Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔޫއެންއެޗްއާރުސީ

ޔޫއެންއެޗްއާރުސީގެ އެޖެންޑާއަށް ރާއްޖެ ރަސްމީކޮށް އެ ލީ، ދެން ގަދަފައި ވިއްދާފައި ނުތިބެވޭނެ: އީވާ

ބޭރުގެ ގައުމުތަކުން ރާއްޖެއާއިމެދު ދެން ވަރަށް ބޮޑަށް ފާރަވެރިވާނެ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 9 ޖޫން 2017 | ހުކުރު 00:02
ރާއްޖެޓީވީގެ ފަލަސުރުހީ ގައި ބުރާސްފަތި ދުވަހުގެ ރޭ އީވާ ވާހަކަފުޅު ދައްކަވަނީ

ރާއްޖެޓީވީގެ ފަލަސުރުހީ ގައި ބުރާސްފަތި ދުވަހުގެ ރޭ އީވާ ވާހަކަފުޅު ދައްކަވަނީ

އދ ގެ. އިންސާނީ ހައްގުތަކާއި ބެހޭކައުސިލްގެ އެޖެންޑާއަށް ރަސްމީކޮށް މިހާރު އެވަނީ ރާއްޖެ ލާފައި ކަމަށާއި ދެން ގަދަފައި ވިއްދާފައި ނުތިބެވޭނެކަމަށްގަލޮޅު އުތުރު ދާއިރާގެ މެންބަރު އިވާ އަބުދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ގައި ބުރާސްފަތި ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ، ދުނިޔޭގެ 30 ގައުމަކުން ތާއީދުކޮށް ރާއްޖޭގެ އިންސާނީ ހާލަތާ ބެހޭ ގޮތުން އިނގިރޭސި ވިލާތުން ހުށަހެޅި މައްސަލައިން ދޭހަވަނީ ރާއްޖޭގެ އިންސާނީ ހައްގުުތަކުގެ ހާލަތު ރައީސް ޔާމީން ވައްޓަވާ ލައްވައިފިކަމެވެ.

އިވާ ވިދާޅުވީ، ދުނިޔޭގެ އިންސާނީ ހައްގުތަކާއި ބެހޭ އެޖެންޑާއަށް ރާއްޖެ ރަސްމީކޮށް ލުމުން ވަރަށް ސީރިއަސްކަމެއްގެ ގޮތުގައި ބޭރުގެ ގައުމުތަކުން ދެކި ރާއްޖެއަށް ފާރަލަމުން ގެންދާނެ ކަމަށެވެ.

ރާއްޖެއާ އެންމެ ގާތުން ސްރީލަންކާއަށް ބަލާލާއިރު ލަންކާގެ މައްސަލަ އެ ކައުސިލަށް ހުށައެޅި ކަމަށާއި، މައްސަލަލީތާ މާ ގިނަދުވަސްނުވެ އެގައުމުގެ ވެރިކަން ބަދަލުވެގެން ދިޔަކަމަށް އީވާ ވިދާޅުވިއެވެ. ލަންކާގެ ގައި އިންސާނީ ހައްގުތައް ހިފެހެއްޓިފައިވާ މިންވަރު ބެލުމަށް 4 އަހަރުގެ ފުރުސަތެއް އެގައުމަށް ދިން ކަމަށާއި، އެކަންކަން އިސްލާހު ނުކުރެވުމުގެ ނަތީޖާ އަކީ އެގައުމުގެ ވެރިކަން ބަދަލުވެގެން ދިއުންކަމަށް އީވާ ވިދާޅުވިއެެވެ.

ހަމަ މިގޮތަށް ދާދި ފަހުން އައިވަރީ ކޯސްޓްގެ މައްސަލަވެސް ޔޫއެންއެޗްއާރުސީ އަށް ހުށައޅިކަމަށާއި، އެގައުމުންވެސް ކަންކަން އިސްލާހު ނުކުރުމުގެ ނަތީޖާއަކަށްވީ އޭޕްރީލް 2011 ގައި އެގައުމުގެ ވެރިކަން ބަދަލުވެގެން ދިއުންކަމަށް އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ، ޔޫއެންއެޗްއާރުސީ އަކީ ދުނިޔޭގެ ވަރަށްބޮޑު ކައުސިލެއްގެ ކަމަަށާއި، ރާއްޖޭގެ މައްސަލަ އެކައުންސިލްގެ އެޖެންޑާއަށް ލުމުން އޭގެ މާނައަކީ ގޯހުން ހުރިކަންކަން އިސްލާހުކުރަންވީކަމަށެެވެ. އެކަންކަން އިސްލާހުކުރުމަށް އެދިނީ ފުރުސަތުކަމަށް އީވާ ވިދާޅުވިއެވެ.

އިވާ ވިދަޅުވީ، ކޮމިޝަންތައް މިނިވަން ވާން ޖެހޭކަމަށާއި، ސިޔާސީ ޕާޓީތައް ހިންގަން ފުރުސަތުދޭން ޖެހޭކަމަށާއި، ރައްޔިތުންނަށް ޚިޔާލު ފަޅުކުރެވެން ޖެހޭކަމަށެވެ. އަދި ޔާމީން ރަޝީދުގެ މަރުގެ ތަހުގީގު އިންސާފުވެރިކަމާއެކު ދެފުންފެންނަ ގޮތަށް ކުރިއަށް ގެންދިއުމަށް ރާއްޖެއަށް ފުރުސަތު އެބައޮތްކަމަށްވެސް އީވާ ވިދާޅުވިއެވެ.

އިވާ ވިދަޅުވިގޮތުގައި، އިސްލާހުކުރުމަށް ފުރުސަތުދީ، ދެންދާނީ އެކަންކަން އިސްލާހު ކުރޭތޯ ދުރުން ފާރަލާ ބަލަމުންކަމަށެވެ. އަދި އެކަންކަމަށް ދެން ބޯނުލަނބައިފި ނަމަ ރާއްޖެއާމެދު އަޅާފިޔަވަޅު މާ ގޯސްވެދާނެކަމަށް އީވާ ވިދާޅުވިއެވެ.

މީ އެެއްބައި ގައުމުތަކަށް ދިގު އަދި ބައެއް ގައުމުތަކަށް ވަރަށް ކުރު މަރުހަލާއެއްކަމަށާއި، އދ، ގެ ހިއުމަންރައިޓްސް ކައުންސިަލަށް 30 ގައުމުން ތާއީދުކޮށް ރާއްޖެއާއި ގުޅިގެން ހުށައެޅި ކަންކަމުގެ މައްޗަށް ދިވެހި ސަރުކާރުން ތަބަވާން ޖެހޭކަމަށް އީވާ ވިދާޅުވިއެވެ.

އީވަ ވިދާޅުވީ، މިހާލަތައް ކަންކަން ދިއުމުން އިންތިހާއަށް ރާއްޖެއަށް ބޭރު ގައުމުތަކާއި، އދ.ގެ ނުފޫޒު އަންނާނެކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

ފަލަ ސުރުޚީގައި ވާހަކަ ދައްކަވަމުން، މުޅި ދުނިޔެއާއި ދެކޮޅަށް ރައީސް ޔާމީނަށް ދެން ހިފަހައްޓާލެވޭނީ ކިހާދުވަހަަކަށް ތޯ ވިދާޅުވެ އީވާ ވަނީ ސުވާލު އުފައްދަވާފައެވެ.

އިވާ ވިދާޅުވީ ބައިނަލްއަގުވާމީ ދުނިޔެއިން ގޮވާލާ ގޮވާލުމަށް ރާއްޖެއަށް އިޖާބަދޭން ޖެހޭނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު