Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޑައުނިން ސްޓްރީޓްގެ ފްލެޓު މަރާމާތުކުރުން

ފުލެޓު މަރާމާތުކުރުމާއި ގުޅޭ ތުހުމަތުތައް ބޮރިސް ޖޯންސަން ދޮގުކުރައްވައިފި

28 އެޕްރީލު 2021 | ބުދަ 17:26

ލޯނެއް ނުވަތަ އެހީއެއް ބޭނުންކުރިޔަސް ހުރިހާ މައުލޫމަތެއް އެނގޭނެހެން ބަޔާންކޮށްފައި ހުންނަން ޖެހޭ

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 28 އެޕްރީލު 2021 | ބުދަ 17:26
ބޮރިސް ޖޯންސަން

ބޮރިސް ޖޯންސަން

ޑައުނިން ސްޓްރީޓްގެ ފްލެޓު މަރާމާތުކުރުމުގައި އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އަމަލުކުރައްވާފައިވަނީ ގަވާއިދާ ޚިލާފަށް ކަމަށް ކުރެވޭ ތުހުމަތުތައް އޭނާ ދޮގުކުރައްވައިފިއެވެ.

ޑައުނިން ސްޓްރީޓްގައި ހުންނަ ބޮރިސް ޖޯންސަންގެ އެޕާޓްމަންޓުގެ އާބާތުރަފިލުވުމަށް ދިޔަ ޚަރަދުތަކަށް ފަންޑު ކުރެއްވި ބެހޭގޮތުން ސީރިއަސް ތުހުމަތުތަކެއް ކޮށްފައިވާތީ އެކަން ހިނގިގޮތް ރަސްމީ ސިފައެއްގައި ތަހުގީގުކުރުމަށް ސިޔާސީ ޕާޓީތަކާއި އިންތިޚާބުގެ ޚަރަދުތަކުގެ ކަންކަން ބަލަހައްޓާ އިލެކްޓޮރަލް ކޮމިޝަނުން ވަނީ ނިންމާފައެވެ.

އިނގިރޭސިވިލާތުގެ އިލެކްޓޮރަލް ކޮމިޝަނުން ނެރެފައިވާ ބަޔާނެއްގައި ވަނީ، އެޕާޓްމަންޓަށް ޚަރަދުކުރުމުގެ ތެރޭގައި ގާނޫނާއި ޚިލާފު ކަމެއް ނުވަތަ ކަންތައްތަކެއް ހިނގާފައިވޭތޯ ތަހުގީގު ކުރުމަށް ނިންމީ، ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން ކަމަށެވެ. އެހެންކަމުން އެކަން ބަލައި ހޯދުމަށްޓަކައި ރަސްމީ ސިފައެއްގައި ތަހުގީގުތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް ބަޔާނުގައިވެއެވެ.

މިކަމާއި ގުޅިގެން އެޕާޓްމަންޓު އަލުން ހެދުމަށް ހޭދަކުރެއްވިގޮތާއި ގުޅޭގޮތުން ގިނަ ކަންތައްތަކެއް އޮޅުންފިލުވައި ދެއްވުމަށް ބޮރިސް ޖޯންސަނަށް މިހާރުވަނީ ޖެހިވަޑައިގެންފައެވެ. ޖޯންސަން ވިދާޅުވީ އެޕާޓްމަންޓުގެ މަރާމާތަށް ހޭދަކުރެއްވީ ހުރިހާ ގަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތިން އަމިއްލަފުޅަށް ކަމަށެވެ.

އިނގިރޭސިވިލާތުގެ މީޑިއާތަކުން ނެރެފައިވާ ރިޕޯޓުތަކަށް ބަލާއިރު، އެޕާޓްމަންޓު ހެދުމަށް ޖުމްލަ 200،000 ޕައުންޑު ޚަރަދުކޮށްފައިވެއެވެ. އެކަމަކު ރައްޔިތުންގެ ފައިސާގެ ތެރެއިން ބޮޑު ވަޒީރުގެ އެޕާޓްމަންޓުގެ މަރާމާތަށް އަހަރެއްގެ މައްޗަށް ޚަރަދުކުރެވެނީ 30،000 ޕައުންޑެވެ.

އެޕާޓްމަންޓު ހެދުމަށް ހޭދަކުރެއްވި ފައިސާއަކީ ޖޯންސަނަށް، ވެރިކަންކުރާ ކޮންޒަވޭޓިވް ޕާޓީއިން ލިބިވަޑައިގެންނެވި ލޯނެއް ކަމެއް ނުވަތަ ނޫންކަމެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. އެކަމަކު ލޯނު ލިބިވަޑައިގެންފައިވާނަމަ އެކަން ހަމަޖެހުނީ ވަޒީރުން އަމަލު ކުރަންޖެހޭ ގަވާއިދާއި އެއްގޮތްވާގޮތުގެ މަތިންކަން ޖޯންސަން ސާފުކޮށްދެއްވަން ޖެހިވަޑައިގަންނަވާނެއެވެ.  

ލޯނެއް ނުވަތަ އެހީއެއް ބޭނުންކުރުމަކީ ގަވާއިދާއި ޚިލާފު ކަމެއް ނޫން ނަމަވެސް، އެ ލިބުނު ފައިސާގެ ހުރިހާ މައުލޫމަތެއް އެނގޭނެހެން ސާފުކޮށް ބަޔާންކޮށްފައި ހުންނަން ޖެހެއެވެ. މީގެ އިތުރުން ވެސް އެ މައުލޫމާތު ކަމާބެހޭ ދަފްތަރުތަކުގައި ހިމަނާފައި ހުންނަން ޖެހެއެވެ. އަދި 7500 ޕައުންޑަށް ވުރެ އިތުރަށް ލިބޭ ހިލޭ އެހީ ނުވަތަ ލޯނުގެ މައުލޫމާތު އިލެކްޓޮރަލް ކޮމިޝަނަށް ދޭންޖެހެއެވެ.   

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

01 ސެޕްޓެމްބަރު 2017

ރައީސް ޒޫމާގެ ދަރިފުޅުގެ މައްޗަށް ކުރެވޭ ކޮރަޕްޝަނުގެ ތުހުމަތުތައް އޭނާ ދޮގުކޮށްފި

01 ސެޕްޓެމްބަރު 2017
ރައީސް ޒޫމާގެ ދަރިފުޅުގެ މައްޗަށް ކުރެވޭ ކޮރަޕްޝަނުގެ ތުހުމަތުތައް އޭނާ ދޮގުކޮށްފި
06 ޖޫން 2017

ދެކުނު ކޮރެއާގެ މިސައިލް ޑިފެންސް ސިސްޓަމާ ގުޅޭ ރިޕޯޓުތަކެއްގައި އެގައުމުގެ ޑިފެންސް އޮފިޝަލަކު ސަސްޕެންޑްކޮށްފި

06 ޖޫން 2017
ދެކުނު ކޮރެއާގެ މިސައިލް ޑިފެންސް ސިސްޓަމާ ގުޅޭ ރިޕޯޓުތަކެއްގައި އެގައުމުގެ ޑިފެންސް އޮފިޝަލަކު ސަސްޕެންޑްކޮށްފި
29 މެއި 2017

އަބޭދީއާ ގުޅޭ ގޮތުން ލިބުނު އިންޒާރުތަކާ މެދު އެމްއައި5 އިން އަމަލު ކުރި ގޮތް މުރާޖައާ ކުރަނީ

29 މެއި 2017
 އަބޭދީއާ ގުޅޭ ގޮތުން ލިބުނު އިންޒާރުތަކާ މެދު އެމްއައި5 އިން އަމަލު ކުރި ގޮތް މުރާޖައާ ކުރަނީ
26 މެއި 2017

މެންޗެސްޓާ ހަމަލާ: ތަހުގީގައި ގުޅޭ މައުލޫމާތު އެމެރިކާ މީޑިއާގައި ލީކުވުން ރައީސް ޓްރަމްޕް ކުށްވެރި ކުރައްވައިފި

26 މެއި 2017
މެންޗެސްޓާ ހަމަލާ: ތަހުގީގައި ގުޅޭ މައުލޫމާތު އެމެރިކާ މީޑިއާގައި ލީކުވުން ރައީސް ޓްރަމްޕް ކުށްވެރި ކުރައްވައިފި
21 މެއި 2017

ޓްރަމްޕްގެ ސައުދީ ދަތުރުފުޅާ ގުޅޭ އާދަޔާ ޚިލާފު ކަންކަން

21 މެއި 2017
ޓްރަމްޕްގެ ސައުދީ ދަތުރުފުޅާ ގުޅޭ އާދަޔާ ޚިލާފު ކަންކަން
30 އެޕްރީލު 2017

އެމެރިކާގެ އަސްކަރީ ފައުޖުތަކެއް ތުރުކީއާ ސީރިއާ ގުޅޭ ބޯޑަރު ކައިރިއަށް ޖަމާވެއްޖެ

30 އެޕްރީލު 2017
އެމެރިކާގެ އަސްކަރީ ފައުޖުތަކެއް ތުރުކީއާ ސީރިއާ ގުޅޭ ބޯޑަރު ކައިރިއަށް ޖަމާވެއްޖެ
09 އެޕްރީލު 2017

އެމެރިކާގެ މަނަވަރުތައް ދެކޮރެއާ ގުޅޭ ސަރަހައްދަށް

09 އެޕްރީލު 2017
އެމެރިކާގެ މަނަވަރުތައް ދެކޮރެއާ ގުޅޭ ސަރަހައްދަށް
30 މާރިޗު 2017

އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު

30 މާރިޗު 2017
އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު
21 މާރިޗު 2017

ޕާކިސްތާނާއި އަފްޣާނިސްތާން ގުޅޭ ބޯޑަރު ހުޅުވާލައިފި

21 މާރިޗު 2017
ޕާކިސްތާނާއި އަފްޣާނިސްތާން ގުޅޭ ބޯޑަރު ހުޅުވާލައިފި
15 ފެބުރުއަރީ 2017

ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު

15 ފެބުރުއަރީ 2017
 ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް