Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ފަހަތުން އަރައި ޕީއެސްޖީ ބަލިކޮށް ސިޓީ ފައިނަލާ ގާތަށް

28 އެޕްރީލު 2021 | ބުދަ 22:04

ދެވަނަ ލެގުގެ މެޗު ކުޅޭނީ އަންނަ ހަފުތާގެ އަންގާރަ ދުވަހުގެރޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 28 އެޕްރީލު 2021 | ބުދަ 22:04
ޕީއެސްޖީ އާއި ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސިޓީ މޮޅުވީ 2-1 ން

ޕީއެސްޖީ އާއި ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސިޓީ މޮޅުވީ 2-1 ން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރަށުން ބޭރުގައި ކުޅުނު މެޗުން ފަހަތުން އަރައި ޕީއެސްޖީ ބަލިކޮށް، މުބާރާތުގެ ފައިނަލާ ގާތަށް މެންޗެސްޓާ ސިޓީ ޖެހިލައިފިއެވެ.

ޕީއެސްޖީގެ ދަނޑުގައި ކުޅުނު މެޗުން ސިޓީ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. މިފަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީގައި ސިޓީ ވާދަކުރަމުން އަންނައިރު، މިއީ ސިޓީގެ ތާރީޚުގައި އެ ޓީމުން މި މުބާރާތުގެ ސެމީގައި ކުޅޭ ދެވަނަ ފަހަރެވެ. އަދި ސެމީގެ ފުރަތަމަ ލެގުން މޮޅުވެ ފައިނަލާ ގާތަށް ސިޓީ ޖެހިލިއިރު، މިހާތަނަށް ޗެމްޕިއަންސް ލީގުގެ ފައިނަލެއްގައި އެ ޓީމު ވާދަކޮށްފައެއް ނުވެއެވެ.

ބުދަ ދުވަހުގެރޭ ކުޅުނު މެޗު ފަށައިގެން ޕީއެސްޖީން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ކުރީކޮޅު އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. އެންހެލް ޑި މާރިއާ ނަގައިދިން ކޯނަރަކުން މި ލަނޑު ޕީއެސްޖީއަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން މާކީނިއޯސްއެވެ. އޭގެ ފަހުން ސިޓީން ކުޅުން ރަނގަޅުކުރި ނަމަވެސް، ފުރަތަމަ ހާފުގައި އެ ޓީމަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ.

ނަމަވެސް ނަތީޖާ ހަމަހަމަކުރަން ސިޓީން ކުރަމުންދިޔަ މަސައްކަތް މެޗުގެ 64 ވަނަ މިނެޓުގައި ވަނީ ކާމިޔާބުވެފައެވެ. އޭރިއާ ބޭރުން ސިޓީގެ ކެޕްޓަން ކެވިން ޑިބްރޭނާ ހުރަސްކޮށްދިން ބޯޅަ ގޯލަށް ވަނީ އެއްވެސް ކުޅުންތެރިއަކު ގައިގައި ނުޖެހިއެވެ. އަދި އޭގެ ހަތް މިނެޓު ފަހުން ހިލޭ ޖެހުމަކުން ރިޔާދު މާރޭޒް ވަނީ ސިޓީއަށް ލީޑު ނަގާދީފައެވެ. އަދި އޭގެ ފަހުން މި މެޗުގައި ޕީއެސްޖީއަށް މައްސަލަތަކެއް ކުރިމަތިވީ އެ ޓީމުގެ އިދްރީސާ ގާނާ ގޭއަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. އޭނާއަށް ރަތް ކާޑެއް ދެއްކީ ސިޓީގެ އިލްކާއި ގުންޑޮގާނަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.

މި މޮޅާއެކު ޗެމްޕިއަންސް ލީގުގެ ފައިނަލާ ގާތަށް ސިޓީ ޖެހިލިއިރު، ސިޓީ އާއި ޕީއެސްޖީ ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު ކުޅޭނީ އަންނަ ހަފުތާގެ އަންގާރަ ދުވަހުގެރޭ ސިޓީގެ ދަނޑުގައެވެ. އެ މެޗު އެއްވަރުކޮށްލައިގެން ނުވަތަ އެ މެޗުން 1-0 ގެ ނަތީޖާއަކުން ޕީއެސްޖީ މޮޅުވިޔަސް، ފައިނަލުގެ ޖާގައެއް ސިޓީއަށް ލިބިގެންދާނެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
18 ޖެނުއަރީ 2017

އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި

18 ޖެނުއަރީ 2017
އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް