Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުގުޑި އެރުވުން

ރޯދަ މަހާއިއެކު އެކި ކުލަކުލައިގެ ގުޑިތައް ވައިގެ ތެރޭގައި އުދުހެނީ!

26 އެޕްރީލު 2021 | ހޯމަ 18:48

ރޯދަމަހު ކުޑަކުދިންތައް ގުޑިތައް ހިފައިގެން އުސްފަސްގަނޑަށް ޖަމާވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 26 އެޕްރީލު 2021 | ހޯމަ 18:48
ރޯދަ މަހުގެ ފުރަތަމަ ދުވަހު މާލޭގެ މަގުމަތި

ރޯދަ މަހުގެ ފުރަތަމަ ދުވަހު މާލޭގެ މަގުމަތި

ގުޑި އެރުވުމަކީ އިހުޒަމާނުއްސުރެ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮށްއުޅޭ ކަމެކެވެ. އާންމުގޮތެއްގައި މިކަން ކޮށް އުޅެނީ މަޖަލަކަށެވެ. މާލޭގައި އާންމު ގޮތެއްގައި ގުޑިއަރުވާ މަންޒަރު ފެންނަނީ ރޯދަމަހާ ދިމާކޮށެވެ. މި ރޯދަމަހުގެވެސް ފުރަތަމަ ދުވަހު ކުޑަކުދިންތައް ގުޑިތައް ހިފައިގެން އުސްފަސްގަނޑަށް ޖަމާވިތަން ފެނުނެވެ. އެކިކުލަތަކުގެ އެ ގުޑިތައް އަރުވާފައިހުންނައިރު، ދުރުން މަގުމަތިން ބަލާއިރު މި މަންޒަރަކީ ވަރަށް ހިތްގައިމު މަންޒަރެކެވެ. ސައިކަލުން ދާމީހުންވެސް މި މަންޒަރު ބަލަން ހުއްޓިލާ ފޮޓޯ ނަގާ މަންޒަރު ފެނެއެވެ. މުޅި ސޯޝަލް މީޑިއާގައިވެސް ރޯދަމަސް އަތުވެއްޖެނަމަ ގުޑިއަރުވާ މަންޒަރުގެ ފޮޓޯތައް ގިނަކަން ފާހަގަކުރެވެއެވެ.

އެކި ކުލަކުލައިގެ ގުޑިތައް ވައިގެ ތެރޭގައި އުދުހޭ އެ މަންޒަރު ބަލާލުމުން ހިތަށް އުފާވެރިކަން ގެނުވައެވެ. ކޮންމެ ކުއްޖަކުވެސް އެ ކުއްޖެއްގެ ގުޑި ވައިގެ ތެރޭގައި އެންމެ އުހަށް އެރުވޭތޯ މަސައްކަތް ކުރެއެވެ. ބައެއް ފަހަރު އެހެން ނުވުމުން ބައްޕަ ނޫނީ ބޭބެ ކައިރީގައި ބޮޑާހާކާތަންވެސް ފެނެއެވެ. އެކަމުގެ ޝަކުވާތައް އޮއްސާލައެވެ. ކޮންމެޔަކަސް މި ހިތްގައިމު މަންޒަރު ފެނިގެންދާއިރު ކުރިން ހަދާފައި ހުންނަ ކަރުދާސް ގުޑި މިހާރު ފެންނަނީ ވަރަށް ވެސް މަދުންނެވެ. މިހާރު ހުންނަނީ ފޮތިން ހަދާފައި ހުންނަ ގުޑިތަކެކެވެ. ރާއްޖެއިން ބޭރުން ގެނެސްފައި ހުންނަ މި ގުޑިތައްވެސް އެހާމެ ރީއްޗެވެ. އެކި ކުލަކުލައިގެ ގުޑިތައް ވައިގެ ތެރޭގައި އުދުހޭއިރު ނުލާހިކު ޗާލެވެ.

މިކަމަަށް ފޯރި ހުންނަނީ ހަމައެކަނި ކުޑަކުދިން އެކަންޏެއް ނޫނެވެ. ފުރާވަރުގެ ކުދިންނާއި ޒުވާނުންވެސް މިކަމަށް ނުލާހިކު ޝައުގުވެރިކަން ހުރެއެވެ. އެހެންނަމަވެސް އުމުރުގެ ގޮތުން ބައެއް ފަހަރު ގުޑިއަރުވާ ހިތްވިޔަސް ފުރާވަރުގެ ކުދިންނާއި ޒުވާނުން ފަސްޖެހޭ ތަން އާދައެވެ. އާންމު ގޮތެއްގައި އުސްފަސްގަނޑު ސަރަހައްދާއި ދިމާލުން ހުރަސް ކުރާއިރު ހަވީރު ގަޑީގައި ވަރަށް ގިނަ އަދަދެއްގެ ކުދިން ގުޑިއަރުވާ ތަން ފެނިގެންދެއެވެ. އަދި މި މިންޒަރުތައް ބެލުމަށާއި ފޮޓޯ ނަގައި ނުވަތަ ސޯޝަލްމީޑިއާއަށް ލުމަށްޓަކައި އެ ސަރަހައްދުން ދާ މީހުން ހުއްޓިލައިގެން ތިބެއެވެ. މިއީ ބަލާލަން ނުލާހިކު ހިތްގައިމު މަންޒަރެކެވެ. މިދިޔަ ރޯދަމަހު މާލެ ސަރަހައްދު ލޮކްޑައުން ކުރުމުގެ ސަބަބުން ގެއިން ނުނިކުމެވި، ގޭގައި ބަންދުވެގެން ތިބެން ޖެހުމުގެ ސަބަބުން މިފަދަ ކަންތައްތަކުން ކުދިން މަހުރޫމްވެގެން ދިޔައެވެ. އެހެންނަމަވެސް މި ރޯދަމަސް އަޅުގަނޑުމެންނާއި މި ބައްދަލުކުރީ މުޅިން ތަފާތުކޮށެވެ. ގޭގައި ބަންދުވެފައި މިފަހަރު ތިބޭކަށް ނުޖެހުނެވެ. މި ރޯދަމަސް އެއްކޮށް ނިމެންދެން ކުލަކުލައިގެ ގުޑިތައް ވައިގެ ތެރޭގައި އުދުހޭ މަންޒަރު ދެކޭ ހިތްވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

21 އޯގަސްޓު 2018

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުލަގަދަކޮށް އީދު ފާހަގަކުރަނީ!

21 އޯގަސްޓު 2018
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުލަގަދަކޮށް އީދު ފާހަގަކުރަނީ!
26 މެއި 2018

ޕެރެޑައިސް އައިލެންޑް ރިސޯޓް: ރޯދަ ވީއްލުމަށް މީރު ރަހަތަކާ އެކު ހިތްގައިމު މާހައުލެއް

26 މެއި 2018
ޕެރެޑައިސް އައިލެންޑް ރިސޯޓް: ރޯދަ ވީއްލުމަށް މީރު ރަހަތަކާ އެކު ހިތްގައިމު މާހައުލެއް
22 މެއި 2018

ރޯދަ ހިފުމުން ސިކުނޑިއަށް ލިބޭ ފައިދާތައް އިނގޭތަ؟

22 މެއި 2018
ރޯދަ ހިފުމުން ސިކުނޑިއަށް ލިބޭ ފައިދާތައް އިނގޭތަ؟
21 މެއި 2018

އެންމެ ގިނަ ވަގުތު ރޯދައަށް ހުންނަންޖެހޭ ގައުމު އިނގޭތަ؟

21 މެއި 2018
އެންމެ ގިނަ ވަގުތު ރޯދައަށް ހުންނަންޖެހޭ ގައުމު އިނގޭތަ؟
19 މެއި 2018

ރޯދަ ހިފުމުން ސިއްހީ ގޮތުން ލިބޭ ފައިދާތައް އިނގޭތަ؟

19 މެއި 2018
ރޯދަ ހިފުމުން ސިއްހީ ގޮތުން ލިބޭ ފައިދާތައް އިނގޭތަ؟
24 އެޕްރީލު 2018

އަނެއްކާވެސް އިދިކޮޅަށް އީދެއް، މިފަހަރު ރޯދައިގެ ކުރިން!

24 އެޕްރީލު 2018
އަނެއްކާވެސް އިދިކޮޅަށް އީދެއް، މިފަހަރު ރޯދައިގެ ކުރިން!
05 ޖޫން 2017

ދުވާލު ރޯދައަށް ރޭނގަޑު ބަނޑަށް – ޔަމަންގެ ރައްޔިތުންގެ ރޯދަ

05 ޖޫން 2017
ދުވާލު ރޯދައަށް ރޭނގަޑު ބަނޑަށް – ޔަމަންގެ ރައްޔިތުންގެ ރޯދަ
30 މެއި 2017

ގިނަ އަދަދެއްގެ ބިދޭސީންގެ ރޯދަ ވީއްލުން މިސްކިތުގައި

30 މެއި 2017
ގިނަ އަދަދެއްގެ ބިދޭސީންގެ ރޯދަ ވީއްލުން މިސްކިތުގައި
26 މެއި 2017

މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!

26 މެއި 2017
މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!
26 މެއި 2017

ދުނިޔޭގެ ގައުމުތަކުގެ ރޯދަ ވަގުތު!

26 މެއި 2017
ދުނިޔޭގެ ގައުމުތަކުގެ ރޯދަ ވަގުތު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް