Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް

ކުޑަކުދިންނަށް ޖިންސީ އަނިޔާކުރި 23 މައްސަލައެއް ޖެންޑާ މިނިސްޓްރީއަށް ހުށަހަޅައިފި

ސެޕްޓެމްބަރ މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ ޢަދަދަކީ 164

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 22 އޮކްޓޯބަރު 2023 | އާދީއްތަ 06:38
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 92 މައްސަލަ މިދިޔަ މަހު ހުށަހަޅާފައިވޭ

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 92 މައްސަލަ މިދިޔަ މަހު ހުށަހަޅާފައިވޭ

ކުޑަކުދިންނަށް ޖިންސީ އަނިޔާކުރި 23 މައްސަލައެއް ޖެންޑާ މިނިސްޓްރީއަށް ހުށަހަޅައިފިއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން އާންމުކޮށްފައިވާ ސެޕްޓެމްބަރު މަހުގެ ތަފާސް ހިސާބުގައި ބުނެފައިވަނީ ސެޕްޓެމްބަރ މަހުގައި އެ މިނިސްޓްރީއަށް ޖުމްލަ 213 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ ކަމަށެވެ.

މީގެ ތެރެއިން ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 92 މައްސަލަ ސެޕްޓެމްބަރ މަހު ރިޕޯޓުކޮށްފައިވެއެވެ. މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ އަނިޔާކުރާ މައްސަލައެވެ. އެގޮތުން ޖިންސީ އަނިޔާގެ 23 މައްސަލަ ހުށަހަޅާފައިވެއެވެ. ހަމަމިއާއިއެކު، އިހުމާލުގެ 20 މައްސަލަ އާއި ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 16 މައްސަލަ އާއި ޖިސްމާނީ އަނިޔާގެ 15 މައްސަލަ އަދި ނަފްސާނީ އަނިޔާގެ 3 މައްސަލަ ހިމެނެއެވެ.

އަދި ފުރައްސާރައިގެ ޝިކާރައަކަށް ވުމުގެ 6 މައްސަލަ އާއި އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 4 މައްސަލައިގެ އިތުރުން ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 2 މައްސަލަ ހިމެނެއެވެ. އަދި މިނޫންވެސް އެހެން ބާވަތުގެ އަނިޔާގެ 3 މައްސަލަ ހުށަހެޅި އެޓެންޑްކުރެވިފައިވެއެވެ.  

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 39 މައްސަލަ ސެޕްޓެމްބަރ މަހުގެ ތެރޭގައި މިނިސްޓްރީއަށް ހުށަހެޅިފައިވެއެވެ. މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ޖިސްމާނީ އަނިޔާ ކުރުމުގެ މައްސަލައެވެ. އެގޮތުން، މިބާވަތުގެ 18 މައްސަލައެއް ހުށަހެޅިފައިވެއެވެ. އަދި، ނަފްސާނީ އަނިޔާ ކުރުން ނުވަތަ އަނގަ ބަހުން ކުރެވޭ އަނިޔާގެ 10 މައްސަލަ އާއި ޖިންސީ އަނިޔާގެ 4 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 6 މައްސަލަ އަދި އިހުމާލު ގެ 1 މައްސަލަ ހުށަހެޅި އެޓެންޑްކުރެވިފައިވެއެވެ.

ޢާއިލީ މައްސަލަތަކާއި ގުޅުންހުރި 25 މައްސަލައެއް ސެޕްޓެމްބަރ މަހުގެ ތެރޭގައި މިނިސްޓްރީއަށް ހުށަހަޅާފައިވެއެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި ކުދިން ބެލުމުގައި ޖެހޭ މައްސަލަތަކުގެ 13 މައްސަލައާއި ކުދިންނާއި ބައްދަލުކުރުމުގައި ޖެހޭ 11 މައްސަލަ އަދި ދަރިންގެ ޚަރަދު ދިނުމުގައި ޖެހޭ 1 މައްސަލަ ހިމެނެއެވެ.

އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާއި ގުޅޭ 14 މައްސަލަ ސެޕްޓެމްބަރ މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 13 މައްސަލަ ސެޕްޓެމްބަރ މަހުގެ ތެރޭގައި މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ. މިގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ 12 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ 1 މައްސަލަ ހިމެނެއެވެ.

ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުތަކާއި ގުޅިގެން 4 މައްސަލައެއް ސެޕްޓެމްބަރ މަހުގެ ތެރޭގައި މިނިސްޓްރީއަސް ހުށަހެޅި އެޓެންޑްކޮށްފައިވެއެވެ. އަދި ކުޑަކުދިންގެ އަޚުލާޤާއި ގުޅުން ހުރި 23 މައްސަލައެއް ސެޕްޓެމްބަރ މަހު ވަނީ ހުށަހަޅާފައެވެ. އެގޮތުން ސްކޫލަށް ދާން ބޭނުން ނުވުމުގެ 8 މައްސަލަ އަދި ގެއިން ނިކުމެގެން ދިއުމުގެ 5 މައްސަލަ ހިމެނެއެވެ. އަދި މިނޫންވެސް އެހެންބާވަތުގެ އަޚުލާޤީ މައްސަލަތަކާއި ގުޅުންހުރި 10 މައްސަލައެއް ރިޕޯޓްކުރެވިފައިވެއެވެ.

ކުޑަކުދިންގެ ޙައްޤުތަކާއި ގުޅުންހުރި 3 މައްސަލައެއް ސެޕްޓެމްބަރ މަހު މިނިސްޓްރީއަށްވަނީ ހުށަހަޅާފައެވެ. މިބާވަތުގެ މައްސަލަތަކުގެ ތެރޭގައި ކުދިންނަށް ވެކްސިން ދިނުމުގެ 2 މައްސަލަ އަދި ތަޢުލީމަށް ހުރަސް އެޅުމުގެ 1 މައްސަލަ ހުށަހެޅި އެޓެންޑް ކުރެވިފައިވެއެވެ.

ސެޕްޓެމްބަރ މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ ޢަދަދަކީ 164 އެވެ. ސެޕްޓެމްބަރ މަހުގައި ދައުލަތަށް އަލަށް 1 ކުއްޖަކު ނެގިފައިވާއިރު، 4 ކުއްޖަކު އާއިލާއަށް ރީއިންޓަރގްރޭޓް ކުރެވި، 1 ކުއްޖަކު ފޮސްޓަރކުރެވުނެވެ.  

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

08 ފެބުރުއަރީ 2017
އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި

އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި

06 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު