Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސީއެސްސީއަށް އިސްލާހު ގެނައުމުގެ ބިލް

ސީއެސްސީން އަންހެނުންނަށް ގޮނޑި ޚާއްސަ ނުކުރާގޮތަށް ބިލް ފާސްކޮށްފި

ބިލް ހުށަހެޅިއިރު އޮތީ ކޮމިޝަނުގެ މެމްބަރުންގެ ގޮތުގައި މަދުވެގެން 2 އަންހެނުން ތިބެންވާނެ ކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 29 އެޕްރީލު 2021 | ބުރާސްފަތި 17:13
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ސިވިލް ސަރވިސް ކޮމިޝަނުން އަންހެނުންނަށް 2 ގޮނޑި ޚާއްސަކުރަންވާނެކަމަށް އެބިލަށް ގެނައި އިސްލާހުގެ މާއްދާ އުނިކޮށް މިންތީގެ ހަމަހަމަކަމަށް އިސްކަންދޭންވާނެކަމަށް ބަޔާންކޮށް ބިލް ފާސްކޮށްފިއެވެ.

ސިވިލް ސަރވިސް ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރ ރޮޒައިނާ އާދަމްއެވެ. އެއިސްލާހުގައި ވަނީ ސިވިލް ސަރވިސް ކޮމިޝަންގައި ތިބޭނީ 5 މެމްބަރުންކަމަށެވެ. އަދި ކޮމިޝަންގެ މެމްބަރުންގެ ގޮތުގައި މަދުވެގެން އަންހެން 2 މެމްބަރުން ތިބެންވާނެކަމަށެވެ. މިބިލް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކުރުމަށްފަހު ނިންމާފައިވަނީ އެމާއްދާ އުވާލުމަށެވެ.

Advertisement - newsAdvertisement

މިބިލް ދިރާސާކުރުމަށްފަހު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ހުށަހެޅި ރިޕޯޓަށް ތަޅުމުން އިސްލާހު ހުށަހެޅުއްވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރ ރޮޒައިނާ އާދަމްއެވެ. ރޮޒައިނާ އާދަމް ހުށަހެޅުއްވި އިސްލާހުގައި ވަނީ ސިވިލް ސަރވިސް ކޮމިޝަންގައި ތިބޭނީ 5 މެމްބަރުންކަމަށެވެ. އަދި މެމްބަރުން އައްޔަނުކުރުމުގައި މިންތީގެ ހަމަހަމަކަމަށް އިސްކަންދޭންވާނެކަމަށް ވަނީ ހުށަހަޅުއްވާފައެވެ. މިއިސްލާހު ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 65 މެމްބަރުންގެ ވޯޓުންނެވެ. އެއް މެމްބަރަކު ވަކިގޮތަކަށް ވޯޓު ނުދެއްވާ އިންނެވިއެވެ.

މިއިސްލާހާއެކު ރިޕޯޓް ފާސްކުރުމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެމްބަރުންގެ އިއްތިފާގުން ވަނީ މިބިލް ފާސްވެފައެވެ.

މަޖިލީހުން މިހާރު ބިލް ފާސްކޮށްފައިވާ ގޮތަށް ބަލާއިރު ބިލްގެ 41 ވަނަ މާއްދާއަށް ވަނީ އަކުރެއް އިތުރުކޮށްފައެވެ. އެއީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށެއް ސާބިތުވެފައިވާ މީހަކަށް ކުޑަކުދިންނާ މުއާމަލާތު ކުރަންޖެހޭ ވަޒީފާއެއް ދީގެން ނުވާނެއެވެ.

މީގެއިތުރުން ޕާމަނަންޓް ސެކްރެޓަރީ ވަޒީފާ އަދާކުރާ މިނިސްޓްރީގެ މިނިސްޓަރަށް ޕާމަނަންޓް ސެކެޓްރީގެ އިތުބާރު ނެތްކަމަށް ބެލެވޭނެ ހާލަތްތައް ބިލްގައި ވަނީ ބަޔާންކޮށްފައެވެ. އެހާލަތްތަކުގެ ތެރޭގައި ހިމެނެނީ:

- އެއިރެއްގައި އޮންނަ ސަރުކާރެއްގެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި އެ އޮފީހެއްގެ މެންޑޭޓުގެ ދަށުން ކުރުމަށް މިނިސްޓަރު ކަނޑައަޅާ މަސްއޫލިއްޔަތުތައް އަދާކުރުމަށް، މަގުބޫލު ސަބަބަކާ ނުލައި އުޒުރުވެރިވުން

- ޕާމަނަންޓް ސެކެރެޓަރީގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ކަމުގައި އޭނާގެ ވަޒީފާ ބަޔާނުގައި ކަނޑައަޅާފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށް މަގުބޫލު ސަބަބަކާ ނުލައި އުޒުރުވެރިވުން

- ޕާމަނަންޓް ސެކެޓްރީގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތާ ތަޢާރަޒްވާ ފަދަ އަމިއްލަ މަސްލަހަތެއް ނުވަތަ ފައިދާއެއް ނުވަތަ މަންފާއެއް އޮތްކަމެއްގައި ޝާމިލްވުން

މީގެއިތުރުން ސެކެރެޓަރީ ޖެނެރަލް ވަޒީފާ އަދާކުރާ ލޯކަލް ކައުންސިލަށް ސެކްރެޓަރީ ޖެނެރަލްގެ އިތުބާރު ނެތް ކަމަށް ބެލެވޭނެ ހާލަތްތަކެއްވެސް ބިލްގައި ވަނީ ބަޔާންކޮށްފައެވެ. އެހާލަތްތަކަކީ:

- އެއިރެއްގައި އޮންނަ ކައުންސިލްގެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ކައުންސިލުން ކަނޑައަޅާ މަސްއޫލިއްޔަތުތައް އަދާކުރުމަށް، މަގުބޫލު ސަބަކަކާ ނުލައި އުޒުވެރިވުން

- ސެކެރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ކަމުގައި އޭނާގެ ވަޒީފާ ބަޔާނުގައި ކަނޑައަޅާފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށް މަގުބޫލު ސަބަކާ ނުލައި އުޒުރުވެރިވުން

- ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތާއި ތަޢާރަޒްވާފަދަ އަމިއްލަ މަސްލަހަތެއް ނުވަތަ ފައިދާއެއް ނުވަތަ މަންފާއެއް އޮތް ކަމެއްގައި ޝާމިލްވުން.

އިތުރަށް ކިޔާލަން

15 މާރިޗު 2017

އައިޖީއެމްއެޗުން މާބަނޑު އަންހެނުންނަށް އިންފްލުއެންޒާ ވެކްސިން ދޭން ފަށައިފި

15 މާރިޗު 2017
އައިޖީއެމްއެޗުން މާބަނޑު އަންހެނުންނަށް އިންފްލުއެންޒާ ވެކްސިން ދޭން ފަށައިފި
09 މާރިޗު 2017

އައްޑޫ ސިޓީގެ ހަތް ގޮނޑި ހޯދާނަން:ސޯބެ

09 މާރިޗު 2017
އައްޑޫ ސިޓީގެ ހަތް ގޮނޑި ހޯދާނަން:ސޯބެ
06 މާރިޗު 2017

ސިޔާސީ މަގާމުތަކަށް ވާދަކުރާ އަންހެނުންނަށް އެމްޑީޕީން މާލީ އެހީ ފޯރުކޮށްދޭނެ: ޝިފާ

06 މާރިޗު 2017
ސިޔާސީ މަގާމުތަކަށް ވާދަކުރާ އަންހެނުންނަށް އެމްޑީޕީން މާލީ އެހީ ފޯރުކޮށްދޭނެ: ޝިފާ
02 މާރިޗު 2017

ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ

02 މާރިޗު 2017
ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ
28 ފެބުރުއަރީ 2017

ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި

28 ފެބުރުއަރީ 2017
ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު