުރާމަ

ސުލްޙަވެރިކަމަށް ޕުޓިން އެއްބަސް ނުވާ ނަމަ، ހަރުކަށި ފިޔަވަޅު އެޅުމަށް މެކްރޮން ގޮވާލައްވައިފި

މިހާރު ކުރިއަށް ގެންދަމުން އަންނަ މަސައްކަތް ނިމޭއިރު، ޕުޓިން އެކަމަށް އިންކާރު ކުރައްވާ ނަމަ، ފްރާންސް އަދި އެހެން ޤައުމުތަކުން އޮތީ ރަޝިޔާއާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އެޅުމަށް ތައްޔާރަށް ކަމަށް ވެސް މެކްރޮން ވަނީ ވިދާޅުވެފަ އެވެ.

ޕުޓިން އުކްރެއިނާއާއެކު ސުލްހައަށް އެއްބަސްނުވާނަމަ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރުކުރަން މެކްރޯން ގޮވާލައިފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 އޯގަސްޓު 2025 | އަންގާރަ 06:31
އެމެރިކާގެ ރައީސް ޓްރަމްޕް އަދި ޔުކްރެއިންގެ ރައީސް ޒެލެންސްކީ އަދި ޔޫރަޕުގެ ލީޑަރުންނާ އެކު ބޭއްވި ބައްދަލުވުމަށް ފަހު ފްރާންސްގެ ރައީސް މެކްރޮން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ

އެމެރިކާގެ ރައީސް ޓްރަމްޕް އަދި ޔުކްރެއިންގެ ރައީސް ޒެލެންސްކީ އަދި ޔޫރަޕުގެ ލީޑަރުންނާ އެކު ބޭއްވި ބައްދަލުވުމަށް ފަހު ފްރާންސްގެ ރައީސް މެކްރޮން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ

ރަޝިޔާ އިން ޔުކްރެއިންގައި ހިންގަމުން އަންނަ ހަނގުރާމަ ނިންމައި، ސުލްޙަވެރިކަން ޤާއިމު ކުރުމަށް ރަޝިޔާގެ ރައީސް ވުލަޑިމިއަރ ޕުޓިން އެއްބަސް ނުވާ ނަމަ، ރަޝިޔާއާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ އެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މެކްރޮން ވިދާޅުވެފައި ވަނީ، ޔުކްރެއިން އާއެކު ސުލްޙައިގެ މަގަށް ރަޝިޔާ އަދި ޕުޓިން ނުދާ ނަމަ، ރަޝިޔާ އަށް އިތުރު ދަތި ކުރުމުގެ ފިޔަވަޅުތައް އެޅުމަށް ވެސް މެކްރޮން ވަނީ ގޮވާލައްވައިފަ އެވެ.

މެކްރޮން ވިދާޅުވީ އެމެރިކާގެ ރައީސް ޓްރަމްޕް ޤަބޫލުފުޅު ކުރައްވާ ގޮތުގައި، އެއްބަސްވުމަކަށް ވާސިލުވެވިދާނެ ކަމަށާއި، ރައީސް ޕުޓިން ވެސް ހުންނެވީ ސުލްޙައެއް ބޭނުންވެފައި ކަަމަށެވެ. އެހެން ނަމަވެސް، މިހާރު ކުރިއަށް ގެންދަމުން އަންނަ މަސައްކަތް ނިމޭއިރު، ޕުޓިން އެކަމަށް އިންކާރު ކުރައްވާ ނަމަ، ފްރާންސް އަދި އެހެން ޤައުމުތަކުން އޮތީ ރަޝިޔާއާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އެޅުމަށް ތައްޔާރަށް ކަމަށް ވެސް މެކްރޮން ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން މެކްރޮން ވިދާޅުވެފައި ވަނީ، އެމެރިކާ އިން އިންޑިއާއާ ދެކޮޅަށް އިތުރު ފިޔަވަޅުތަކެއް އަޅާފައި ވަނީ، ހުޅަނގުގެ ޤައުމުތަކުން ރަޝިޔާ އާއެކު ވިޔަފާރީ ކުރުން މަދު ކުރަމުން ދާ ދަނޑިވަޅެއްގައި ކަމަށެވެ. އަދި އިންޑިއާ އަކީ ރަޝިޔާގެ ހަކަތައިގެ ބޮޑު އިންސައްތައެއް ގަންނަ ފަރާތެއް ކަމަށް ވެސް މެކްރޮން ފާހަގަ ކުރެއްވި އެވެ. އަދި އެ ފިޔަވަޅު ތަކުގެ ސަބަބުން މިހާރު ވެސް ވަރަށް ބޮޑެތި އަސަރުތަކެއް ކުރަމުން ދާ ކަމަށް މެކްރޮން ވިދާޅުވި އެވެ.

އެލަކްސްކާގައި ޕުޓިން އާއެކު ބޭއްވެވި ސަމިޓަށް ފަހު، އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ޔުކްރެއިންގެ ރައީސް ޒެލެންސްކީ އަށް ބައްދަލު ކުރެއްވުމުގެ ދައުވަތު ދެއްވައިފަ އެވެ. އެއާ އެކު ހޯމަ ދުވަހު ޒެލެންސްކީ އެމެރިކާ އަށް ވަޑައިގެން ޓްރަމްޕްއާ ބައްދަލު ކުރައްވާފައިވާއިރު، އެ ބައްދަލުވުމުގައި ޔޫރަޕުގެ ލީޑަރުން ވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

އެ ބައްދަލުވުން ތަކުގައި ގިނަ ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުންްތައް ކުރިއަށް ގެންގޮސްފައިވާއިރު، މެކްރޮން ވިދާޅުވީ އޭނާގެ އުންމީދަކީ ކުރިއަށް އޮތް ދުވަސް ތަކުގައި ރަޝިޔާ އަދި ޔުކްރެއިންގެ މަޝްވަރާތައް އަލުން ފަށައި، ދެ ތިން ހަފުތާގެ ތެރޭގައި އެމެރިކާގެ ރައީސް ޓްރަމްޕް ހިމެނޭހެން، ރަޝިޔާގެ ރައީސް ޕުޓިން އަދި ޔުކްރެއިންގެ ރައީސް ޒެލެންސްކީގެ ބައްދަލުވުމެއް ބޭއްވޭނެ ކަމަށެވެ.

އެމެރިކާގެ ވޮޝިންޓަންގައި ޔޫރަޕުގެ ލީޑަރުންނާ އެކު ބައްދަލުވުން ބާއްވާފައިވާއިރު، ލީޑަރުން އެއްބަސްވެފައި ވަނީ މުސްތަޤުބަލުގައި ރަޝިޔާ އާއެކު ވެވޭ އެއްބަސްވުމެއްގައި ވެސް، ޔުކްރެިންގެ ސިފައިންގެ އަދަދަށް އެއްވެސް އުނިކަމެއް ނުގެނައުމަށެވެ. އަދި ކޮންމެ ފަދަ ހަމަލާއަކުން ދިފާއު ވުމަށް ވެސް، ޔުކްރެއިންގައޮ ސިފައިންގެ ވަރުގަދަ ބާރެއް އޮތުމަށް ވެސް ލީޑަރުން ވަނީ ތާއީދު ކޮށްފަ އެވެ.

ރަޝިޔާ-ޔުކްރެއިން މައްސަލައިގައި ޔޫރަޕުގެ ލީޑަރުންގެ ތާއީދު އޮތީ ޔުކްރެއިން އަދި ޒެލެންސްކީ އަށެވެ. އަދި ހަނގުރާމަ ނިންމާލުމަށް ކުރެވޭ ކޮންމެ މަސައްކަތަކާއި، މަޝްވަރާއެއްގައި ޔުކްރެއިންގެ މަސްލަހަތު އިސް ކުރުމަށް ވެސް ލީޑަރުން މީގެ ކުރިން ގޮވާލައްވާފައިވެ އެވެ. ފްރާންސް އާއި އިނގިރޭސިވިލާތުން އަންނަނީ ޔުކްރެއިން އަށް އެއްބާރުލުން ދިނުމުގައި ވަރަށް ބޮޑު ދައުރެއް އަދާ ކުރަމުންނެވެ.

ފްރާންސް އާއި އިނގިރޭސިވިލާތުން ވެސް ޔުކްރެއިން އަށް އަަސްކަރީ އެހީތެރިކަން ދެމުން އަންނައިރު، ޖަރުމަނުން ވެސް އަންނަނީ ޔުކްރެއިން އަށް އެތައް އެއްބާރުލުމެއް ދެމުންނެވެ.

ރަޝިޔާ-ޔުކްރެއިންވްލަޑިމިއަރ ޕުޓިންއެމެނުއެލް މެކްރޯންޑޮނަލްޑް ޓްރަމްޕްވުލެޑިމިއަރ ޒެލެންސްކީރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި
11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު