Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކްލައިމެޓް އެމަރޖެންސީ ބިލް

ބޭރުކުރެވޭނެ މިންވަރު ބަޔާންކުރާ ކާބަން ބަޖެޓެއް ހުށަހަޅަންޖެހޭ ގޮތަށް ކްލައިމެޓް އިމަރޖަންސީ ބިލް ފާސްކޮށްފި

29 އެޕްރީލު 2021 | ބުރާސްފަތި 19:57

2030 ވަނަ އަހަރުގެ ނިޔަލަށް ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް މަގުފަހި ކުރުމަކީ ބިލްގެ މަގްސަދެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 29 އެޕްރީލު 2021 | ބުރާސްފަތި 19:57
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ކާބަން ނިއުޓްރަލް ގައުމަކަށް ރާއްޖެ ހެދުމަށް ކުރަންޖެހޭ ކަންކަން ކުރުމަށާއިި އެކަމުގެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި ކާބަން ބަޖެޓިންއާ ގުޅޭ ނިޒާމެއް އެކުލަވާލުން ލާޒިމުކުރާ ކްލައިމެޓް އިމަރޖަންސީ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް މަޖިލީހަށް ހުށަހަޅުއްވާފައިވާ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ބިލް ދިރާސާކޮށްފައިވަނީ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީންނެވެ. ބިލް ދިރާސާކުރުމަށްފަހު އެކޮމިޓީން ވަނީ މި ބިލް ކްލައިމެޓް އިމަރޖަންސީ ބިލުގެ ނަމަށް ބަދަލުކޮށްފައެވެ.

Advertisement - newsAdvertisement

ބިލްގެ މަގްސަދުތަކުގެ ތެރޭގައި ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ދާއިރާތަކުން ދިވެހިރާއްޖެއަށް ލިބޭ ފަންޑުތައް ހިންގުމަށް އެތެރެއާއި ބޭރުގެ އިތުބާރު ލިބިފައިވާ މުއައްސަސާއެއް އުފެއްދުމަށް ބާރު އެޅުން ހިމެނެއެވެ. އަދި 2030 ވަނަ އަހަރުގެ ނިޔަލަށް ކާބަން ނިއުޓްރަލް ގައުމަކަށް ރާއްޖެ ހެދުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް މަގުފަހި ކުރުމަކީވެސް މަގްސަދެކެވެ.

ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމާއިގުޅޭ އުސޫލުތަކާއި މިންގަނޑުތައް އެކުލަވާލުމުގެ މަސްއޫލިއްޔަތާއި ބާރުތައް ކަނޑައެޅުމުގެ އިތުރުން ކާބަން ބަޖެޓިންއާ ގުޅޭ ނިޒާމެއް އެކުލަވާލުމަކީވެސް މަގްސަދެކެވެ.

ބިލްގެ ދެ ވަނަ ބާބު ޚާއްސަކޮށްފައި ވަނީ ކާބަން ލަނޑުދަނޑި އަދި ކާބަން ބަޖެޓިން އާ ގުޅޭގޮތުންނެވެ. އެގޮތުން 2030 ވަނަ އަހަރުގެ ނިޔަލަށް ކާބަން ނިއުޓްރަލް ގައުމަކަށް ރާއްޖެ ހަދަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

އެހިސާބަށް ދާއިރު ރާއްޖެއިން ބޭރުކުރާ ކާބަންގެ މިންވަރު ހުންނަންވާނީ ހަމަ އެ އަހަރު ރާއްޖެއިން މަދުކުރާ ނުވަތަ އޮފްސެޓްކުރާ ކާބަންއާ އެއް މިންވަރަށް ނުވަތަ އެ މިންވަރަށްވުރެ ދަށްކޮށް ކަމަށް ބިލްގައި ބުނެފައިވެއެވެ.

އަދި 2030 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ރާއްޖެއިން ޖައްވަށް ބޭރުކުރާ ކާބަންގެ މިންވަރު ހުންނަންވާނީ ހަމަ އެއަހަރަކު ކާބަން މަދުކުރާ ނުވަތަ އޮފްސެޓްކުރާ މިންވަރަށް ނުވަތަ އެމިންވަރަށް ވުރެ ދަށްކޮށެވެ. އަދި 2030 ވަނަ އަހަރު ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް އެކުލަވާލާފައިވާ ލަނޑުދަނޑިއަށް ބަދަލު ގެނެވޭނީ ބަދަލުކުރަންޖެހޭ ސަބަބުތައް ބަޔާންކޮށް މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިި ފާސްކޮށްގެން ކަމަށް ވެސް ބިލްގައި ބުނެއެވެ.

މިގޮތަށް ބަދަލު ގެނެވޭނީ ވަކި ހާލަތްތަކެއް މެދުވެރިވެގެން ކަމަށް ބުނެ އެހާލަތްތައްވެސް ބިލްގައި ވަނީ ބަޔާންކޮށްފައެވެ.

ކާބަން ނިއުޓްރަލް ގައުމަކަށް ރާއްޖެ ހެދުމަށްޓަކައި ކުރާ މަސައްކަތުގެ ދަށުން ކޮންމެ އަހަރަކު ބޭރުކުރެވޭނެ ކަމަށް ލަފާކުރެވޭ ކާބަންގެ މިންވަރު އެކުލެވޭ ކާބަން ބަޖެޓެއް މިނިސްޓަރު އެކުލަވާލައި ރައްޔިތުންގެ މަޖިލީހުން ފާސްކުރަންޖެހޭނެއެވެ.

މިބިލް ގާނޫނަކަށްވެ އަމަލުކުރަން ފަށާ އަހަރު ނިމުމުގެ 3 މަސް ކުރިން ކުރިޔަށް އޮތް އަހަރަށް އެކުލަވާލަންޖެހޭ ފުރަތަމަ ކާބަން ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހެއެވެ. އަދި އޭގެ ފަހުން ކޮންމެ އަހަރެއް ވެސް ނިމުމުގެ 3 މަސް ކުރިން ކުރިޔަށް އޮތް އަހަރަށް ލަފާކުރާ ކާބަން ބަޖެޓް މިނިސްޓަރު އެކުލަވާލައި މަޖިލީހަށް ހުށަހަޅަންޖެހެއެވެ.

ކާބަން ބަޖެޓް އެކުލަވާލުމުގައި ކްލައިމެޓް ޗޭންޖް ޑައިރެކްޓަރޭޓާއި ސަރުކާރުގެ ކަމާބެހޭ އެހެނިހެން އިދާރާތަކާއި ލޯކަލް ކައުންސިލްތަކާއި ތިމާވެއްޓަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި ވިޔަފާރިތަކާއި ފަރުދުން އަދި ދައުލަތުގެ ކަމާގުޅޭ މުއައްސަސާތަކުގެ ލަފާ މިނިސްޓަރު ހޯދަންޖެހެއެވެ.

ބަޖެޓް އެކުލަވާލުމުގައި އަމަލުކުރާނެ އުސޫލުތަކާއި އެކި ސިނާއަތްތަކުން ބޭރުކުރެވޭނެ ކާބަން ކަނޑައެޅުމުގައި ބަލާނެ ކަންކަން ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަން ޖެހެއެވެ.

މި ބަޖެޓާއި ޚިލާފަށް އެއްވެސް ފަރާތަކުން އަމަލުކޮށްގެން ނުވާނެއެވެ. ކާބަން ބަޖެޓުގައި ވަކި ދާއިރާއަކަށް ކަނޑައަޅާ ކާބަން ބޭރުކުރެވޭނެ މިންވަރަށް ވުރެ އިތުރަށް ކާބަން ބޭރުކުރާ ފަރާތްތަކާމެދު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތުގެމަތިން ފިޔަވަޅު އެޅުމުގެ ބާރު ކްލައިމެޓް ޗޭންޖް ޑައިރެކްޓަރޭޓަށް ލިބިގެންވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިބިލް ތަސްދީގުކޮށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި "ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް"ގެ ނަމުގައި ސަފީރު ފެންވަރުގެ މަގާމެއް އުފައްދައި އެމަގާމަށް ރައީސުލްޖުމްހޫރިއްޔާ މީހަކު އައްޔަންް ކުރަން ޖެހެއެވެ. ސްޕެޝަލް އެންވޯއީ ޖަވާބުދާރީ ވާނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.

މި ބިލްގެ ރިޕޯޓް ބުރާސްފަތި ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 70 މެމްބަރުންގެ އިއްތިފާގުންނެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

09 އޮކްޓޯބަރު 2017

އައްޑޫ ސިޓީގެ ކަރަންޓް މައްސަލަ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ހުށަހަޅައިފި

09 އޮކްޓޯބަރު 2017
އައްޑޫ ސިޓީގެ ކަރަންޓް މައްސަލަ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ހުށަހަޅައިފި
07 އޮކްޓޯބަރު 2017

ގޮނޑި ގެއްލުނު ކަމަށް އީސީން ކަނޑައެޅި ދާއިރާތަކުގެ ބައި-އިލެކްޝަން ބާއްވާނެ ބަޖެޓެއް ނެތް!

07 އޮކްޓޯބަރު 2017
ގޮނޑި ގެއްލުނު ކަމަށް އީސީން ކަނޑައެޅި ދާއިރާތަކުގެ ބައި-އިލެކްޝަން ބާއްވާނެ ބަޖެޓެއް ނެތް!
18 ސެޕްޓެމްބަރު 2017

ފްލެޓްގެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހުށަހަޅައިފި

18 ސެޕްޓެމްބަރު 2017
ފްލެޓްގެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހުށަހަޅައިފި
21 އޯގަސްޓު 2017

ސްޕްރީމް ކޯޓުގެ އަމުރަކާ ހިލާފަށް ވެރިކަން ދިފާއު ކުރަން އުޅެފިއްޔާ ޝިޔާމާއި ރައީސް ޔާމީން ފާރުމަތިން ބޭރުކުރެވޭނެ: މަހްލޫފް

21 އޯގަސްޓު 2017
ސްޕްރީމް ކޯޓުގެ އަމުރަކާ ހިލާފަށް ވެރިކަން ދިފާއު ކުރަން އުޅެފިއްޔާ ޝިޔާމާއި ރައީސް ޔާމީން ފާރުމަތިން ބޭރުކުރެވޭނެ: މަހްލޫފް
14 ޖޫން 2017

ކުރިއާ އަޅާބަލާއިރު ލޭހަދިޔާކުރުމަށް ސަމާލުކަންދޭ މިންވަރު އިތުރު: ހެލްތު މިނިސްޓަރ

14 ޖޫން 2017
ކުރިއާ އަޅާބަލާއިރު ލޭހަދިޔާކުރުމަށް ސަމާލުކަންދޭ މިންވަރު އިތުރު: ހެލްތު މިނިސްޓަރ
31 މެއި 2017

ކަންބޮޑުވާ މިންވަރުގެ ދެ ފޭރުމެއްގެ ރިޕޯޓް ވަނީ ކޮށްފައި، ފިޔަވަޅުތައް ދަނީ އަޅަމުން: ޕޮލިސް

31 މެއި 2017
ކަންބޮޑުވާ މިންވަރުގެ ދެ ފޭރުމެއްގެ ރިޕޯޓް ވަނީ ކޮށްފައި، ފިޔަވަޅުތައް ދަނީ އަޅަމުން: ޕޮލިސް
04 މެއި 2017

ބާރުތައް އެއްކުރުމަށް ހުރަސްއަޅައި، ރައްޔިތުންނަށް ހައްޤު މިންވަރު ހޯދުމަށް ނިކުތުުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

04 މެއި 2017
ބާރުތައް އެއްކުރުމަށް ހުރަސްއަޅައި، ރައްޔިތުންނަށް ހައްޤު މިންވަރު ހޯދުމަށް ނިކުތުުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
04 މެއި 2017

ހައްޖު ކޯޕްރޭޝަން އަށް ކޯޓާ ދޭނެ މިންވަރު ކަނޑައެޅުމުގެ ބާރު މިނިސްޓަރަށް ދިނުމުން ޝަހީމް ރުޅިގަދަވެއްޖެ

04 މެއި 2017
ހައްޖު ކޯޕްރޭޝަން އަށް ކޯޓާ ދޭނެ މިންވަރު ކަނޑައެޅުމުގެ ބާރު މިނިސްޓަރަށް ދިނުމުން ޝަހީމް ރުޅިގަދަވެއްޖެ
27 އެޕްރީލު 2017

މިފްކޯއިން މަސް ގަންނަ މިންވަރު ކޮންޓްރޯލްކުރުމުން މަސްވެރިން ރުޅިގަދަވެއްޖެ

27 އެޕްރީލު 2017
މިފްކޯއިން މަސް ގަންނަ މިންވަރު ކޮންޓްރޯލްކުރުމުން މަސްވެރިން ރުޅިގަދަވެއްޖެ
14 މާރިޗު 2017

އޭސީސީން ތުހުމަތެއް ނުކުރޭ، މި ފެންނަނީ މަސީހު ބޭރުކުރެވޭނެ ކަމުގެ އަލާމާތްތައް: ފާރިސް

14 މާރިޗު 2017
އޭސީސީން ތުހުމަތެއް ނުކުރޭ، މި ފެންނަނީ މަސީހު ބޭރުކުރެވޭނެ ކަމުގެ އަލާމާތްތައް: ފާރިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް