Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް މައުމޫނު

އޭސީސީ އަށް ދާނީ އަޅުގަނޑު، މީޑިއާ ވެސް ތިބެން ޖެހޭނެ: ރައީސް މައުމޫން

23 ޖޫން 2017 | ހުކުރު 09:20

އޭސީސީން ބުނަނީ ބަޔާން ނެގުމަށް ރައީސް މައުމޫނުގެ އަރިހަށް ވަޑައިގަންނަވާނެ ކަމަށް

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 23 ޖޫން 2017 | ހުކުރު 09:20
ރައީސް މައުމޫން

ރައީސް މައުމޫން

ކުރީގެ ރިޔާސީ ގަނޑުވަރު، ތީމުގޭގެ 2007 އަދި 2008 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގެ މައްސަލައިގައި ބަޔާން ދެއްވުމަށް އޭސީސީ އަށް ވަޑައިގަންވާނެ ކަމަށާއި އަދި އެތަނުގައި މީޑިއާ ވެސް ތިބެން ޖެހޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވެފައި މި ވަނީ އެ މަނިކުފާނުގެ ބަޔާނެއް ނެގުމަށް އެމަނިކުފާނުގެ އަރިހަށް ޒިޔާރަތްކުރާނެ ކަމަށް އޭސީސީން ބުނެފައި ވަނިކޮށެވެ. އެމަނިކުފާނު ވިދާޅުވީ ތީމުގޭގެ އޮޑިޓް ރިޕޯޓްގެ މައްސަލާގައި އެމަނިކުފާންގެ ބަޔާނެއް ނެގުމަށް އޭސީސީގެ މެމްބަރުން އެމަނިކުފާންގެ އަރިހަށް ވަޑައިގަންނަވަން ނުޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް މައުމޫން ވިދާޅުވީ އޭސީސީއަށް ބަޔާން ދެއްވަން ވަޑަގަންނަވާއިރު މީޑިއާ ވެސް އެތަނުގައި ތިބެން ޖެހޭނެ ކަމަށާއި އޭރުން ގައުމުގެ ހުރިހާ ރައްޔިތުންނަށް ވެސް ކަންހިނގަމުންދާ ގޮތް ފެނިގެންދާނެ ކަމަށެވެ. އަދި ކަން ހިނގާ ގޮތް އެނގުމަކީ ރައްޔިތުންނަށް ލިބިގެންވާ ހައްގެއް ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

އަދި އެހެން ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އޭސީސީން ބަލަންޖެހޭ ފަދަ އެއްވެސް އަމަލެއް އެމަނިކުފާނުކުރައްވާފައި ނުވާ ކަމަށާއި ފޮރުވަންޖެހޭ އެއްވެސް ކަމެއް ނެތް ކަމަށެވެ.

ތީމުގޭ އޮޑިޓް ރިޕޯޓްގެ މައްސަލައިގައި 10 އަހަރު ފަހުން ރައީސް މައުމޫނާ ސުވާލުރައްވާއިރު، މި މައްސަލައިގައި ރައީސް މައުމޫންގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް އޭސީސީ އަށާއި ޕޮލިހަށް ހާޒިރުކޮށް ބަޔާން ނަގާފައިވެ އެވެ.

ތީމުގޭ އޮޑިޓް ރިޕޯޓްގެ މައްސަލައިގައި ފާރިސްގެ މައްޗަށް ދައުވާކުރަން ފޮނުވީ ސާފް ޗެމްޕިއަންޝިޕު ބެއްލެވުމަށް 2008 ވަނަ އަހަރު ސްރީ ލަންކާއަށް ކުރެއްވި ދަތުރުފުޅުގައި ހިންގި ކަމަށް ބުނާ ހަރަދުތައް ހޯދުމަށެވެ. ނަމަވެސް، ޕީޖީ އޮފީހުން ނިންމާފައި ވަނީ ދައުވާކުރުމަށް ގާނޫނުލް އުގޫބާތުގައި ކަނޑައަޅާފައިވާ މުއްދަތު ހަމަވެފައި އޮތުމުން އެ މައްސަލައިގައި ފާރިސްގެ މައްޗަށް ދައުވާ ކުރެވެން ނެތް ކަމަށެވެ. ގާނޫނުލް އުގޫބާތުގެ 61 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ޖިނާޔަތުގެ ތެރޭގައި ހިމެނޭ ކުށްތަކަށް ދައުވާ ކުރަން ޖެހޭނީ ކުށްކުރާ ވަގުތުން ފެށިގެން އަށް އަހަރުގެ ތެރޭގައެވެ. ޖުނަހުގެ ކުށްތަކުގައި ދައުވާ ކުރަން ޖެހޭނީ ތިން އަހަރުގެ ތެރޭގައެވެ.

ތީމުގޭ އޮޑިޓް ރިޕޯޓްގެ މައްސަލައިގައި ރައީސް މައުމޫނުގެ ބަޔާން ނަގަން އޭސީސީން ނިންމިއިރު، އެ މަނިކުފާނު ވަނީ އެއްބަފާ ކޮއްކޯފުޅު، ރައީސް އަބްދުﷲ ޔާމީނަށް ކުރައްވާ ތާއިދު އަނބުރާ ގެންދަވާފަ އެވެ. މި ސަރުކާރުގެ ތެރޭގައި ހިޔާނާތުގެ މައްސަލަ އާއި ޑިމޮކްރަސީގެ އުސޫލްތަކާ ހިލާފު ކަންކަން ހިންގަމުންދާ ކަމަށާއި، ސަރުކާރު ހިންގަނީ ޕީޕީއެމްގެ އަސާސްތަކާ ހިލާފަށް ކަމަށް ރައީސް މައުމޫނު ވަނީ ވިދާޅުވެފަ އެވެ. މިހާރު އެ މަނިކުފާނު މަސައްކަތް ކުރައްވަނީ ގައުމު އިސްލާހުކުރުމަށްޓަކައި އިދިކޮޅު ފަރާތްތަކާ ގުޅިގެންނެވެ. ތިން މަހެއްހާ ދުވަހު ރައީސް މައުމޫން ރާއްޖޭން ބޭރުގައި އުޅުއްވުމަށް ފަހު އެނބުރި ވަޑައިގަތީ މި މަހުގެ 14 ގަ އެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ ރައީސް މައުމޫނުގެ ބަޔާނެއް ނަގަނީ އެ މަނިކުފާނު ކޮމިޝަނަށް ހާޒިރުކުރައްވައިގެން ނޫން ކަމަށާއި އެ މަނިކުފާނު ބޭނުންފުޅުވާ ތަނަކަށް ތަހްގީގު ޓީމް ގޮސްގެން ކަމަށެވެ.

"އެ މަނިކުފާނުގެ ބަޔާނެއް ނަގަނީ ތީމުގޭ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަމަކާ ގުޅޭ ގޮތުން ދައުލަތުގެ އެއްވެސް ފަރާތަކުން މައުލޫމާތު ނުލިބިގެން، ސީދާ ރައީސް މައުމޫނުގެ ފަރާތްޕުޅުން މައުލޫމާތު ހޯދުމަށް،" ލުތުފީ ވިދާޅުވި އެވެ.

މިހާތަނަށް ދިވެހި ތާރީހުގައި ވެފައިވާ އެންމެ ބޮޑު ހިޔާނާތް ކަމުގައިވާ އެމްއެމްޕީއާރުސީގެ މައްސަލައިގައި ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ބޮޑެތި ތުހްމަތުތަކެއް ވަނީ ކޮށްފަ އެވެ. އެމްއެމްޕީއާރުސީގެ މައްސަލައިގެ ތަހްގީގު ރިޕޯޓް އޭސީސީން ވަނީ ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ.

މީގެ ކުރިން ދައުލަތަށް ގެއްލިގެން ގޮސްފައިވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށާއި، އެގޮތުން ރައީސް މައުމޫނުގެ ވެރިކަމުގައި ރައީސް އޮފީހުން އެކި ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުތައް ނުދައްކާހުރި ފަރާތްތަކުން އެ ފައިސާ ހޯދަން މަސައްކަތް ކުރާ ކަމަށް އަންގާރަ ދުވަހު ބަންޑާރަ ނައިބު މުހައްމަދު އަނިލް ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.

ރައީސް އޮފީހުން ދޫކޮށްފައިވާ ލޯން 30 ފަރާތަކުން ދައްކާފައި ނުވާ ކަމަށް އަނިލް ވިދާޅުވި އެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

29 ޖެނުއަރީ 2017
ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
23 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
16 ޖެނުއަރީ 2017

ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި

16 ޖެނުއަރީ 2017
ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް