Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އީދު ކުޅިވަރު

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުލަގަދަކޮށް އީދު ފާހަގަކުރަނީ!

ރަށްރަށުގައި ޘަގާފީ ކުޅިވަރުތަކާއި ސްޓޭޖް ޝޯތައް ބޭއްވުމަށް ވަނީ ހަމަޖެހިފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 21 އޯގަސްޓު 2018 | އަންގާރަ 11:34
ނ. ވެލިދޫގައި ރޭ އީދަށް މަރުހަބާ ކިޔަނީ

ނ. ވެލިދޫގައި ރޭ އީދަށް މަރުހަބާ ކިޔަނީ

މި އަހަރުގެ އަޟްހާ އީދު ފާހަގަ ކުރުމަށް މާލޭގައި ދިރިއުޅޭ ގިނަ ރައްޔިތުން ވަނީ އަތޮޅުތަކަށް އީދު ޗުއްޓީ ހޭދަކުރުމަށް ގޮސްފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި އަހަރުގެ އީދުގެ ހަރަކާތްތައް ހޯމަ ދުވަހުގެ ރޭ ވަނީ ފަށާފައެވެ. ބައެއް ރަށްރަށުގައި އީދަށް މަރުހަބާ ކިޔުން ކުރިއަށް ދިޔައިރު އަނެއް ބައި ރަށްރަށުގައި އީދު ނަމާދަށް ފަހު ވަނީ ހަރަކާތްތައް ފަށާފައެވެ.

ނ. ވެލިދޫގައި އީދުގެ ކުޅިވަރުތައް ފަށާފައި ވަނީ ހޯމަދުވަހުގެ ރޭ އީދު މަޅި ޖެހުމުންނެވެ. މީގެ އިތުރުން ހޯމަ ދުވަހުގެ ރޭ ވަނީ ރަންފޮށި އުފުލުމަށް ފަހު އީދު ނެރެފައެވެ. މިއީ ޒަމާނުއްސުރެ ވެލިދޫގައި ކުރަމުން އަންނަ ކަމެކެވެ. މި ސަގާފީ ކުޅިވަރު ބައެއް އެހެން ރަށްރަށުގައި ވެސް ކުޅެ އުޅެއެވެ.

އީދު ދުވަސް ފެށިފައި ވަނީ ވެލިދޫ ރަސްމީ ފުޓުބޯޅަ ދަންޑުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމުންނެވެ. އީދު ދުވަހުގެ މެންދުރު އަލީ މޫސާ ކަލޭފާނު މެމޯރިއަލް ވޮލީބޯޅަ ޓޯނަމެންޓް އެރަށު ބޮޑު ނިކަގަސް ދަށުގައި ވަނީ ފަށާފައެވެ.

އީދު ދުވަހު ހަވީރު "ކުޑަ ކުދިންގެ އުފާ" ނަމުގައި ކުޑަކުދިންނަށް ޚާއްސަ ކުޅިވަރު ހަރާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އީދު ދުވަހުގެ ރޭ ސްޓޭޖް ސަރަހައްދުގައި ޝޯއާ އެކު ވާދެމުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ވެލިދޫގައި އީދުގެ ކޮންމެ ރެޔަކު ބާއްވާ ސްޓޭޖް ޝޯގައި ރާއްޖޭގެ މަޝްހޫރު ފަންނާނުން ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި މޯލްޑިވިއަން އައިޑޮލްގެ އެކި ސީޒަންތަކުން ވިދާލި ފަންނާނުންގެ ތެރެއިން ޝަލަބީ، ބަރޯ، މައިޝާ، ޝަހްދާން، ޒަކިއްޓެ ފަދަ ލަވަކިޔުންތެރިން ހިމެނެއެވެ.

މީގެ އިތުރުން ނެށުންތެރިޔާ ޖާދުﷲ އިސްމާއީލްގެ ޑާންސް ގްރޫޕާއި ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމު "ނިވައިރޯޅި" ޓީމްގެ މެމްބަރުންގެ ހަރަކާތްތައް ވެސް ސްޓޭޖް ޝޯއިން ފެނިގެން ދާނެއެވެ. އެގޮތުން ފިލްމީ ތަރިން ކަމަށްވާ އައްޒަ، ޖުމާ އަދި މަލް ގެ އިތުރުން ވެސް ގިނަ ފަންނާނުންގެ ނެށުންތައް ހުށަހަޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ވެސް ސަގާފީ ކުޅި ވަރުތަކާއި ފެންކުޅި ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ވެލިދުއަށް މިފަހަރު އީދަށް 1200 އާއި 1500 އާ ދެމެދުގެ އަދަކަށް ވަނީ މެހެމާނުން ޒިޔާރަތް ކޮށްފައެވެ.

ވެލިދޫގައި މިފަހަރު އީދު ކުޅިވަރު އިންތިޒާމް ކޮށްފައި ވަނީ އެމްއެޗާއި ވެލިދޫ ޖަމިއްޔާއެއް ކަމަށްވާ ބާއޮކަލޯގެ އިތުރުން ވެލިދޫ ކައުންސިލް ގުޅިގެންނެވެ.

ހދ. ކުޅުދުއްފުށީގައި ވެސް ވަނީ ކުލަގަދަކޮށް އީދު ފާހަގަކުރަން ފަށާފައެވެ. ކޮންމެ އަހަރަކު ވެސް ކުޅުދުއްފުށީން އެންމެ ފާހަގަ ކޮށްލެވޭ އެއް ކުޅިވަރަކީ އެރަށުގައި ނެރޭ "މަށި މާލި" އެވެ. މަށިމާއްޔަކީ އެދުވަސްވަރެއްގައި ސިޔާސީ މަސްރަހުން އެންމެ ފާހަގަކޮށްލެވޭ ކަންކަމާ ގުޅުވައިގެން ތައްޔާރު ކުރާ މާއްޔެކެވެ.

މީގެ އިތުރުން ބޮޑުފައިވާން ހިނގުމާއި ސްޓޭޖް ޝޯ ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއަހަރަގެ އީދު ޗުއްޓީއަށް ހާހެއްހާ މެހެމާނުން ވަނީ ކުޅުދުއްފުއްޓަށް ޒިޔާރަތް ކޮށްފައެވެ.

ޅ. ހިންނަވަރަކީ ވެސް ކޮންމެ އަހަރަކު ފޯރިގަދަކޮށް އީދު ފާހަގަކުރާ ރަށެކެވެ. މި އަހަރު ވެސް އެރަށުގައި ތަފާތު އެކި ސަގާފީ ކުޅިވަރުތަކާއި ސްޓޭޖް ޝޯތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ ރަށަށް ވެސް ހާއްހެއްހާ މީހުން ޒިޔާރަތްކޮށްފައި ވެއެވެ.

ހިންނަވަރަކީ ފެންކުޅިއަށް ވަރަށް ޚާއްސަ ރަށެއްގެ ގޮތުގައި ފާހަގަ ކޮށްލެވެއެވެ. އީދުގެ ކޮންމެ ދުވަހަކު ވެސް ކުލަ ޖެހުމާއި ފެންކުޅި ކުޅުމުގެ ހަރަކާތްތައް އެރަށުގައި ކުރިއަށް ގެންދެއެވެ. މީގެ އިތުރުން ދެ ތަނެއްގައި ރޭގަނޑު ޝޯތައް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މުޅި ރަށް ސިޔާސީ ދެ ފިކުރަކަށް ބެހިގެން ގޮސްފައިވާ އިރު ޝޯތައް އިންތިޒާމުކުރުމުގައި ވެސް އުޅެނީ މި ދެ ފިކުރުގެ މީހުންނެވެ. މި ޝޯތަކުން ވެސް ރާއްޖޭގެ މަޝްހޫރު ގިނަ ފަންނާނުންތަކެއް ފެނިގެންދާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މީގެ އިތުރުން ވެސް ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި އީދު ފާހަގަކުރުމަށް ގިނަ ކަންތައްތަކެއް ދަނީ ހިންގަމުންނެވެ. އެގޮތުން ސަގާފީ ކުޅިވަރުތަކާއި ސްޓޭޖް ޝޯތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟

އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟

16 ޖުލައި 2017
ސާއިދު އަކީ ހަމަ ރާއްޖޭގެ އުސެއިން ބޮލްޓް، ސާބަހޭ ދަރިޔާ!

ސާއިދު އަކީ ހަމަ ރާއްޖޭގެ އުސެއިން ބޮލްޓް، ސާބަހޭ ދަރިޔާ!

07 ޖުލައި 2017
ދެ އީދު ދޭތެރެއިން އިދިކޮޅު މީހުން ގެންނަ ބޮޑު އީދު

ދެ އީދު ދޭތެރެއިން އިދިކޮޅު މީހުން ގެންނަ ބޮޑު އީދު

26 ޖޫން 2017
މާލޭގެ ބަނދަރު ހުސްވެފައި، އީދު ބަންދަށް ގިނަ ބަޔަކު ރަށްރަށަށް!

މާލޭގެ ބަނދަރު ހުސްވެފައި، އީދު ބަންދަށް ގިނަ ބަޔަކު ރަށްރަށަށް!

24 ޖޫން 2017
 ލަޔަރ އީދު ކުޅިވަރު: ކުލަ ޖެހުމުގެ ތަފާތު މުބާރާތެއް

ލަޔަރ އީދު ކުޅިވަރު: ކުލަ ޖެހުމުގެ ތަފާތު މުބާރާތެއް

20 ޖޫން 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު