Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ގިންތީގެ ހަމަހަމަކަން

ގިންތީގެ ހަމަހަމަކަމުގެ އިމްތިހާނުން ދިވެހިރާއްޖެ ފާސްވާނެ ބާވައެވެ؟

ދިވެހީންގެ މެދުގައިވެސް ކުލައިގެ ގިންތީގެ ތަފާތުކުރުން އިންތިހާއަށް ބޮޑު

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު, ރާއްޖެ އެމްވީ | 21 އެޕްރީލު 2021 | ބުދަ 12:10
ދިވެހިރާއްޖޭގެ ރައްޔިތުންގެ ޖަމާއަތެއް

ދިވެހިރާއްޖޭގެ ރައްޔިތުންގެ ޖަމާއަތެއް

މިއީ ފިލާ ނުތިބެ ނިކަން ކެރިގެން ބިހުގެ ތޮށިގަނޑު ފަޅާލައި އެންމެންވެސް ނިކުމެ ތިބި ދުވަސްވަރެވެ. ޖަޒުބާތުތައް ފޮރުވުމެއްނެތި ނެރެ ހާމަކުރާ ދުވަސްވަރެވެ. މިއީ ދުނިޔެ ދުށް އަޑުގަދަ މީހާގެ ރުއްގިނަ ދުވަސްވަރެވެ. މިދުވަސްވަރު އެންމެން އެއްވާނެއްގައި ނުހަނު ހަރު އަޑުން ގޮވާ ގޮވެއްޔެއް އެބައޮތެވެ. ގިންތިތަކުގެ ހަމަހަމަ ކަމުގެ ވާހަކައެވެ. ތަފާތުކުރުންތައް ނައްތާލުމުގެ ވާހަކައެވެ.

މިގޮވެލިފަތީގެ އަޑު ބާރުވެ ދުނިޔެ ގުގުމަމުންދާއިރު ދިވެހި ދަރިއަކަށް ވީތީ ހިތުގައި އުފެދޭ ސުވާލެއް ވެސް އެބައޮތެވެ. އިންސާނީ ގިންތީގެ ހަމަހަމަކަމުގެ އިމްތިހާނުން ދިވެހިރާއްޖެ ފާސްވާނެ ބާވައެވެ. ދިވެހިބަހުގައި ހުރި ދަރަޖައިގެ ތަފާތުކުރުންތަކާވެސް އެކުގައެވެ. މާލޭ ބޭފުޅުންނާއި ރާއްޖެތެރޭ މީހުން ދުނިޔޭގައި ތިއްބައެވެ. ދޮން މުހައްމަދާއި ކަޅު ފާތުމާގެ ލޭ ހޫނުވެފައިވަނިކޮށެވެ. 

ހިތުގައިވާ ޖަޒުބާތުތައް އަނެކުންނާއި ހަމައަށް ފޯރުކޮށްދެވޭނެ ޒަރީއާއަކީ ބަހެވެ. އެއީ އިންސާނީ ހަމަހަމަކަމުގެ ވާހަކަ ވިޔަސްމެއެވެ. އެޒަރީއާގައި ގިންތީގެ ތަފާތުކުރުންތަކެއް ހުރުމަކީ ގަބޫލުކުރެވޭނެ ކަމަކަށް ވާނެތޯއެވެ. ދިވެހީންގެ ފަޚުރުވެރި ދިވެހިބަހުގައި ގިންތީގެ ތަފާތު ކުރުންތަކެއް އެބަހުއްޓެވެ. އެއީ ހަގީގަތެކެވެ. ދަރަޖައިގެ ތަފާތު ކުރުންތަކުގެ ސިފައިގައެވެ. މޮޅު މީހުންނަށް އެންމެ މާތް ދަރަޖައެވެ. ނިކަމެތީންނަށް އާދައިގެ ދަރަޖައެވެ.

ބަހުގެ މާހިރުން ގަބޫލުކުރާ ގޮތުގައި އެއީ ތަފާތުކުރުމެއް ނޫނެވެ. އަނެކާއަށް އިހުތިރާމް ކުރުމުގެ ގޮތުން މާތް ބަހުރުވައެއް ބޭނުން ކުރުމަކީ ތިމާގެ ނަފްސުގެ އިހުތިރާމް ކުޑަވާ ކަމެއް ނޫނެވެ. ތެދެއްމެއެވެ. އެކަމަކު ނިކަމެތި އަނެކާއަށް އިހުތިރާމް ކުޑަވާނެހެން އާދައިގެ ދަރަޖަ ބޭނުން ކުރުމަކީ ވެސް އިންސާފެއް ނޫނެވެ. "މާލޭ ބޭފުޅުންނާއި ރާއްޖެތެރޭ މީހުންނޭ" ބުނުމުން ތަފާތެއް އިހުސާސް ނުކުރެވޭތޯއެވެ.

ރަށްފުށުގެ ރައްޔިތުންނާއި ވެރިރަށް މާލޭގެ ރައްޔިތުން ގިންތީގެ ތިލަފަތުން ކިރާލާއިރު އެއްކޮޅަށް ބަރުވާނެ ކަމާމެދު ޝައްކެއް ނެތެވެ. ޒަމާނުއްސުރެ އަޑުއިވޭ ވާހަކައަކީ މާލޭގެ ރައްޔިތުންނަށް ލިބިގެންވާ ވަރުގަދަ އިއްޒަތެއްގެ ވާހަކައެވެ. ރާއްޖެތެރޭގެ ރައްޔިތުންނަށް ލިބިގެންވާ ބޮޑު ނިކަމެތި ކަމެއްގެ ވާހަކައެވެ. "ރާއްޖެތެރޭ މީހުން" މިލަފްޒަކީ ވެސް ރަށްރަށުގައި ދިރިއުޅޭ މީހުން ދެރަކޮށްލުމަށް ބޭނުންކޮށް އުޅޭ ބަހެކެވެ. އެއާއެކު "މާލޭ ބޭފުޅުން" މިލަފްޒަކީ ހަސަދައިގެ އޮއިވަރެއްގައި ޖެހި މާލޭގެ ރައްޔިތުންނަށް މަލާމާތްކުރުމުގެ ގޮތުންވެސް ބޭނުންކޮށް އުޅޭ ބަހެކެވެ.

އަނެކާއަށް ލިބިފައިނެތް މޮޅެއް ތިމާއަށް ލިބުމަކީ ބޮޑާވެ އަނެކާ ނިކަމެތި ކޮށްލަންވީ ސަބަބެއް ނޫނެވެ. އަދި ތިމާއަށް ލިބިފައި ނެތް މޮޅެއް އަނެކާއަށް ލިބުމަކީ ނުނިޔަތް ލާންވީ ސަބަބެއް ވެސް ނޫންމެއެވެ. އެހެންނޫންނަމަ ކަޅު ނަސްލާއި ދޮން ނަސްލުގެ މީހުންގެ މެދުގައި އޮތްވަރުގެ ބޮޑު ދެކޮޅުވެރިކަމެއް މި ކުޑަ މުޖުތަމައުގެ ތެރޭގައިވެސް އުފެދުން ދުރެއް ނޫނެވެ. 

ކުލައިގެ ވާހަކަ ދެކެވުމާއެކު ގިންތީގެ ހަމަހަމަކަމުގެ ދުރުމިއަކުން ދިވެހީންގެ ހަމުގެ ކުލައަށް ބަލައިލަމާ ބަހީއެވެ. ގިނަ ދިވެހީންގެ ކުލައަކީ މުށިކުލައެވެ. ބައެއް މީހުންގެ ހަމުގެ ކުލަ އައްޔެވެ. އަނެއްބައެއްގެ ހަމުގެ ކުލަ ގަދައެވެ. އެކަމަކު ދޮން ނަސްލުގެ ހުދުކުލައަށް ނިސްބަތް ނުވާ އަދި ކަޅު ނަސްލުގެ ކަޅު ކުލައަށް ނިސްބަތްނުވާ މުށިކުލައިގެ ދިވެހީންގެ މެދުގައި ވެސް ކުލައިގެ ގިންތީގެ ތަފާތުކުރުން އިންތިހާއަށް ބޮޑެވެ.

ކުލަޔަށް ނިސްބަތްކޮށް މީހުންނަށް މަލާމާތްކުރުމާއި ވަނަން ހެދުމަކީ ފިސާރި ރަނގަޅަށް ދިވެހީންގެ ކަށީގައި ހިފާފާއި ހުރި ކަމެކެވެ. ހަމުގެ ކުލަ އަލިވީމާ އެއީ ރީތި މީހެކޯލައެވެ. ދިހުންކުލަ އަރާނަމަ އެއީ ހުތުރު މީހެކޯލައެވެ. ދިވެހި ޅެންވެރީންނާއި ވާހަކަ ލިޔުންތެރިން ކަށިން ހިތްވަރު ނެރެގެން ނުހަނު ފުރިހަމައަށް އެކަން ސިފަކޮށްދީފައި ހުރެއެވެ. ދޮން މުހައްމަދު ރީތީ އޭނާގެ މޫނުގެ ކުލަ އަލިވީމާ ނޫންހެއްޔެވެ. ކަޅުފާތުމަގެ ސިފަ އެހާމެ ހުތުރު ނޫންތޯއެވެ. 

ކޮންމެ އަކަސް އިންސާނީ ގިންތީގެ ހަމަހަމަކަމުގެ ސުވާލު ކަރުދާހުގައި ދިވެހީން ދީފައިވާ ޖަވާބުތަކުގެ ކުޑަ މިންވަރެއް ހިއްސާކޮށް މިނިމުނީއެވެ. މިއިމްތިހާނުން ފާސް ނުވެއްޖެނަމަ އެހެން ގައުމުތަކުގެ އިންސާނީ ހައްގުތަކާއި ގިންތީގެ ހަމަހަމަކަން ނެތް ވާހަކަ ދެއްކުމުގެ މާނައެއް ނެތެވެ. ފުރަތަމަ މިގައުމުގައި އޮތް ތަފާތުކުރުންތައް ކުޑަކުރެވޭތޯ މަސައްކަތް ކުރަމާ ހިނގާށެވެ.

ބަހުގެ ދަރަޖަތައް ނައްތާލުމަކީ ބުއްދިވެރިގޮތެއް ކަމަށް ނުފެންނަނަމަ އެދަރަޖަތަކުން އަނެކާއަށް ލިބޭ ނިކަމެތިކަން ކުޑަކުރެވޭނެ ގޮތެއް ހޯދަން އެބަޖެހެއެވެ. މާލެއާއި އަތޮޅުތެރޭގެ ރައްޔިތުން އެއްބަޔަކު އަނެއްބަޔަކަށް ނަފްރަތުކުރުން ހުއްޓާލައި އެކުވެރިކަން އިސްކުރަން އެބަޖެހެއެވެ. ރީތި ހުތުރު މިނެ ކިރާ މިންގަނޑުތަކަށް ބަދަލު ގެނެސް ސިފަޔާއި ގުޅުވައިގެން ވަނަން ހެދުން ހުއްޓާލަން އެބަޖެހެއެވެ. އިންސާނީ ހައްގުތަކާއި ގިންތީގެ ހަމަހަމަކަމުގެ އިމްތިހާނުން ދިވެހިރާއްޖެ ފާސްވާނީ އޭރުންނެވެ.   

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހިރާއްޖެ ދުނިޔެއާއެކު އަތުގުޅާލައި، އަނެއްކާވެސް ބައިނަލްއަގުވާމީ ސަފަށް!

ދިވެހިރާއްޖެ ދުނިޔެއާއެކު އަތުގުޅާލައި، އަނެއްކާވެސް ބައިނަލްއަގުވާމީ ސަފަށް!

10 ނޮވެމްބަރު 2020
ދިވެހިރާއްޖެ، ދެކުނު އޭޝިއާގެ އެކްސްޕޯޓުގެ އަގު ކޮންޓްރޯލުކުރި ޒަމާން، 17ވަނަ ޤަރުނުގެ މާޒީގެ ތެރޭގައި!

ދިވެހިރާއްޖެ، ދެކުނު އޭޝިއާގެ އެކްސްޕޯޓުގެ އަގު ކޮންޓްރޯލުކުރި ޒަމާން، 17ވަނަ ޤަރުނުގެ މާޒީގެ ތެރޭގައި!

10 އޯގަސްޓު 2020
ސެޓެލައިޓު އިމޭޖުން ދިވެހިރާއްޖެމަތިން އެ ދައްކަނީ ކޮންފަދަ އުންމީދީ ވޮށެއް؟

ސެޓެލައިޓު އިމޭޖުން ދިވެހިރާއްޖެމަތިން އެ ދައްކަނީ ކޮންފަދަ އުންމީދީ ވޮށެއް؟

20 އެޕްރީލު 2020
ދިވެހިރާއްޖެ – ބިދޭސީންގެ ހާއްޔަކަށް

ދިވެހިރާއްޖެ – ބިދޭސީންގެ ހާއްޔަކަށް

19 ޖެނުއަރީ 2020
ދިވެހިރާއްޖެ – \"މިނިމަމް ވޭޖު\"ގެ އާ ޒަމާނެއްގެ ތެރެއަށް

ދިވެހިރާއްޖެ – "މިނިމަމް ވޭޖު"ގެ އާ ޒަމާނެއްގެ ތެރެއަށް

25 އޯގަސްޓު 2019

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު