Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަލަސުރުޚީ

ފ.އަތޮޅު ވިއްކާލައިފިނަމަ އެ ސަރަހައްދަށް ވަދެވޭނީ ވިސާ ޖަހައިގެން: ނާޒިމް

މިފަދަ ފެންވަރަކަށް މި ޤައުމުގެ ސަރަހައްދެއް ގޮސްފި ކަމަށްވާ ނަމަ، މިއީ ވަރަށް ކަންބޮޑުވާ ކަމެއް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 3 މާރިޗު 2017 | ހުކުރު 09:08
ވައިކަރަދޫގެ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް

ވައިކަރަދޫގެ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް

ފ.އަތޮޅަކީ ސައުދީގެ ސަރަހައްދެއް ކަމަށް ކަނޑައަޅައިފި ނަމަ، އެ ސަރަހައްދަށް ވަދެވޭނީ ވިސާ ޖަހައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫގެ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ސައުދީ ރަސްގެފާނު ފ.އަތޮޅުން ނަގާ ސަރަހައްދަކީ ރާއްޖޭގެ ސަރަހައްދުން ބޭރުގެ ސަރަހައްދަކަށް ވެގެންދާ މަންޒަރު ކަމަށާއި އެކަން ސިއްރު ކުރުމަށް މިދަނީ މަސައްކަތް ކުރެވެމުން ކަމަށެވެ.

Advertisement - newsAdvertisement

ނާޒިމް ވިދާޅުވީ މިފަދަ ފެންވަރަކަށް މި ޤައުމުގެ ސަރަހައްދެއް ގޮސްފި ކަމަށްވާ ނަމަ، މިއީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

މަޖިލިސްގެ މެންބަރުން ދައްކަވަމުން ގެންދާ ވާހަކަތަކަށް ބަލާއިރު، 100 ބުރީގެ 50 އިމާރާތް އަޅާނެ ކަމަށާއި، 10 ބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެއް ކަމަށް ވިދާޅުވާއިރު މި ކަމުން ރާއްޖޭގެ ރައްޔިތުންނަށް އެއްވެސް މަންފާއެއް ނުކުރާ ކަމަށްވާނަމަ މިއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ނާޒިމް ވިދާޅުވި އެވެ.

ޤާނޫނުތައް ހުއްދަ ކުރާ ގޮތުގެ މަތިން ބޮޑެތި އިންވެސްޓްމަންޓްތައް ގެނެސްގެން މަޝްރޫއުތައް ހިންގުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި، 99 އަހަރަށް ރިޒޯޓްތައް ކުއްޔަށް ދޫކޮށްގެން އާމްދަނީ ހޯދަމުންދާއިރު މިކަމުގަ އިދިކޮޅު ފަރާތްތަކުން ވެސް މައްސަލައެއް ނުޖައްސާއިރު، ގޮތް ނޭނގޭ އަޑި ނޭނގޭ ކަންކަމާއި އިދިކޮޅަށް ވާހަކަދައްކަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ފ.އަތޮޅު ވިއްކާލުމުގެ ވާހަކަ މި ދެކެވެނީ ކުރީގަ ހެދިފައި އޮތް ޑީލެއްގެ ދަށުން ފާއިސާތަކެއް ނެގި، އެ ކައި ހުސްވެ، ގޮތް ހުސްވުމުގެ ސަބަބުން މަޖުބޫރީ ހާލަތަކަށް އައުމުން ކަމަށް ނާޒިމް ވިދާޅުވި އެވެ. ރާއްޖޭގެ އެއްވެސް ސަރަހައްދެއް އެހެން ބަޔަކަށް ދެވޭނީ ރައްޔިތުންގެ ރުހުމާއި އެކުގައި ކަމަށާއި މިކަން މިގޮތަށް ނުހިނގާ ކަމަށްވާނަމަ އެކަން ޤާބޫލު ނުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ބަސް ކަމަށްވާއިރު މި ސަރުކާރުން ލޯނެއް ނެގި ކަމުގައިވީ ނަމަވެސް މަޖިލީހުގެ ހުއްދަ ނުހޯދައި ލޯނު ނެގޭ ގޮތަށް ޤާނޫނަށް މިވަނީ އިސްލާހް ގެނެސްފައި ކަމަށެވެ.

އިސްލާހާއި ތަރައްޤީއަކީ އެމްޑީޕީން ގެނައި އެއްޗެކެވެ. އެމްޑީޕީން ތަރައްޤީއާއި ދެކޮޅަށް އެއްވެސް ކަމެއް ނުކުރާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!

08 ފެބުރުއަރީ 2017
ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!
31 ޖެނުއަރީ 2017

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

31 ޖެނުއަރީ 2017
ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
24 ޖެނުއަރީ 2017

ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި

24 ޖެނުއަރީ 2017
ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު