Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިވިލް ސަރވިސް ކޮމިޝަން

ސީއެސްސީން ޓްރަސްޓް ފަންޑެއް ގާއިމުކޮށްފި

2016 ވަނަ އަހަަރަކީ ބޮޑެތި ގޮންޖެހުންތަކާއި ފަޚުރުވެރިވެވޭފަދަ ކާމިޔާބީ ތަކެއް ހާސިލު ކުރެވުނު އަހަރެއް

ޖުމާނާ ތައުފީގު
ޖުމާނާ ތައުފީގު, ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2017 | ބުރާސްފަތި 13:07
ސީއެސްސީ ގެ އަހަރީ ރިޕޯޓު އަދި ފަންޑު ގަާއިމު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ސީއެސްސީ ގެ އަހަރީ ރިޕޯޓު އަދި ފަންޑު ގަާއިމު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ސިވިލް ސަރވިސް ކޮމިޝަންގެ 2016 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އާންމުކޮށް އެ ކޮމިޝަނުގެ ޓްރަސްޓް ފަންޑެއް ގާއިމުކޮށްފިއެވެ.

ސިވިލްސަރވިސްގެ 2016 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ނެރެދެއްވައި، އެ ކޮމިޝަންގެ ޓްރަސްޓް ފަންޑު ގާއިމުކުރުމުގެ ލިޔުމުގައި ސޮއިކުރެއްވީ އެކަމަށްޓަކައި މިއަދު ބޭއްވި ހަފުލާގައި، ފިނޭންސް އެންޑް ޓްރެޝަރީގެ މިނިސްޓަރު އަހުމަދު މުނައްވަރެވެ.

ސީއެސްސީން ބުނީ މި ޓްރަސްޓު ފަންޑަކީ ކޮމިޝަނުން ހިންގަން ބޭނުންވާ ކަންކަމަށް މާލީ އެހީތެރިކަން ހޯދުމުގެ ބޭނުމުގައި ގާއިމުކުރި ފަންޑެއް ކަމަށެވެ. މި ފަންޑުގެ ބޭނުމަކީ ސިވިލް ސަރވިސް މުއައްޒަފުންނާއި ކޮމިޝަނުގެ މުއައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ ކަންކަމަށް ހަރަދު ކުރުން ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

ސީއެސްސީން ބުނީ މި ފަންޑަށް ހައިރާތު ހޯދުމަށް ގަސްތުކޮށްފައިވަނީ ހެޔޮއެދޭ ފަރާތްތަކުންނާއި ސިވިލް ސަރވިސްގެ ޓްރެއިނިންގ އިންސްޓިޓިއުޓްގެ ވަސީލަތްތައް އިތުރުން އާމްދަނީ ލިބޭނެ ވަސީލަތްތައް ބޭނުންކޮށްގެންނާއި އަދި ކޮމިޝަނުން ހިންގާ ހަރަކާތްތަކުގެ ތެރެއިން ކަމަށެވެ.

މި ރަސްމިއްޔާތުގައި ސިވިލް ސަރވިސްގެ ރައީސް ޑރ. އަލީ ޝަމީމް ވަނީ ސިވިލް ސަރވިސްގެ 2016 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގެ އުސްއަލިތައް ފާހަގަކުރައްވާފައެވެ.

އެގޮތުން 2016 ވަނަ އަހަރު ނިމުނުއިރު، 55.5 އިންސައްތަ އަންހެން މުވައްޒަފުންނާ އެކު ސިވިލް ސަރވިސް ކޮމިޝަނުގެ މުއައްޒަފުންގެ ޖުމުލަ އަދަދަކީ 24،501 (ސައުވީސް ހާސް ފަސް ސަތޭކަ އެއް) މުވައްޒަފުންނެވެ. މުސްކުޅިކުރެވުނު މުވައްޒަފުންގެ އަދަދަކީ 150 އެވެ.

މިދިޔަ އަހަރަށް ކައުންސިލަށް 317 މައްސަލައެއް ހުށަހަޅާފައިވާއިރު، މީގެ ތެރެއިން 240 މައްސަލަ ބަލައި ނިންމާފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި 75 މައްސަލައެއް މިހާރު ބަލަމުންދާ ކަމަށް ވެސް ޝަމީމް ފާހަގަކުރެއްވިއެވެ. އެގޮތުން ކޮމިޝަންގެ ޓްރިބިއުނަލަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭއިން އެންމެ ގިނައިން ފާހަގަކުރެވެނީ ޤަވާޢިދާއި ޚިލާފަށް ވަޒީފާއިން މުއައްޒަފުން ވަކިކުރާ މައްސަލަތައް ކަން ވަނީ ފާހަގަކުރައްވާފައެވެ.

ފާއިތުވެ ދިޔަ 9 އަހަރުގެ ތެރެއިން 2016 ވަނަ އަހަރު ފާހަގަކުރެވިގެން ދަނީ ބޮޑެތި ގޮންޖެހުންތަކާއި ފަޚުރުވެރިވެވޭ ފަދަ ކާމިޔާބީތަކެއް ހާސިލު ކުރެވުނު އަހަރެއްގެ ގޮތުގައި ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ. ކޮމިޝަނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ 2016 ވަނަ އަހަރަކީ ފާއިތުވެދިޔަ 9 ވަނަ އަހަރު ތެރޭގައި ލިބުނު އެންމެ ކުޑަ ބަޖެޓުކަމަށް ވުމުން އޭގެ ސަބަބުން ކޮމިޝަނުން ހާސިލުކުރަން ކަނޑައަޅާފައިވާ ބައެއް ކަންކަން ނުކުރެވި ދިޔަ ކަމަށް ވެސް އެ ކޮމިޝަނުން ފާހަގަކުރިއެވެ.

ކޮމިޝަނުގެ އަހަރީ ރިޕޯޓް ނެރެފައިވާ އިރު ފާއިތުވި އަހަރު ސިވިލް ސާވިސްގެ މުވައްޒަފުންނަށް ދޭންޖެހޭ ބޯނަސް ފައިސާ އަދިވެސް ދީފައި ނުވާކަން ފާހަގަކުރެވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފިޔަވަތީގައި މެޑިކަލް ޔުނިޓެއް ގާއިމުކޮށްފި

ފިޔަވަތީގައި މެޑިކަލް ޔުނިޓެއް ގާއިމުކޮށްފި

20 ސެޕްޓެމްބަރު 2018
ދިވެހިރާއްޖެ އާއި ސެންޓްރަލް އެފްރިކަން ރިޕަބްލިކް އާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފި

ދިވެހިރާއްޖެ އާއި ސެންޓްރަލް އެފްރިކަން ރިޕަބްލިކް އާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފި

26 މެއި 2018
އިކުއަޓޯރިއަލް ގިނީއާއެކު ރާއްޖެއިން ސިޔާސީ ގުޅުން ގާއިމުކޮށްފި

އިކުއަޓޯރިއަލް ގިނީއާއެކު ރާއްޖެއިން ސިޔާސީ ގުޅުން ގާއިމުކޮށްފި

23 މެއި 2018
ރާއްޖެ ޓީވީގެ އަބުރުފުޅު ފަންޑަށް އެހީވުމަށް ރ ހުޅުދުއްފާރުގައި ފަންޑެއް ހުޅުވައިފި

ރާއްޖެ ޓީވީގެ އަބުރުފުޅު ފަންޑަށް އެހީވުމަށް ރ ހުޅުދުއްފާރުގައި ފަންޑެއް ހުޅުވައިފި

12 އޮކްޓޯބަރު 2017
ލަންކާގައި އަބުރުފުޅު ފަންޑެއް ހުޅުވައިފި

ލަންކާގައި އަބުރުފުޅު ފަންޑެއް ހުޅުވައިފި

12 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

28 މާރިޗު
މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް
20251 އަހަރު ކުރިން
ރާއްޖެ

މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް
20242 އަހަރު ކުރިން
ރާއްޖެ

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް
20233 އަހަރު ކުރިން
ކުޅިވަރު

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން
20215 އަހަރު ކުރިން
ރާއްޖެ

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ
20197 އަހަރު ކުރިން
ރާއްޖެ

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު