Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިގްތިސާދީ ހާލަތު

ނިމުނު ރަމަޟާން މަހު ދަނޑުވެރިންނާއި، ވިޔަފާރިވެރިންނަށް ފައިދާ ނުވެ، ގެއްލުން ލިބުނީ ޑިމާންޑު ނެތުމުން: އަމްރު

4 އެޕްރީލު 2025 | ހުކުރު 08:31

އިގްތިސާދު ވަރަށް ބޮޑަށް ހީނަރުވެފައިވެ، މިއަދު ވިޔަފާރި ކުރާނެ މީހުން ނެތް

އަމްނާ އިމާދު
އަމްނާ އިމާދު | 4 އެޕްރީލު 2025 | ހުކުރު 08:31
އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު

އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު

ނިމުނު ރަމަޟާން މަހު ދަނޑުވެރިންނާއި، ވިޔަފާރިވެރިންނަށް ފައިދާ ނުވެ، ގެއްލުން ލިބުނީ އިގްތިސާދު ދަށްވެ، ޑިމާންޑު ނެތުމުން ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ''ޓީވީ ޓޯކް'' ޕްރޮގްރާމްގައި އަމްރު ވިދާޅުވީ އެމްޑީޕީގެ މިދިޔަ ފަސް އަހަރުގެ ވެރިކަމުގައި ރޯދަ މަހު ތަކެތީގެ އަގު ބޮޑު ނުވާ ކަމަށާއި، އެއްވަރެއްގައި ހިފެހެއްޓި، ދަނޑުވެރިންނާ ވިޔަފާރިވެރިންނަށް ވެސް ފައިދާވި ކަމަށެވެ.

Advertisement - newsAdvertisement

ރާއްޖޭގެ އިގްތިސާދީ ހާލަތަށް އިޝާރާތް ކުރައްވައި އަމްރު ވިދާޅުވީ އިގްތިސާދު ވަރަށް ބޮޑަށް ހީނަރުވެފައިވެ، މިއަދު ވިޔަފާރި ކުރާނެ މީހުން ނެތް ކަމަށެވެ.

އަމްރު ވިދާޅުވީ ނިމުނު ރަމަޟާން މަހު މާރުކޭޓުގައި ތަކެތި ގަންނާނެ މީހުން ނުވެ، ބައެއް ބާވަތްތައް ހަލާކުވެ އުކާލަން ޖެހުނު ކަމަށެވެ. މީގެ ކުރިން މިރުސް، ކަރާ، އެކިކަހަލަ ތަރުކާރީގެ ބާވަތްތައް ރަމަޟާން މަހު ރަނގަޅު އަގެއްގައި ވިއްކޭ ކަމަށާއި، ނަމަވެސް މިފަހަރު އެ ގަންނާނެ މީހުން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މި ސަރުކާރާއެކު ރައްޔިތުންގެ އަތުން ފައިސާ ހުސްވެ، ޑިމާންޑް ގެއްލެމުންދާ ކަމަށެވެ.

އެމްޑީޕީގެ ސަރުކާރުގައި މިފަސް ރޯދަ މަހު ތަކެތީގެ އަގު ބޮޑެއް ނުވޭ. ތަކެތީގެ އަގު ބޮޑުވެގެން މީހަކު ވާހަކައެއް ވެސް ނުދައްކާ. އެކަމަކު މިސަރުކާރުގައި އެވާހަކަ އެބަ ދެކެވޭ. ދެން މިފަހަރު އިގްތިސާދީ މިނިސްޓަރަށް ވަރަށް ފަސޭހަކޮށް ދިމާވީ. އެއީ އިގްތިސާދު ވަރަށް ބޮޑަށް ހީނަރުވެ ދަށް ވެގެން ގޮސްފައި އޮތީމަ ވިޔަފާރި ކުރާނެ މީހުންނެއް ނެތް. އެހެންވީމަ މާރުކޭޓުގައި އެއްޗެހި ކިތަންމެ ވަރަށް ހުއްޓަސް ގަންނާނެ މީހަކު ނެތީމަ ދެން ކިހިނެތްތޯ އަގުބޮޑު ކުރަނީ. އެހެންވީމަ އަގުހެޔޮ ކޮށް އެހެންވީމަ އެވަރަށް އަގުހެޔޮ ކޮށްގެން ހަލާކު ވެގެން ވެސް އެ އެއްޗެހި އުކާލާ ވާހަކަ އަޅުގަނޑުމެން ކައިރީގައި އެބަ ބުނޭ. ފެނިފައި ވެސް އެބަހުރި. މިރުސްވެސް. އެހެން ނޫނީ ރޯދަމަހު މިރުހަކީ އަގުބޮޑުކޮށް ވިކޭ އެއްޗެއް. މިފަހަރު ހަލާކުވެގެން އުކާލީ. އެހެންވީމަ ތަކެތީގެ އަގު ކުޑަކޮށް ބެހެއްޓުމަކީ އެއީ ސަރުކާރަށް ލިބޭ ކްރެޑިޓަކަށްވުރެ ބޮޑަށް ސަރުކާރުން ގެންގުޅުނު ސިޔާސަތުގެ ސަބަބުން އިގްތިސާދު ހަލާކުވެގެން ދިޔާމަ ވީ ކަމެއްގެ ގޮތުގައި.
އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު

އަމްރު ވިދާޅުވީ ގައުމުގެ ހާލަތު ރައީސް ޑރ.މުހައްމަދު މުއިއްޒަށް ބަދަލު ނުކުރެއްވޭނެ ކަމަށެވެ. އެމަނިކުފާނު ވެރިކަމުގައި ހުންނަވާ ކަމަށްވާނަމަ، ރާއްޖެ ނުދެކޭވަރުގެ ބޮޑު އިގްތިސާދީ އަނދަވަޅަކަށް ވެއްޓޭނެ ކަމަށް އަމްރު ވިދާޅުވިއެވެ.

ރައީސް މުއިއްޒު މިތާގައި ހުންނަވާގެން މިފަސް އަހަރު ހިނގައްޖެ ކަމަށްވާނަމަ މިރާއްޖޭ ނުދެކޭވަރުގެ ބޮޑު އިގްތިސާދީ އަދަވަޅަކަށް ވެއްޓިގެންދާނެ. އެއީ މިދައްކަވަނީ ބިއްލޫރިން ޓަނަލް އަޅާ ވާހަކަ، މިދައްކަނީ މާލެއިން ފުނަދޫއަށް، ފުނަދޫއިން އެއާޕޯޓަށް ކޭބަލް ކާރު އަޅާ ވާހަކައާއި، މިދައްކަނީ އައްޑޫގެ މުޅި ސަރަހައްދުގައި ބްރިޖު އަޅާ ވާހަކައާއި، ރަސްމާލެ ހިއްކައިގެން ބޮޑު ސިޓީއެއް ހަދާ ވާހަކައާއި، މިކަހަލަ ބޮޑެތި ހުވަފެންތަކެއްގެ ވާހަކަ މިދައްކަނީ. މި ވާހަކަ ދައްކާއިރު އައްޑޫގައި ކަރަންޓެއްނެތް. މާލޭގެ މަގުތަކުގައި ފެން ބޮޑުވާ މައްސަލައަށް ހައްލެއް ނެތް. އެއްވެސް ކަހަލަ އާއްމުންނަށް ފައިސާއެއް ލިބޭނެ އެއްވެސް ކަމެއް ނުކުރޭ.
އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު

ރާއްޖެއިން ބޭރުން ފައިސާއެއް ވަންނާނެ އެއްވެސް ގޮތެއް ނެތްކަން ފާހަގަކުރައްވައި އަމްރު ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ގެއްލިފައިވާ ކަމަށާއި، އިންވެސްޓަރުން ވެސް ރާއްޖެއާ ދުރަށް ޖެހެމުންދާ ކަމަށެވެ. މިއީ ގައުމަށް ހުރި ވަރަށް ބޮޑު ނުރައްކަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

20 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
16 ފެބުރުއަރީ 2017

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ
13 ފެބުރުއަރީ 2017

މެޑަމް ފާތުން ވަށާ ތޮވާފު ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހުލޫފް

13 ފެބުރުއަރީ 2017
މެޑަމް ފާތުން ވަށާ ތޮވާފު ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހުލޫފް
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
01 ފެބުރުއަރީ 2017

ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް

01 ފެބުރުއަރީ 2017
ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް