Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މިނިސްޓަރ މަޚްލޫފަށް އަމާޒުވެފައިވާ ފާޑުކިޔުން

ރިހެބް އެޅުމަކީ ޔޫތު މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭކަމެއް ނޫން!

ޒުވާނުންގެ ކަންކަން ހުރިހާ މިނިސްޓްރީއެއްގެ މެންޑޭޓުގެ ތެރޭގައި ހިމަނަންޖެހޭ

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 25 އެޕްރީލު 2021 | އާދީއްތަ 12:14
ޒުވާނުންނާއިބެހޭ ވަޒީރު އަހްމަދު މަޙްލޫފް

ޒުވާނުންނާއިބެހޭ ވަޒީރު އަހްމަދު މަޙްލޫފް

ރީހެބާއި އާޓް ސެންޓަރު އެޅުމާއި އަދި ވޮކޭޝަނަލް ޓްރެއިނިން ދިނުމަކީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށް ވިދާޅުވުމާއި ގުޅިގެން މިނިސްޓަރު މަޚްލޫފަށް ވަނީ ފާޑު ކިޔުން އަމާޒުވެފައެވެ.

މަޚްލޫފުގެ ޓްވީޓާއެކު ޒުވާނުންނާއި ހަރު މީހުން ދަނީ ސޯޝަލް މީޑިއާގައި އެމީހުންގެ ޚިޔާލާއި ވިސްނުން ހުރި ގޮތް ފާޅުކުރަމުންނެވެ. އެއްބަޔަކު ބުނަމުންދަނީ މިނިސްޓަރު އެހެން ވިދާޅުވިޔަސް ޒުވާނުންގެ މިނިސްޓްރީގެ މެންޑޭޓް ކަމަށެވެ.

މެންޑޭޓު އޮޅިގެން އުޅެނީ މަޚްލޫފަށްތޯ ނުވަތަ އެކަމާއި އަޑުގަދަކޮށް ވާހަކަ ދައްކާ މީހުންނަށްތޯ ބަލާލުން ރަނގަޅުކަމަށް ފެނެއެވެ. ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި އެކި މިނިސްޓްރީތަކުގެ މެންޑޭޓުތައް ކަނޑައަޅާފައިވަނީ ސްޓްރެޓީޖިކް އެކްޝަން ޕްލޭނުގައެވެ. މިނިސްޓްރީތަކުން ކުރާނެ މަސައްކަތްތަކާއި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ކަނޑައަޅާފައިވަނީ މަޝްހޫރު ނަމުންނަމަ 'ސެޕް'ގައެވެ. އެގޮތުން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއާ ހަވާލުކުރެވިފައިވަނީ މައިގަނޑު 36 މަސައްކަތެކެވެ.

ސެޕްގައި މަސައްކަތްތަކާއި މެންޑޭޓުތައް ކަނޑައަޅާފައިވާއިރު އެކަމެއް ކުރާނެ މިނިސްޓްރީއާއި އަދި އެހީތެރިވެދޭނެ ސްޓޭކްހޯލްޑަރ މިނިސްޓްރީތައްވެސް ވަނީ ކަނޑައަޅާފައެވެ.

އެގޮތުން ރީހެބް ނުވަތަ މަސްތުވާތަކެއްޗާއި ގުޅޭގޮތުން އެ މިނިސްޓްރީއާ ހަވާލުކުރެވިފައިވަނީ މަސްތުވާތަކެތީގެ ނުރައްކަލުން ޒުވާނުން ސަލާމަތްކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް އެހީތެރިވުމެވެ. އެހީތެރިވުން އެކަނި ޔޫތު މިނިސްޓްރީއާ ހަވާލުކުރެވިފައިވަނީ މަސްތުވާތަކެއްޗަކީ ޒުވާނުންނާއި ގުޅޭ ގައުމީ މައްސަލައަކަށްވާތީއެވެ. ނޭޝަނަލް ޑްރަގް އެޖެންސީ ހިންގުން ވަނީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުގައެވެ. ޔޫތު މިނިސްޓްރީއަށް ދީފައިވަނީ ޑްރަގް އެޖެންސީއާއި ޖެންޑަރ މިނިސްޓްރީން ބޭނުންވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މެންޑޭޓެވެ.

މަސްތުވާތަކެއްޗާއި ދެކޮޅަށް ގައުމީ ސިޔާސަތު އެކުލަވާލައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދީ އެމީހުން ރަނގަޅުކޮށް އަނބުރާ މުޖުތަމައަށް ގެނެއުމުގެ މަސައްކަތް ވަނީ ޖެންޑަރ މިނިސްޓްރީގެ މެންޑޭޓުގައެވެ. ކުރުކޮށް ބުނަނީނަމަ ރިހެބިލިޓޭޝަންގެ މެންޑޭޓު ވަނީ ޖެންޑަރ މިނިސްޓްރީގައެވެ.

މިކަމަށް ބާރު ލިބޭ ކަމަކީ ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ހުށަހަޅުއްވާ ޖަޒީރާ ސައްލާ ޕެނަލް ޑިސްކަޝަންގައި މަސްތުވާތަކެތީގެ މައުޒޫއަށް މާޗްމަހުގެ ތެރޭގައި ބޭއްވުނު ޕެނަލް ޑިސްކަޝަނުގައި ޔޫތު މިނިސްޓްރީ ނެތްކަމެވެ. ސީދާ މަސްތުވާތަކެތީގެ މެންޑޭޓު އޮތީ ޖެންޑާ މިނިސްޓްރީގައި ކަމަށްވާތީ އޭގައި ބައިވެރިވީ ފަންނީ ބޭފުޅުންނާއެކު ޖެންޑާ މިނިސްޓަރެވެ. ރައީސް އޮފީހުގެ ވިސްނުންވެސް ހުރިގޮތް މިކަމުން ސާފެވެ.

ވޮކޭޝަނަލް ޓްރެއިނިންއަށް ބަލާއިރު އެ މަސައްކަތް މެންޑޭޓު ކުރެވިފައިވަނީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނާއެވެ. ދިވެހިރާއްޖޭގައި ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ޓްރެއިނިން (ޓިވެޓް) ނިޒާމެއް ގާއިމްކޮށް ތަރައްގީކުރުމާއި ޓިވެޓް ނިޒާމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުން ވަނީ އެ މިނިސްޓްރީގެ މަސައްކަތްތަކާއި މަސްއޫލިއްޔަތުގެ ތެރޭގައި 'ސެޕް' ގައި ލިޔެވިފައެވެ.

ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ޓްރެއިނިން އޮތޯރިޓީ ހިންގަމުންދަނީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުންނެވެ. މިވެސް ޒުވާނުންނާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަމަށްވާތީ 'ސެޕް' ގައި ޔޫތު މިނިސްޓްރީއަށް ދީފައިވަނީ ސްޓޭކްހޯލްޑަރު ކަމެވެ. ސްޓޭކް ހޯލްޑަރެއްގެ ހައިސިއްޔަތުން ޓިވެޓާއެކު މިމަހުގެ ތެރޭގައި ފެށި ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމުން ޔޫތު މިނިސްޓްރީގެ ބައިވެރިވުން ފެނިގެންދެއެވެ.

ދެން އޮތީ އާޓްސްއެވެ. އާޓްސް ވަކި މިނިސްޓްރީއެއްގައި މެންޑޭޓު ކުރެވިފައިވާކަން މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ނަމުންވެސް އެނގެއެވެ. މި ފަންނުގައިވެސް ގިނައީ ޒުވާނުން ކަމުން ޔޫތު މިނިސްޓްރީއަށް 'ސެޕް'އިން ދީފައިވަނީ ސްޓޭކް ހޯލްޑަރުކަމެވެ. އެގޮތުން ނޭޝަނަލް ސެންޓަރ ފޯ ދި އާޓްސްއާއި ނޭޝަނަލް އާޓް ގެލެރީ ހިންގުން ވަނީ އާޓް މިނިސްޓްރީގެ މަސައްކަތްތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައެވެ.

އޭގައި ބަޔާންވެގެންވެއެވެ. އާޓިސްޓިކް ފަންނު.ތަކަށް ޝައުގުވެރިވާ ހުރިހާ ދިވެހީންނަށާއި ސްކޫލް ނިންމާފައި އިތުރަށް ކިޔެވުމަށް ފުރުސަތު ލިބިފައިނުވާ ޒުވާނުންނަށާއި އަދި ވަޒީފާ ލިބުން ދަތިވެފައިވާ އެކިއެކި ފަރުދުންނަށް އަމާޒުކޮށްގެން އާޓިސްޓިކް ފަންނުތައް އުގަންނައިދިނުމުގެ މަސައްކަތްތައް ރާވައި ހިންގުމާއި ދިވެހިރާއްޖޭގެ އާޓިސްޓިކް ފަންނުވެރިންގެ ޖަމްޢިއްޔާތައް އުފެއްދުމުގައާއި، ހިންގުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދީ، ރާއްޖެއިން ބޭރުގެ އެކިއެކި ޖަމްއިއްޔާތަކާ ގުޅުން ބަދަހިކުރުމަށް އެހީތެރިވެދިނުމާއި، ދިވެހިރާއްޖޭގެ އާޓިސްޓިކް ފަންނުވެރިންގެ ހުނަރުވެރިކަން ޢާންމުންނަށް ދައްކައި، ފަންނުވެރިން ތަޢާރުފުވުމުގެ ފުރުސަތު ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ހޯދައިދިނުމާއި ދިވެހިންގެ ފަންނީ އުފެއްދުންތެރިކަމާއި، ހުށަހަޅައިދިނުމުގެ ގާބިލުކަމާއި، ހުނަރުވެރިކަން އިތުރަށް ތަރައްގީކޮށް ކުރިއަރުވައި ދެމެހެއްޓުމާއި، އަދި ފަންނުވެރިންގެ ހުނަރުވެރިކަން އާންމުނަށް ތަޢާރުފުކުރުމުގެ ގޮތުން، އާޓްސް ފެސްޓިވަލްތަކާއި، މުބާރާތްތަކާއި، މައުރަޒުތައް އިންތިޒާމުކޮށް ހިންގުން ވަނީ އާޓް މިނިސްޓްރީގައެވެ.

ޔޫތު މިނިސްޓްރީގެ މެންޑޭޓާ ގުޅޭގޮތުން ފެށިފައިވާ ބަހުސްގައި ބައެއް މީހުން ފާޅުކޮށްފައިވާ ޚިޔާލަށް ބަލާލާނަމެވެ. ލަމަރުކަޒީ ގާނޫނުފަދަ ގާނޫނުތައް ހެދުމުގައި އަމަލީ ގޮތުން މަސައްކަތް ކުރެއްވި މުހައްމަދު ނަޒީފު ވިދާޅުވެފައިވާ ގޮތުންނަމަ ޒުވާނުން ވަކި މިނިސްޓްރީއެއްގެ ނަމުގެ ތެރޭގައި ބޭއްވުން ރަގަޅެއް ނޫނެވެ. އޭގެ ބަދަލުގައި ޒުވާނުންގެ ކަންކަން މެއިންސްޓްރީމްކޮށް ހުރިހާ މިނިސްޓްރީއަކާއި އިންސްޓިޓިއުޝަނެއްގެ މެންޑޭޓުގެ ތެރޭގައި ހިމަނަންޖެހޭކަމަށް ނަޒީފު ގަބޫލުކުރައްވައެވެ.

ޒުވާނުންނާއި ގުޅުން ހުރި މިނިސްޓްރީތަކުގެ މެންޑޭޓްތައް ހުރިގޮތުން މިކަމަށް އެންމެ ރަގަޅު ހައްލެއް ކަމަށްވާނީ ނަޒީފު ވިދާޅުވެފައިވާ ގޮތަށް މެއިންސްޓްރީމްކޮށް ހުރިހާ މިނިސްޓްރީތަކުން ވެސް ޒުވާނުންނާއި ގުޅުން ހުރި މަސައްކަތްތައް ކުރުމެވެ. މިހާރު ޔޫތު މިނިސްޓްރީގެ މެންޑޭޓް ހުރި ގޮތުން ޕީއެސްއައިޕީ ޕްރޮޖެކްޓްތަކުގެ ގޮތުގައި ހިމެނެނީ ކުޅިވަރު ވަސީލަތްތަކާއި ޒުވާނުންގެ މަރުކަޒުތައް ގާއިމްކުރުން ކަމަށްވުމުން މީގެކުރިން ނުހިންގާހާ ތަރައްގީގެ ގިނަ މަޝްރޫއުތައް އެ މިނިސްޓްރީން އަންނަނީ ހިންގަމުންނެވެ. އެހެންކަމުން ކިތަންމެ ބައިވަރު ކުޅިވަރު ވަސީލަތްތަކެއް ގާއިމްކުރިކަމުގައި ވިޔަސް މަޚުލޫފް އެ ވިދާޅުވިގޮތަށް އެ މިނިސްޓްރީގެ މެންޑޭޓް އޮތްގޮތުން ރީހެބްތަކާއި، ވޮކޭޝަނަލް ޓްރެއިނިން ސެންޓަރުތަކާއި އަދި އާރޓްސް ސެންޓަރުތައް ގާއިމްކުރުމަކީ އެ މިނިސްޓްރީއަށް ކުރެވޭނެކަމެއް ނޫނެވެ. އެކަން ކުރެވޭނީ އެ ޒިންމާ މަތިކޮށްފައިވާ މިނިސްޓްރީތަކަށެވެ.  

ކޮމެންޓް

އިތުރަށް ކިޔާލަން

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

16 ފެބުރުއަރީ 2025
މި ސަރުކާރު އައީ މުވައްޒަފުން ބާރުވެރިކުރުވަން، ނަމަވެސް ގައުމިިއްޔަތު މިނިސްޓްރީގެ މުވައްޒަފުން ބިރުވެރިކަމެއްގެ ތެރޭގައި!

މި ސަރުކާރު އައީ މުވައްޒަފުން ބާރުވެރިކުރުވަން، ނަމަވެސް ގައުމިިއްޔަތު މިނިސްޓްރީގެ މުވައްޒަފުން ބިރުވެރިކަމެއްގެ ތެރޭގައި!

12 ސެޕްޓެމްބަރު 2024
ޝާކިރު، ޔޫތު މުބާރާތްތަކުގައި ރާއްޖޭގެ އެންމެ ކާމިޔާބު ކޯޗު

ޝާކިރު، ޔޫތު މުބާރާތްތަކުގައި ރާއްޖޭގެ އެންމެ ކާމިޔާބު ކޯޗު

12 އޮކްޓޯބަރު 2022
ރައީސް ޔާމީން ހިންގެވި އާރަށުގެ ހިޔާނާތް – ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮތް ރަށް ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކުރީ ރައީސް ޔާމީން އަންގަވައިގެން

ރައީސް ޔާމީން ހިންގެވި އާރަށުގެ ހިޔާނާތް – ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮތް ރަށް ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކުރީ ރައީސް ޔާމީން އަންގަވައިގެން

11 ސެޕްޓެމްބަރު 2022
ފޮރިން މިނިސްޓްރީގެ އައު އިމާރާތް ހުޅުވި ރަސްމިއްޔާތުގައި ދިދަ ނެގީ އެންމެ ހަގު ދެ މުވައްޒަފުން

ފޮރިން މިނިސްޓްރީގެ އައު އިމާރާތް ހުޅުވި ރަސްމިއްޔާތުގައި ދިދަ ނެގީ އެންމެ ހަގު ދެ މުވައްޒަފުން

18 ޖުލައި 2021

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު