Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 އެމެރިކާގެ ހާލަތު

މެއި މަހުގެ މެދަކާ ހިސާބަށް ދާއިރު އެމެރިކާގައި ކޮވިޑްގައި މަރުވާ މީހުންގެ އަދަދު 590،000ށް އަރާނެ ކަމަށް ލަފާކޮށްފި

21 އެޕްރީލު 2021 | ބުދަ 18:56

މެއި މަހުގެ 15 ވަނަ ދުވަހާ ހަމައަށް 579،000 އާއި 596،000 ދެމެދުގެ އަދަދަކަށް ކޮވިޑްގައި މަރުވާ މީހުންގެ އަދަދު އަރާނެ ކަމަށް ވަނީ ލަފާކޮށްފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 21 އެޕްރީލު 2021 | ބުދަ 18:56
އެމެރިކާގައި މަރުވި މީހުން ވަޅުލުމުގެ މަސައްކަތް ކުރަނީ

އެމެރިކާގައި މަރުވި މީހުން ވަޅުލުމުގެ މަސައްކަތް ކުރަނީ

ކޮވިޑްގެ ހާލަތު އެންމެ ގޯސް އެއް ގައުމުކަމުގައިވާ އެމެރިކާގައި މެއި މަހުގެ މެދަކާ ހިސާބަށް ދާއިރު 596،000 މީހުން މަރުވާނެ ކަމަށް އެގައުމުގެ ސެންޓަރ ފޮރ ޑިޒީޒް ކޮންޓްރޯލުން ހާމަކޮށްފިއެވެ.

ސެންޓަރ ފޮރ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ) އިން އަންދާދާ ކޮށްފައިވާ ގޮތުން އެ ސެންޓަރުން މެއި މަހުގެ 15 ވަނަ ދުވަހާ ހަމައަށް 579،000 އާއި 596،000 ދެމެދުގެ އަދަދަކަށް ކޮވިޑްގައި މަރުވި މީހުންގެ އަދަދު އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ސީޑީސީގެ ރިޕޯޓުގައި ބުނެފައިވަނީ ކުރިއަށް އޮތް 4 ހަފުތާ ވަންދެން އެގައުމުގައި މަރުވާ މީހުންގެ އަދަދު ހުންނާނީ އެއްވަރެއްގައި ހިފެހެއްޓިފައެވެ. ނަމަވެސް މި އަދަދުތަކަށް ބަދަލު އައުން ވެސް އެކަށީގެންވާ ކަމަށް ސީޑީސީން ވަނީ ބުނެފައެވެ.

އެންމެ ފަހުން ހެދި އަންދާޒާތައް ދައްކާގޮތުން މެއި މަހުގެ 8 ވަނަ ދުވަހާ ހަމައަށް 598،000 މީހުން ކޮވިޑްގައި މަރުވާނެކަމަށް ލަފާކުރިއެވެ. މިހާތަނަށް އައި އިރު އެގައުމުގައި މަރުވި މީހުންގެ އަދަދަކީ 568،532 މީހުންނެވެ.

އެމެރިކާގައި ކޮވިޑްގެ ހާލަތު ގޯސް ނަމަވެސް އެގައުމުން ވަނީ 200 މިލިއަން ޑޯޒްގެ ވެކްސިން ޖެހުމުގެ އަމާޒު ހާސިލްކޮށްފައެވެ. އެމެރިކާގެ ސީޑީސީން ނެރިފައިވާ ޑާޓާތައް ދައްކާ ގޮތުން އެމެރިކާގައި 202 މިލިއަން ޑޯޒް ވެކްސިން ޖަހާފައިވާ އިރު، މީގެ ތެރެއިން 185 މިލިއަން ޑޯޒް ވެކްސިނަކީ އެމެރިކާގެ ރައީސްކަމާއި ދާދިފަހުން ހަވާލުވެވަޑައިގެންނެވި ޖޯ ބައިޑަންގެ ސަރުކާރުން ޖަހާފައިވާ ވެކްސިނެވެ. ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި 200 މިލިއަން ޑޯޒް ވެކްސިން ޖެހުމަކީ ބައިޑެންގެ އެއް ވައުދެވެ.

ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި 100 މިލިއަން ޑޯޒްގެ ވެކްސިން ދިނުމަށް ހިފާފައިވާ އަމާޒު ހާސިލްވެ ފަހުން އެ އަދަދު 200 މިލިއަނަށް މަތިކޮށްފައިވާ އިރު، ބައިޑެންގެ ސަރުކާރުން 200 މިލިއަން ޑޯޒް ޖެހުމުގެ ލަނޑުދަނޑިއަށް ވާސިލްވާނީ އެގައުމުގައި ޖުމްލަ 218 މިލިއަން ޑޯޒްގެ ވެކްސިން ޖަހައިގެންނެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

4

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

21 މެއި 2018

ރަމަޟާން މަހުގެ ފުރަތަމަ ދިހައިގައި މައްކާގެ ހޮޓެލެތައް ފުލްވެއްޖެ

21 މެއި 2018
ރަމަޟާން މަހުގެ ފުރަތަމަ ދިހައިގައި މައްކާގެ ހޮޓެލެތައް ފުލްވެއްޖެ
29 އެޕްރީލު 2018

އުތުރު ކޮރެއާގެ ނިއުކްލިއަރ ޓެސްޓް ސައިޓްތައް މެއި މަހު ބަންދުކުރަނީ

29 އެޕްރީލު 2018
އުތުރު ކޮރެއާގެ ނިއުކްލިއަރ ޓެސްޓް ސައިޓްތައް މެއި މަހު ބަންދުކުރަނީ
11 އެޕްރީލު 2018

މެލޭޝިއާގެ އާއްމު އިންތިޚާބު މެއި 9 ގައި

11 އެޕްރީލު 2018
މެލޭޝިއާގެ އާއްމު އިންތިޚާބު މެއި 9 ގައި
24 ފެބުރުއަރީ 2018

ޤުދުސްގައި ގާއިމް ކުރާ އެމްބަސީ މެއި މަހު ހުޅުވާނެ: އެމެރިކާ

24 ފެބުރުއަރީ 2018
ޤުދުސްގައި ގާއިމް ކުރާ އެމްބަސީ މެއި މަހު ހުޅުވާނެ: އެމެރިކާ
30 ޖެނުއަރީ 2018

އިންޑިއާގައި އަށް މަހުގެ ކުއްޖަކު ރޭޕް ކޮށްފި

30 ޖެނުއަރީ 2018
އިންޑިއާގައި އަށް މަހުގެ ކުއްޖަކު ރޭޕް ކޮށްފި
20 ޖެނުއަރީ 2018

ހަނގުރާމައިގެ ސަބަބުން ދެކުނު ސޫދާނުގެ ދެލައްކައަށް ވުރެ ގިނަ ކުޑަކުދިން، ޖުލައި މަހުގެ ކުރިން މަރުވުމުގެ ބިރު އެބައޮޮތް: ޔުނިސެފް

20 ޖެނުއަރީ 2018
ހަނގުރާމައިގެ ސަބަބުން ދެކުނު ސޫދާނުގެ ދެލައްކައަށް ވުރެ ގިނަ ކުޑަކުދިން، ޖުލައި މަހުގެ ކުރިން މަރުވުމުގެ ބިރު އެބައޮޮތް: ޔުނިސެފް
17 ޑިސެމްބަރު 2017

ޓްރަމްޕްގެ ޓީމާއި ރަޝިއާގެ ގުޅުމުގެ ތަހުގީގު: ގިނަ އަދަދެއްގެ އީމެއިލްތަކެއް ހޯދައިފި

17 ޑިސެމްބަރު 2017
ޓްރަމްޕްގެ ޓީމާއި ރަޝިއާގެ ގުޅުމުގެ ތަހުގީގު: ގިނަ އަދަދެއްގެ އީމެއިލްތަކެއް ހޯދައިފި
22 އޮކްޓޯބަރު 2017

ސޯމާލިއާގައި މި މަހުގެ 14 ވަނަ ދުވަހު ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 358 އަށް އަރައިފި

22 އޮކްޓޯބަރު 2017
 ސޯމާލިއާގައި މި މަހުގެ 14 ވަނަ ދުވަހު ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 358 އަށް އަރައިފި
01 މެއި 2017

އީމެއިލް ހެކު ކުރުމުގެ މައްސަލަ ޓްރަމްޕް ޗައިނާގެ ބޮލަށް ކަނޑާލައްވައިފި!

01 މެއި 2017
އީމެއިލް ހެކު ކުރުމުގެ މައްސަލަ ޓްރަމްޕް ޗައިނާގެ ބޮލަށް ކަނޑާލައްވައިފި!
20 އެޕްރީލު 2017

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަންނަ މެއި ތިނެއްގައި އެމެރިކާ އަށް ވަޑައިގަންނަވަނީ

20 އެޕްރީލު 2017
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަންނަ މެއި ތިނެއްގައި އެމެރިކާ އަށް ވަޑައިގަންނަވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް