Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ

މަޤާމުން ވަކިކުރި ރަޝިޔާގެ ޓްރާންސްޕޯޓް މިނިސްޓަރު ސްޓަރޮވޮއިޓް ފެނުނީ ކާރު ތެރޭގައި މަރުވެފައި އޮއްވާ

8 ޖުލައި 2025 | އަންގާރަ 08:16

ރަޝިޔާގެ ތަހުގީގީ އިދާރާތަކާ ހަވާލާދީ މީޑިއާ ތަކުގައި ބުނެފައި ވަނީ، ސްޓަރޮވޮއިޓްގެ ހަށިގަނޑު ފެނިފައި ވަނީ އޭނާގެ ޓެސްލާ ކާރުން ކަމަށެވެ. އަދި އޭނާގެ ހަށިގަނޑުގެ ކައިރީގައި ފިސްތޯލައެއް އޮތް ކަމަށް ވެސް ވަނީ ބުނެފައެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ޖުލައި 2025 | އަންގާރަ 08:16
މަރުވެފައި އޮއްވާ ފެނުނު ރަޝިޔާގެ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު ސްޓަރޮވޮއިޓްގެ ހަށިގަނޑު ތަހުގީގީ ޓީމުން ގެންދަނީ

މަރުވެފައި އޮއްވާ ފެނުނު ރަޝިޔާގެ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު ސްޓަރޮވޮއިޓްގެ ހަށިގަނޑު ތަހުގީގީ ޓީމުން ގެންދަނީ

ރަޝިޔާގެ ޓްރާންސްޕޯޓް މިނިސްޓަރު ކަމުގެ މަޤާމުން ވަކި ކުރި ރޯމަން ސްޓަރޮވޮއިޓް، އޭނާގެ ކާރު ކޮޅު ތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ހޯމަ ދުވަހު ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން ވަނީ ސްޓަރޮވޮއިޓް މަގާމުން ވަކި ކުރައްވައިފަ އެވެ. އުމުރުން 53 އަހަރުގެ ސްޓަރޮވޮއިޓް މަގާމުން ވަކި ކުރި ނަމަވެސް، އޭނާ މަގާމުން ވަކި ކުރި ސަބަބެެއް ރަޝިޔާގެ ރިޔާސީ ގަނޑުވަރުން ހާމަކޮށްފައި ނުވެ އެވެ. 

ނަމަވެސް، ރަޝިޔާގެ ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެފައި ވަނީ، ސްޓަރޮވޮއިޓް މަގާމުން ވަކި ކޮށްފައި ވަނީ، ކާސްކް ސަރަހައްދުގެ ގަވަރުނަރުގެ މަގާމުގައި އޭނާ ހުރި އިރު ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތަކުގެ މައްސަލަ ފެންމަތިވުމުންނެވެ. އެ ސަރަހައްދުގެ ގަވަރުނަރުގެ މަގާމުގައި ސްޓަރޮވޮއިޓް ވަނީ ފަސް އަހަރު ވަންދެން ހުންނަވައިފަ އެވެ.

އޭގެ ފަހުން ރަޝިޔާގެ ޓްރާންސްޕޯޓް މިނިސްޓަރުގެ މަގާމަށް ސްޓަރޮވޮއިޓް އައްޔަން ކޮށްފައި ވަނީ 2024 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އޭނާ މަގާމުގައި ހުންނެވީ އަހަރަކާ ކުޑަ ދުވަސް ކޮޅެއް ވަންދެންނެވެ. 

ރަޝިޔާގެ ތަހުގީގީ އިދާރާތަކާ ހަވާލާދީ މީޑިއާ ތަކުގައި ބުނެފައި ވަނީ، ސްޓަރޮވޮއިޓްގެ ހަށިގަނޑު ފެނިފައި ވަނީ އޭނާގެ ޓެސްލާ ކާރުން ކަމަށެވެ. އަދި އޭނާގެ ހަށިގަނޑުގެ ކައިރީގައި ފިސްތޯލައެއް އޮތް ކަމަށް ވެސް ވަނީ ބުނެފަ އެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް ރިޕޯޓު ކޮށްފައި ނުވެ އެވެ. 

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ސްޓަރޮވޮއިޓްއާ ދެކޮޅަށް ކުރިއަށް ގެންދަމުން އަންނަ ކޮރަޕްޝަންގެ ތަހުގީގަކީ 2022 ވަނަ އަހަރު ޔުކްރެއިން އާއި ރަޝިޔާގެ ބޯޑަރު ޚަރުދަނާ ކުރުމަށް ކަނޑައެޅުނު 19.4 ބިލިއަން ރޫބަލްސް ނުވަތަ 246 މިލިއަން އެމެރިކާ ޑޮލަރާ ގުޅުން ހުރި މައްސަލަ އެކެވެ. 

ސްޓަރޮވޮއިޓްގެ ފަހުން ކާސްކް ސަރަހައްދުގެ ގަވަރުނަރުގެ މަގާމަށް ވަޑައިގެންނެވި އަލެކްސީ ސަމިރްނޯވް ވަނީ ދިފާއީ ކަންކަމަށް ކަނޑަައަޅާފައިވާ ފައިސާ އަށް ސްޓަރޮވޮއިޓް ޚިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތު ކޮށްފަ އެވެ. ނަމަވެސް، ސްޓަރޮވޮއިޓް ވަނީ އޭރު ވެސް އެކަން ދޮގު ކުރައްވައި، ތުހުމަތުތައް އިންކާރު ކޮށްފަ އެވެ.

ރޯމަން ސްޓަރޮވޮއިޓްވްލަޑިމިއަރ ޕުޓިންކާސްކް ސަރަހައްދުކޮރަޕްޝަން

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
07 ޑިސެމްބަރު 2025

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން
06 ޑިސެމްބަރު 2025

އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް

06 ޑިސެމްބަރު 2025
އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް
06 ޑިސެމްބަރު 2025

ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ

06 ޑިސެމްބަރު 2025
ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ
05 ޑިސެމްބަރު 2025

ރަޝިޔާ ގެ ރައީސް ޕުޓިން އިންޑިއާ އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ބޮޑު ވަޒީރު މޯދީ އެއަރޕޯޓަށް

05 ޑިސެމްބަރު 2025
ރަޝިޔާ ގެ ރައީސް ޕުޓިން އިންޑިއާ އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ބޮޑު ވަޒީރު މޯދީ އެއަރޕޯޓަށް
04 ޑިސެމްބަރު 2025

އެމެރިކާގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުން ވަރަށް ބޭނުންތެރި: ޕުޓިން

04 ޑިސެމްބަރު 2025
އެމެރިކާގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުން ވަރަށް ބޭނުންތެރި: ޕުޓިން
04 ޑިސެމްބަރު 2025

ހަނގުރާމަ ނިންމަން ޕުޓިން ބޭނުންވޭ، އެމެރިކާ އިން ޔުކްރެއިން އާއެކު އައު މަޝްވަރާ ތަކެއް ބާއްވަން ތައްޔާރު: ޓްރަމްޕް

04 ޑިސެމްބަރު 2025
ހަނގުރާމަ ނިންމަން ޕުޓިން ބޭނުންވޭ، އެމެރިކާ އިން ޔުކްރެއިން އާއެކު އައު މަޝްވަރާ ތަކެއް ބާއްވަން ތައްޔާރު: ޓްރަމްޕް
04 ޑިސެމްބަރު 2025

އެމެރިކާގެ ބައެއް ހުށަހެޅުންތައް ޕުޓިން ޤަބޫލު ކުރައްވައިފި

04 ޑިސެމްބަރު 2025
އެމެރިކާގެ ބައެއް ހުށަހެޅުންތައް ޕުޓިން ޤަބޫލު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް