Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނަވަލްނީގެ އެފްބީކޭ ފައުންޑޭޝަން

ރަޝިއާގެ އިދިކޮޅު ލީޑަރުގެ ނަން ޓެރަރިޒަމާ ގުޅުވާކަމުގެ ތުހުމަތު!

ނަވަލްނީގެ ޖަމިއްޔާއަކީ އަލްގައިދާއާ އެއް ގިންތިއެއްގެ ޖަމިއްޔާއެއްގެ ގޮތުގައި ކަނޑައަޅާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 އެޕްރީލު 2021 | ހޯމަ 22:13
އެލެކްސީ ނަވަލްނީ އެނބުރި ރަޝިއާއަށް ވަޑައިގެންނެވި ދުވަހު ފުލައިޓް ތެރޭގައި

އެލެކްސީ ނަވަލްނީ އެނބުރި ރަޝިއާއަށް ވަޑައިގެންނެވި ދުވަހު ފުލައިޓް ތެރޭގައި

ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީގެ އެންޓި ކޮރަޕްޝަން ފައުންޑޭޝަން (އެފްބީކޭ) އަކީ ހައްދުފަހަނަޅާފައިވާ ފިކުރުގެ ބައެއްގެ ގޮތުގައި ދެއްކުމަށް ރަޝިއާ ސަރުކާރުން މަސައްކަތް ކުރަމުންދާކަމުގެ އަޑުތައް ގަދަވެއްޖެއެވެ.

ސްކައި ނިއުސްގައި ރިޕޯޓު ކޮށްފައިވާ ގޮތުން މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް 13،000ށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން ދުވަސްކޮޅަކު ބަންދުކޮށްފައި ބޭތިއްބުމަށްފަހު ވަނީ ދޫކޮށްލާފައެވެ. ގައުމަށް އެނބުރި ވަޑައިގެންނެވި ފަހުން ނަވަލްނީވެސް ހައްޔަރުކޮށްފައިވާއިރު އެކަމާ ދެކޮޅަށް އޭނާގެ ސަޕޯޓަރުން ގެންދަނީ ސިލްސިލާކޮށް މުޒާހަރާ ކުރަމުންނެވެ.

މަސްރަހު ދިރާސާ ކުރާ ފަރާތްތަކާ ހަވާލާދީ ސްކައި ނިއުސްގައި ރިޕޯޓު ކޮށްފައިވާ ގޮތުން ރަޝިއާ ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ އެފްބީކޭއަކީ ހައްދުފަހަނަޅާފައިވާ ފިކުރުގެ ބައެއްގެ ގޮތުގައި ދެއްކުމަށެވެ. އެގޮތުން އެ ފައުންޑޭޝަނަކީ ނިރުބަވެރި ހަމަލާތަކަށް މަގުފަހިކުރާ އަދި އެހީވެދޭ ފައުންޑޭޝަނެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތް ކުރަމުންދާކަމަށް ރިޕޯޓުތައް ބުނެއެވެ.

އެކަން ކާމިޔާބުވެއްޖެނަމަ ރަޝިއާގެ ކަމާބެހޭ ފަރާތްތަކުން އެ ޖަމިއްޔާއަކީ އަލްގައިދާއާ އެއް ގިންތިއެއްގެ ޖަމިއްޔާއެއްގެ ގޮތުގައި ކަނޑައަޅާނެކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އެކަމާ ގުޅޭގޮތުން ނަވަލްނީގެ ގާނޫނީ ޓީމުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޖަމިއްޔާއިން ރަޝިއާގެ ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފު ކަމެއް ނުކުރާކަމަށް އެފްބީކޭގެ ލީގަލް ޓީމުގެ ފަރާތުން މީޑިއާއާ ވާހަކަ ދައްކަވަމުން ގާނޫނީ ވަކީލު އިވާން ޕައުލޯ ވިދާޅުވެފައިވެއެވެ.

ސިއްހީ ފަރުވާއަށް ޖަރުމަނަށް ވަޑައިގަތުމަށްފަހު ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ އަނބުރާ ގައުމަށް ވަޑައިގެންފައިވަނީ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ. ނަވަލްނީ ގައުމަށް ވަޑައިގަތުމާއެކު ފުލުހުން ވަނީ އޭނާ ހައްޔަރު ކޮށްފައެވެ.

އޭނާގެ މައްޗަށް ޖަލު ހުކުމެއްވެސް އިއްވާފައިވާއިރު، ނަވަލްނީ ރަޝިއާއަށް ވަޑައިގެންނެވީ ހައްޔަރުކުރާނެ ކަމުގެ އިންޒާރު ރަޝިއާގެ ޕްރިޒަން ސަރވިސްއިން ދީފައިވާ ދަނޑިވަޅެއްގައެވެ. ހައްޔަރުކުރާނެ ކަމުގެ އިންޒާރު ދީފައިވަނިކޮށް އެނބުރި ވަޑައިގަތުމަކީ ރައީސް ލަޑިމިއަރ ޕުޓިންގެ ސަރުކާރަށް ކުރައްވާ ޗެލެންޖެއްގެ ގޮތުގައި ބޭރުގެ މީޑިއާތަކުން ވަނީ ސިފަ ކޮށްފައެވެ.

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް

25 ފެބުރުއަރީ 2017
ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
28 ޖެނުއަރީ 2017

ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް

28 ޖެނުއަރީ 2017
ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު