Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑޮނީޝިއާގެ ސަބްމެރީން ގެއްލުން

އިންޑޮނީޝިއާއިން ގެެއްލުނު ސަބްމެރިންގެ ބައެއް ބައިތައް ފެނިއްޖެ

25 އެޕްރީލު 2021 | އާދީއްތަ 07:42

ސަބްމެރިންގައި ތިބި މީހުން ދިރިތިއްބާ ފެނިދާނެ ކަމުގެ އުންމީދެއް ނެތް

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 25 އެޕްރީލު 2021 | އާދީއްތަ 07:42
ގެއްލުނު ސަބްމެރިން ހޯދުމުގެ މަސައްކަތަށް އަސްކަރީ މަނަވަރެއް ނައްޓާލަނީ

ގެއްލުނު ސަބްމެރިން ހޯދުމުގެ މަސައްކަތަށް އަސްކަރީ މަނަވަރެއް ނައްޓާލަނީ

އިންޑޮނީޝިއާއިން 53 މީހުންނާއެކު ގެއްލުނު ސަބްމެރިންގެ ބައިތަކެއް ކަމަށް ބެލެވޭ ބައެއް ތަކެތި ފެނިފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުންނާ ހަވާލާދީ ބައިނަލްއަގްވާމީ މީޑިއާތަކުން ބުނެފިއެވެ.

ކޭ.އާރް.އައި ނަންގަލާ ނަމަކަށް ކިޔާ މި ސަބްމެރީން ގެއްލިފައިވަނީ ކަނޑުއަޑީގެ މިސައިލުގެ ތަމްރީނެއް ކުރިއަށް ގެންދަނިކޮށެވެ. މި ސަބްމެރިންއާ ގުޅުން ކެނޑިފައިވަނީ، ބުދަ ދުވަހުގެ  ފަތިހު 4:30 ހާއިރު ކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ކުރިން ބުނެފައިވެއެވެ.

ސަބްމެރިންގެ ބައިތަކެއް ކަމަށް ބެލެވޭ ބައެއްތަކެތި އެ ސަރަހައްދުން ފެނިފައި ވާއިރު، އޭގެތެރޭގައި ހިމެނެނީ ކަނޑު އަޑީގެ މިސައިލުން ރައްކާތެރިވާން ބޭނުންކުރާނެ އާލާތްތަކާއި، ގިރިސްފުޅި އަކާއި، ނަމާދުކުރަން ބޭނުންކުރާ މުސައްލަތަކެކެވެ. މިތަކެތި ފެނުމާ ގުޅިގެން އިންޑޮނީޝިއާގެ ކަނޑުގެ ސިފައިންގެ ޗީފް އޮފިސަރު ޔުޑޯ މަރްގޯނޯ ވިދާޅުވީ، ގެއްލިފައިވާ ސަބްމެރިން، ފެތިފައިވާ ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ.

ކުރިން އިންޑޮނީޝިއާއިން ބަލާފައިވަނީ ކޭ.އާރް.އައި ނަންގަލާ ގެއްލިފައި ވާކަމަށެވެ. އެހެންނަމަވެސް ބައިތައް ފެނުމާ ގުޅިގެން، ސަބްމެރިން ކަނޑު އަޑިއަށް ފެތިފައިވާކަމަށް އިންޑޮނީޝިއާގެ ކަނޑުގެ ސިފައިން މިހާރު ވަނީ ނިންމާފައެވެ. އަދި ސަބްމެރިންގައި ތިބި މީހުން ދިރިތިއްބާ ފެނިދާނެ ކަމުގެ އުންމީދު ނެތް ކަމަށް ވަނީ ނިންމާފައެވެ.

އޮފިޝަލުން ބުނީ، 53 މީހުންނަށް ބޭނުންވާނެ އޮކްސިޖަން ހޮނިހިރު ދުވަހާ ހަމައަށް ހުސްވާނެ ކަމަށެވެ. އަދި ސަބްމެރީން ހޯދުމަށް ހެދި ސްކޭންތައް ދައްކާގޮތުން ސަބްމެރިން ވަނީ 850 މީޓަރު (2788 ފޫޓު) އަޑިއަށް ގޮސްފައި ކަމަށާއި، އެއީ ސަލާމަތްވުމުގެ ފުރުސަތު އޮތްވަރަށްވުރެ މާ އަޑި ކަމަށް އޮފިޝަލުން ބުނެއެވެ. އެ ސަބްމެރިން އަކީ 500 މީޓަރު (1640 ފޫޓު) އަޑިއަށް ދެވޭ ގޮތަށް ފަރުމާކޮށްފައިވާ ސަބްމެރިންއެކެވެ.

ސަބްމެރިން ފެތެން މެދުވެރިވި ސަބަބު މިހާތަނަށް ހޯދިފައެއް ނުވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

14 ޖޫން 2017

ފިލިޕީންސްގެ މަރާވީގެ ބޮޑުބައެއް އަސްކަރިއްޔާއިން ކޮންޓްރޯލް ކޮށްފި

14 ޖޫން 2017
ފިލިޕީންސްގެ މަރާވީގެ  ބޮޑުބައެއް އަސްކަރިއްޔާއިން ކޮންޓްރޯލް ކޮށްފި
08 ޖޫން 2017

މިޔަންމާގެ ގެއްލުނު ފްލައިޓްގެ ބައިތަކާ ބައެއް މީހުންގެ ހަށިތައް ފެނިއްޖެ

08 ޖޫން 2017
މިޔަންމާގެ ގެއްލުނު ފްލައިޓްގެ ބައިތަކާ ބައެއް މީހުންގެ ހަށިތައް ފެނިއްޖެ
07 ޖޫން 2017

އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެ ބަޑިޖަހައި ބައެއް މީހުން ޒަހަމްކޮށްލައިފި

07 ޖޫން 2017
އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެ ބަޑިޖަހައި ބައެއް މީހުން ޒަހަމްކޮށްލައިފި
02 ޖޫން 2017

މުސްލިމު ބައެއް ގައުމުތަކުން އެމެރިކާއަށް މީހުން އެތެރެވުން މަނާކުރާ ގަރާރުގެ މައްސަލައިގައި ޓްރަމްޕް ސްޕްރީމް ކޯޓަށް!

02 ޖޫން 2017
މުސްލިމު ބައެއް ގައުމުތަކުން އެމެރިކާއަށް މީހުން އެތެރެވުން މަނާކުރާ ގަރާރުގެ މައްސަލައިގައި ޓްރަމްޕް ސްޕްރީމް ކޯޓަށް!
17 މެއި 2017

އިސްލާމީ އަގީދާގެ ބައެއް އުސޫލުތަކާބެހޭ ތަޤްރީރެއް ޓްރަމްޕް ދެއްވަނީ!

17 މެއި 2017
އިސްލާމީ އަގީދާގެ ބައެއް އުސޫލުތަކާބެހޭ ތަޤްރީރެއް ޓްރަމްޕް ދެއްވަނީ!
20 އެޕްރީލު 2017

ދައުރުގެ ބޮޑު ބައެއް އޮއްވާ އަވަސް އިންތިޚާބަކަށް ބޮޑުވަޒީރު މޭ ބޭނުންފުޅުވީ ކީއްވެ؟

20 އެޕްރީލު 2017
ދައުރުގެ ބޮޑު ބައެއް އޮއްވާ އަވަސް އިންތިޚާބަކަށް ބޮޑުވަޒީރު މޭ ބޭނުންފުޅުވީ ކީއްވެ؟
13 މާރިޗު 2017

ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

13 މާރިޗު 2017
ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ
25 ފެބުރުއަރީ 2017

ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ބައެއް މީޑިއާތައް ނުވެއްދި!

25 ފެބުރުއަރީ 2017
ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ބައެއް މީޑިއާތައް ނުވެއްދި!
12 ފެބުރުއަރީ 2017

އެއަރކޯނަށް ޖެހި ސްޕްރޭއަކުން ބައެއްގެ ނޭވަޔަށް އުނދަގޫވެގެން އެއަރޕޯޓް ބަންދުކޮށްފި

12 ފެބުރުއަރީ 2017
އެއަރކޯނަށް ޖެހި ސްޕްރޭއަކުން ބައެއްގެ ނޭވަޔަށް އުނދަގޫވެގެން އެއަރޕޯޓް ބަންދުކޮށްފި
31 ޖެނުއަރީ 2017

ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

31 ޖެނުއަރީ 2017
ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް