Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-އަފްޣާނިސްތާން

އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ އޮފިޝަލުން ފޭބުމަށް އެމެރިކާއިން އެދިއްޖެ

އެމްބަސީގައި މަސައްކަތްކުރަމުންދާ ސަރުކާރުގެ ހުރިހާ އޮފިޝަލުން އަފްޣާނިސްތާނު ދޫކޮށް ދިއުމަށް ވަނީ ބުނެފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 29 އެޕްރީލު 2021 | ބުރާސްފަތި 09:16
ކާބުލްގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީ އަފްޣާންު ފުލުހެއް ހަރަކާތްތެރި ވަނީ

ކާބުލްގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީ އަފްޣާންު ފުލުހެއް ހަރަކާތްތެރި ވަނީ

އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އެމެރިކާ ސަރުކާރުގެ އޮފިޝަލުން އެގައުމުން ފޭބުމަށް އެމެރިކާއިން އެދިއްޖެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާއިން ވަނީ އަފްޣާނިސްތާނުގައި ހުންނަ އެގައުމުގެ އެމްބަސީގައި މަސައްކަތްކުރަމުންދާ ސަރުކާރުގެ ހުރިހާ އޮފިޝަލުން އަފްޣާނިސްތާނު ދޫކޮށް ދިއުމަށް ބުނެފައެވެ.

އެމެރިކާއިން އަފްޣާނިސްތާނުގައި ތިބި އެގައުމުގެ އޮފިޝަލުން އަފްޣާނިސްތާނުން ފޭބުމަށް އަންގާފައި މިވަނީ އެމެރިކާ އާއި އަފްޣާނިސްތާނާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން އަފްޣާނިސްތާނުގައި ހަރަކާތްތެރިވަމުންދާ އެމެރިކާގެ ސިފައިން އެގައުމުން ފައިބަން ޖެހޭ ސުންގަނޑު ހަމަވާން ކައިރިވަމުންދާތީއެވެ. އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިން ފޭބުމަށް އެއްބަސްވެފައިވާ ސުންގަޑި އަކީ މެއި މަހުގެ އެއްވަނަ ދުވަހެވެ.

އެމެރިކާ ސަރުކާރުން ވަނީ ކާބުލްގައި ތިބި އެމެރިކާ ސަރުކާރުގެ އޮފިޝަލުން، ކޮމާޝަލް ފްލައިޓްތަކުގައި ވީހާވެސް އަވަހަށް އަފްޣާނިސްތާނު ދޫކޮށް ފުރުމަށް އަންގާފައެވެ. އަފްޣާނިސްތާނު ދޫކޮށް އެމެރިކާ ސަރުކާރުގެ އޮފިޝަލުން ދިއުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ކާބުލްގައި ހުންނަ އެމްބަސީގެ ތަރުޖަމާން ހިލަރީ ރެނަރ ވަނީ އަފްޣާނިސްތާނުން ދާން ނިންމާފައި ވަނީ ކިހާ އަދަދެއްގެ އޮފިޝަލުންކަން ހާމަކުރެވެން ނެތް ކަމަށެވެ. އެމްބަސީން އަބަދުވެސް އެމެރިކާ އޮފިޝަލުންގެ ސަލާމަތީ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންތައް ކުރަމުންދާ ކަމަށާއި އަފްޣާނިސްތާނުގެ ހާލަތު މިހާރު ހުރި ގޮތުން އެގައުމުގައި އެމެރިކާ ސަރުކާރުގެ އޮފިޝަލުން ތިބުން އެހާ ބުއްދިވެރިއެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އަފްޣާނިސްތާނުގެ ހާލަތު މިގޮތަށް ގޯސްވެފައި މިވަނީ އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ އަސްކަރިއްޔާގެ ސިފައިން އަވަސް އަރުވާލާއިގެން ބޭލުމަކީ ސިފައިން ނުރައްކަލަކަށް ހުށަހެޅިދާނެ ކަމަކަށްވާތީ، ރައީސް ޖޯ ބައިޑެން ސިފައިން އެގައުމުން ބޭލުން ފަސް ކުރަން ނިންމުމާ ގުޅިގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު

ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު

06 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

29 ޖެނުއަރީ 2017
ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލުން އިސްތިއުފާ ދީފި

ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލުން އިސްތިއުފާ ދީފި

27 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު