Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އަލަބާ ރެއާލަށް ބަދަލުވުން

ރެއާލާއެކު އަލަބާ ހަތަރު އަހަރުގެ އެއްބަސްވުމެއް

އަލަބާއަށް އަހަރަކު 12 މިލިޔަން ޔޫރޯގެ މުސާރާއެއް ލިބިގެންދާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 29 އެޕްރީލު 2021 | ބުރާސްފަތި 12:41
ބަޔާން މިއުނިކަށް ކުޅެމުން އަންނަ އޮސްޓްރިއާގެ ޑިފެންޑަރު ޑޭވިޑް އަލަބާ

ބަޔާން މިއުނިކަށް ކުޅެމުން އަންނަ އޮސްޓްރިއާގެ ޑިފެންޑަރު ޑޭވިޑް އަލަބާ

ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުން ރެއާލް މެޑްރިޑަށް ބަދަލުވާން އޮސްޓްރިއާގެ ޑިފެންޑަރު ޑޭވިޑް އަލަބާ ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މިދިޔަ ފެބްރުއަރީ މަހު އުމުރުން 28 އަހަރުގެ އަލަބާ ވަނީ ބަޔާން މިއުނިކުގައި 13 އަހަރު ހޭދަކުރުމަށްފަހު، މި ސީޒަން ނިމުމުން ބަޔާން ދޫކޮށްލާނެކަން ހާމަކޮށްފައެވެ. އަލަބާ ބަޔާން ދޫކޮށްލާއިރު، ބަޔާނާއެކު އޭނާ ހަދާފައިވާ އެއްބަސްވުން މި ސީޒަން ނިމުމުން ހަމަވާނެއެވެ. އެހެންކަމުން މީގެ ކުރިން ބަޔާނުން އަލަބާގެ އެއްބަސްވުން އާކުރަން މަސައްކަތްކުރި ނަމަވެސް، އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ.

ފެބްރުއަރީ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލަބާ ބުނީ މިހާރު އޭނާގެ އަމާޒަކީ ބަޔާން ދޫކޮށް، ކެރިއަރުގައި އައު ޗެލެންޖަކާ ކުރިމަތިލުން ކަމަށެވެ. ރިޕޯޓުތައް ބުނާ ގޮތުން އަލަބާ މިހާރު ވަނީ ރެއާލާއެކު ހަތަރު އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ނިންމާފައެވެ. އެކަމަކު އެ އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރާނީ މި ސީޒަނަށްފަހު އަންނަ މެއި މަހުގެ ތެރޭގައި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އަދި އެ އެއްބަސްވުމާއެކު އަލަބާއަށް އަހަރަކު 12 މިލިޔަން ޔޫރޯގެ މުސާރާއެއް ލިބިގެންދާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ރެއާލާއެކު އަލަބާ އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ރިޕޯޓުތައް ބުނިއިރު، އޭނާ ހޯދަން އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ދެ ޗެމްޕިއަނުން ކަމަށްވާ މެންޗެސްޓާ ސިޓީ އާއި ލިވަޕޫލުން ވަނީ މަސައްކަތްކޮށްފައެވެ.

އޮސްޓްރިއާގެ ޔޫތު ޓީމުތަކުން ފާހަގަވި އަލަބާ އެންމެ ފުރަތަމަ ބަޔާނުގެ ޔޫތު ޓީމާ ގުޅުނީ 2008 ވަނަ އަހަރުއެވެ. އޭގެ ފަހުން 2010 ވަނަ އަހަރު ބަޔާނުގެ ސީނިއާ ޓީމަށް އަލަބާ ޕްރޮމޯޓުވިއިރު، އޭގެ ފަހުން އެއް ސީޒަނުގައި އަލަބާ ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ހޮފެންހެއިމަށްވެސް ކުޅެފައެވެ.

އެކަމަކު ފަހުން ބަޔާނުގެ ސީނިއާ ޓީމުގެ މުހިންމު މެންބަރަކަށް އަލަބާ ވިއިރު، އޭނާ ވަނީ މިހާތަނަށް ބަޔާނަށް 428 މެޗު ކުޅެދީ 33 ލަނޑު ޖަހާފައެވެ. އަދި ވަނީ ބަޔާނާއެކު ޖަރުމަން ލީގު ނުވަ ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު ދެ ފަހަރު އަދި ފީފާ ކުލަބު ވޯލްޑް ކަޕް ދެ ފަހަރު ކާމިޔާބުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބެންޒެމާ އަށް ރެއާލް އިން އާ އެއްބަސްވުމެއް ހުށަހަޅައިފި

ބެންޒެމާ އަށް ރެއާލް އިން އާ އެއްބަސްވުމެއް ހުށަހަޅައިފި

11 ފެބުރުއަރީ 2017
އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ

އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ

11 ފެބުރުއަރީ 2017
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

31 ޖެނުއަރީ 2017
ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި

ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި

28 ޖެނުއަރީ 2017
ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް

ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު