Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޖޯޖް ފްލޮއިޑްގެ މަރު

ޖޯޖް ފްލޮއިޑްގެ މަރު - ޖޫރީގެ ނިންމުމާއެކު ނަސްލީ ތަފާތުކުރުމާ ދެކޮޅު މީހުންގެ ލޮލުން އުފާވެރިކަމުގެ ކަރުނަ

މައްސަލައިގައި ޑެރެކް ޝޯވިންގެ މައްޗަށް ހުކުމް ކުރުން އޮންނާނީ މީގެ 8 ހަފުތާ ފަހުން

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު, ރާއްޖެ އެމްވީ | 21 އެޕްރީލު 2021 | ބުދަ 13:14
ޑެރެކް ޝޯވިންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅުމުން އެމެރިކާގެ މަގުތަކުގައި އުފާ ފާޅުކުރުން

ޑެރެކް ޝޯވިންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅުމުން އެމެރިކާގެ މަގުތަކުގައި އުފާ ފާޅުކުރުން

ޖޯޖް ފްލޮއިޑްގެ މަރުގެ މައްސަލައިގައި ޑެރެކް ޝޯވިންގެ މައްޗަށް ކޮށްފައިވާ ހުރިހާ ދައުވާއެއް ސާބިތުވާކަމަށް މައްސަލަބެލި ޖޫރީއިން ނިންމުމާއި އެކު އެމެރިކާގެ ގިނަ ސަރަހައްދު ތަކެއްގައި އުފާ ފާޅު ކުރުން ކުރިއަށް ގެންގޮސްފިއެވެ.

އެމެރިކާގެ ކަޅު ނަސްލުގެ ޖޯޖް ފްލޮއިޑް ގަތުލު ވެގެންދިޔަ ލާއިންސާނީ އަނިޔާ އޭނާއަށް ދީފައިވަނީ، މިދިޔަ އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. މި އަނިޔާ އޭނާއަށް ދީފައިވަނީ ދޮން ނަސްލުގެ ތިން ފުލުހުންނެވެ. އޭގެ ތެރެއިން އަމަލީ ގޮތުން މި ޖަރީމާ ހިންގުމުގައި އިސްކޮށް ހުރީ ޑެރެކް ޝޯވިން އެވެ. އާންމުންގެ ގިނަ ބައެއްގެ ކުރިމަތީ ޑެރެކް ޝޯވިންގެ ކަކުލުން ފްލޮއިޑްގެ ކަނދުރާއަށް އަރައިގެން ހޭދަ ކުރި ނުވަ މިނިޓް 25 ސިކުންތުގެ ވީޑިއޯ މަންޒަރު ދުއް މީހަކު ވަނީ މީސް މީޑިއާގައި ހިއްސާ ކޮށްފައެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި ޖޯޖް ފްލޮއިޑަށް ނޭވާ ނުލެވޭ ވާހަކަ ބުނެ ދޫކޮށްލުމަށް އެދި ކެނޑި ނޭޅި އޭނާ ދިޔައީ އާދޭސް ކުރަމުންނެވެ. ގޮތް ހުސްވެ ގައިން ވަރު ދޫވަމުން ދާނެ ފެށުމުން އެހީއަށް އެދި އޭނާ ގޮވަން ފެށީ ދެ އަހަރު ކުރިން މަރުވެފައިވާ އޭނާގެ މަންމައަށެވެ. އެވަގުތު ކައިރީ މަންޒަރު ބަލަން ތިބި މީހުން އޭނާ ދޫކޮށްލުމަށް ގޮވާ ހަޅޭއްލަވަމުން ދިޔައެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ މީހެއްގެ އިތުރުން އެންމެ ނުވަ އަހަރުގެ ކުޑަ ކުއްޖެއް ވެސް ހިމެނެއެވެ. މި ވީޑިއޯ އާއެކު މި ލާއިންސާނީ އަމަލު ދުނިޔޭގެ ސަމާލުކަމަށް އައިސް ފުލުހުންގެ ހަރުކަށިކަމާއި ނަސްލީ ތަފާތު ކުރުންތަކާއި ދެކޮޅަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ މުޒާހަރާތަކެއް ބޭއްވުނެވެ. ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ މި މައްސަލައިގައި ޑެރެކް ޝޯވިންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުންތައް ފެށުނީ މާޗު މަހުގެ 29 ވަނަ ދުވަހުއެވެ.

ދޮން ނަސްލުގެ ޑެރެކް ޝޯވިންގެ ކަކުލުން ކަޅު ނަސްލުގެ ޖޯޖް ފްލޮއިޑްގެ ކަނދުރާއަށް އަރައި ނޭވާ ހާސްކޮށްލައި މަރާލި މައްސަލައިގައި އޭނާގެ މައްޗަށް ޖުމްލަ ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ މަރާލުމުގެ ގަސްތެއްނެތި މީހަކު މެރުން ހިމެނޭ "ސެކަންޑް ޑިގްރީ މާޑާ" އާއި، އެހެން މީހަކަށް ނުރައްކާވާ ގޮތަށް އަމަލުތައް ބެހެއްޓުން ހިމެނޭ "ތާޑް ޑިގްރީ އަންއިންޓެންޝަނަލް މާޑާ" އާއި، ފަރުވާކުޑަ އަމަލެއްގެ ސަބަބުން މީހަކު މަރުވުން ހިމެނޭ "ސެކަންޑް ޑިގްރީ މެންސްލޯޓާ"ގެ ދައުވާއެވެ. 

މި ތިން ދައުވާ ވެސް ޑެރެކް ޝޯވިންގެ މައްޗަށް ސާބިތުވާކަމަށް ދޮން ނަސްލުގެ މީހުނާއި ކަޅު ނަސްލުގެ މައްޗަށް އެކުލެވޭ ޖުމްލަ 12 މެންބަރުންގެ ޖޫރީން އަންގާރަ ދުވަހު ވަނީ ނިންމާފައެވެ. މި ނިންމުމަކީ ތިން ހަފުތާ ވަންދެން ކުރިއަށްގެންދިޔަ ޝަރީއަތުގެ އަޑުއެހުންތަކަށްފަހު ނިންމާފައިވާ ނިންމުމެކެވެ. މި އަޑުއެހުންތަކުގައި، ޖުމްލަ 45 މީހެއްގެ ހެކިބަސް ނަގާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ މަންޒަރު ދުށް ޝަފަހީ ހެކިވެރީންނާއި ފުލުހުންނާއި ސިއްހީ ދާއިރާގާއި މަސައްކަތްކުރާ ޚަބީރުންނެވެ.

ޑެރެކް ޝޯވިންގެ ޝަރީއަތުގައި ޕްރޮސެކިއުޝަނާއި ދިފާއުގެ ފަރާތުން ޚުލާސާ ބަޔާން އިއްވުން އޮތީ ހޯމަ ދުވަހުއެވެ. އެއަށް ފަހު ހޯމަ ދުވަހާއި އަންގާރަދުވަހު ޖުމްލަ 10 ގަޑިއިރު ވަންދެން ޖޫރީގެ މަޝްވަރާކުރުންތައް ކުރިއަށް ގެންގޮސްފައިވެއެވެ. ޚުލާސާ ބަޔާން އިއްވުމަށްފަހު މަޝްވަރާކުރުންތައް ކުރިއަށްގެންދިޔަ ވަގުތު ތަކަކީ، ނަސްލީ ތަފާތުކުރުންތަކާއި ދެކޮޅަށް މަގުތައް މައްޗަށް ނިކުމެތިބި މީސްތަކުންގެ ނޭވާ ހިފަހައްޓާލައިގެން ތިބި ވަގުތު ކޮޅެކެވެ.

މައްސަލައިގައި ޖޫރީގެ ނިންމުން އިއްވުމާއެކު ކޯޓު ދޮށަށް އެއްވެ ތިބި އެތައް ސަތޭކަ މީހުންނެއް އުފާ ފާޅުކުރަން ފެށިއެވެ. ކާރުގެ ބަރުގޮނުތަކުގެ އަޑުންނާއި، އުފާވެރި ޝުއޫރުފާޅުކުރަމުން ދިޔަ މީހުނާއިގެން އެމެރިކާ ގެ މަގުތަކުގެ މަންޒަރު  މުޅިން ބަދަލުވެގެން ދިޔައެވެ. މުޅިތަނުގައި ގުގުމަމުން ދިޔައީ " ޖޯޖް ފްލޮއިޑް" "އޯލް ތްރީ ކައުންޓްސް" މި ގޮވެލިފަތިންނެވެ. އުފާ ފާޅުކުރަމުން ދިޔަ ގިނަބައެއްގެ ލޮލުން އުފާވެރިކަމުގެ ކަރުނަ އޮހޮރެމުން ދިޔަތަން މީޑިއާތަކުން ވަގުތުން ދުރައްދައްކާ މަންޒަރުތަކުން ފެނެއެވެ.

އެމެރިކާގެ ޝަރުއީ ދާއިރާގެ މި ތާރީޚީ ނިންމުމާއެކު، އެ ގައުމުގެ އިސްވެރީން ވެސް އެ އުފަލުގައި ބައިވެރިވެފައިވެއެވެ. އެގޮތުން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ޖޯޖް ފްލޮއިޑްގެ އާއިލާއަށް ގުޅުއްވާ ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން ޑެރެކް ޝޯވިންގެ ޝަރީއަތާއި ގުޅިގެން މީޑިއާތަކަށް ޚާއްސަ ޚިތާބެއް ދެއްވާފައިވެއެވެ. ބައިޑެންގެ ޚިތާބުގައި ވިދާޅުވީ، ޖޯޖް ފްލޮއިޑްގެ މަރަކީ ރޯމާ ދުވާލު ހިންގި ޖަރީމާއެއް ކަމަށާއި އޭގެ ސަބަބުން ދުނިޔޭގެ ލޮލުގައި އެޅިފައިވީ އަނދިރީގެ ފަރުދާ ކެހިގެން ހިނގައްޖެ ކަމަށެވެ. އަދި ޖޫރީގެ ނިންމުމަށް ތައުރީފު ކުރައްވާ، އެއީ އިންސާފުގެ ދަތުރުގައި ކުރިއަށް އެޅުނު ފިޔަވަޅެއް ކަމަށް ސިފަ ކުރައްވާފައި ވެއެވެ.

ބައިޑެންގެ އިތުރުން، އެމެރިކާގެ ކުރީގެ ރައީސުންވެސް ޖޫރީގެ ނިންމުމަށް ތައުރީފު ކުރައްވާފަައިވެއެވެ. އެ ގޮތުން ބަރަކް އޮބާމާ އާއި އަނބިކަނބަލުން މިޝޭލް ވެސް ވަނީ ބަޔާނެއް ނެރުއްވާފައެވެ. އެ ބަޔާނުގައި ޖޫރީގެ މި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ފާހަގަ ކުރައްވާފައެވެ. އެކަމަކު އެންމެ ގަޒިއްޔާއެއްގެ އެންމެ ނިންމުމަކީ މުޅި އިންސާފުގެ ދާއިރާއާ އަޅާ ބަލާއިރު ކުޑަ މިންވަރެއް ކަމަށް ސިފަ ކުރައްވާފައިވެއެވެ. ހަމައެއާއެކު ޖޯޖް ފްލޮއިޑް ފަދައިން އިންސާފު ނުލިބި ތިބި މީހުންނަށް އިންސާފު ހޯދައި ދިނުމަށް މަސައްކަތްކުރާ ފަރާތްތަކާއެކު އެ ދެމެފިރިކަނބަލުން ސާބިތުވެ ތިއްބެވިކަމަށް ވިދާޅުވިއެވެ.

ޖޫރީގެ ނިންމުމަށް އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިޔު ބުޝްވެސް ތައުރީފު ކުރައްވާފައިވެއެވެ. އަދި އެތަކެއް ސިޔާސީ ލީޑަރުންނެއްވަނީ މި ނިންމުމަށް ތައުރީފުކޮށް ތަފާތު ބަޔާންތައް ނެރުއްވާފައެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ މަޝްހޫރު ފަންނާނުން ވެސް މި ނިންމުމާއެކު އުފާ ފާޅު ކޮށްފައިވެއެވެ.

މި މައްސަލައިގައި ޑެރެކް ޝޯވިންގެ މައްޗަށް ހުކުމް ކުރުން އޮންނާނީ މީގެ 8 ހަފުތާ ފަހުންނެވެ. މައްސަލައިގައި ޝާމިލުވާ އަނެއް ދެ ފުލުސް އޮފިސަރުންގެ ޝަރީއަތުގެ އަޑުއެހުންތައް ފެށުމަށް ނިންމާފައިވަނީ މިއަހަރުގެ ފަހުކޮޅުގައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

30 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ

އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ

23 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު