Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

މުސްލިމު ބައެއް ގައުމުތަކުން އެމެރިކާއަށް މީހުން އެތެރެވުން މަނާކުރާ ގަރާރުގެ މައްސަލައިގައި ޓްރަމްޕް ސްޕްރީމް ކޯޓަށް!

ދެ ވަނަ ގަރާރަށް ވެސް ޝަރުއީ ދާއިރާއިން ވަނީ ފިއްތުންތަކާ ކުރިމަތިވެފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 2 ޖޫން 2017 | ހުކުރު 09:46
މުސްލިމު ބައެއް ގައުމުތަކުން އެމެރިކާއަށް މީހުން އެތެރެވުން ހުއްޓުވުމަށް ފުރަތަމަ ގަރާރެއް، ރައީސް ޓްރަމްޕް ނެރުއްވީ ޖެނުއަރީގައި

މުސްލިމު ބައެއް ގައުމުތަކުން އެމެރިކާއަށް މީހުން އެތެރެވުން ހުއްޓުވުމަށް ފުރަތަމަ ގަރާރެއް، ރައީސް ޓްރަމްޕް ނެރުއްވީ ޖެނުއަރީގައި

މުސްލިމު ބައެއް ގައުމުތަކުގެ ރައްޔިތުން އެމެރިކާ އަށް އެތެރެވުން މަނާކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި ނިންމެވުން އަލުން އިއާދަކޮށްދިނުމަށް އެދި ވައިޓް ހައުސް އިން ސްޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

ރައީސް ޓްރަމްްޕް ނިންމެވި ނިންމެވުން އެެމެރިކާގެ ދަށުކޯޓުތަކުން ހުއްޓުވާފައި ވަނީ އެއީ "ތަފާތު ކުރުން" ހިމެނޭ ނިންމެވުމެއް ކަމަށް ބުނެއެވެ. ރައީސް ޓްރަމްޕްގެ ނިންމެވުމަށް ވަނީ އެމެރިކާގެ އެތެރެއިންނާއި އަދި ބޭރުން ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައެވެ.

ރައީސް ޓްރަމްޕްގެ އަމުރު ދެމެހެއްޓުމަށް ސަރުކާރުން ސްޕްރީމް ކޯޓަށް ހުށަހެޅި ހުށަހެޅުމާ ބެހޭ ގޮތުން ޖަސްޓިސް ޑިޕާޓްމަންޓްގެ ތަރުޖަމާނު ސާރާ އިސްގާރް ފްލޮރެސް ވިދާޅުވީ ސަރުކާރުން ގަބޫލުކުރާ ގޮތުން ރައީސް ޓްރަމްޕްގެ އަމުރަކީ އެމަނިކުފާނަށް ލިބިދޭ ގާނޫނީ ބާރުގެތެރެއިން ގައުމުގެ ސަލާމަތާއި އަދި ޓެރަރިޒަމްގެ ނުރައްކަލުން މުޖުތަމައު ސަލާމަތް ކުުރުމަށްޓަކައި ނިންމެވި ނިންމުމެއް ކަމަށެވެ.

މުސްލިމު ބައެއް ގައުމުތަކުން އެމެރިކާ އަށް މީހުން އެތެރެ ނުވެވޭ ގޮތަށް އެންމެ ފުރަތަމަ ގަރާރެއް ނެރުއްވީ މިއަހަރުގެ ޖެނުއަރީގައެވެ. އެހެންނަމަވެސް އެ ގަަރާރަށްވެސް ޝަރުއީ ދާއިރާ އިން ބޮޑެތި ފިއްތުންތަކެއް ކުރިމަތިވިއެވެ. އެއަށް ފަހު އަލުން އެ ގަރާރު މުރާޖައާ ކުރެއްވުމަށް ފަހު މާޗްގައި އާ ގަރާރެއް ނެރުއްވީއެވެ. އެހެން ނަމަވެސް އެގަރާރަށް ވެސް މި ވަނީ ޝަރުއީ ދާއިރާގެ ގޮންޖެހުންތަކާ ކުރިމަތިވެފައެެެެވެ.

މުސްލިމު ބައެއް ގައުމުތަކުގެ ރައްޔިތުން އެމެރިކާ އަށް އެތެރެވުން މަނާކުރުމަށް ރައީސް ޓްރަމްޕް އެންމެ ފުރަތަމަ ނެރުއްވި ގަރާރުގައި މުސްލިމު ހަތް ގައުމެއްގެ ރައްޔިތުން އެމެރިކާ އަށް އެތެެރެވުން މަނާކުރިއެވެ. އެއީ އިރާން، އިރާގް، ސީރިޔާ، ޔަމަން، ސޯމާލިއާ، ސޫދާން އަދި ލީބިޔާ އެވެ. އަދި މިގައުމުތަކުގެ ރައްޔިތުން 90 ދުވަހަށް އެތެރެ ނުވެވޭނެ ކަމަށް ގަރާރުގައި ވާއިރު މި ގައުމުތަކުގެ ރައްޔިތުންނަށް ރެފިއުޖީންގެ ގޮތުގައި އެމެރިކާގައި ވަޒަންވެރިވުން 120 ދުވަހަށް ވަނީ މަނާކުރެވިފައެވެ. އަދި ސީރިޔާ ރެފިއުޖީން ވަނީ މުއްދަތެއް ނެތް ގޮތަށް އެމެރިކާ އަށް އައުން މަނާ ކުރެވިފައެވެ. ފަހުން މުރާޖައާ ކޮށްފައި ނެރުއްވި ގަރާރުގައި ވަނީ ދެކަމެއް ބަދަލު ކުރެވިފައެވެ. އެއީ އިރާގުގެ ނަން ލިސްޓުން އުނިކުރުމެވެ. އަދި ސީރިޔާ ރެފިއުޖީން މުއްދަތެއް ނެތް ގޮތަށް އެމެރިކާ އަށް އައުން މަނާކުރެވިފައިވާ ވުން އުވާލުމެވެ. އިރާގު ނަން ލިސްޓުން އުނިކޮށްފައި ވަނީ އިރާގުން އެމެރިކާއާ ގުޅިގެން އިތުރަށް ކަންކަން ކުރާނެ ކަމަށް އެއްބަސްވުމުންނެވެ.

މުރާޖައާ ކުރެއްވުމަށް ފަހު ރައީސް ޓްްރަމްޕް ނެރުއްވި އަމުުރު މެރީލޭންޑްގެ ޖަޖަކު ވަނީ ހުއްޓުވާފައެވެ. އަދި މެއި މަހުގެ 25 ވަނަ ދުވަހު ވާޖީނިއާގެ ރިޗްމަންޑްގެ ފޯތު ޔޫއެސް ސާކިޓް ކޯޓް އޮފް އެޕީލްސް އިން ވަނީ މެރީލޭންޑްގެ ޖަޖު ނިންމެވި ނިންމެވުން ދަމަހައްޓާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މުސްލިމުން އެތެރެވުން މަނާކުރުމަކީ ތަފަތުކުރުމެއްތޯ ފަނޑިޔާރު ސުވާލުކުރައްވައިފި

މުސްލިމުން އެތެރެވުން މަނާކުރުމަކީ ތަފަތުކުރުމެއްތޯ ފަނޑިޔާރު ސުވާލުކުރައްވައިފި

08 ފެބުރުއަރީ 2017
މުސްލިމް ޤައުމުތަކުން އެމެރިކާއަށް އެރުން ހުއްދަކުރި ހުކުމް އިސްތިއުނާފް ކޮށްފި

މުސްލިމް ޤައުމުތަކުން އެމެރިކާއަށް އެރުން ހުއްދަކުރި ހުކުމް އިސްތިއުނާފް ކޮށްފި

07 ފެބުރުއަރީ 2017
މުސްލިމުންނަށް އެމެރިކާއަށް ވަދެވޭގޮތް ހަދައިފި

މުސްލިމުންނަށް އެމެރިކާއަށް ވަދެވޭގޮތް ހަދައިފި

05 ފެބުރުއަރީ 2017
މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި

މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި

04 ފެބުރުއަރީ 2017
ކެނެޑާގެ މުސްލިމުން ތިބީ ބިރުގެންފައި އަދި ހިތްތައް ވަނީ ކުދިކުދި ވެފައި: ނެޝަނަލް ކައުންސިލް އޮފް ކެނޭޑިއަން މުސްލިމްސް

ކެނެޑާގެ މުސްލިމުން ތިބީ ބިރުގެންފައި އަދި ހިތްތައް ވަނީ ކުދިކުދި ވެފައި: ނެޝަނަލް ކައުންސިލް އޮފް ކެނޭޑިއަން މުސްލިމްސް

04 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު