Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފިލިޕީންސްގެ ކުއްލިހާލަތު

ފިލިޕީންސްގެ މަރާވީގެ ބޮޑުބައެއް އަސްކަރިއްޔާއިން ކޮންޓްރޯލް ކޮށްފި

ހަނގުރާމަވެރިންގެ ހަމަލާތައް ފަށާފައިވަނީ މެއި މަހުގެ 23 ވަނަ ދުވަހު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 14 ޖޫން 2017 | ބުދަ 04:50
މަރާވީ ސިޓީގައި ހަނގުރާމަވެރިންނާ ދެކޮޅަށް ހިންގާ އޮޕަރޭޝަނުގައި އެ ގައުމުން ވަނީ އެމެރިކާ ސިފައިންގެ އެހީ ހޯދާފަ

މަރާވީ ސިޓީގައި ހަނގުރާމަވެރިންނާ ދެކޮޅަށް ހިންގާ އޮޕަރޭޝަނުގައި އެ ގައުމުން ވަނީ އެމެރިކާ ސިފައިންގެ އެހީ ހޯދާފަ

ފިލިޕީންސްގައި އައިއެސްއާ ބައިއަތު ހިފަން ވައުދުވެ ހަނގުރާމަ ކުރަމުންދާ ހަނގުރާމަވެރި ގްރޫޕްގެ އަތްދަށަށް ގެންދިޔަ މަރާވީ ސިޓީގެ 80 އިންސައްތަ ފިލިޕީންސްގެ އަސްކަރިއްޔާގެ ކޮންޓްރޯލުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އަސްކަރިއްޔާއިން ބުނެފިއެވެ.

މަރާވީގެ ބޮޑު ސަރަހައްދެއް ހަނގުރާމަވެރިންގެ އަތްދަށް ގެންދިއަތާ މިހާރުވަނީ ތިން ހަފްތާވެފައެވެ.

ސަރުކާރުގެ ވެރިން ވިދާޅުވަނީ އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ހަނގުރާމަވެރިންނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ތާށިވެފައިވާ އެތައް ސަތޭކަ އާއްމުން ސަލާމަތް ކޮށްދިނުމަށްކަމަށެވެ.

ނަމަވެސް މާޝަލް ލޯ ތަންފީޒު ކުރަން ފަށާފައިވާ އެ ސަރަހައްދުގައި ސިފައިންގެ ކަންކަން ހުރި ގޮތާ މެދު އާއްމުންދަނީ ސުވާލު އުފައްދަމުންނެވެ.

މެއި މަހުގެ 23 ވަނަ ދުވަހު ހަނގުރާމަވެރިން ފެށި ހަމަލާތަކުގައި ކްރިސްޓިއަނުންގެ ފައްޅިތަކާއި ސިޓީ ޖަލު އަދި ދެ ސްކޫލެއްގައި ހުޅުޖަހައި މައި ދެ މަގާއި ސިޓީއަށް ދާން އޮންނަ ދެ ބްރިޖް ހިސާރުކޮށްފައިވެއެވެ

ފިލިޕީންސްގެ ދެކުނުގެ ރަށެއް ކަމަށްވާ މިންޑަނާއޯގައި 100 ވަރަކަށް މުސްލިމް ހަނގުރާމަވެރިންނާއި ސަރުކާރުގެ ފައުޖުތަކާއެކު ބަޑީގެ ހަމަލާތަކެއް ބަދަލުކުރުމަށް ފަހު މައި ސިޓީ، މަރާވީ ހަނގުރާމަވެރިންގެ އަތްދަށަށް ގެންދިއުމުން ރައީސް ރޮޑްރިގޯ ޑުޓާޓޭވަނީ އެ ރަށުގައި މާޝަލް ލޯ ތަންފީޒު ކުރައްވަން ފައްޓަވާފައެވެ.

އެ ސިޓީއަކީ 200،000 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ސިޓީއެއްކަމަށްވާއިރު އެއީ މުސްލިމުންގެ އަދަދު ގިނަ ސިޓީއެކެވެ.

މާޝަލް ލޯގެ ދަށުން އަސްކަރިއްޔާއިން މީހުން ހިފާ ހައްޔަރުކޮށް، ދައުވާއެއް ނުކޮށް ދިގު މުއްދަތެއް ވަންދެން ހައްޔަރުކޮށްފައި ބޭތިއްބުގެ ފުރުސަތު ލިބިގެންދާނެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސީރިޔާގެ ހޮމްސް ސަރުކާރު ސިފައިންގެ ކޮންޓްރޯލްގެ އަތްދަށަށް ގެނެސްފި

ސީރިޔާގެ ހޮމްސް ސަރުކާރު ސިފައިންގެ ކޮންޓްރޯލްގެ އަތްދަށަށް ގެނެސްފި

22 މެއި 2017
"ދޮންކޭލާ، ރަލާ، ގެދޮރުގެ ވިޔަފާރި ކޮންޓްރޯލް ކުރީ އަހަރުމެން، ކޮރަޕްޝަނަށް މަޢާފަށް އެދެން"

"ދޮންކޭލާ، ރަލާ، ގެދޮރުގެ ވިޔަފާރި ކޮންޓްރޯލް ކުރީ އަހަރުމެން، ކޮރަޕްޝަނަށް މަޢާފަށް އެދެން"

20 މެއި 2017
އައިއެސްގެ ކޮންޓްރޯލް އޮންނަ ވައިގެ ބޭސްްއެއް އެމެރިކާ އިން މަދަދުދޭ ސީރިޔާ ހަނގުރާމަވެރިން ހިފައިފި

އައިއެސްގެ ކޮންޓްރޯލް އޮންނަ ވައިގެ ބޭސްްއެއް އެމެރިކާ އިން މަދަދުދޭ ސީރިޔާ ހަނގުރާމަވެރިން ހިފައިފި

27 މާރިޗު 2017
މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް

މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް

25 މާރިޗު 2017
ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއިން މަރުގެ ހުކުމް ތަންފީޒުކުރަން ފާސްކޮށްފި

ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއިން މަރުގެ ހުކުމް ތަންފީޒުކުރަން ފާސްކޮށްފި

08 މާރިޗު 2017

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު