Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަރުލަމާނީ އަކީ އެމްޑީޕީ ފަލްސަފާއެއް ނޫން

އެމްޑީޕީން އެއްވެސް އިރެއްގައި ބަރުލަމާނީއަށް ތާއީދެއް ނުުކުރޭ - ރީކޯ

21 އެޕްރީލު 2021 | ބުދަ 10:22

އެމްޑީޕީން އޭރު ބަރުލަމާނީ ނިޒާމަށް ތާއީދުކުރީ ކީއްވެކަން އޭރުގެ ވަލީ ކޮމެޓީގެ މެމްބަރުންނަށް އެގޭނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 21 އެޕްރީލު 2021 | ބުދަ 10:22
މޫސާ މަނިކު (ރީކޯ) - ބަރުލަމާނީ އަކީ އެމްޑީޕީގެ ފަލްސަފާއެއް ނޫން

މޫސާ މަނިކު (ރީކޯ) - ބަރުލަމާނީ އަކީ އެމްޑީޕީގެ ފަލްސަފާއެއް ނޫން

އެމްޑީޕީގެ މައިގަނޑު ފަލްސަފާއަކީ ބަރުލަމާނީ ނޫންކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާރސަން މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހކަދައްކަވަމުން މޫސަ ވިދާޅުވީ އެމްޑީޕީގެ މައިގަނޑު ފަލްސަފާއަކީ ބަރުލަމާނީ ނޫން ކަމަށާއި ތިން ބާރު އެކުވެ މަސްހުނި ވެފައި އޮތް ވެރިކަމާ ދެކޮޅަށް ނުކުމެ އެކަން ބަދަލުކުރީ އެމްޑީޕީން ކަމަށެވެ. މިހާރު އަނެއްކާ މީގެ 30 އަހަރު ކުރިން އޮތްގޮތަށް ހުރިހާ ބާރެއް މަސްހުނި ކުރުމުގެ މަސައްކަތް ރައީސް ނަޝީދު ފެއްޓެވުމުން ބަލައި ނުގަނެވޭ ކަމަަށް ވެސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މޫސަ ވިދާޅުވީ ކޮންމެ މީހަކު ރާއްޖޭގެ ވެރިކަމަށް އަންނަން ބޭނުން ވިޔަސް ނިޒާމު ބަދަލުނުކޮށް ވެރިކަމަށް އާދެވިދާނެ ކަމަށެވެ. ރާއްޖޭގައި މިހާރު މިއޮތީ އެ އުސޫލު ގެނެސްފައި ކަމަށެވެ. މޫސަ ވިދާޅުވީ ނިޒާމީ ވޯޓުގައި އެމްޑީޕީން އޭރު ބަރުލަމާނީ ނިޒާމަށް ތާއީދުކުރީ ކީއްވެކަން އޭރުގެ ވަލީ ކޮމެޓީގެ މެމްބަރުންނަށް އެގޭނެ ކަމަށާއި އެކަން ރައްޔަތުންނަށް ހާމަކުރަން ޖެހޭ ކަމަށެވެ.

މޫސަ ވިދާޅުވީ ނިޒާމު ބަދަލު ކުރުމަށް 2 ފަހަރުގެ މަތިން ޚާއްސަ މަޖިލީހުގައި ނެގި ވޯޓުވެސް އެއްވަރުވީކަމަށާއި މިކަން ޔައުމިއްޔާތަކުން ފެންނަން އޮންނާނެ ކަމަށެވެ. އެހާހިސާބުން ދެން ނިމުނީ ރައްޔިތުންގެ ފެންނަނުފެންނަ ވޯޓަކަށް ދިޔުމަށް ކަމަށެވެ. ވަލީ ކޮމިޓީގައި ނިޒާމުގެ ބަހުސް ރަސްމީ ގޮތެއްގައި ފެށުނީ އެހިސާބުން ކަމަށް މޫސަ ވިދާޅުވިއެވެ.

ރައީސް ސާލިހާއި ރައީސް ނަޝީދުވެސް ހިމެނޭ ގޮތަށް އޮތް ވަލީ ކޮމިޓީން ނިންމީ ރައީސް މައުމޫނު ރިޔާސީ ނިޒާމަށް ތާއީދު ކުރެއްވުމުން ބަރުލަމާނީއަށް ތާއީދުކުރުމަށެވެ. އެއީ ރާއްޖެއަށް ރިޔާސީ ނިޒާމު ގެންނަން ބޭނުންވާތީވެ، އެމްޑީޕީއަށް ތާއީދުކުރާ މީހުންވެސް ރިޔާސީ ނިޒާމަށް ވޯޓުދީ އެ ނިޒާމު ގެނައުމަށް ކަމަށް މޫސަ ވިދާޅުވިއެވެ.

އެކަމުން ބަލަން ބޭނުންވީ ވެރިކަން ބަދަލުކުރުމަށް އެމްޑީޕީއަށް ލިބޭނީ ކިހާވަރެއްގެ ތާއީދެއްތޯ އަންދާޒާ ކުރުމެވެ. ބަރުލަމާނީ ނިޒާމަށް އޭރު ތާއީދު ކުރެއްވީ އެ ބޭނުމުގައި ކަމަށް މޫސަ ވިދާޅުވިއެވެ.

ރައީސް ނަޝީދު ވެރިކަން ބޭނުންފުޅުނަމަ އެމްޑިޕީއަށް ބާރު އެބައޮތް ކަމަށާއި މިހާރު އަމަލުކުރަމުން އަންނަ އުސޫލު ބަދަލު ކުރަން ގައުމީ މަޖިލީހުން ނިންމައި 2023ގައި އިންތިޚާބުގައި ވާދަކުރެއްވޭނެ ކަމަށެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުން މިހާރު ނިންމާފައިވާ ގޮތަކީ އެމްޑީޕީގެ ރައީސަކު އިންތިޚާބުވެއްޖެނަމަ ވިދިވިދިގެން ދެދައުރު ދިނުން ކަމަށެވެ. އެހެންނަމަވެސް އެ ބަދަލުކުރުމުގެ ބާރުވެސް ހަމަ އެމްޑީޕީގައި އެބައޮތްކަމަށް މޫސަ ވިދާޅުވިއެވެ. އެކަމަކު މިއީ ބޮޑުވަޒީރުކަން ބޭނުންވެގެން އެވާހަކަ ދައްކަވަން ވީ ވަގުތު ނޫންކަމަށް ވިދާޅުވެ މޫސަ ވަނީ ބަރުލަމާނީއަކީ އެމްޑީޕީގެ ފަލްސަފާއެއް ނޫންކަމަށް ވިދާޅުވިވާހަކަ ތަކުރާރު ކުރައްވާފައެވެ.

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

4

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

5

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
27 ޖެނުއަރީ 2017

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް