Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމައްކާގައި ރޯދަ މީލް ޕެކް ބެހުން

މައްކާގައި ރޯދަވީއްލަން ކޮންމެ ދުވަހަކު 10،000 މީލް ޕެކް ބަހަނީ

ރޯދަ މަހުގެ ފުރަތަމަ 15 ދުވަސް ނިމުނު އިރު 115،000 މީލް ޕެކް ވަނީ ބަހާފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 29 އެޕްރީލު 2021 | ބުރާސްފަތި 07:10
މަސްޖިދުލް ހަރަމްގައި އަޅުކަން ކުރުމުގައި ހަރަކާތްތެރިވާ މީހުން

މަސްޖިދުލް ހަރަމްގައި އަޅުކަން ކުރުމުގައި ހަރަކާތްތެރިވާ މީހުން

މި ރަމަޟާން މަހަށް ހާއްސަކޮށް އަމިއްލަ ފަރާތަކުން އިސްނަގައިގެން މައްކާގައި ރޯދަ ވީއްލުމަށް ކޮންމެ ދުވަހަކު 10،000 މީލް ޕެކް ދަނީ ބަހަމުންނެވެ.

އަރަބް ނިއުސްގައި ރިޕޯޓްކޮށްފައިވާގޮތުން މައްކާގައި މި މީލް ޕެކްތައް ބަހަމުން ދަނީ އިކްރާމް ފުޑް ޕްރިޒަވޭޝަން އެސޯސިއޭޝަން އެވެ. އެގޮތުން ރޯދަ މަހުގެ ފުރަތަމަ 15 ދުވަސް ނިމުނު އިރު އެ އެސޯސިއޭޝަނުން ވަނީ 115،000 މީލް ޕެކް ބަހާފައެވެ.

އިކްރާމް ފުޑް ޕްރިޒަވޭޝަން އެސޯސިއޭޝަނުން ބަހާ ރޯދަ މީލް ޕެކް އެ އެސޯސިއޭޝަނުން ބަހަމުން ދަނީ އެގައުމަށް ތައުލީމު ހާސިލުކުރުމަށް ގޮސްތިބި ބޭރުގެ ކިޔަވާ ކުދިންނަށާއި ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ހާލުގައި ޖެހި އެހީއަށް ބޭނުންވެފައިވާ މީހުންނަށެވެ.

އެސޯސިއޭޝަންގެ ޑައިރެކްޓަރ އަހްމަދު އަލް މަތްރަފީ ބުނީ އިކްރާމް ފުޑް އެސޯސިއޭޝަންގެ ފަރާތުން ކޮންމެ ދުވަހަކު ބަހަމުން މިގެންދާ މީލް ޕެކްތައް މައްކާގެ 25 އަވަށެއްގައި މިހާރު ބަހާފައިވާ ކަމަށެވެ.

އިކްރާމް ފުޑް އެސޯސިއޭޝަނުން ބަހަމުން މިގެންދާ މީލް ޕެކް ތަކުގައި ބޯ ފެނާއި ކަދުރުގެ އިތުރުން ރޯދަ ވީއްލަން ބޭނުންކުރާނެ ކެއުމެއް ހިމެނެއެވެ. މިތަކެތި ބެހުމަށް އެ އެސޯސިއޭޝަނުން 47 އުޅަނދު ބޭނުން ކުރެއެވެ.

އިތުރަށް ކިޔާލަން

15 ޖުލައި 2018

ދުނިޔެއިން ބޭރުގައި ހަދަމުންދާ ހޮޓެލްގައި ކޮންމެ ދުވަހަކު 16 ފަހަރު އިރުއެރުމާއި އިރުއޮއްސުން ބަލާލެވޭނެ!

15 ޖުލައި 2018
ދުނިޔެއިން ބޭރުގައި ހަދަމުންދާ ހޮޓެލްގައި ކޮންމެ ދުވަހަކު 16 ފަހަރު އިރުއެރުމާއި އިރުއޮއްސުން ބަލާލެވޭނެ!
08 މެއި 2018

ނިއުކްލިއަރ ޑީލާ މެދު ކޮންމެ ގޮތަކަށް ޓްރަމްޕް ނިންމެވިޔަސް މައްސަލަ އެއް ނެތް: އީރާން

08 މެއި 2018
ނިއުކްލިއަރ ޑީލާ މެދު ކޮންމެ ގޮތަކަށް ޓްރަމްޕް ނިންމެވިޔަސް މައްސަލަ އެއް ނެތް: އީރާން
12 ފެބުރުއަރީ 2018

ސައުދީގެ އަންހެނުން ކޮންމެހެން އަބާޔާ ލާކަށް ނުޖެހޭ: ދީނީ އިލްމުވެރިޔެއް

12 ފެބުރުއަރީ 2018
ސައުދީގެ އަންހެނުން ކޮންމެހެން އަބާޔާ ލާކަށް ނުޖެހޭ: ދީނީ އިލްމުވެރިޔެއް
17 އޮކްޓޯބަރު 2017

ކޮންމެ އިރަކުވެސް ނިއުކުލިއަރ ހަނގުރާމައެއް ފެށިދާނެކަމަށް އުތުރު ކޮރެއާއިން ބުނެފި

17 އޮކްޓޯބަރު 2017
ކޮންމެ އިރަކުވެސް ނިއުކުލިއަރ ހަނގުރާމައެއް ފެށިދާނެކަމަށް އުތުރު ކޮރެއާއިން ބުނެފި
06 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންނަށް ތުރުކީން އިތުރު 10000 ޓަނުގެ އެހީ ފޮނުވަނީ

06 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންނަށް ތުރުކީން އިތުރު 10000 ޓަނުގެ އެހީ ފޮނުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު