Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޑޮނީޝިއާގެ ސަބްމެރީން ގެއްލުން

53 މީހުންނާއެކު އިންޑޮނީޝިއާގެ ސަބްމެރީނެއް ގެއްލިއްޖެ

22 އެޕްރީލު 2021 | ބުރާސްފަތި 03:15

ސަބްމެރީނާ ގުޅުން ކެނޑިފައިވަނީ ބުދަ ދުވަހުގެ ފަތިހު ކަމަށް ޑިފެންސް މިނިސްޓްރީން މައުލޫމާތުދޭ

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 22 އެޕްރީލު 2021 | ބުރާސްފަތި 03:15
ގެއްލުނު ކޭ.އާރް.އައި ނަންގަލަ 402

ގެއްލުނު ކޭ.އާރް.އައި ނަންގަލަ 402

ބާލީގެ އުތުރު ސަރަހައްދަކަށް 53 މީހުނާއެކު އިންޑޮނީޝިއާގެ ސަބްމެރީނެއް ގެއްލިއްޖެއެވެ.

އެގައުމުގެ ކަނޑުގެ ސިފައިން މިހާރު ގެންދަނީ، ކަނޑުގެ މަގުންނާއި ވައިގެ މަގުން ސަބްމެރީން ހޯދުމުގައި ހަރަކާތްތެރިވަމުންނެވެ. މި މަސައްކަތުގައި އަވައްޓެރި އޮސްޓްރޭލިއާ އާއި ސިންގަޕޫރުގެ އެހީތެރިކަމަށް ވެސް މިހާރު ވަނީ އެދިފައެވެ.

Advertisement - newsAdvertisement

އިންޑޮނީޝިއާގެ ކަނޑުގެ ސިފައިންނާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކޭ.އާރް.އައި ނަންގަލާ ނަމަކަށް ކިޔާ މި ސަބްމެރީން ގެއްލިފައިވަނީ ހަތިޔާރުގެ ތަމްރީނެއް ކުރިއަށް ގެންދަނިކޮށެވެ.

މިކަމާ ގުޅިގެން އިންޑޮނީޝިއާގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ވާގޮތުން، ބާލީއާއި ގާތްގަނޑަކަށް 60 މޭލު ބޭރުން ގެއްލިފައިވާ މި ސަބްމެރީނާއި އޭގައި ތިބި މީހުން ހޯދުމުގެ މަސައްކަތް ކެނޑިނޭޅި ގެންދަނީ ކުރަމުންނެވެ. މިމަސައްކަތުގައި އަވައްޓެރި ގައުމުތަކުގެ އެހީތެރިކަމަށް އެދި ކުރެވުނު މަސައްކަތަށް، އޮސްޓްރޭލިއާއި ސިންގަޕޫރުގެ އިތުރުން އިންޑިއާގެ ފަރާތުން މިހާރު ޖަވާބެއް ލިބިފައި ވާކަމަށް ބުނެފައިވެއެވެ.

އިންޑޮނީޝިއާގެ ޑިފެންސް މިނިސްޓްރީން ބުނީ، ކަނޑު ދަތުރުކުރާ ގިނަ އަދަދެއްގެ އުޅަނދުފަހަރު، ސަބްމެރީން ހޯދުމުގެ މަސައްކަތުގައި ބޭނުންކުރަމުން ދާކަމަށެވެ. އޭގެތެރޭގައި ހައިޑްރޯ ގްރެފިކް ސާވޭ ޝިޕެއް ހިމެނޭކަން ވެސް އެ މިނިސްޓްރީން ފާހަގަކުރެއެވެ.

މި ސަބްމެރީނާ ގުޅުން ކެނޑިފައިވަނީ، ބުދަ ދުވަހުގެ  ފަތިހު 4:30 ހާއިރު ކަމަށް ޑިފެންސް މިނިސްޓްރީން މައުލޫމާތުދެއެވެ.

ސަބްމެރިން 600 ނުވަތަ 700 މީޓަރު އަޑިއަށް ފެތިފައިވާ ކަމަށް ލަފާކުރެވޭ ކަމަށް ސިފައިންގެ އޮފިސަރަކާއި ހަވާލާދީ ސީއެންއެން-އިންޑޮނީޝިއާ ބުނެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

10 ޖުލައި 2017

ސަރުކާރުގެ މެޖޯރިޓީ ގެއްލިއްޖެ ކަމަށް ނިހާން ގަބޫލުކުރައްވައިފި

10 ޖުލައި 2017
ސަރުކާރުގެ މެޖޯރިޓީ ގެއްލިއްޖެ ކަމަށް ނިހާން ގަބޫލުކުރައްވައިފި
10 ޖުލައި 2017

ސަރުކާރު ހިންގާ ޕީޕީއެމް އަށް މަޖިލީހުގެ މެޖޯރިޓީ ގެއްލިއްޖެ

10 ޖުލައި 2017
ސަރުކާރު ހިންގާ ޕީޕީއެމް އަށް މަޖިލީހުގެ މެޖޯރިޓީ ގެއްލިއްޖެ
03 ޖުލައި 2017

މަޖިލީހުގެ މެޖޯރިޓީ  ރައީސް ޔާމީނަށް ގެއްލިއްޖެ، އިސްތިއުފާ ދެއްވާ: ނަޝީދު

03 ޖުލައި 2017
މަޖިލީހުގެ މެޖޯރިޓީ  ރައީސް ޔާމީނަށް ގެއްލިއްޖެ، އިސްތިއުފާ ދެއްވާ: ނަޝީދު
03 ޖުލައި 2017

ރައީސް ޔާމީނަށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލިއްޖެ: ގުޅިފައިވާ ޕާޓީތައް

03 ޖުލައި 2017
ރައީސް ޔާމީނަށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލިއްޖެ: ގުޅިފައިވާ ޕާޓީތައް
04 ޖޫން 2017

ޑިންގީއެއް ބަންޑުން ޖަހާލައި އެކަކު ގެއްލިއްޖެ

04 ޖޫން 2017
ޑިންގީއެއް ބަންޑުން ޖަހާލައި އެކަކު ގެއްލިއްޖެ
18 މެއި 2017

ތުލުސްދޫން 6 މީހުންނާއެކު ފުރި ކޮޅުވެއްޓިއެއް ގެއްލިގެން ހޯދަން ފަށައިފި

18 މެއި 2017
ތުލުސްދޫން 6 މީހުންނާއެކު ފުރި ކޮޅުވެއްޓިއެއް ގެއްލިގެން ހޯދަން ފަށައިފި
15 މެއި 2017

ރައީސް ޔާމީނަށް މެޖޯރިޓީ ގެއްލިއްޖެ، މިނިވަން މުއައްސަސާތަކުން މިނިވަންކަމާއެކު ބާރަށް ކުރިއަށް ދާންވީ:މުސްތަފާ

15 މެއި 2017
ރައީސް ޔާމީނަށް މެޖޯރިޓީ ގެއްލިއްޖެ، މިނިވަން މުއައްސަސާތަކުން މިނިވަންކަމާއެކު ބާރަށް ކުރިއަށް ދާންވީ:މުސްތަފާ
03 އެޕްރީލު 2017

ރައުދާގެ އިންސްޓަގްރާމް އެކައުންޓް ގެއްލިއްޖެ

03 އެޕްރީލު 2017
ރައުދާގެ އިންސްޓަގްރާމް އެކައުންޓް ގެއްލިއްޖެ
13 ފެބުރުއަރީ 2017

ހަތަރު މީހުންނާއެކު ދަތުރު ކުރަމުންދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފި

13 ފެބުރުއަރީ 2017
ހަތަރު މީހުންނާއެކު ދަތުރު ކުރަމުންދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފި
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް