Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރޯދަ އާއި ސިއްހަތު

ރޯދަ ހިފުމުން ސިކުނޑިއަށް ލިބޭ ފައިދާތައް އިނގޭތަ؟

މީހާގެ ވިސްނުމާއި ކަންކަން ދަސްކުރުމުގެ ބާރު އިތުުރުކޮށްދޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 22 މެއި 2018 | އަންގާރަ 22:29
ރަމަޟާން މަސް

ރަމަޟާން މަސް

ދުނިޔޭގައި ދިރިއުޅޭ އެއް ބިލިއަނަށްވުރެ ގިނަ މުސްލިމުން ކޮންމެ އަހަރަކުވެސް ރަމަޟާން މަހުގައި ރޯދަ ހިފަ އެވެ. ރޯދަ ހިފުމުގެ ސަބަބުން ހަށިގަނޑުގެ ކެޔުމަށް ބޮޑެތި ބަދަލުތަކެއް އާދެ އެވެ. ރޯދަ މަހުގައި ބަރުދަން ލުއި ވުމަށް ފަސޭހަ ވުމާއި ދުންފަތުގެ އިސްތިއުމާލުން ދުރުވުމަށްވެސް ވަރަށް ބޮޑު ފަސޭހަކަށްވެގެންދެ އެވެ. މިކަން ކަމުގެ އިތުރުންވެސް ރޯދައިގެ ސަބަބުން ހަށިގަނޑަށް ބޮޑު ފައިދާތަކެއް ކުރެ އެވެ.

ދިރާސާތަކުން ދައްކާ ގޮތުން ރޯދަ ހިފުމުގެ ސަބަބުން އިންސާނާގެ ސިކުނޑިއަށް ބޮޑު ފަސޭހައެއް ލިބިގެންދެ އެވެ. ނިއުރޯސައިންޓިސްޓުން ހާމަކުރާ ގޮތުގައި ކެއުން މަދުކޮށްލުން ނުވަތަ ނުކައި ހުރުމުން ސިކުނޑީގެ ނާރުގެ ބަލިތަކުން ސަލާމަތްކޮށްދެ އެވެ.

އެގޮތުން އަލްޒައިމާސް އާއި ޕާކިންސަންސްގެ ބަލިތަކުން ސަމަލާތްވުމަށް މަގުފަހިކޮށްދެ އެވެ. ދިރާސާތަކުން ދައްކާ ގޮތުން ކެޔުމުގައި ހިފެހެއްޓުންތަކެއް ގެންގުޅުމުގެ ސަބަބުން މީހާގެ މެމޮރީ ނުވަތަ ހަނދާންތައް ސިކުނޑީގައި ބެހެއްޓުމަށް އިތުރަށް ފަސޭހަވެގެންދެ އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ކާ ކޮންމެ ފަހަރަކު މީހާގެ ފުރަމޭގައި ގްލައިކޮޖެން ކިޔާ މާއްދާއެއް ރައްކާ ކުރެވިގެންދެ އެވެ. ހަށިގަނޑުގައި ރައްކާކުރެވިފައި ހުންނަ ގްލައިކޮޖެން ބޭނުން ކުރުމުން ހަށިގަނޑުގެ ފެޓްސް ދުއްވާލުމަށް ނުވަތަ ވިރުވާލުމަށް އެހީތެރިވެ އެވެ. މި ކެމިކަލްތައް ހަޑިގަނޑުގައި އެނަރޖީގެ ގޮތުގައި ބޭނުން ކުރުމުގެ ސަބަބުން ކަންކަން ދަސްކުރުމަށާއި މެމޮރީ އާއި ސިކުނޑީގެ ދުޅަހެޔޮކަން އިތުރުވުމަށް މަގުފަހިކޮށްދެ އެވެ.

އެހެން ނަމަވެސް ތިން ފަހަރު ދުވާލަކު ކާ ކަމުގައިވާ ނަމަ ފުރަމޭގައި ރައްކާ ކުރެވޭ ގްލައިކޮޖެން ބޭނުން ކުރުމަށް ހަށިގަނޑަށް ވަގުތެއް ނޯވެ އެވެ. މިކަމުގެ ސަބަބުން ދަސްކުރުމުގެ ގާބިލް ކަމާއި މެމޮރީ އިތުރު ކުރުމަށް އުފައްދާ ކެމިކަލް ހަށިގނަޑުގައި ނޫފައްދަ އެވެ.

މީގެ އިތުރުން ކަސްރަތު ކުރުމުގެ ސަބަބުންވެސް ގްލައިކޮޖެން ގަށިގަނޑު ބޭނުން ކުރާ މިންވަރު އިތުރުކޮށްދެ އެވެ.

އިތުރަށް ކިޔާލަން

30 މެއި 2017

ގިނަ އަދަދެއްގެ ބިދޭސީންގެ ރޯދަ ވީއްލުން މިސްކިތުގައި

30 މެއި 2017
ގިނަ އަދަދެއްގެ ބިދޭސީންގެ ރޯދަ ވީއްލުން މިސްކިތުގައި
26 މެއި 2017

މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!

26 މެއި 2017
މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!
26 މެއި 2017

ދުނިޔޭގެ ގައުމުތަކުގެ ރޯދަ ވަގުތު!

26 މެއި 2017
ދުނިޔޭގެ ގައުމުތަކުގެ ރޯދަ ވަގުތު!
26 މެއި 2017

ކިތަންމެ ވަރަކަށް ހަރުގެ ޖަލްސާ ބޭއްވިޔަސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ!

26 މެއި 2017
ކިތަންމެ ވަރަކަށް ހަރުގެ ޖަލްސާ ބޭއްވިޔަސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ!
28 މާރިޗު 2017

ބާން ތައި ރެސްޓޯރަންޓްއިން ލިބޭ "މިއަންކަމް" އަކީ ކޯއްޗެއް؟

28 މާރިޗު 2017
ބާން ތައި ރެސްޓޯރަންޓްއިން ލިބޭ "މިއަންކަމް" އަކީ ކޯއްޗެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު