Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮވިޑް-19 ރާއްޖޭގެ ޙާލަތު

މިއުޅެނީ ވިސްނުމުގެ މައްސަލައެއް!

ފަރުދެއްގެ ހައިސިއްޔަތުން ތިމާއަށް މަސައްކަތް ކުރެވެނީ ކިހައި މިންވަރަކަށްތޯ ވިސްނަންޖެހޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 27 އެޕްރީލު 2021 | އަންގާރަ 13:55
އާރުއާރްޓީ ޓީމްތަކުން ކޮވިޑް-19 ގެ ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވަނީ- ރާއްޖޭގެ ކޮވިޑުގެ ކޭސްތައް އަދިވެސް ދަށެއް ނުވޭ

އާރުއާރްޓީ ޓީމްތަކުން ކޮވިޑް-19 ގެ ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވަނީ- ރާއްޖޭގެ ކޮވިޑުގެ ކޭސްތައް އަދިވެސް ދަށެއް ނުވޭ

2021 ވަނަ އަހަރު ފެށިގެން 4 މަސް ވޭތުވެގެންދާއިރު، އަދިވެސް ރާއްޖޭގެ ކޮވިޑުގެ އަދަދުތައް އުޅެނީ ނިސްބަތުން މަތީގައެވެ. ދޭތެރެއަކުން އަދަދުތައް ދަށްވި ނަމަވެސް، އެވްރެޖްކޮށް ރިޕޯޓު ކުރާ ކޭސްތަކުގެ އަދަދު އުޅެނީ 100ން ވެސް މަތީގައެވެ.

އެންމެ ފަހުން މިހިނގާ އޭޕްރީލް މަހުގެ ފަހުކޮޅަށް އައިއިރު، އަދަދުތައް މަތިވަމުންގޮސް، ރެކޯޑު އަދަދުތަކުން ޕޮޒިޓިވްވާއިރު، 300ން މަތިންވެސް ދުވާލެއްގެ މައްޗަށް ކޭސްތައް ރިޕޯޓު ކުރެވިފައިވެއެވެ.

ކޮވިޑް-19 ގެ ކޭސްތަކާއެކު އަބަދުވެސް ދެގޮތަކަށް މީހުންގެ ހިޔާލުތަކާއި ޝުއޫރުތައްވެސް ބަންޑުންވެގެން އާދެއެވެ. އެއް ބަޔަކީ ރާއްޖޭގައި ކޮވިޑުގެ އަދަދުތައް މަތިވަނީ ކަމާބެހޭ ފަރާތްތަކުން ލުއިތައް ދިނުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށް ބުނާ މީހުންނެވެ. އަނެއް ބަޔަކީ ކޮވިޑު ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާންމުންގެ ދިރިއުޅުމަށް އެތައް ގޮންޖެހުންތަކެއް ކުރިމަތިވާކަމަށް ބުނެ، ލުއިތައް ދިނުމަށް ގޮވާލަމުންދާ މީހުންނެވެ.

ކޮންމެ ފަހަރަކުވެސް ކޮވިޑުގެ ކޭސްތައް މަތިވެ، ދަށްވާ ދަނޑިވަޅުތަކުގައި މި ޝުއޫރުތަކާއި ބަހުސްތައް ފެށިގެން ދެއެވެ. ނަމަވެސް، ކޮވިޑު ފެތުރުން ކޮންޓްރޯލް ކުރުމަށް ފަރުދެއްގެ ހައިސިއްޔަތުން ތިމާއަށް މަސައްކަތް ކުރެވެނީ ކިހާ މިންވަރަކަށްތޯ މިއީވެސް ވިސްނާލުން މުހިއްމު ކަމެކެވެ. އަވައްޓެރި އެހެން ގައުމުތަކާއި ދުނިޔޭގެ ގިނަ ގައުމުތަކާ އަޅާބަލާއިރު، ވެކްސިނޭޝަން ޕްރޮގްރާމްވެސް ކުރީބައިގައި ފަށައި، މެދުކެނޑުމެއް ނެތި ކުރިއަށްގޮސް އެތައް ބަޔަކު ވެކްސިން ޖަހަމުންދާއިރުވެސް، ރާއްޖޭގެ ކޮވިޑު އަދަދުތަކުން އެ މަންޒަރު ނުފެނުމުގެ ފަހަތުގައި ތިމާގެ ދައުރެއްވެސް ކޮންމެސް މިންވަރަކަށް އޮތީބާއޭ ސުވާލު އުފައްދާލަން އެބަ ޖެހެއެވެ.

ކޮވިޑު ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެންމެ އާންމު އަދި އެންމެ ބޭނުންތެރި އެއް ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރާ އެއް ކަމަކީ އާންމު ތަންތަނުގައި މާސްކް އެޅުމެވެ. މާސްކް ނާޅައި އުޅޭނަމަ ބޮޑު އަދަދުތަކުން ޖޫރިމަނާކުރާއިރު، ޙަޤީޤަތަކީ އަދިވެސް މާސްކް އެޅުމަށް މާބޮޑު ސަމާލުކަމެއް ނުދޭ އެތައް ބަޔަކު އުޅޭ ކަމެވެ. ހަމަ ގައިމުވެސް މާލޭގެ މަގެއް މަތިން ހިނގާލައިފިނަމަ މި މަންޒަރު ވަރަށް ސާފުކޮށް ފެންނާނެއެވެ. މިއީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ އެންމެ އާންމު ފިޔަވަޅަށް މީހުން ބޯނުލަނބާ މިންވަރު ދައްކުވައިދޭ އެއް ކަމެވެ.

ކޮވިޑާ ބެހޭ ހަގީގަތްތައް ސައިންސްވެރިން އިތުރަށް ތަހުލީލު ކުރަމުންދާއިރު، އަވައްޓެރި ބައެއް ގައުމުތަކުން ފެންނަމުންދާ ކޮވިޑު ވޭރިއަންޓުތައް ފެތުރޭ މިންވަރު އަވަސް ކަމާއި، ވައިގެ ތެރޭގައި ހަރުލާފައި ހުންނަ މުއްދަތު ގިނަކަން ޚަބަރުތަކުން އިވެއެވެ. އެންމެ ފަހުންވެސް އަވައްޓެރި ސްރީލަންކާއިން ފެނިފައިވާ ވޭރިއަންޓަކީ މަދުވެގެން ގަޑިއިރެއް ވަންދެން ކޮވިޑް ވައިރަސް ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ޒާތުގެ ވޭރިއަންޓެއް ކަމަށް މިވަނީ ރިޕޯޓު ކޮށްފައެވެ. ވީއިރު ރާއްޖޭގައިވެސް މިފަދަ ވޭރިއަންޓެއް އުޅުމަކީ އެކަށީގެންވާ ކަމެކެވެ.

ސިއްޙީ އޮފިޝަލުން އަދިވެސް ގެންދަވަނީ ރާއްޖޭގައި އުޅޭ ވޭރިއަންޓުތައް ދެނެގަނެ، އެއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. ވީއިރު، މިފަދަ ދަނޑިވަޅެއްގައި މާސްކް އެޅުން ފަދަ އެންމެ އަސާސީ ފިޔަވަޅުތަކަށް ބޯނުލަނބާ މީހުން ގިނަވުމަކީ، ފަރުދީ ޒިންމާ އަދާ ނުކުރާ މިންވަރުގެ ހެއްކެކޭ ނުބުނެވޭނެތޯއެވެ؟ ހިތާމައަކީ މާދަމާވެސް ރެކޯޑު އަދަދުތަކުން ޕޮޒިޓިވް ކޭސްތައް ފެނުމުން ކަމާބެހޭ ފަރާތްތަކާއި ސިއްޙީ އިދާރާތަކަށް އަދި ސަރުކާރަށްވެސް ނުރުހުން ފާޅުކުރާނެ އެތައް ބަޔަކު ތިބޭނެކަމެވެ.

ކޮވިޑު ފެތުރުން ކޮންޓްރޯލް ކުރުމަށް ދެވަނައަށް އެންމެ ބޮޑަށް ބާރުއަޅާ އެއް ކަމަކީ އިޖުތިމާއީ ގައިދުރުކަން ދެމެހެއްޓުމާއި، ގިނަ މީހުން އެއް ތަނަކަށް އެއްވެ ނޫޅުމެވެ. މިކަމުގައިވެސް ފާއިތުވި ދުވަސްތަކުގައިވެސް އެތައް ގޮތަކަށް އެތައް ބަހުސްތަކެއް އަޑުއިވިގެން ގޮސްފިއެވެ. އެއް ބަޔަކު ގުޅުވާލަނީ ސުކޫލުތައް ހުޅުވާލުމާއި، ކުޅިވަރު ހަރަކާތްތައް ފެށުމުގެ ހުއްދައާއެވެ. އަނެއް ބަޔަކު ގުޅުވާލަނީ ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށް ރަށްރަށަށް ދިއުމާއި، އާންމު ރައްޔިތުން ރަށްރަށަށް ގޮސް ކަރަންޓީންވާން ޖެހުމާއެވެ.

ދެން ތިބި ބަޔަކު ގުޅުވާލަނީ ކައުންސިލް އިންތިޚާބު ބޭއްވުމަށް ހުއްދަ ދިނުމާއި، މިސްކިތްތަކުގެ ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދައާއެވެ. ހަގީގަތަކީ މިއިން ކޮންމެ ކަމަކީވެސް ރައްޔިތުންނާ ނުހަނު ގުޅުންހުރި އަދި ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަންކަމެވެ. އަދި މިކަންކަމުގައި ރައްޔިތުން ފާޅުކުރަމުންދާ ޝުއޫރުތައްވެސް ގޯހެކޭ ނުދެންނެވޭނެއެވެ.

ނަމަވެސް މިކަމުގައިވެސް ވިސްނާލަން ޖެހޭ ކަމެއް އެބައޮތެވެ. ސުކޫލުތަކަށް ދަރިވަރުން ފޮނުވާއިރު، އެޗްޕީއޭގެ ގައިޑްލައިންތަކުގައި ބުނެފައިވާ ކަންކަމަށް ކިހާ މިންވަރަކަށް ސަމާލުކަން ދެވޭތޯއެވެ؟ ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދާއިރު، ކޮވިޑު ފެތުރުން ކޮންޓްރޯލް ކުރުމަށް އެކުލަވާލާފައިވާ ގައިޑްލައިންތަކަށް އަމަލު ނުކުރާ މީހުން ނޫޅޭތޯއެވެ؟ ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށް ރަށް ރަށަށް ދާ މީހުންނާއި، އެރަށުން ބައްދަލުވާ މީހުން ގައިޑްލައިންތަކަށް އަމަލު ކުރަނީ ކިހާ މިންވަރަކަށްތޯއެވެ؟ އަދި އެކަންކަން ރަށްރަށުގެ ޓާސްކްފޯސްތަކުން ބަލައި، ފިޔަވަޅު އަޅަނީ ކިހާ މިންވަރަކަށްތޯއެވެ؟

މިއިން ކޮންމެ ކަމަކީވެސް ކޮވިޑް-19 ފެތުރުން ހުއްޓުވުމާއި ކޮންޓްރޯލް ކުރުމާ ނުހަނު ގުޅުންހުރި ކަންކަމެވެ. ވީއިރު މިކަންކަމަށް ތިމާއަށް ފަރުވާކުޑަ ކުރެވޭނަމަ، ކޮވިޑު ފެތުރުން ކޮންޓްރޯލް ނުވަނީ ކީއްވެތޯ ސުވާލު އުފައްދައި، އެ ބަހުސްގެ ތެރެއަށް ތިމާ ވަންނަންޖެހޭ ސަބަބެއް އެބަ އޮތްތޯއެވެ؟

ހަގީގަތަކީ މިކަމުގައި ބަދަލު ކުރަންވީ ތިމާގެ ވިސްނުމެވެ. މައްސަލައަކީ ހަމައެކަނި އޮންނަ ސަރުކާރެއްގެ މައްސަލައެއް ނޫނެވެ. ނުވަތަ ތަންފީޒީ އިދާރާތަކުގެ މައްސަލައެއްވެސް ނޫނެވެ. ނޫންނަަަމަ، މި އެކުލަވާލާ ހަރުކަށި ގައިޑްލައިންތަކާ އަދި އެ ގައިޑްލައިންތަކަށް ދޭ ލުއިތަކެއްވެސް ނޫނެވެ. ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރެވޭނީ ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ އެންމެ ރަނގަޅަށް އަދާކޮށްގެންކަން އެކަން ކާމިޔާބު ކުރި އުމުތަކުން އޮތީ ފެންނާށެވެ. ވީމާ މިއީ ކޮވިޑުގެ އަދަދުތަކާއި ރާއްޖޭގެ ޙާލަތާމެދު އެެއްބަޔަކު އަނެއް ބަޔަކާ ބަހުސް ކުރަންވީ ވަގުތެއް ނޫނެވެ. މިއުޅެނީ ވިސްނުމުގެ މައްސަލައެކެވެ. ވިސްނަންވީ ކޮވިޑު ފެތުރުން ކޮންޓްރޯލް ކުރުމަށް ތިމާއަށް ކުރެވޭނީ ކޮން ކަމެއްތޯއެވެ. އަދި ކޮވިޑު ފެތުރުމަށް މަގުފަހިވާ ގޮތަށް ތިމާއަށް ކުރެވެނީ ކޮން ކަމެއްތޯއެވެ. އޭރުން އިސާހިތަކު ކޮވިޑު ފެތުރުން ކޮންޓްރޯލްކުރި ޤައުމުތަކެކޭ އެއްގޮތަށް ރާއްޖެއަށްވެސް އެކަން ކާމިޔާބު ނުވާންވީ ސަބަބެއް ނެތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނުކަތާ ވަރަށް ލޯނު ނެގުމަކީ ޗައިނާގެ މައްސަލައެއްތަ؟

ނުކަތާ ވަރަށް ލޯނު ނެގުމަކީ ޗައިނާގެ މައްސަލައެއްތަ؟

14 ޑިސެމްބަރު 2019
ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހުތަކުގައި މައްސަލައެއް ނެތް، ލިބެނީ އިތުރު ރައްކާތެރިކަމެއް!

ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހުތަކުގައި މައްސަލައެއް ނެތް، ލިބެނީ އިތުރު ރައްކާތެރިކަމެއް!

30 ސެޕްޓެމްބަރު 2019
ޓެރަރިޒަމްގެ ޤާނޫނަށް ގެންނަ އިސްލާހްތަކުގައި މައްސަލައެއް ނެތް!

ޓެރަރިޒަމްގެ ޤާނޫނަށް ގެންނަ އިސްލާހްތަކުގައި މައްސަލައެއް ނެތް!

15 ސެޕްޓެމްބަރު 2019
ހަރުކަށި ވިސްނުމުގެ މީހުންގެ ކިބައިން ޤައުމު ސަލާމަތްކުރަންޖެހިފައި!

ހަރުކަށި ވިސްނުމުގެ މީހުންގެ ކިބައިން ޤައުމު ސަލާމަތްކުރަންޖެހިފައި!

01 ސެޕްޓެމްބަރު 2019
އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ނިޒާމުގެ މައްސަލައެއް ނޫން، ރާވައިގެން ހިންގާފައިވާ 'ޖަރީމާ' އެއް!

އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ނިޒާމުގެ މައްސަލައެއް ނޫން، ރާވައިގެން ހިންގާފައިވާ 'ޖަރީމާ' އެއް!

18 ސެޕްޓެމްބަރު 2018

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު