Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުސާ މަނިކު

ހަރުގޭގައި ތިޔައީ ޒައިމޭ ޖަހައިގެން ތިބެ އަޅުގަނޑާ ދިމާލަށް އިނގިލި ދިއްނުކުރެވޭނެ: މޫސަ

27 އެޕްރީލު 2021 | އަންގާރަ 14:38

މިއަދު ކޯލިޝަނެއްގެ ނަމުގައި ރައީސް މައުމޫނަށްވެސް ސަނާ ކިޔާ

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 27 އެޕްރީލު 2021 | އަންގާރަ 14:38
ރީކޯ މޫސާ މަނިކު

ރީކޯ މޫސާ މަނިކު

އެމްޑީޕީން ވަކިކޮށްލުމުން އިދިކޮޅު ޕީޕީއެމްއާ ގުޅިގެން އެއްޗެހި ކިޔާނެ ހައިސިއްޔަތެއް އެމްޑީޕީ މެމްބަރުންގެ ނެތްކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕަރސަން މުސާ މަނިކު (ރީކޯ) ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ އެމްޑީޕީން ވަކިކޮށްލުމުން އިދިކޮޅު ޕީޕިއެމްއާ ގުޅިގެން އުޅޭތީ އެކަމާ އެއްޗެހި ކިޔާކަން އެނގޭ ކަމަށެވެ. އަދި މިހާރު އޮތް ބަރުލަމާނީ ބަހުސްގައި އެމްޑީޕީގެ އިހުގެ ވިސްނުމާ ގުޅޭ ވާހަކަތައް ދައްކާތީ ބަސް ބުނާކަންވެސް އެނގޭ ކަމަށެވެ. އެކަމަކު މިއަދު އެމްޑީޕީގެ ހާލަތު އޮތް ގޮތުން އެގޮތަށް އެއްޗެހި ކިޔުމުގެ ހައިސިއްޔަތެއް ނެތްކަމަށް މޫސަ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މޫސަ ވިދާޅުވީ އެމްޑީޕީ އެންމެ ފުރަތަމަ ފެށިގެން އައީ ރައީސް މައުމޫންގެ އަނިޔާވެރިކަމާ ދެކޮޅަށް ކަމަށެވެ. އެކަމަކު މިއަދު ކޯލިޝަނެއްގެ ނަމުގައި ރައީސް މައުމޫނަށްވެސް ސަނާ ކިޔާ ކަމަށާއި، އެމްޑީޕީގެ ވެރިކަން ވައްޓާލި ބަޣާވާތުގައި ބައިވެރިވި ލީޑަރުންނަށްވެސް ސަނާ ކިޔާ ކަމަށެވެ. އެހެންކަމުން މިއަދު އޭނާ އެކޭ އެމްޑީޕީގެ އެހެން މެމްބަރުންނެކޭ ތަފާތެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށް މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ އޭނާ ޕާޓީން ވަކިވެވަޑައިގަތީ ނޫން ކަމަށާއި، ބޭރުކޮށްލީ ކަމަށެވެ. އަދި އޭރު ކަން ހިނގައިދިޔަ ގޮތްވެސް ވަނީ ތަފްސީލްކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ އެކަން ހިނގައިދިޔައީ، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ މައްސަލައިގައި، މެމްބަރު ޝަރީފް ހުށަހެޅުއްވި މައްސަލައަކަށް ތާއީދުކޮށްގެން ކަމަށެވެ. އަދި އޭރު ބަޣާވާތުގެ މައްސަލާގައި ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލައެއް ކުރިއަށްދާތީ، އެ މައްސަލަ ނަގާ ގޮތަށް އުއްތަމަ ފަނޑިޔާރު އެއްބަސްވެއްޖެނަމަ އެމަނިކުފާނު ބަހައްޓަން އެއްބަސްވުމަށް އޭރު ރައީސް ނަޝީދު އެދިވަޑައިގެންނެވި ކަމަށެވެ. އެކަމަކު އޭރު ތިއްބެވި މެމްބަރުންގެ ތެރޭގައި އޭރު އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަހުމަދު ފާއިޒު ހުސައިން ބަހައްޓަން ބޭނުންނުވާ ބޭފުޅުން ތިއްބެވި ކަމަށާއި، އެ މެމްބަރުން އެކަމަށް ހިޔާލު ތަފާތުވެ އޭނާ ވަކިކުރާ ގޮތަށް ވޯޓުލީ ކަމަށެވެ.

މޫސަ ވިދާޅުވީ އެ މައްސަލާގައި ވޯޓު ލީ އަނެއް ފަސް މެމްބަރުންނަށް ފިޔަވަޅު އެޅުމަށް ފަހު މޫސަ ޕާޓީން ވަކިކޮށްލީ ކަމަށެވެ. މިއީ ސިޔާސީ މަސައްކަތްތައް ކަމަށާއި އެއް ޕާޓީން ވަކިކޮށްލުމުން ކޮންމެ މީހަކު ވެސް އަނެއް ގޮތް ހޯދާނެކަމަށް ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ މިއަދު އެމްޑީޕީއާ ކިތަންމެ ދުރުގައި ހުންނެވިޔަސް ދުވަހަކުވެސް އެ ޕާޓީއަށް ދެރައެއް ނޭދޭ ކަމަށެވެ. އެމްޑީޕީ ފަށައިގެން އައި ގޮތާއި އެ ޕާޓީގެ ރޫހު އަބަދުވެސް ހަނދާނުގައި ހުންނާނެ ކަމަށާއި، ޕާޓީއަށް ސޮއިކުރި 9 ވަނަ މީހާގެ ހައިސިއްޔަތުން އަބަދުވެސް އެ ގަދަރު ކުރާނެ ކަމަށެވެ. މިހާރުވެސް ޕާޓީ ބައިބައިވެ ޕާޓީ ތެރޭގެ ކޯޅުންތައް ބޮޑުކަންފާހަގަކުރައްވާ މޫސަ ވިދާޅުވީ އެކަމާ ހިތާމަކުރައްވާ ކަމަށާއި، އެހެން ނުހަދާ ވެރިކަމުގައި އޮތްއިރު އެންމެންވެސް ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކުރަން ނަސޭހަތްތެރިވާކަމަށެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބާރު ވަރަށް ބޮޑަށް ކަނޑުވާލާފައިވާ ކަމަށާއި އެމަނިކުފާނާ ދޭތެރޭ ކަންކުރަނީ ވަރަށް ދެރަކޮށް ކަމަށެވެ. އެކަމަކު މިއަދު ޕާޓީގެ އެންމެ އިސްވެރިއަކީ އެއީ ކަމަށާއި، އެންމެންވެސް އެކަން ބަލައިގަނެ އެ އަމާޒަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

23 ޖޫން 2017

އޭސީސީ އަށް ދާނީ އަޅުގަނޑު، މީޑިއާ ވެސް ތިބެން ޖެހޭނެ: ރައީސް މައުމޫން

23 ޖޫން 2017
އޭސީސީ އަށް ދާނީ އަޅުގަނޑު، މީޑިއާ ވެސް ތިބެން ޖެހޭނެ: ރައީސް މައުމޫން
09 ޖޫން 2017

ޔޫއެންއެޗްއާރުސީގެ އެޖެންޑާއަށް ރާއްޖެ ރަސްމީކޮށް އެ ލީ، ދެން ގަދަފައި ވިއްދާފައި ނުތިބެވޭނެ: އީވާ

09 ޖޫން 2017
ޔޫއެންއެޗްއާރުސީގެ އެޖެންޑާއަށް ރާއްޖެ ރަސްމީކޮށް އެ ލީ، ދެން ގަދަފައި ވިއްދާފައި ނުތިބެވޭނެ: އީވާ
05 މެއި 2017

ކަނޑައެޅިގެން އެނގިތިބެ ތެލެސީމިއާ ދެ ކެރިއަރުން ކައިވެނި ނުކުރުމަށް ހުތުބާގައި ގޮވާލައްވައިފި

05 މެއި 2017
ކަނޑައެޅިގެން އެނގިތިބެ ތެލެސީމިއާ ދެ ކެރިއަރުން ކައިވެނި ނުކުރުމަށް ހުތުބާގައި ގޮވާލައްވައިފި
04 މެއި 2017

މިއީ މަކަރުވެރި ސަރުކާރެއް، ވޯޓް ގުނާ ނިމެންދެން މަގުމަތީގައި ތިބެންޖެހޭ: ހަސަން ލަތީފް

04 މެއި 2017
މިއީ މަކަރުވެރި ސަރުކާރެއް، ވޯޓް ގުނާ ނިމެންދެން މަގުމަތީގައި ތިބެންޖެހޭ: ހަސަން ލަތީފް
06 އެޕްރީލު 2017

ސައިކަލާއި ކާރުގައި ނަމްބަރުގެ ބަދަލުގައި ނަން ޖަހައިގެން ދުއްވޭގޮތަށް ޑޮމައިން ވިއްކަން ނިންމައިފި

06 އެޕްރީލު 2017
ސައިކަލާއި ކާރުގައި ނަމްބަރުގެ ބަދަލުގައި ނަން ޖަހައިގެން ދުއްވޭގޮތަށް ޑޮމައިން ވިއްކަން ނިންމައިފި
04 އެޕްރީލު 2017

ރަށްރަށުގައި ތިބެނީކީ ރައީސް ޔާމީން ވިދާޅުވާފަދަ ގަމާރުންނެއް ނޫން:ހަސަން ލަތީފް

04 އެޕްރީލު 2017
ރަށްރަށުގައި ތިބެނީކީ ރައީސް ޔާމީން ވިދާޅުވާފަދަ ގަމާރުންނެއް ނޫން:ހަސަން ލަތީފް
05 މާރިޗު 2017

ޕީޕީއެމުން ނޯތު ހާބަރުގައި ޓެންޓް ޖަހައިގެން ވޯޓް ރީރެޖިސްޓާކުރުން ކުރިއަށް ގެންދަނީ

05 މާރިޗު 2017
ޕީޕީއެމުން ނޯތު ހާބަރުގައި ޓެންޓް ޖަހައިގެން ވޯޓް ރީރެޖިސްޓާކުރުން ކުރިއަށް ގެންދަނީ
03 މާރިޗު 2017

ފ.އަތޮޅު ވިއްކާލައިފިނަމަ އެ ސަރަހައްދަށް ވަދެވޭނީ ވިސާ ޖަހައިގެން: ނާޒިމް

03 މާރިޗު 2017
ފ.އަތޮޅު ވިއްކާލައިފިނަމަ އެ ސަރަހައްދަށް ވަދެވޭނީ ވިސާ ޖަހައިގެން: ނާޒިމް
23 ފެބުރުއަރީ 2017

މިއަދު އަމާންދީފިނަމަ، މާދަމާވެސް ތިބެންޖެހޭނީ އަޅުވެތިކަމުގައި: ޝިދާތާ

23 ފެބުރުއަރީ 2017
މިއަދު އަމާންދީފިނަމަ، މާދަމާވެސް ތިބެންޖެހޭނީ އަޅުވެތިކަމުގައި: ޝިދާތާ
29 ޖެނުއަރީ 2017

އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް

29 ޖެނުއަރީ 2017
އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް