Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީޕީއެމް

ސަރުކާރު ހިންގާ ޕީޕީއެމް އަށް މަޖިލީހުގެ މެޖޯރިޓީ ގެއްލިއްޖެ

10 ޖުލައި 2017 | ހޯމަ 11:04

ޕީޕީއެމް އަށް މަޖިލޫހުގެ މެޖޯރިޓީ ގެއްލުނީ ގިނަ އަދަދެއްގެ މެމްބަރުން ޕީޕީއެމް އިން އިސްތިއުފާ ދެއްވުމުން

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 10 ޖުލައި 2017 | ހޯމަ 11:04
ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ސަރުކާރު ހިންގާ ޕީޕީއެމް/އެމްޑީއޭ ކޯލިޝަނަށް އަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ގެއްލިއްޖެއެވެ.

ސަރުކާރު ހިންގާ ޕީޕީއެމް އަށް ރައްޔިތުންގެ މަޖިލޫހުގެ މެޖޯރިޓީ ގެއްލިފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއި ކުރެއްވި ޕީޕީއެމްގެ މެމްބަރުން އެ ޕާޓީން އިސްތިއުފާ ދެއްވަމުންނެވެ.

Advertisement - newsAdvertisement

ޕީޕީއެމްގެ ގިނަ އަދަދެއްގެ މެމްބަރުން އެ ޕާޓީން ވެކިވެފައި މިވަނީ މަޖިލީހުގެ މެމްބަރަކު ޕާޓީން ވަކިވެއްޖެ ނަމަ އަދި ސިޔާސީ ޕާޓީއަކުން ވަކިކޮށްފި ނަމަ ރައްޔިތުންގެ މަޖިލީހުގައި އެ މެމްބަރަކު ތަމްސީލް ކުރައްވާ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނިކޮށެވެ.

މަޖިލީހުގެ ވެބްސައިޓުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގައި މިހާރު ޕާޓީތަކުން މެމްބަރުން ތަމްސީލް ކުރާ ގޮތަށް ބަލާއިރު ސަރުކާރު ހިންގާ ޕީޕީއެމްގައި ތިއްބެވީ 48 މެމްބަރުންނެވެ. އަދި ކޯލިޝަން ޕާޓީ އެމްޑީއޭގައި ތިއްބެވީ ހަ މެމްބަރުންނެވެ. އެހެން ކަމުން ސަރުކާރު ކޯލީޝަންގައި މިހާތަނަށް މަޖިލީހުގެ 54 މެމްބަރުން ތިއްބެވިއެވެ.

އިދިކޮޅު އެމްޑީޕީގައި 21 މެމްބަރުން ތިއްބަވާއިރު ޖުމްހޫރީ ޕާޓީގައި ތިއްބަވަނީ ހަތް މެމްބަރުންނެވެ. އަދި އަދާލަތު ޕާޓީގެ އެއް މެމްބަރަކު މަޖިލީހުގައި ހިމެނިވަޑައިގަންނަވާއިރު މިނިވަން ދެ މެމްބަރުން ހިމެނިވަޑައިގަންނަވައެވެ. އެހެން ކަމުން އިދިކޮޅު މެމްބަރުންގެ ގޮތުގައި މިހާތަނަށް މަޖިލީހުގައި ތިއްބެވީ 29 މެމްބަރުންނެވެ.

ނަމަވެސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އާއި މަޖިލީހުގެ މެމްބަރުންގެ ގޮޑި ގެއްލޭ ގޮތަށް ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އާއި އަދި ޕީޕީއެމް ކޯލިޝަން ތެރޭގައި އުފެދުނު މައްސަލަތަކާ ގުޅިގެން ގިނަ އަދަދެއްގެ މެންބަރުން އިދިކޮޅާ ގުޅުމުން ސަރުކާރު ކޯލިޝަނަށް ވަނީ މަޖިލީހުގެ މެޖޯރިޓީ ގެއްލިފައެވެ.

އެގޮތުން މިހާރު ޕީޕީއެމް އިން މިހާތަނަށް 14 މެމްބަރަކު އިސްތިއުފާ ދެއްވާފައިވާއިރު ކޯލީޝަން ޕާޓީ އެމްޑީއޭ އިން ވަނީ އެއް މެމްބަރަކު އިސްތިއުފާ ދެއްވާފައެވެ. އެހެންކަމުން މިހާރު ޕީޕީއެމް ކޯލިޝަންގައި ޖުމްލަ ތިއްބެވީ 40 މެމްބަރުންނެވެ.

ސަރުކާރު ހިންގާ ޕީޕީއެމް އިން 14 މެމްބަރުން އިސްތިއުފާ ދެއްވުމުން އިދިކޮޅުފަރާތްތަކުގެ މެމްބަރުންގެ އަދަދު މިހާރު ވަނީ 44 އަރާފައެވެ.

މަސީހުގެ އިތުބާރުގެ ނެތްކަމުގެ މައްސަލައާއި ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން ޕީޕީއެމް ކޯލިޝަނުން އިސްތިއުފާ ދެއްވި މެމްބަރުންނާއި ވަކިކުރެއްވި މެމްބަރުންނަކީ

  1. މައްޗަަންގޮޅި ދެކުނު ދާއިރާ، އަބްދުﷲ ސިނާން
  2. އިހަވަންދޫ ދާއިރާ، މުހައްމަދު އަބްދުﷲ
  3. ދިއްދޫ ދާއިރާ، އަބްދުލް ލަތީފް މުހައްމަދު
  4. ހަނިމާދޫ ދާއިރާ، ހުސައިން ޝަހުދީ
  5. މަޑުއްވަރީ ދާއިރާ، މުހައްމަދު އަމީތު
  6. ތުލުސްދޫ ދާއިރާ، މުހައްމަދު ވަހީދު އިބްރާހީމް
  7. ދަނގެތި ދާއިރާ، އިލްހާމް އަހްމަދު
  8. ދިއްގަރު ދާއިރާ، އަހްމަދު ފާރިސް
  9. ތިމަރަފުށީ ދާއިރާ، މުހައްމަދު މުސްތަފާ
  10. ވިލިނގިލީ ދާއިރާ، ސައުދު ހުސައިން
  11. ތިނަދޫ އުތުރު ދާއިރާ، ސައުދުﷲ ހިލްމީ
  12. ތިނަދޫ ދެކުނު ދާިއރާ، އަބްދުﷲ އަހްމަދު
  13. ގަލޮޅު ދެކުނު ދާއިރާ، އަހްމަދު މަހްލޫފް
  14. ނޮޅިވަރަމް ދާއިރާ، ހުސައިން އަރީފް (އެމްޑީއޭ)
  15. މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް

ޕީޕީއެމް އާއި އެމްޑީއޭ ކޯލިޝަނުން 15 މެންބަރަކު ވަކިވެފައިވާ އިރު މަޖިލީހުގެ ރައީސް މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް އިދިކޮޅު ފަރާތްތަކުން ހުށަހެޅި ލިސްޓްގައި 45 މެންބަރަކު ސޮއިކުރައްވާފައި ވެއެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ 11 މެންބަރަކު ސޮއިކުރައްވާފައިވާ އިރު އެމްޑީޕީގެ މެންބަރެއް ކަމަށްވާ ކޮމަންޑޫ ދާއިރާގެ މެންބަރު އަހްމަދު ނާޝިދު ސޮއެއް ނުކުރައްވައެވެ. ސޮއިކުރެއްވި މެންބަރުންގެ ތެރެއިން އިސްދޫ ދާއިރާގެ މެންބަރު ގާރީ އަހްމަދު ރަޝީދު ފިޔަވައި އެހެން އެއްވެސް މެންބަރަކު އެކަމާ ދެކޮޅަށް ވާހަކަ ދައްކަވާފައެއް ނުވެއެވެ. ނަމަވެސް މި މެންބަރުންގެ ތެރެއިން މިހާތަނަށް ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހް ޕާޓީން ވަކިވިކަން އިއުލާންކުރައްވާފައެއް ނުވެއެވެ.

އިދިކޮޅު ފަރާތްތަކުން ކޯލިޝަން ހަދައިފި ނަމަ އަހްމަދު ނިހާން ހުސައިން މަނިކަށް މެޖޯރިޓީ ލީޑަރުކަން ވެސް ގެއްލޭނެއެވެ. ނިހާން ވަނީ އެކަން ގަބޫލުކުރައްވައި ޓްވީޓް ވެސް ކުރައްވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް