Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ޓެރަރިޒަމްގެ ޤާނޫނަށް ގެންނަ އިސްލާހްތަކުގައި މައްސަލައެއް ނެތް!

ގާނޫނަށް ހުށަހަޅާފައިވާ އިސްލާހްތަކުގައި ފުލުހުންނަށް ބޮޑެތި ބާރުތަކެއް ދިނުމަށް ހުށަހަޅާފައިވޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 15 ސެޕްޓެމްބަރު 2019 | އާދީއްތަ 18:09
ފުލުހުންގެ އޮޕަރޭޝަނެއްގައި މޫނު ނިވާކޮށްގެންހުރި ފުލުހަކު ހަރަކާތްތެރިވަނީ

ފުލުހުންގެ އޮޕަރޭޝަނެއްގައި މޫނު ނިވާކޮށްގެންހުރި ފުލުހަކު ހަރަކާތްތެރިވަނީ

ޓެރަރިޒަމްގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހްތަކާއެކު ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އެއް ބަޔަކު ގަބޫލުކުރާގޮތުގައި އެ ބިލް ހުށަހެޅިފައިވާގޮތަށް ފާސްކުރުމަކީ ކުރަން ހެޔޮވާނެވަރުގެ ކަމެއް ނޫނެވެ. އެ ބިލް ފާސްކޮށްފިނަމަ ބޮޑެތި ގެއްލުންތަކެއް ލިބޭނެކަމަށް އެ ފަރާތްތަކުން ގަބޫލުކުރެއެވެ. ނަމަވެސް ބިލްގައި އޮތް އެއްޗަކާއި، މިހާތަނަށް އަމަލުކުރަމުން އައި ގޮތްތައް އެނގެނީ އޭގެތެރެއިން ކިތައް މީހުންނަށްތޯ އެއީ ކުރުން މުހިންމު ސުވާލެވެ.

ބިލަށް ހުށަހަޅާފައިވާ އިސްލާހްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ކަންބޮޑުވާ އެއް މާއްދާއަކީ ޤާނޫނު އަސާސީގެ 2 ވަނަ ބާބުން ކަށަވަރުކޮށްދީފައިވާ ހަނުހުރުމުގެ ހައްޤު ހަނިކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމެވެ. އޭގެއިތުރުން ކޯޓު އަމުރަކާއި ނުލާ ހައްޔަރުކުރުމުގެ ބާރާއި، ވަކީލުންގެ ބައްދަލުވުންތަކުގެ ސިއްރުކަމަށް ގެނައިސްފައިވާ ހަނިކަމަކީ ކަންބޮޑުވުން ފާޅުކުރާ ފަރާތްތަކުން ފާހަގަކުރާ ނުކުތާތަކެވެ. ނަމަވެސް އެކަމުގައި ކަންބޮޑުވާންޖެހޭ ކަމެއް ނެތްކަމަކީ މިހާރުވެސް އެތަކެއް ޤާނޫނަކުން މި ދެންނެވި ހައްޤުތައް ހަނިކޮށްފައިވާތީ އެވެ.

ޤާނޫނު އަސާސީގެ ބުނެފައިވާގޮތުން ޑިމޮކްރެޓިކް ނިޒާމެއް ހިނގާ ޤައުމުތަކުގައި ހައްޤުތައް ހަނިކުރާ މިންވަރަށް، ޤާނޫނު އަސާސީގެ 2 ވަނަ ބާބުން ކަށަވަރުކޮށްދޭ ހައްޤުތައް ހަނިކުރުމަކީ މައްސަލައެއް ނޫނެވެ. އަދި މުޅި މުޖުތަމައުގެ ރައްކާތެރިކަމަށްޓަކައި ބައެއް ހައްޤުތައް ހަނިކުރުމަށް ޤާނޫނު އަސާސީ ހުރަހެއް ނާޅަ އެވެ. އެގޮތުގެމަތިން މިހާރުވެސް އަމަލުކުރަމުން އަންނަ ބައެއް ޤާނޫނުތަކުން ވަނީ ހަނުހުރުމުގެ ހައްޤުވެސް ހަނިކޮށްފަ އެވެ. އޭގެތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުން މި ދެންނެވި ހައްޤު އޮތީ މިހާރުވެސް ހަނިކޮށްފަ އެވެ. އަދި ގޭންގު ކުށްތައް މަނާކުރުމާބެހޭ ޤާނޫނުންވެސް އޮތީ ހަނިކޮށްފަ އެވެ.

ދެން އޮތީ ކޯޓު އަމުރަކާއި ނުލާ މީހުން ހައްޔަރުކުރުމުގެ ފުރުސަތު ޤާނޫނުން ލިބިދިނުމެވެ. މިހާރުވެސް އަމަލުކުރަމުން އަންނަ އުސޫލުތަކުގެ ތެރެއިން ކޯޓު އަމުރަކާއި ނުލާ މީހުން ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބިދެ އެވެ. އަދި ހައްޔަރުކުރުމަށްފަހު 24 ގަޑިއިރުފަހުން ދުކޮށްލާ، ހަމަ އެ މިނެޓުގައި ހައްޔަރުކުރުގެ ބާރުވެސް ފުލުހުންނަށް ލިބިދެ އެވެ. އެހެންކަމުން ނުބައި ނިޔަތެއްގައި ބަޔަކު ހައްޔަރުކުރާނަމަ، ޤާނޫނުތަކުން އެކަން ކުރުމުގެ ބާރު މިހާރުވެސް ފުލުހުންނަށް ލިބިދެ އެވެ. ވަކީލުންގެ ބައްދަލުވުމުގެ ސިއްރުވެރިކަންވެސް އޮތީ ހަމަ މި ދެންނެވި ގޮތަށެވެ.

ދެންއޮތީ އަލަށް ހުށަހެޅި އިސްލާހުތަކުގައި ހުރި ރަނގަޅު ބަދަލުތަކެވެ. މިހާރު އަމަލުކުރަމުންދާ ޤާނޫނުގައި ވަރަށް ފުޅާ ދާއިރާއެއްގައި ޓެރަރިޒަމް މާނަކޮށްފައިވުމުން ސަރުކާރައި ދެކޮޅަށް ބަހެއް ބުނާ މީހާވެސް ހައްޔަރުކުރުމުގެ ބަރު ފުލުހުންނަށް ލިބިދެ އެވެ. ނަމަވެސް އަލަށް ހުށަހެޅިފައިވާ އިސްލާހުގައި ޓެރަރިޒަމް ވަނީ އިތުރަށް މާނަކޮށް، އެ ކުށްތަކަކީ ކޮބައިކަން ތަފްސީލްކޮށްފަ އެވެ. ނަތީޖާއަކަށްވަނީ ޤާނޫނުގައި ބަޔާންކުރާ ކުށެއްކުރުމުން ނޫނީ ފުލުހުންނަށް މީހަކު ހައްޔަރުނުކުރެވުމެވެ. މިހާރު އަމަލުކުރާ ޤާނޫނުން ހަމަ ކޮންމެ ބޭނުމެއްގައިވެސް އެ ޤާނޫނުގެ ދަށުން މީހަކު ހައްޔަރުކުރުމަށް ފުލުހުންނަށް ހުރަހެއް ނެތްއިރު، ނިމުނު އަބްދުﷲ ޔާމީންގެ ސަރުކާރުން ކަންވެސް ކުރީ މި ދެންނެވި ގޮތަށެވެ. ޓުވީޓެއް ކުރުމުންވެސް ހައްޔަރުކޮށް ޓެރަރިޒަމްގެ ޤާނޫނުން އޮތީ ދައުވާކުރާ ހިސާބުގަ އެވެ.

މިހާރު ހުށަހެޅިފައިވާ އިސްލާހްތަކުގައި ތަހުޤީޤީ އިދާރާތަކަށް ބާރުތަކެއް ދިނުމުގެ އިތުރުން ހަނގުރާމަތަކުގައި ބައިވެރިވާ މީހުންނާއި، އެކަމުގައި ޝާމިލްވާ މީހުން ރިހެބިލިޓޭޓްކުރުމަށް ހާއްސާ މާއްދާތަކެއް ހިމަނާފައިވެއެވެ. ކަންކުރަންޖެހޭނެގޮތާއި، ހުރިހާ ތަފްސީލްތަކެއްވެސް ޤާނޫނުގައި ހިމަނާފައިވެއެވެ. ނަތީޖާއަކަށްވަނީ އަނގަ މައްޗަށް ނަގައިގެން އެއް މުއައްސަސާ އަނެއް މުއައްސަސާގެ ބޮލަށް ކަންތައް ޖެހުމުގެ ބަދަލުގައި އެ މީހަކު ކުރަންޖެހެނީ ކޮން ކަމެއްކަން ސާފުވުމެވެ.

މިއީ އަދި ޤާނޫނުގައި ހުރި ބައެއް މާއްދާތަކެވެ. މުޅި ޤާނޫނަށް ގެންނަ އިސްލާހްތައް އެއްކޮށް ކިޔާލުމުން، ނުރައްކަލަށްވުރެ ބޮޑަށް، ޤަނޫނަށް ހުށަހެޅިފައިވާ އިސްލާހުތަކުން ކަށަވަރުކޮށްދެނީ ރައްކާތެރިކަންކަން އެނގިގެންދާނެ އެވެ. ނަމަވެސް ހަމަ ކޮންމެކަމެއްގައިވެސް ކަންކުރަން ތިބޭ ބައެއް ނިޔަތް ގޯސްވެއްޖެނަމަ، ޤާނޫނަށް ކިތަންމެ ފުރިހަމަ އިސްލާހެއް ގެނައިނަމަވެސް އޭގެ ނަތީޖާ ވަރަށް ހިތިވާނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓެރަރިޒަމްގެ ދައުވާ ބޮޑު ޝަރަފަކަށް!

ޓެރަރިޒަމްގެ ދައުވާ ބޮޑު ޝަރަފަކަށް!

30 މާރިޗު 2018
ޔާމީން ސަރުކާރުން ބޭރުގެ ގައުމުތަކުގެ އިދިކޮޅު ފަރާތްތަކާ ބައްދަލު ކުރުން މައްސަލައެއް ނޫން!

ޔާމީން ސަރުކާރުން ބޭރުގެ ގައުމުތަކުގެ އިދިކޮޅު ފަރާތްތަކާ ބައްދަލު ކުރުން މައްސަލައެއް ނޫން!

18 ޑިސެމްބަރު 2017
ރައީސެވެ. ލޯނު ނެގުމަކުން މައްސަލައެއް ނެތެވެ. މައްސަލައަކީ ވާނުވާ ނޭނގޭތީ އެވެ!

ރައީސެވެ. ލޯނު ނެގުމަކުން މައްސަލައެއް ނެތެވެ. މައްސަލައަކީ ވާނުވާ ނޭނގޭތީ އެވެ!

28 ނޮވެމްބަރު 2017
ފުޓުބޯޅައަށް އިންޤިލާބެއް ގެންނަން ބުނި އެފްއޭއެމްގެ ލީޑަރޝިޕް ފެއިލްވެއްޖެ!

ފުޓުބޯޅައަށް އިންޤިލާބެއް ގެންނަން ބުނި އެފްއޭއެމްގެ ލީޑަރޝިޕް ފެއިލްވެއްޖެ!

08 ނޮވެމްބަރު 2017
ރައީސް ޔާމީން ގެންނަވަމުންދާ ތަރައްޤީ ބަލައިނުގަންނަނީ ކީއްވެ؟

ރައީސް ޔާމީން ގެންނަވަމުންދާ ތަރައްޤީ ބަލައިނުގަންނަނީ ކީއްވެ؟

20 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު