Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނެކްސްޓްޖެންގަރލްސް ވަރޗުވަލް އިނޮވޭޝަން ޓުއަރ

ނެކްސްޓް ޖެން ގަރލްސް ވަރޗުވަލް އިނޮވޭޝަން ޓުއަރ ފަށައިފި

މިހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އެޕްރީލް 20، 21، 22 ވަނަ ދުވަހު

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 20 އެޕްރީލު 2021 | އަންގާރަ 17:31
ނެކްސްޓްޖެންގަރލްސް ވަރޗުވަލް އިނޮވޭޝަން ޓުއަރ

ނެކްސްޓްޖެންގަރލްސް ވަރޗުވަލް އިނޮވޭޝަން ޓުއަރ

މިއަހަރުގެ އައިސީޓީ ދާއިރާގެ އަންހެން ކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ވިމެން އިން ޓެކް މޯލްޑިވްސް އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އާއި ގުޅިގެން "ނެސްޓްޖެންގަރލްސް" ގެ ނަމުގައި ވަރޗުވަލް ޓުއަރ ފަށައިފިއެވެ.

ވިމެންއިންޓެކްއިން ބުނީ މިހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އެޕްރީލް 20، 21، 22 ވަނަ ދުވަހު ރާއްޖޭގެ ސާނަވީ އަދި މަތީ ސާނަވީ ކުދިންނަށް އަމާޒުކޮށްގެން ވަރޗުއަލްކޮށް ކަމަށެވެ. މިހަރަކާތް ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެހީއާއި އެކުގައެވެ. 

މިފަދަ ހަރަކާތެއް ކުރިއަށް ގެންދިއުމުގެ މަޤްސަދަކީ އަންހެންކުދިންނަށް އަމާޒުކޮށް, އައި.ސީ.ޓީ ދާއިރާގައި ހުރި ފުރުސަތުތައް އަންގައިދިނުމާއި, މިދާއިރާގެ އެކިއެކި ވަޒީފާތަކުގައި ކުރާ މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތުދިނުމުގެ އިތުރުން ވަޒީފާ ނުވަތަ މަތީ ތަޢުލީމުގެ ދާއިރާ ޚިޔާރުކުރުމުގައި އައިސީޓީ ދާއިރާ ޚިޔާރުކުރުމަށް ބާރުއެޅުންކަމަށް ވިމެންއިންޓެކްއިން ބުނެއެވެ.

މިއިވެންޓްގައި ކުދިންނަށް މަޢުލޫމާތު ދިނުމަށް ބައިވެރިވާ ކުންފުނިތަކުގެ ތެރޭގައި ސަރުކާރާއި އަމިއްލަ ކުންފުނިތައް ހިމެނޭ ގޮތަށް 11 އިދާރާއެއް ބައިވެރިވެއެވެ. މިޕްރޮގްރާމް ކުރިއަށްދާނީ ކޮންމެ އިދާރާއަކަށް ވަރޗުއަލް ސެޝަންތަކެއްގެ ގޮތުގައެވެ. މިސެޝަންތަކުގައި މިއިދާރާތަކުގެ މަސައްކަތުގެ މާހައުލާއި ވަޒީފާތަކާއި ގުޅޭ މަޢުލޫމާތު ދެވޭނެއެވެ. އަދި އޭގެ އިތުރުން އަންހެން ކުދިންގެ މެދުގައި މިދާއިރާއަށް ޝައުގުވެރިކަން އުފެއްދުމުގެ ގޮތުން އެއިދާރާތަކުގެ ޓެކް މީހުން އުފައްދާފައިވާ ޑިޖިޓަލް އުފެއްދުންތައް ދައްކާލެވޭނެއެވެ. އަދި އެއިދާރާތަކުގެ ޓެކް ޓީމްތަކުން ކުރާ މަސައްކަތްތަކާއި ގުޅޭ އިތުރު މަޢުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދެވޭނެއެވެ.

އައިސީޓީ ދާއިރާގެ އަންހެން ކުދިންގެ ދުވަހަކީ އިންޓަރނޭޝަނަލް ޓެލެކޮމް ޔޫނިއަން (އައި.ޓީ.ޔޫ) އިން ކޮންމެ އަހަރަކު, ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހެކެވެ. މިއީ މިދުވަސް ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ 10 ވަނަ އަަހަރެވެ. މިދުވަސް ފާހަގަ ކުރުމުގެ މަގްސަދަކީ އަންހެންކުދިންނާއި އަންހެނުންގެ މެދުގައި އައިސީޓީ ދާއިރާއަށް ޝައުގުވެރިކަން އުފައްދާ, އެރޮނގުން މަތީ ތަޢުލީމާއި ވަޒީފާ ޚިޔާރުކުރުމަށް އަންހެން ކުދިންނަށް ހިއްވަރުދިނުމެވެ. މިދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ އެޕްރީލް މަހުގެ 4 ވަނަ ބުރާސްފަތި ދުވަހުއެވެ. އެގޮތުން މިއަހަރު މިދުވަސް ފާހަގަކުރަނީ 22 އެޕްރީލްގައެވެ. 

ރާއްޖޭގައި މިދުވަސް އެންމެ ފުރަތަމަ ފާހަގަކޮށްފައި ވަނީ 2019 ވަނަ އަހަރުއެވެ. އޭގެ ފަހުން ކޮންމެ އަހަރަކުވެސް ވިމެންއިންޓެކް މޯލްޑިވްސްއިން މިދުވަސް ފާހަގަކުރުމުގެ ގޮތުން އެކި ހަރާކަތްތައް ހިންގައެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދު ހިމެނޭގޮތަށް 25 ސްކޫލެއްގައި އެސެމްބްލީގައި ކަމާގުޅޭ މަޢުލޫމާތު ދިނުމާއި, އެކި އެކި ކުންފުނިތަކާއި ގުޅިގެން, އެކުންފުނިތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ސެޝަންތަކާއި އަދި މިދާއިރާގެ އެކިއެކި ޓްރެއިނިންގސެޝަންތައް ހިންގާފައިވެއެވެ.

މި އިވެންޓް ކުރިއަށް ދާނީ, މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިންޓަރނޭޝަނަލް ޓެލެކޮމް ޔޫނިއަން ހިންގާ އިވެންޓްތަކުގެ ބައެއްގެ ގޮތުގައެެވެ.

އިތުރަށް ކިޔާލަން

02 އެޕްރީލު 2017

ޔަތީމުޚާނާއަށް ލީ ދިވެހި ކުދިންނަން ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މިދަނީ މަސައްކަތް ކުރަމުން: ޖެންޑަރ

02 އެޕްރީލު 2017
ޔަތީމުޚާނާއަށް ލީ ދިވެހި ކުދިންނަން ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މިދަނީ މަސައްކަތް ކުރަމުން: ޖެންޑަރ
28 މާރިޗު 2017

މޫސަގެ އިތުބާރު ނެތް ކަމުގެ މައްސަލަ އޭޕްރީލް 11 އެޖެންޑާ ކޮށްފި

28 މާރިޗު 2017
މޫސަގެ އިތުބާރު ނެތް ކަމުގެ މައްސަލަ އޭޕްރީލް 11 އެޖެންޑާ ކޮށްފި
19 މާރިޗު 2017

އިމަރޖެންސީ ނޫން ސާޖެރީތައް އައިޖީއެމްއެޗްގައި ވަގުތީ ގޮތުން މެދުކަނޑާލައިފި

19 މާރިޗު 2017
އިމަރޖެންސީ ނޫން ސާޖެރީތައް އައިޖީއެމްއެޗްގައި ވަގުތީ ގޮތުން މެދުކަނޑާލައިފި
19 މާރިޗު 2017

ފުލުހުންގެ އިންޓެލިޖެންސް ވެރިއެއް އައްޔަން ނުކުރާތާ ދޮޅު އަހަރު!

19 މާރިޗު 2017
ފުލުހުންގެ އިންޓެލިޖެންސް ވެރިއެއް އައްޔަން ނުކުރާތާ ދޮޅު އަހަރު!
07 މާރިޗު 2017

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދުގެ މަައްސަލަައިގަ މިއަހަރު ގޮތެއް ނިންމާނެ: ޖެންސަރ

07 މާރިޗު 2017
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދުގެ މަައްސަލަައިގަ މިއަހަރު ގޮތެއް ނިންމާނެ: ޖެންސަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު