Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހުތަކުގައި މައްސަލައެއް ނެތް، ލިބެނީ އިތުރު ރައްކާތެރިކަމެއް!

ބިލުން ޓެރަރިޒަމްގެ އަމަލަކީ ކޮބައިކަން ވަނީ ބުނެދީފައި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު, ރާއްޖެ އެމްވީ | 30 ސެޕްޓެމްބަރު 2019 | ހޯމަ 13:31
ޓެރަރިޒަމްގެ ބިލުން ފުލުހުންގެ އިދާރާއަށް ވަނީ ބޮޑެތި ބާރުތަކެއް ދީފައި

ޓެރަރިޒަމްގެ ބިލުން ފުލުހުންގެ އިދާރާއަށް ވަނީ ބޮޑެތި ބާރުތަކެއް ދީފައި

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކާއި އެކު ބިލް ވަނީ މަޖިލީހުން ފާސްކޮށްފައެވެ. ބިލް 52 މެމްބަރުންގެ ތާއީދާއެކު ފާސްކޮށްފައިވާއިރު، މި ބިލްގައި ޓެރަރިޒަމްގެ އަމަލްތަކަކީ ކޮބައިކަމާއި، ޓެރަރިޒަމްގެ އަމަލްކުރުމުގެ ސަބަބުން އަޅާނެ ފިޔަވަޅުތައް ވަނީ ވަރަށް ސަރީހަ އިބާރާތުން ބަޔާންކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާ މި ބިލް ތަސްދީގް ކުރެއްވުމާއެކު، މި ޤާނޫނަށް އަމަލުކުރަން ފަށާނެ އެވެ.

ބިލް މަޖިލީހުން ފާސްކޮށްފައިވާއިރު، ބިލަށް ބައެއް ފަރާތްތަކުގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މީގެތެރޭގައި ސަރުކާރާއި އިދިކޮޅު ފަރާތްތައްވެސް ހިމެނެއެވެ. ބިލަށް ފާޑުކިޔަމުން އަންނަ ފަރާތްތަކުން ކިޔަމުން އަންނަ ފާޑުކިޔުންތަކުގެ ތެރޭގައި ހިމެނެނީ ބިލްގެ މަސައްކަތް މަޖިލީހުން ނިންމާލި ސްޕީޑާއި، ބިލުން ފުލުހުންނަށް ބޮޑެތި ބާރުތަކެއް ދީފައި އޮތް ވާހަކައެވެ. ބިލް ފާސްކޮށްފައިވަނީ ފަޓާސް ބަރިއެއްހެން އަވަސް އަރުވާލައިގެން ކަމަށެވެ.

ރައްޔިތުންނަށް އޯގާތެރިވާނެ ކަމަށް ވައުދުވެ އައި ސަރުކާރުން، ފާސްކުރި ޓެރަރިޒަމްގެ ބިލަކީ ރައްޔިތުންނަށް އިހާނެތި ދައުވާތައް އުފުލުމުގެ ބޭނުމުގައި ފާސްކުރި ބިލެއް ކަމަށް އެ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. މި ބިލަކީ އަޅާ ހެދުމަކުން، އުޅޭ އުޅުމަކުން ޓެރަރިޒަމްގެ ދައުވާ އުފުލިދާނެ ބިލެއް ކަމުގެ ވާހަކައެވެ. މި ހުރިހާ ވާހަކަތަކަކީ އެ ފަރާތްތަކުން ރައްޔިތުންނަށް، ބިލުގެ ހަޤީޤަތް އޮޅުވާލުމުގެ ބޭނުމުގައި ދައްކަމުން އަންނަ ވާހަކައެކޭ ބުނެވިދާނެއެވެ. އަދި ބިލްގެ ހަޤީޤަތް ވަކި ސިޔާސީ މަންފާއެއް ހާސިލްކުރުމުގެ ބޭނުމުގައި ރައްޔިތުންނަށް އޮޅުވާލަނީ ކަމަށް ބުނެވިދާނެއެވެ. އުފެދޭ ސުވާލަކީ ހަމަ ހަޤީޤތުގައިވެސް ސަރުކާރުން އަވަސް އަރުވާލައިގެން މި ބިލް ފާސްކުރީ ރައްޔިތުންނަށް އިހާނެތި ގޮތްތަކެއް ހެދުމުގެ ބޭނުމުގައިތޯއެވެ.

މީގެ ދުވަސްކޮޅެއް ކޮޅެއް ކުރިން މީސްމީޑިޔާ އާއި ދެންވެސް ހުރި ހުރިހާ ޕްލެޓް ފޯމެއްގައި ދައްކަމުން އައި ވާހަކައަކީ ސީރިޔާގައި ކުރިއަށް ދިޔަ ދާޚިލީ ހަނގުރާމައިގައި ބައިވެރިިވާން ދިޔަ މީހުންގެ ތެރެއިން އެތައް ބަޔަކު ހާލުގައި އުޅެމުން އަންނަ ވާހަކައެވެ. އެ މީހުން ރާއްޖެ ގެންނަން ޖެހޭކަމުގެ ވާހަކައެވެ. އަދި އެ މީހުން އެނބުރި ޤައުމަށް އަންނަން ބޭނުންވާ ކަމަށާއި، ކަމާއި ބެހޭ އިދާރާތަކުގައި އެމީހުން އެކަމަށް އެދެމުން އަންނަ ކަމުގެ ވާހަކައެވެ.

ޤާނޫނު އަސާސީ ބުނާ ގޮތުން ރާއްޖޭގެ އެއްވެސް ރައްޔިތަކު އެހެން ޤައުމެއްގައި އުޅެފައި އެނބުރި ޤައުމަށް އަންނަން ބޭނުންކަމުގައި ވާނަމަ، އެމީހަކަށް އެ ފުރުސަތު އެބައޮތެއެވެ. ހުއްޓުވޭނެ ގޮތެއްވެސް ނޯންނާނެއެވެ. އަދި ދައުލަތުން އެމީހުން ގެންނަންވެސް ޖެހެއެވެ. އެއީ ޤައުމެއްގައި ކުރިއަށް ދިޔަ ދާޚިލީ ހަނގުރާމައިގައި ބައިވެރިވެފައި އައި ބައެއް ކަމުގައި ވިޔަސް، މި ކަމުގައި ކަންކުރާނެ އުސޫލެއް ނެތެއެވެ. އެހެންކަމުން އެ މީހުން އެނބުރި ޤައުމަށް އަންނައިރު، ނުވަތަ ގެންނައިރު ދައުލަތުން މި ކަމަށް ތައްޔާރުވާންޖެހެއެވެ. އެ މީހުން އެނބުރި ޤައުމަށް އަންނައިރު، އެ މީހުންނަކީ މުޖްތަމައުގައި އާންމު ފަރުދުންނާއެކީގައި ގެންގުޅެވިދާނެ ރައްކާތެރި ބައެއްތޯ ބަލަން ޖެހެއެވެ. އެ މީހުންނަށް އެ ފުރުސަތު އެހެން ދިވެހި ރައްޔިތުންނެކޭ އެއްފަދައިން ލިބެންވެސް ޖެހެއެވެ. ރިހިބިލިޓޭޓް ކުރަންޖެހޭ ހާލަތުގައި ތިބި މީހުންނަށް އެކަން ކޮށްދޭންޖެހެއެވެ. ސީރިޔާގައި ގާތްގަނޑަކަށް 150 މީހުން ދިރިއުޅެމުން އަންނައިރު، މި ބިލުން އެ މީހުންނަށާއި، މުޖްތަމައުގެ އެހެން ފަރުދުންނަށް ރައްކާތެރިކަން ލިބިގެންދެއެވެ.

މި ބިލަށް ފާޑުކިޔަމުން އަންނަ ފަރާތްތަކުން ފާޑުކިޔަމުން އަންނަ އަނެއް ކަމަކީ މި ބިލުން ފުލުހުންނަށް ބޮޑެތި ބާރުތަކެއް ދީފައި އޮތް ވާހަކައެވެ. އިންސާނީ ހައްގުތަށް މި ބިލުން ނިގުޅައިގެންފައިވާ ކަމުގެ ވާހަކައެވެ. ތެދެއްމެ، މި ބިލުން ފުލުހުންގެ އިދާރާއަށް ވަނީ ބޮޑެތި ބާރުތަކެއް ދީފައެވެ. ޓެރަރިޒަމްގެ ތުހުމަތުކުރެވޭ މީހާ ކޯޓް އަމުރެއް ނެތި ހައްޔަރުކުރުމާއި، 24 ގަނޑިއިރު، ބަންދުގައި ބެހެއްޓުމުގެ ބާރާއި، ހަނު ހުރުމުގެ ހައްގު ނިގުޅައިގަތުމުގެ ބާރާއި، ހަތްދުވަސް ވަންދެން ގާނޫނީ ވަކީލަކުގެ ބައްދަލުވުމުގެ ސިއްރުކަން ވަނީ ހަނިކޮށްފަ އެވެ. މި ބިލުން ފުލުހުންގެ އިދާރާއަށް ބޮޑެތި ބާރުތަކެއް ދީފައި އޮތްއިރު، ހަމަ އެއާއިއެކު އެ ފަރާތްތައް ޖަވާބުދާރީ ކުރުވާނެ ގޮތްވެސް ވަނީ ބިލްގައި ހިމަނާފައެވެ.

ވާހަކައަކީ ބިލްގައި މި ކަންތައް މި އޮތީ "ޗެކް އެންޑް ބެލެންސް" ނިޒާމެއްގެ ތެރެއިން ކަމެއެވެ. އެހެންކަމުން ފުލުހުންގެ އިދާރާއަށް، މި ދެވޭ ބާރުގެ ބޭނުން އެ ފަރާތުން ނަހަމަ ގޮތުގައި ބޭނުންކޮށްފިނަމަ، އެ ފަރާތްތަށް ޖަވާބުދާރީ ކުރުވާނެ ގޮތްވެސް ބިލްގައި ވަނީ ހިމަނާފައެވެ. ކޯޓް އަމުރަކާއި ނުލައި، ކުށްވެރިން ހައްޔަރުކުރުމުގެ ބާރުވެސް ލިބިގެންދަނީ ފުލުހުންގެ އިދާރާގެ ވަކި ރޭންކަކުން މަތީ ފަރާތްތަކަށްވާއިރު، ފުލުހުންގެ އިދާރާއިން މި ކަމާއި ގުޅޭގޮތުން ކުރަމުން އަންނަ މަސައްކަތުގެ ތަފްސީލް ރައީސުލްޖުމްހޫރިއްޔާ އަށާއި މަޖިލީހަށް ކޮންމެ ހަތަރު މަހަކުން އެއް ފަަހަރުދޭންޖެހެއެވެ.

ބޭނުންވަނީ އަމާން ރައްކާތެރި މާހައުލެއް ރައްޔިތުންނަށް ޤާއިމްކޮށްދިނުމެއެވެ. ޓެރަރިޒަމްގެ ނުރައްކާތެރިކަމުން މި ޤައުމު ސަލާމަތް ކުރުމެއެވެ. އެހެންކަމުން ފުލުހުންގެ އިދާރާ އަށް ދޭންޖެހޭ ބާރުތައް ދޭންޖެހެއެވެ. ބާރުތައް ދިން ކަމުގައިވީނަަމަވެސް، އެ ބާރުތަކުގެ ބޭނުން ފުލުހުންގެ އިދާރާއިން ރަނގަޅު ގޮތުގައި ބޭނުންކުރާނަމަ، މިކަމުން ރައްޔިތުންނަށް ކުރާނީ މަންފާއެވެ.

މި ބިލަކީ ރާއްޖޭގައި ޒަމާނުއްސުރެ ސިޔާސީ މީހުން ޓެރަރިސްޓުންގެ ގޮތުގައި ލޭބަލް ކުރުމަށްފަހު ޖަލަށްލާ ލުން ނިމުމަކަށް އަންނާނެ ބިލެކެއެވެ. ހަޤީޤީ ޓެރަރިސްޓުން ކަނޑައެޅި ރައްޔިތުންނަށް އުއްމީދު ގެނުވާނެ ބިލެކެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މުދާ އުފުލާ ގަވާއިދަށް ގެނައި ބަދަލުގެ މަގްސަދު ހާސިލު ވާނީ ކިހާވަރަކަށް؟

މުދާ އުފުލާ ގަވާއިދަށް ގެނައި ބަދަލުގެ މަގްސަދު ހާސިލު ވާނީ ކިހާވަރަކަށް؟

01 އެޕްރީލު 2018
ޓެރަރިޒަމްގެ ދައުވާ ބޮޑު ޝަރަފަކަށް!

ޓެރަރިޒަމްގެ ދައުވާ ބޮޑު ޝަރަފަކަށް!

30 މާރިޗު 2018
ގާނޫނު އަސާސީ ބަދަލުކުރިޔަސް، އިލާހީ ގާނޫނަށް ބަދަލެއް ނުގެނެވޭނެއެވެ.

ގާނޫނު އަސާސީ ބަދަލުކުރިޔަސް، އިލާހީ ގާނޫނަށް ބަދަލެއް ނުގެނެވޭނެއެވެ.

13 މާރިޗު 2018
ކިނބިދޫ ރައްޔިތުން ރާއްޖެޓީވީއަށް އޮތް ލޯބި ދައްކާލީ ދިވެހި މަލާފަތެއްގައި ގެނައި ބޮނޑިބަތުން

ކިނބިދޫ ރައްޔިތުން ރާއްޖެޓީވީއަށް އޮތް ލޯބި ދައްކާލީ ދިވެހި މަލާފަތެއްގައި ގެނައި ބޮނޑިބަތުން

05 މާރިޗު 2018
ޔާމީން ސަރުކާރުން ބޭރުގެ ގައުމުތަކުގެ އިދިކޮޅު ފަރާތްތަކާ ބައްދަލު ކުރުން މައްސަލައެއް ނޫން!

ޔާމީން ސަރުކާރުން ބޭރުގެ ގައުމުތަކުގެ އިދިކޮޅު ފަރާތްތަކާ ބައްދަލު ކުރުން މައްސަލައެއް ނޫން!

18 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު