Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ

ޕްރައިވެޓް ތަންތަނަކަށް އަދިވެސް އާސަންދަ ނުލިބޭ:ޑރ. ޑީޑީ

8 މެއި 2017 | ހޯމަ 16:48

ޑީޑީ ވަނީ ސަރުކާރުގެ ސިއްހީ ހިދުމަތްތަކަށް ވަަރަށް ބޮޑަށް ފާޑުވިދާޅުވެފައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 8 މެއި 2017 | ހޯމަ 16:48
އެމްޑީޕީން ބޭއްވި ނުސްވެރިންގެ ބައްދަލުވުން

އެމްޑީޕީން ބޭއްވި ނުސްވެރިންގެ ބައްދަލުވުން

އާސަންދަ ހިދުމަތް ދިން ކަމަށް ސަރުކާރުން ބުނި ނަމަވެސް އެކަމުގެ އެއްވެސް މައުލޫމާތެއް ސިއްހީ ހިދުމަތް ދޭ އަމިއްލަ ތަންތަނަށް ނާންގާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޔާމީނު އުޅުއްވަނީ، ޑްރާމާ ކުޅެން ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ޑީޑީ ވިދާޅުވެއްޖެ އެވެ.

އާސަންދަ ހިދުމަތާ ގުޅޭ ގޮތުން އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ އިބްރާހިމް ޑީޑީ ވިދާޅުވީ، ސަރުކާރުން އަންނަނީ ތަފާތު އެކި ޖެއްސުންތައް ރައްޔިތުންނަށް ކުރަމުން ކަމަށާއި މިއީ ވަރަށް ހިތްދަތިކޮށް ހިނގަމުންދާ ކަމެއް ކަމަށެވެ.

Advertisement - newsAdvertisement

ޑރ.ޑީޑީ ވިދާޅުވީ އާސަންދަ ހިދުމަތް މިދިޔަ ހޮނިހިރު ދުވަހުގެ ރޭގައި މެދުކަނޑާލުމަށް ސަރުކާރުން ނިންމީ ކައުންސިލް އިންތިހާބުގައި ކުރިމަތިވި ބަލީގެ ސަބަބުން ކަމަށެވެ.

ސަރުކާރުން ހިދުމަތް ދިން ކަން އިއުލާނު ކުރީވެސް ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށާއި ސަރުކާރަށް ނޭންގި ސަރުކާރުގެ އެތެރެއިން ނިންމާ ނިންމުންތައް ނިންމާކަމުގައިވާ ނަމަ އެފަދަ ފަރާތްތަކަށް ސަރުކާރުން ފިޔަވަޅު އަޅަންޖެހޭ ކަމަށް ޑރ. ޑީޑީ ވިދާޅުވި އެވެ. ޑީޑީ ވިދާޅުވީ ސަރުކާރުގެ ސިއްހީ ދާއިރާބެހިފައިވާ ގޮތުން 70 ޕަސެންޓް ހިއްސާކުރަނީ، ސިއްހީ ހިދުމަތްދޭ އަމިއްލަ ތަންތަނަށް ކަމަށާއި އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ސިއްހީ ހިދުމަތް ފޯރުކޮށް ނުދެވޭނެ ކަމަށެވެ.

ޑރ.ޑީޑީ ވިދާޅުވީ ސިއްހީ ހިދުމަތްދޭ އަމިއްލަ ތަންތަނުން، ގައުމު ފަހުރުވެރިވާ މިންވަރަށް ސިއްހީ ހިދުމަތް ދެމުންގންދާ ކަމަށާއި އާސަންދަ ހިދުމަތް މެދުކަނޑާލުމުގެ ސަބަބުން، ރައްޔިތުންނަށް ބޮޑެތި ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށެވެ.

"ރައީސް އަބްދުﷲ ޔާމީނު އަލުން އަނބުރާ އާސަންދަ ދިން ކަމަށް ބުނާއިރު މެންދުރުވީ އިރުވެސް އާސަންދަ ރުޖޫއަ ކުރުމަށް އެއްވެސް އިޝާރާތެއް އައިސްފައެއް ނުވޭ،" ޑރ.ޑީޑީ ވިދާޅުވި އެވެ.

ޑރ. ޑީޑީ ވިދާޅުވީ އާސަންދަ ހިދުމަތް އަލުން ދޭން ފެށިކަމަށް އަންގާފައިވީ ނަމަވެސް އެފަދަ އެއްވެސް ކަމެއް އަމިއްލަ ކްލިނިކްތަކާއި ހޮސްޕިޓަލުތަކަށް ނޭންގޭ ކަމަށާއި، އެހެން ނަމަވެސް ހިދުމަތް މެދުކަނޑާލުމަށް ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ވަގުތުން އަންގާފައިވާ ކަމަށެވެ.

ޑރ.ޑީޑީ ވިދާޅުވީ ނޭޝަނަލް ޕްރޮޓެކްޝަން އޭޖެންސީ އެންސްޕާ އިން ސިއްހީ ހިދުމަތްތައް ޕްރައިވެޓް ކުންފުނިތަކުން ކަނޑާލިކަން ސަރުކާރަށް ނޭނގޭ ކަމަށް ބުނުމަކީ އަނެއްކާވެސް ސަރުކާރުން ރައްޔިތުންނަށް އޮޅުވާލުމަށް ކުރަމުންދާ ކަމެއް ކަމަށެވެ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2017

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

19 އޮކްޓޯބަރު 2017
ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ
27 ފެބުރުއަރީ 2017

ސައުދީން ދޭން ވައުދުވި 150 މިލިއަން ޑޮލަރު އަދިވެސް ނުލިބޭ!

27 ފެބުރުއަރީ 2017
ސައުދީން ދޭން ވައުދުވި 150 މިލިއަން ޑޮލަރު އަދިވެސް ނުލިބޭ!
22 ފެބުރުއަރީ 2017

ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން އާސަންދަ ކުންފުންޏާ އެކު އެމްއޯޔޫގައި ސޮއި ކޮށްފި

22 ފެބުރުއަރީ 2017
ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން އާސަންދަ ކުންފުންޏާ އެކު އެމްއޯޔޫގައި ސޮއި ކޮށްފި
17 ފެބުރުއަރީ 2017

އަދިވެސް ދޫކުރަނީ އެމްޑީޕީން އަޅަން ފެށި ފްލެޓްތައް: ފަލާހް

17 ފެބުރުއަރީ 2017
އަދިވެސް ދޫކުރަނީ އެމްޑީޕީން އަޅަން ފެށި ފްލެޓްތައް: ފަލާހް
11 ފެބުރުއަރީ 2017

ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!

11 ފެބުރުއަރީ 2017
ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް