Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ1 ބިލިއަން ޑޯޒް ވެކްސިން ޖެހުން

މުޅި ދުނިޔޭގައި 1 ބިލިއަން ޑޯޒްގެ ވެކްސިން ޖަހައިފި

25 އެޕްރީލު 2021 | އާދީއްތަ 03:37

އާބާދީގެ 50 އިންސައްތައަށްވުރެ ގިނައިން ވެކްސިން ޖަހާފައިވަނީ 3 ގައުމެއްގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 25 އެޕްރީލު 2021 | އާދީއްތަ 03:37
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ

ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ

ކޮވިޑްގެ ވެކްސިން ޖަހަން ފެށިތާ 5 މަސް ދުވަހުގެ ތެރޭގައި މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 1 ބިލިއަން ޑޯޒްގެ ވެކްސިން ޖަހާފައިވާ ކަމަށް އޭއެފްޕީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މުޅި ދުނިޔޭގައި 1،002،938،540 (އެއް ބިލިއަން ދެ މިލިއަން ނުވަލައްކަ ތިރީސް އަށްހާސް ފައްސަތޭކަ ސާޅީސް) ޑޯޒް 207 ގައުމެއްގައި ވަނީ ޖަހާފައެވެ. މީގެ ތެރެއިން އެންމެ ގިނައިން ވެކްސިން ޖަހާފައިވަނީ 3 ގައުމެއްގައެވެ. އޭގެ ތެރޭގައި ހިމެނެނީ އެމެރިކާ 225.6 މިލިއަން ޑޯޒް، ޗައިނާ 216.1 މިލިއަން އަދި އިންޑިއާގައި 138.4 މިލިއަން ޑޯޒެވެ.

އާބާދީގެ އެންމެ ގިނަ ބަޔަކަށް ވެކްސިން ޖަހާފައިވަނީ އިސްރާއިލުންނެވެ. އިސްރާއިލުގެ ކޮންމެ 10 މީހެއްގެ ތެރެއިން 6 މީހަކަށް ވަނީ ވެކްސިން ދީފައެވެ. މީގެ އިތުރުން ޔޫއޭއީގައި 51 އިންސައްތަ މީހުންނަށް 1 ޑޯޒް ޖަހާފައިވާ އިރު، ޔޫކޭގައި 49 އިންސައްތަ، އެމެރިކާގައި 42 އިންސައްތަ، ޗިލީގައި 41 އިންސައްތަ އަދި ބަހުރައިންގައި 38 އިންސައްތަ މީހުން ވެކްސިން ޖަހާފައިވާ އިރު، އުރުގުއޭގައި 32 އިންސައްތަ މީހުން ވަނީ ވެކްސިން ޖަހާފައެވެ.

ޔޫރަޕްގައި 21 އިންސައްތަ އާބާދީއަށް 128 މިލިއަން ޑޯޒްގެ ވެކްސިން ވަނީ ދީފައެވެ. މޯލްޓާގައި 47 އިންސައްތަ މީހުންނަށް ވެކްސިން ޖަހާފައިވާ އިރު، ހަންގޭރީގައި 37 އިންސައްތަ މީހުންނަށް ވަނީ ވެކްސިން ޖަހާފައިވެއެވެ.

ފާއިތުވި އެއް މަސްތެރޭގައި މުޅި ދުނިޔޭގައި ވެކްސިން ޖަހަމުން އަންނަ މީހުންގެ އަދަދު ވަނީ ދެގުނަ އިތުރުވެފައެވެ. އަދި ވެކްސިން ޖަހަމުން އަންނަ ބާރުމިން ވެސް ވަނީ އިތުރުކޮށްފައެވެ. މީގެ އިތުރުން ފަގީރު ގައުމުތަކުން ވެސް އަންނަނީ މަޑުމަޑުން ވެކްސިން ޖެހުމުގެ ކަންކަން ފަށަމުންނެވެ. އެގައުމުތަކުގައި ވެކްސިން ޖަހަން ފަށާފައިވަނި ކޮވެކްސް ޕްރޮގްރާމްގެ އެހީތެރިކަމާއެކުގައެވެ.

12 ގައުމެއްގައި އަދިވެސް ވެކްސިން ދޭން ފަށާފައެއް ނުވެއެވެ. މީގެ ތެރޭފައި އެފްރިކާގެ ގައުމުތަކެއް ކަމުގައިވާ، ޓެންޒޭނިއާ، މަޑަގަސްކަރަ، ބުރުކީނާ ފާސޯ އަދި ޗާޑް ހިމެނޭ އިރު، ބުރުންޑީ، ސެންޓްރަލް އެފްރިކަން ރިޕަބްލިކް އަދި އެރީތުރިއާ ވެސް ހިމެނެއެވެ. އޯޝޭނިއާގެ ގައުމުތަކުގެ ތެރެއިން ވަނުއާޓޫ، ސެމޯއާ އަދި ކިރިބަސް ހިމެނެއެވެ. އޭޝިއާގެ ގައުމުގެ ތަކުގެ ތެރެއިން އުތުރުކޮރެއާ އަދި ކެރިބިއަންގެ ގައުމުތަކުގެ ތެރެއިން ހައިޓީގައި ވެކްސިން ޖަހަން ފަށާފައި ނުވެއެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ވެކްސިން އުފައްދައި ބޭނުން ކުރަން ފަށާފައިވާއިރު، ބޭނުންކުރަމުން އަންނަ ވެކްސިނުގެ ތެރެއިން އެންމެ ގިނައިން ބޭނުންކޮށްފައިވަނީ އެސްޓްރަޒެނިކާ އަދި އޮކްސްފޯޑް ޔުނިވަރސިޓީން އުފައްދާފައިވާ ވެކްސިނެވެ. އެގޮތުން 156 ގައުމެއްގައި މި ވެކްސިން އަންނަނީ ބޭނުންކުރަމުންނެވެ. ފައިޒާ އަދި ބައޯއެންޓެކްގެ ވެކްސިން 91 ގައުމެއްގައި ބޭނުން ކުރަމުން އަންނަ އިރު، މޮޑާނާގެ ވެކްސިން ޖަހަމުން އަންނަނީ 46 ގައުމެއްގައެވެ.

ޗައިނާގެ ސިނޮފަރމް ވެކްސިން 41 ގައުމެއްގައި ބޭނުން ކުރަމުން އަންނަ އިރު، ރަޝިއާގެ ސްޕަޓްނިކް ވީ 32 ގައުމެއްގައި ބޭނުން ކުރަމުންދެއެވެ. ސިނޮވެކް ވެކްސިން ބޭނުން ކުރަމުން އަންނަނީ 21 އިންސައްތައާއި 10 އިންސައްތައާއި ދެމެދުގެ ގައުމުތަކެއްގައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

21 މެއި 2017

ޓްރަމްޕްގެ ސައުދީ ދަތުރުފުޅު: ފުރަތަމަ ދުވަހު 280 ބިލިއަން ޑޮލަރުގެ ވިޔަފާރި އެއްބަސްވުން!

21 މެއި 2017
ޓްރަމްޕްގެ ސައުދީ ދަތުރުފުޅު: ފުރަތަމަ ދުވަހު 280 ބިލިއަން ޑޮލަރުގެ ވިޔަފާރި އެއްބަސްވުން!
14 މެއި 2017

އެމެރިކާ އިން ސައުދީއަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ

14 މެއި 2017
އެމެރިކާ އިން ސައުދީއަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ
19 އެޕްރީލު 2017

ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން

19 އެޕްރީލު 2017
ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން
05 އެޕްރީލު 2017

ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ

05 އެޕްރީލު 2017
ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ
28 މާރިޗު 2017

ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ

28 މާރިޗު 2017
 ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ
13 މާރިޗު 2017

ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

13 މާރިޗު 2017
ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ
27 ފެބުރުއަރީ 2017

އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި

27 ފެބުރުއަރީ 2017
އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި
27 ފެބުރުއަރީ 2017

ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

27 ފެބުރުއަރީ 2017
ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ
20 ފެބުރުއަރީ 2017

އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ

20 ފެބުރުއަރީ 2017
އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ
18 ފެބުރުއަރީ 2017

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް