Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ"ޑީބަންކަތޯން" ހެކަތޯން

"ޑީބަންކަތޯން" ހެކަތޯން އިއުލާން ކޮށްފި

މި ހެކަތޯން ބާއްވަނީ އޮކްޓޯބަރު މަހުގެ 27 އަދި 28 ވަނަ ދުވަހު, ހުޅުމާލޭ ވޯޓަރސް އެޖްގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 19 އޮކްޓޯބަރު 2023 | ބުރާސްފަތި 10:04
"ޑީބަންކަތޯން" ހެކަތޯން ބާއްވަނީ އޮކްޓޯބަރު މަހުގެ 27 އަދި 28 ވަނަ ދުވަހު, ހުޅުމާލޭ ވޯޓަރސް އެޖްގަ

"ޑީބަންކަތޯން" ހެކަތޯން ބާއްވަނީ އޮކްޓޯބަރު މަހުގެ 27 އަދި 28 ވަނަ ދުވަހު, ހުޅުމާލޭ ވޯޓަރސް އެޖްގަ

ނޭޝަނަލް ޑިމޮކްރެޓިކް އިންސްޓިޓިއުޓް (އެންޑީއައި) އާ ގުޅިގެން ވިމެން އިން ޓެކް އިން "ޑީބަންކަތޯން" ގެ ނަމުގައި މުޅިން އާ 24 ގަޑިއިރުގެ ހެކަތޯނެއް އިއުލާނުކޮށްފިއެވެ.

މި ހެކަތޯން ބާއްވަނީ އޮކްޓޯބަރު މަހުގެ 27 އަދި 28 ވަނަ ދުވަހު, ހުޅުމާލޭ ވޯޓަރސް އެޖްގައެވެ. މި ހެކަތޯންގެ މަގްސަދަކީ މީޑިއާ ލިޓްރޭސީއާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، ޓެކްނޮލޮޖީގެ ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމަށް ހައްލު ހޯދުމެވެ. ދޮގު މައުލޫމާތު ހުއްޓުވުމަށް ދެމެހެއްޓެނިވި އަދި އީޖާދީ ގޮތްތައް ހޯދުމަށް ޝައުޤުވެރިވާ ފަރާތްތަކުން، މި ހެކަތޯންގައި ތިން ނުވަތަ ފަސް މެންބަރުންގެ ޓީމްތަކުގެ ގޮތުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލެވިފައެވެ. ރަޖިސްޓްރީވާ ޓީމުތަކުގެ ތެރެއިން ފަސް ޓީމެއް މި ހެކަތޯންގައި ވާދަކުރުމަށް ހޯވާލެވޭނެއެވެ. މި ހެކަތޯންގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ މާހައުލާއި ގުޅުންހުރި މައްސަލަތަކަށް ހައްލު ހޯދައި، އާ އަދި އިނޮވޭޓިވް ޚިޔާލުތައް ދެނެގަތުމެވެ. މި މުބާރާތުން މޮޅުވާ ޓީމަށް  ތައްޔާރުކުރާ ޕްރޮޓޯޓައިޕް ނިންމުމަށް 8،000 ޑޮލަރުގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement - newsAdvertisement

ދޮގު މައުލޫމާތަކީ ގަސްތުގައި އާންމުން އޮޅުވާލައި މެނިޕިއުލޭޓް ކުރުމަށް ބޭނުންކުރެވެމުން އަންނަ ވަސީލަތެކެވެ. އެއީ ކަމާބެހޭ ފަރާތްތަކާއި މީޑިއާތަކަށް އޮންނަ އާންމުންގެ އިތުބާރު ގެއްލުވައި، ރައްޔިތުންނަށް މައުލޫމާތު ލިބިހުރެ ނިންމުންތައް ނިންމުމުގެ ގާބިލްކަމަށް ހުރަސްއަޅައި، ޑިމޮކްރަސީތަކަށް ގެއްލުން ފޯރުވާ ކަމެކެވެ. އަދި ސޯޝަލް މީޑިއާ ބޭނުންކުރާ މިންވަރު އިތުރުވުމާއެކު، މިހާރު ނެޓްވޯކްތަކުގައި ދޮގު މައުލޫމާތުތައް ފަސޭހައިން އަދި ހަލުވިކަމާއެކު، ފަތުރާފަރާތުގެ ނަމެއް ޖެހުމަކާއި ނުލައި، ހަރަދު ކުޑަގޮތެއްގައި ފެތުރިގެންދެއެވެ. މިކަންވެފައިވަނީ މިކަމުގައި ޝާމިލްވާ ހުރިހާ ފަރާތްތަކަކަށް ހައްލުކުރުމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މައްސަލައަކަށްށެވެ. ވިމެން އިން ޓެކް އިން ގަބޫލުކުރާ ގޮތުގައި ޓެކްނޮލޮޖީއާއި، ގުޅިގެން މަސައްކަތްކުރުން އަދި ޢިލްމު ހިއްސާކުރުން މެދުވެރިކޮށްގެން ފައިދާހުރި ގޮތެއްގައި ދޮގު މަޢުލޫމާތު ފެތުރުން ހުއްޓައި، މިހާރަށްވުރެ ބޮޑަށް މަޢުލޫމާތު ލިބިފައިވާ މުޖުތަމަޢެއް ބިނާކުރެވިދާނެއެވެ.

ޔޫއެސްއެއިޑްގެ އެހީތެރިކަމާއެކު ބޭއްވޭ މި ހެކަތޯންއިން، ވިމެން އިން ޓެކް އަދި އެންޑީއައި އިން އުއްމީދު ކުރަނީ އިނޮވޭޓަރުންނާއި، މައްސަލަ ހައްލުކުރާ ފަރާތްތަކާއި، ތެދު މަޢުލޫމާތަށް ވަކާލާތުކުރާ ފަރާތްތައް އެއްތަނަކަށް ގެނެސް، ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމަށްޓަކައި އައު، އިނޮވޭޓިވް އެޕްރޯޗްތައް ދެނެގަނެ، ތަރައްގީ ކުރުމަށެވެ.

މި ހެކަތޯން ބޭއްވުމުގެ ކުރިން ޑިވެލޮޕަރުންނާއި އިނޮވޭޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން 2 ގަޑިއިރުގެ އިންޓަރެކްޓިވް ޕްރީ ހެކަތޯން ވޯކްޝޮޕެއް 21 އޮކްޓޫބަރު ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގައި ހެކަތޯންގެ މައުލޫމާތު، ދޮގު މައުލޫމާތުގެ ހާލަތާއި، އިޖުތިމާއީ މައްސަލައާ ދެކޮޅަށް މަސައްކަތް ކުރުމަށް ލިބެން ހުރި ވަސީލަތްތަކާއި ބެހޭ ގޮތުން މައުލޫމާތު ޙިއްޞާކުރެވޭނެއެވެ. ޕްރީހެކަތޯންގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އޮންލައިން ފޯރމުhttps://forms.gle/NVcxYEGBp2f9AnTx8ފުރިހަމަ ކުރުމުން ބައިވެރިވެވޭނެއެވެ.

ޑީބަންކަތޯންގައި އިންޓަރެކްޓިވް ސެޝަންތަކާއި ނެޓްވޯކިން އިވެންޓްތަކުގެ އިތުރުން މައުލޫމާތު ހިއްސާކުރުމުގެ ސެޝަންތައް ކުރިއަށް ގެންދެވޭނެއެވެ. މުބާރާތުގައި ވާދަކުރާ ޓީމުތަކަށް ކަމާގުޅޭ ދާއިރާތަކުން ހުނަރުވެރި މެންޓަރުންގެ އިރުޝާދާއި ތަޖުރިބާކާރުންގެ ލަފަޔާއި އެހީތެރިކަން ހޯދުމުގެ ފުރުސަތު އޮންނާނެއެވެ. ރަޖިސްޓްރޭޝަން އުޅުވިފައިވާނީ 23 އޮކްޓޯބަރު 2023 ގެ ނިޔަލަށެވެ. 

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2017

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
10 ޖެނުއަރީ 2017

ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި

10 ޖެނުއަރީ 2017
ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު