Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 އިންޑިއާގެ ހާލަތު

އިންޑިއާގައި ޕޮޒިޓިވްވި މީހުންގެ އައު ރެކޯޑެއް

26 އެޕްރީލު 2021 | ހޯމަ 10:30

ޖެހިޖެހިގެން 5 ދުވަހު އިންޑިއާގައި ވަނީ ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވެފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 26 އެޕްރީލު 2021 | ހޯމަ 10:30
އިންޑިއާ - ޖެހިޖެހިގެން ފަސް ދުވަހު ރެކޯޑް އަދަދަކަށް އިންޑިއާގައި ކޭސްތައް ރިޕޯޓްކޮށްފައިވޭ

އިންޑިއާ - ޖެހިޖެހިގެން ފަސް ދުވަހު ރެކޯޑް އަދަދަކަށް އިންޑިއާގައި ކޭސްތައް ރިޕޯޓްކޮށްފައިވޭ

ޖެހިޖެހިގެން ދެވަނަ ދުވަހު އިންޑިއާގައި ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވެއްޖެއެވެ.

އާދިއްތަ ދުވަހު އިންޑިއާގައި 340،000ށް ވުރެ ގިނަ މީހުން އެއްފަހަރާ ޕޮޒިޓިވްވެ ދުނިޔޭގެ ރެކޯޑް ހަދާފައިވާ އިރު، ހޯމަ ދުވަހު ވެސް ވަނީ 350،000ށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ އަނެއްކާވެސް މިވަނީ ދުނިޔޭގެ ރެކޯޑެއް ގާއިމްކޮށްފައެވެ. އިންޑިއާއަށް ބިންދާލި ދެވަނަ ރާޅާއެކު ދުވާލެއްގެ މައްޗަށް ބަލީގައި މަރުވާ މީހުންގެ އަދަދު އަންނަނީ ހާހުން ރެކޯޑް ކުރަމުންނެވެ.

Advertisement - worldAdvertisement

ކޭސްތައް އިތުރުވެ ހޮސްޕިޓަލްތަކަށް ނުކަތާވަރަށް ބާރުބޮޑުވެ އިންޑިއާގައި އޮކްސިޖަން ލިބުމުގައި ވެސް ވަނީ ދަތިތަކެއް ދިމާވެފައެވެ. މިއާއެކު ޔޫކޭ އަދި އެމެރިކާއިން ވަނީ އިންޑިއާއަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ނިންމާފައެވެ.

މާޗް މަހުގައި އިންޑިއާއަށް ދެވަނަ ރާޅު ބިންދާލާފައިވާ އިރު، ރާޅުގެ އަސަރު ފެންނަމުންދާ މިންވަރު އަވަސް ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. އެގޮތުން ތިން ދުވަސް ތެރޭގައި މިލިއަނެއްހާ މީހުން ޕޮޒިޓިވްވަމުން އަންނަ އިރު، ފާއިތުވި 2 ހަފްތާ ތެރޭގައި ސިއްހީ ޚިދުމަތްދޭ ތަންތަނުން އޮކްސިޖަން ހުސްވެ، އެނދުތައް ފުރި، ހޮސްޕިޓަލުގެ ބޭރުގައި ބަލިމީހުންނަށް ފަރުވާ ނުލިބި މަރުވަމުން އަންނަކަމަށް މީޑިއާތަކުން އަންނަނީ ރިޕޯޓް ކުރަމުންނެވެ.

ހޯމަ ދުވަހު އިންޑިއާގައި 352،991 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއީ ޓެސްޓްކުރެވުނު އަދަދުގެ ފުރިހަމަ ނަތީޖާއެއް ނޫނެވެ. މިއަށްވުރެ ކޭސްތައް އިތުރުވާނެކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އަދި ހޯމަ ދުވަހު 2812 މީހަކު ވަނީ މަރުވެފައެވެ. ހޯމަ ދުވަހުގެ އަދަދާއެކު މުޅި ދުނިޔޭގައި ޖެހިޖެހިގެން ފަސް ދުވަހު ރެކޯޑް އަދަދަކަށް އިންޑިއާއިން ވަނީ ކޭސްތައް ރިޕޯޓްކޮށްފައެވެ.

އިންޑިއާގެ ހާލަތު އެންމެ ގޯސް އެއް ސިޓީއަކީ ވެރިރަށް ނިއުދިއްލީއެވެ. ނިއު ދިއްލީގައި މެއި މަހުގެ 3 ވަނަ ދުވަހާ ހަމައަށް ލޮކްޑައުންކޮށްފައިވާ އިރު، އޮކްސިޖަން ލިބުމުގައި ވެސް ދަތިތަކާ ކުރިމަތިވެފައިވެއެވެ. ދިއްލީގައި އޮކްސިޖަން ނުއުފައްދާތީ އެ ސިޓީގެ ސިއްހީ އިދާރާތައް ބަރޯސާވެފައި އޮންނަނީ މައި ސަރުކާރުގެ އެހީތެރިކަމަށެވެ. އޮކްސިޖަން ހުސްވެގެން ދިއްލީގެ ހޮސްޕިޓަލްތަކުން އަންނަނީ "އެސްއޯއެސް" މެސެޖް ޓްވީޓް ކުރަމުންނެވެ. ހޮނިހިރު ދުވަހު އެކަނި ވެސް ހާލުބޮޑު 20 މީހަކަށް އޮކްސިޖަން ނުލިބުމުގެ ސަބަބުން ވަނީ މަރުވެފައެވެ.

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ކުށްވެރިއެއް ނޫންކަމަށް ކަނޑައެޅީ ޖަލު ހުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، ހުކުމް ކުރުމާއެކު ވަގުތުން ފެށީ ރޯން

3

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

4

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

5

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި
16 މާރިޗު 2017

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް
15 މާރިޗު 2017

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު
06 މާރިޗު 2017

މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި

06 މާރިޗު 2017
މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި
03 މާރިޗު 2017

ސާކުގެ އައު ސެކްރެޓަރީ ޖެނެރަލް އައްޔަން ކޮށްފި

03 މާރިޗު 2017
 ސާކުގެ އައު ސެކްރެޓަރީ ޖެނެރަލް އައްޔަން ކޮށްފި
18 ފެބުރުއަރީ 2017

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި
28 ޖެނުއަރީ 2017

އިންޑިއާގައި ގެރި ކަތިލުން މަނާ ކުރާ ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

28 ޖެނުއަރީ 2017
އިންޑިއާގައި ގެރި ކަތިލުން މަނާ ކުރާ ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި
23 ޖެނުއަރީ 2017

އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ

23 ޖެނުއަރީ 2017
އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ
17 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި
16 ޖެނުއަރީ 2017

ބްރެޒިލްގެ އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް

16 ޖެނުއަރީ 2017
ބްރެޒިލްގެ  އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް