Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރަމަޟާން 1438

ގިނަ އަދަދެއްގެ ބިދޭސީންގެ ރޯދަ ވީއްލުން މިސްކިތުގައި

މިސްކިތުގައި ރޯދަ ވިއްލުމަށް ގިނަ މީހުން ކާބޯތަކެތި ފޮނުވާ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 30 މެއި 2017 | އަންގާރަ 19:02
ވިޔަފާރިވެރިންގެ މިސްކިތުގެ ރޯދަ ވިއްލުން

ވިޔަފާރިވެރިންގެ މިސްކިތުގެ ރޯދަ ވިއްލުން

ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށް ވުމާއެކު، ރޯދަ މަހަކީ ހުރިހާ ގޮތަކުން ވެސް ދިވެހިންނަށް، އަދި ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ވެސް ހާއްސަ މަހެކެވެ. ރޯދަ ވީއްލުމަށް ގޭގޭގެ މޭޒުމަތި މީރު ކާއެއްޗެހިން ފުރިފައިވާއިރު، ބައެއް މީހުންނާއި ވިޔަފާރިވެރިންގެ ދީލަތިކަން ފެނިގެންދެ އެވެ. ހޮޓާ، ކެފޭ، ރެސްޓޯރެންޓްތަކުގެ ވެރިންގެ ވިސްނުން ހަމައެކަނި ހުއްޓިފައި ހުރީ ހަމައެކަނި އަގުބޮޑު ރޯދަ މެނޫތަކަކަށް ވެސް ނޫނެވެ. ގިނަ ފަރާތްތަކަކުން، މިސްކިތްތަކަށް ރޯދަ ވީއްލަން ފޮނުވަ އެވެ. ބައެއް މިސްކިތްތަކުގައި ރޯދަ ވީއްލުން، އާދައިގެ ގެއެއްގެ ސުފުރާ މައްޗަށްވުރެ ފުރިހަމަ އެވެ.

މިސްކިތުގައި ރޯދަވިއްލުން ތައްޔާރުކުރާ މީހަކު ބުނި ގޮތުގައި ކޮންމެ ދުވަހަކު ވެސް ރޯދަ ވިއްލަން ތެކެތި ވިޔަފާރިވެރިންނާއި އަމިއްލަ ފަރާތަށް ހަދިޔާ ކުރާ ކަމަށެވެ. ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ހެދިކާއި އާއި މައިލޯ ޕަކެޓް އަދި ތަފާތު ބުއިންތައް ރޯދަ ވިއްލަން ހުރެ އެވެ. މިކަން ކުރަނީ ވަކި މީހަކަށް ބެލުމެއް ނެތް، ސަދަގާތުގެ ގޮތުގަ އެވެ.

ރޯދަ މަހުގެ ފުރިހަމަ ސަވާބު ހޯދުމަށްޓަކައި، އަޅުކަމުގަ އާއި ގުރުއާން ކިޔެވުމަށްޓަކައި މިސްކިތްތަކުގައި ވަގުތު ހޭދަކުރާ މީހުންގެ އިތުރުން، މިސްކިތުން ރޯދަ ވީއްލައިގެން މަގުރިބް ނަމާދުކުރަންދާ މީހުން މަދެއް ނޫނެވެ. އެކަން ފެނިގެން ދަނީ، ހަވީރުގެ ފިނިޖެހެން ފެށުމާއެކު، މިސްކިތްތަކުގެ ގޯތިތެރެއިން ފެންނަ މަންޒަރުންނެވެ.

"ވަރަށް ގިނަ މީހުން ރޯދަ ވިއްލަން އާދޭ، ބިދޭސިން ހާއްސަކޮށް، އެމީހުންނަން ވާނެ މިސްކިތުން ދޭ ރޯދަ ވިއްލުމަކީ ވަރަށް ބޮޑު އެއްޗަކަށް، މިސާލަކަށް 7 ރުފިޔާއަށް ދޭ ޕެކެޓެއް، މިސްކިތަށް އައިސްގެން ހިލޭ ލިބޭކަމަށްވާނަމަ ، ހޮޓަލުން ގަތުމަށް ވުރެ ރަނގަޅުވާނެ" މިސްކިތުން ވާހަކަ ދެއްކި މީހަކު, ނަން ނުޖެހުމަށް ޝަރުތުކޮށްގިނަ ބުންޏެއެވެ.

ރޯދަ ވީއްލުމަށްޓަކައި އެކި މީހުން ފޮނުވާ ކާބޯތަކެތި ގާތްކޮށްގެން، ފާރުބުރި މަތީގަ އާއި، މިސްކިތުގެ ހަރިންމައިގެ ތެރޭގައި އިށީނދެގެން ތިބެނީ ބަންގު ގޮވާނެ ވަގުތެއްގެ އިންތިޒާރުގަ އެވެ. މި މީހުންގެ ތެރޭގައި ދިވެހިންގެ އިތުރުން، ބިދޭސީން ހާއްސަކޮށް، ބަންގްލަދޭޝްގެ މީހުން ގިނަ އަދަދަކަށް ހިމެނެ އެވެ. ބައެއް މިސްކިތްތަކުގައި ރޯދަ ވިއްލާ ވަގުތު ގިނައީ ވެސް ބިދޭސީންނެވެ.

"ގިނައިން މިސްކިތަކަށް އަންނަނީ ބަންގްލަދޭޝް ، ރާއްޖެއިން ބޭރު މީހުން، ދިވެހިންވެސް ހަމަ ރަނގަޅަށް އަރާ މިސްކިތަށް މި ވަނީ ވިޔަފާރިވެރިންގެ މިސްކިތަކީ، ހާއްސަކޮށް މި މިސްކިތަށް ޒުވާނުންނާއި ދަތުރުވެރިން އަންނާނެ، މި ކޮޅުން ހެދިކާއި ގާތްގަނޑަކަށް ހުރިހާ ވައްތަރެއްގެ ޖޫހާ ހުރިހާއެއްޗެއް ލިބިގެންދާނެ " ވިޔަފާރިވެރިންގެ މިސްކިތުގައި ރޯދަ ވިއްލުން ތައްޔާރުކުމަށް އިސްކޮށް ހަރަކާތްތެރިވާ މީހެއް ބުންޏެއެވެ.

މިސްކިތްތަކުން ބިދޭސީން ރޯދަ ވީއްލާ އެތައް ސަބަބެއް އެބަ ހުއްޓެވެ. އެ ސަބަބުތައް އެ މީހުން ހިއްސާ ކުރި އެވެ. ބައެއް މީހުން ބުނި ގޮތުގައި މަގުރިބް ނަމާދު ވަގުތަށް އެ މީހުން މިސްކިތަށް ޖަމާވަނީ ރޯދަ ވީއްލުމަށެވެ. ގިނަ އަދަދެއްގެ ބިދޭސީންނަކީ ހޮޓާތަކުން ކައިބޮއި ހަދާ ބައެކެވެ. ނަމަވެސް ރޯދަ މަހުގެ ރޯދަ ވީއްލުން ހޮޓާތަކުގައި އަގުބޮޑުވުމަކީ އެ މީހުން މިސްކިތުގެ ރޯދަ ވީއްލުން ހިޔާރުކުރާ ސަބަބެކެވެ.

ބައެއް ބިދޭސީން ބުނި ގޮތުގައި އެ މީހުން ގެނެސްގެން އުޅޭ ކުންފުނިތަކުން ރޯދަ ވިއްލުން ހަމަޖައްސައެއް ނުދެ އެވެ.

"ލިބޭ މުސާރައިން ނުވަނީ. އެހެންވެ މިތަނަށް އަންނަނީ،" ބަންގްލަދޭޝްގެ މީހަކު ބުންޏެވެ.

ދިވެހިންނަކީ ހަގީގަތުގައި ވެސް ދީލަތި، ހިތްހެޔޮ ބައެކެވެ. އެކަން މިފަދަ އެތައް ކަމަކުން ފެނިގެންދެ އެވެ.

އިތުރަށް ކިޔާލަން

06 މެއި 2017

އިންތިހާބުގެ އިންތިޒާމުތައް ސުމެއް، ޝަކުވާތައް ގިނަ!

06 މެއި 2017
އިންތިހާބުގެ އިންތިޒާމުތައް ސުމެއް، ޝަކުވާތައް ގިނަ!
03 މެއި 2017

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

03 މެއި 2017
އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން
27 އެޕްރީލު 2017

ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

27 އެޕްރީލު 2017
ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް
07 އެޕްރީލު 2017

އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

07 އެޕްރީލު 2017
އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން
29 މާރިޗު 2017

ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

29 މާރިޗު 2017
ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު